ރައީސް ފ. ނިލަންދުއަށް ވަޑައިގެން މަރުހަބާ ދަންނަވަން ތިބި ރައްޔިތުންނާ އެކު. -- ފޮޓޯ | އެމްޑީޕީ
08 ސެޕްޓެމްބަރ 2023 - 13:28
ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭނުގައި ހއ. އަތޮޅު ތުރާކުނުން ފެށިގެން ރޭ އައްޑޫއާ ހަމައަށް ވެސް ފެނުނީ "އުފާވެރި އަމާން ރާއްޖެ" އޮޑިއަށް އެންމެން އަރާ ތިބި ތަން ކަމަށާއި އެންމެ މުހިއްމު ވަގުތު ވާދަވެރިން ކެމްޕޭން ނިންމާލައި ގެއަށް ވަދެއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕޭންގައި ފ. އަތޮޅަށް ވަޑައިގެން ރައީސް ތަކުރާރު ކުރެއްވި ގޮތުގައި "އެއްބުރުން" މި އިންތިހާބު ނިމިއްޖެ އެވެ. އެމަނިކުފާނު އެދިވަޑައިގަންނަވަނީ ފ. އަތޮޅު ބިލެތްދު އާއި ފީއަލިން ވެސް މި ކާމިޔާބީގައި ބައިވެރިވެވަޑައިގަތުމަށް ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ބުންވަރު އެބަހުރި, ހިތްވަރު އެބަހުރި, ކެރުން އެބަހުރި. އަޅުގަނޑުމެން މިތިބީ ރޭ އައްޑޫ ސިޓީގައި ތިބެފައި މި ރަށަށް އައިސް. އަދިއެއް ނިދާނެ ކަމެއް ނެތް ތިޔަ ބޭފުޅުން ވެސް. މި ހަތް ގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓުލާފައި ދެން އަޅުގަނޑުމެން އެއަށް ފަހުގައި ކުރާނެ ކަމެއް ކުރާނީ.
ބޭސްކާންޖެހޭ ވަރުން ވެރިކަން ކުރެއްވޭވަރު ނުވާނެ ކަމަށް ވާދަވެރިން އަމާޒުކުރި ފާޑުކިއުމަށް ވެސް ރައީސް މިއަދު ރައްދު ދެއްވި އެވެ.
"އަޅުގަނޑުމެންގެ ބުންވަރު އެބަހުރި, ހިތްވަރު އެބަހުރި, ކެރުން އެބަހުރި. އަޅުގަނޑުމެން މިތިބީ ރޭ އައްޑޫ ސިޓީގައި ތިބެފައި މި ރަށަށް އައިސް. އަދިއެއް ނިދާނެ ކަމެއް ނެތް ތިޔަ ބޭފުޅުން ވެސް. މި ހަތް ގަޑިއިރު ކެމްޕޭން ކޮށްފައި މާދަމާ ވޯޓުލާފައި ދެން އަޅުގަނޑުމެން އެއަށް ފަހުގައި ކުރާނެ ކަމެއް ކުރާނީ. ހަމަ ގައިމު ވެސް އަޅުގަނޑު ބޭސްކާނީ މިކަން ނިންމާފައި."
ނިލަންދޫން ރައީސަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުން. -- ފޮޓޯ | އެމްޑީޕި
މި ފަސް އަހަރާއި އޭގެކުރީގެ ފަސް އަހަރުގެ ތަފާތު ރައްޔިތުންނަށް އިހްސާސްވާ ކަމަށާއި އެނބުރި އަނިޔާވެރިކަމަށް ދާން ބޭނުން ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު 2018 ގައި ހޮވީ އެ އަނިޔާވެރިކަން ބަދަލުކޮށް އަމާންކަމާއި ހަމަޖެހުން އަދި އަސާސީ ހިދުމަތްތައް ގާއިމްކޮށްދޭން ކަމަށް ވިދާޅުވި އެވެ.
ވިސްނުންތެރިކަމާ އެކު ތިޔަބޭފުޅުންގެ ވޯޓު މާދަމާ ފޮއްޓަށް ވައްޓާލުމަކީ އިލްތިމާސެއް. -- ރައީސް
"އަޅުގަނޑު މިގެންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތި އެއްވެސް ރަށެއް ބާކީ ކުރުމެއް ނެތި އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން," ރައީސް ވިދާޅާވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގައުމިއްޔަތާއި ދީނާއި މިނިވަންކަމުގެ ވާހަކަ ދައްކައި އެމަނިކުފާނުގެ ވާދަވެރިން ދަނީ ބުހުތާނު ދޮގު ހަދަމުންނެވެ. އެއީ އެއްވެސް ހަގީގަތެއް ނެތް އޮޅުވާލުންތަކެއް ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ފަސްއަހަރަކީ މިނިވަންކަމަށްޓަކައި ވެސް އެންމެ ގިނަ މަސައްކަތްތައް ކުރެވުނު ދައުރު ކަމަށެވެ.
ވާދަވެރިން ދައްކާ އެއް ