"އުފާވެރި އައްޑޫ" ޖަލްސާގެ ތެރެއިން: ރައީސް ވިދާޅުވީ އެއްބުރުން އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރުވެއްޖެ ކަމަށް --- ފޮޓޯ/މިހާރު
07 ސެޕްޓެމްބަރ 2023 - 23:33
އައްޑޫ ހިމެނޭ ވެރިކަމެއް އެއްބުރުން ގެންނަން "ސީލްކޮށް ތައްގަނޑު" ޖަހާނެ ތަނަކީ އައްޑޫ ކަމާ މެދު ޝައްކު ނުކުރައްވާ ކަމާއި މިއީ އައްޑޫއަށް ވަރަށް ތާރީހީ ނިންމުމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
"އުފާވެރި އައްޑޫ"ގެ ނަމުގައި މިރޭ ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހަކީ އައްޑޫގެ ޑިމޮކްރަޓިކް ހަޔާތަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި އެއީ އައްޑޫ ޝާމިލްވާ ޒަމާއަތެއް ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރާނެ ދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސްގެ ރަނިންމޭޓަކީ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަދި އައްޑޫގައި އެންމެ ގިނަ ދުވަސްވީ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.
ރައީސް ވިދާޅުވީ އައްޑޫއިން ފެންނަ ބޮޑު މަންޒަރަކީ އެއްބުރުން އެމްޑީޕީ އިންތިހާބު ކާމިޔާބުކުރާ ތަން ކަމަށެވެ. އަދި އިންތިހާބުން މޮޅުވުމަށް ސީލްކޮށް ތައްގަނޑު ޖަހާނެ ތަނަކީ އައްޑޫ ކަމަށާއި އެކަމާ މެދު އެމަނިކުފާނު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އައްޑޫގެ ދިގު ދަތުރު މި ނިމެނީ އުފާވެރި އަމާން ރާއްޖެއަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑޫ އަކީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ވަރަށް ތާރީހީ އަދި ބުރަ މަސައްކަތެއް ކުރި ރައްޔިތުންތަކެއް ތިބި ތަނެއް ކަމަށާއި އަދި އެ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު އައްޑު އަށް ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންވީ އެދިއެދި ތިބި ތަރައްގީ ފުރިހަމަ ވަމުންދާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ/މިހ
"މި ދަނީ މިކަން ނިންމަން. އަޅުގަނޑުމެން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ މި ފެންނަނީ. އޭރު އިންދި ގަހުގެ ހިޔަލަށް މޭވާ އަޅާ ދޮންވެ ފައްކާވާ ތަން މި ފެންނަނީ. އަޅުގަނޑުމެންގެ ދެން އަންނަ ދައުރަކީ އައްޑޫއިން މޭވާ ބިންނާނެ މޫސުން،" ރައީސް ވިދާޅުވި އެވެ.
"ފަސް އަހަރު ތެރޭ އަޅުގަނޑު މަސައްކަތް ކުރީ ހަވާލުކުރި މެނިފެސްޓޯ ތަންފީޒު ކުރަން. މިއަދު އޭގެ ރީތި މަންޒަރު އައްޑޫއިން ފެންނަމުން އެބަދޭ. ބިން ހިއްކިއްޖެ، ތިން ރިސޯޓް ހިއްކިއްޖެ، މަގު ހަދާ ނިމެނީ. ސަންގްރިއްލާއަށް ދާއިމީ ހައްލެއް އެ ހޯދުނީ. ގަން އެއާޕޯޓް އަދި ކިރިޔާ އެ ތަަރައްގީ ވަނީ. ހަންކެޑަ އެ ވަނީ ފަށަން ތައްޔާރު ވެފައި."
ރައީސް ވިދާޅުވި ގޮތުގައި އައްޑޫ ތަރައްގީ ކުރަނީ މައި ހަބެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާތަނަށް އައިއިރު ރާއްޖޭގެ އިގުތިސޯދު އޮތީ ވަކި ފަރާތަކުން އުފުލި، ދެކޮޅަށް ތިރިވެފައި ކަމަށާއި ނަމަވެސް، އެކަން ބަދަލުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"މި ދަނީ ހަމަހަމަ ކުރަމުން. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން، ކުޅުދުއްފުއްޓަށް އެ އަންނަނީ ބޮޑު ބަދަލެއް، ތިނަދޫއަށް ބޮޑު ބަދަލެއް، ވިލިނގިއްޔަށް ބޮޑު މަޝްރޫއުއެއް. އައްޑޫއަށް މިއިން ޒަމާނަކު ނާންނަ ތަރައްގީ މި ލިބެނީ. އޭރަށް އަސްލު ތަރައްގީ ލިބޭނީ. ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ފައިދާ އެންމެ އިންސާފުވެރި ގޮތަށް ރައްޔިތުންނަށް ލިބޭނީ އެގޮތުން." ރައީސް ވިދާޅުވި އެވެ.
"އުފާވެރި އައްޑޫ" ޖަލްސާގެ ތެރެއިން: އެއްބުރުން އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރުވެއްޖެ ކަމަށް ރައީސް ވިދާޅުވި
- ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދައި ނިންމުން.
- 1،000 ހައުސިން ޔުނިޓް ތަރައްގީ ކުރުން
- ގެދޮރުވެރިކަމަށް ލުއިފަސޭހަކޮށް ލޯނު ދޫކުރުން.
- ހިއްކި ސަރަަހައްދުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުން.
- އިންޑަސްޓްރިއަލް ސަރަހައްދެއް ހެދުން.
- އެސްޓީއޯ އިން ވިއްކާ ހިލަ އާއި ވެލި މާލެއާ އެއް އަގެއްގައި ވިއްކޭނެ ގޮތް ހެދުން.
- ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ހެދުން.
- އިކޯ ޓޫރިޒަމް ތަރައްގީކުރުން.
- ރޭސިން ޓްރެކެއް.
- އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުން
- ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުން.
- ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން.
- މެރިން ސްޓަޑީޒް ހާއްސަ މަރުކަޒެއް ގާއިމްކުރުން.
- ޑިސްއޭބިލިޓީ މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރުން.
- ކުޑަކުދިންގެ ޕާކް އަދި އައުޑޯ ޖިމްތައް ގާއިމްކުރުން.
- ދަނާލެއް ގާއިމްކޮށް މަތީ ތައުލީމްގެ އިތުރު ފުރުސަތުތައް ހުޅުވާލުން.
- މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުން.
"އުފާވެރި އައްޑޫ" ޖަލްސާގެ ތެރެއިން: އެއްބުރުން އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރުވެއްޖެ ކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވިޝަނެއް އޮވެގެން ކަމަށާއި އެއީ ވަށާ ޖެހޭ ބަދަލަކުން އައްޑޫ އެކުއެކީގައި ތަރައްގީކުރުން ކަމަށެވެ. އޭގެ މަގުސަދަކީ ތަނަވަސް ދިރިއުޅުމެއް އެންމެންނަށް ހޯދައިދިނުމާއި ރައްޔިތުންގެ ޒަމާންވީ ހުވަފެން ހަގީގަތަކަށް ހަދައި ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހޮނިހިރު ދުވަހު މި ނަގަނީ ވަރަށް މުހިންމު ވޯޓެއް. އަޅުގަނޑުމެން ފަށާފައި ކަންކަމާ އެކު ކުރިއަށް ދިޔުމަށް ނިންމާނީތޯ ނޫނީ އަނިޔާވެރިކަމަށް ދާނީތޯ ނިންމަން އޮތް ދުވަސް. ވަރަށް ސާފު އައްޑޫ މިއޮތީ އެއްބުރުން މިކަން ނިންމާލަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އެމަނިކުފާނަށް މިހާރު ވަރަށް ރަނގަޅަށް ފެންނަ ކަމަށެވެ. އެ މަންޒަރު ދެއްކެވުމަށް ރައީސް ވިދާޅުވެ ދެއްވީ، ރ. އަތޮޅުން އެމަނިކުފާނަށް ބައްދަލުވި ހަ އަހަރުގެ ކުއްޖަކު ބުނި ވާހަކައެކެވެ.
"ސަލާމްކޮށްލާފައި ބުނީ ރައީސް މިކަން އެއްބުރުން ނިމިއްޖެއޭ. ސާފު ނުވާތި އަޅުގަނޑު އިތުރަށް އަހާލިން. އަނެއްކާވެސް އެ ކުއްޖާ ބުނީ ރައީސް މިކަން އެއްބުރުން ނިމިއްޖެއޭ. އެއީ ވަރަށް ބޮޑު ތެދެއް. ހަމަ ހަގީގަތުގައި ވެސް މިކަން އެއްބުރުން ނިމިއްޖެ. އެއްބުރުން މާބޮޑު ތަނުން ވެސް ތި ތިބީ ކާމިޔާބުވެގެން،" ރައީސް ވިދާޅުވި އެވެ.
"އައްޑޫއިން ވެސް ޔަގީންވެ ކަށަވަރު ވެއްޖެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހިންމު
20 September 2023
މުއިއްޒު ބަލާލީމާ ފެނޭ ހަމަޖެހިފައި ހުންނަވަރު. އެކަމަކު ސޯލިހު ހުންނަނީ ހާސް ވެފައި.
އިއްބަ
08 September 2023
5 އަހަރު ނިމުނީ ތިގޮވެލިގޮވާތާ ވީކަމެއް ކޮއްދެވުނު ކަމެއް މިސަރުކާރުގައުޅޭ އެއްވެސް ބޭފުޅަކު ދައްކަބަލަ ރޮޒެއިނާ މެން އަސްލަމް މަވޯޓާ މެން އައްޑޫ ތިފެންނަނީ ޥޯޓްކޮޅު ބޭނުންވީމަ ހަމަހޮވުނީ ހަނދާންނެތުނީ ތީކޮންމެ ފަހަރަކުވެސް ތަފެރެން ޖަހާސަކަރާތް މަ އައްޑޫ ރަށްޔަތުންނައް ގޮވާލަން މިވެރިން މިޖަހާސަކަރާ ނުބަލާ އަފެރެންގެ ސިކުޑިން ރަގަޅަށް ވިސްނާލަން
ވަރަވެސް ބިންދާލި
08 September 2023
މަބުނާނީ އެއްދުވަހުން އަނެއް ދުވަހަށް އާއްމުވާބަގްރަލާ ފާހިޝް އަމަލު ތަކަށް ނޫނެކޭ . މީއިސްލާމީގައުމެއް . މިގައުމުގަ އިސްވާން ޖެހެނީ ކޮންމެ ކަމެއްގަ ވެސް އިސްލާމް ދީން . ފާހިސް އެންމެހާކަންކަން އާއްމުވާ އެފަދަ ކަންކަން ކުރާބަޔަކަށް ހައްޤުއަދަބު ދޭން ސުންނަތަށް ތަބައަވާވެރިއަކަށް ގައުމު ބޭނުން ވަނީ ފާރުމަތިން އެއްވެސް ބަޔަކަށް އެރިގެން ނުވާނެ . ގައުމުގެ މުސްތަޤިއްލު ކަމަށްވުރެ އެހެން އެއްވެސް ކަމެއް މުހިއްމެއް ނުވާނެ .
ޅޮސްއުނދޯލި
08 September 2023
އަތޮތަކުގެ މީހުން ހައްދާލަން ހާދަ ފަސޭހައެވެ. ވިސްނާލަ! މާލޭ ބޭފުޅުންނަށް ގޯތިދޭން ތިންހަތަރު ފަޅުހިއްކާ ވާހަކައަކީ ހަމަ ފަޅެއްހިއްކާލުމެއް ނޫން. އެއީ ހުރިހާ ވަސީލަތްތަކާއެކު ސަހަރުތަކެއް ބިނާކުރާ ވާހަކަ. މިއަދުވެސް ވަސީލަތްތައް އޮތްތަނުގައި، ކުރިއަލާ އޮތް ޕްލޭނެއް ނެތިވެސް މިއޮށް އަގުބޮޑު ކަންތައްވެސް ހަމަ ކުއްލިއަކަށް އެ ފަށައިގަތީ. ރާއްޖެތެރޭ މީހުން ޖަޒީރާ ރާއްޖޭގަ އުމުރަށް. ދަނޑެއް ބަނދަރެއް ހަދާފަ މަގެއްގަ ތާރުއަޅާލީމާ ފުދޭ. ކޮސްކަންް ދޯ!
ހިމް
08 September 2023
މާލޭ ރޮޒޭމެން ގޮވައިގެން އައްޑޫގައި ކެމްޕޭނު ކުރާނެ ކަމެެއް ނެތް. ގޯތި ހޯދަން ވީމާ މާލެ، ވޯޓު ހޯދަން ވީމާ އައްޑޫ.
އަލީބަލީ
08 September 2023
މަނިކުފާނު އައްޑޫ އަސްލަމަށް ރަނިންގ މޭޓްކަން ތިޔަ ދެއްވީ އަސްލަމަށް ހެޔޮ އެދިގެން ނޫންކަން މިހާރު މަނިކުފާނުގެ ތިޔަ ބަސްފުޅުތަކުން ވަރަށް ސާފު. މަނިކުފާނު އައްޑޫ އަސްލަމަށް ރަނިންގ މޭޓްކަން ތިޔަ ދެއްވީ ހަމައެކަނި އައްޑޫ މީހުންގެ ވޯޓު ހޯދުމުގެ ބޭނުމުގައި ކަން ވެސް ވަރަށް ސާފު . ދަންނަވާލަން އޮތީ އައްޑޫ މީހުންނަކީ މަނިކުފާނު ގުރުބާން ކުރަން އޮތް ކަންބަޅި ބަކަރި އައނެއް ނޫން . ވަރަށް ވެދުން
ޢެމެރިކާ
08 September 2023
މި ސަރުކާރައް ވޯޓް ދޭނީ ހެޔޮނުވިސްނޭ މީހުން
އަވާމެންދުރު
08 September 2023
ރާއްޖޭގެ ކޮންމެ ހިސާބެއްގައި އެމްޑީޕީ ޖަލްސާއެއް ބޭއްވިޔަސް ފެންނަނީ އެއްމޫނުތަކެއް . މިރޭ ޖަލްސާ ނުނިމެނީސް ފޯއްމުލަކުން ފައިސާދީގެން ގެނައި މީހުނާއި ހުވަދޫން ގެނައި މީހުން ފުރަންދިޔަކަން ފާހަގަ ކުރެވޭ ޖަލްސާގެ ތެރޭން ގޮނޑިތައް ނަގާތަން ވެސް ފެނޭ.......
ހުސެންް
08 September 2023
ލިސްޓްގަ ބްރިޖް ނެތީމަ ވޯޓެއް ނެއް ދެވޭކައް
ބޭހޮއްކޮ
08 September 2023
5 އަހަރުން ނުވި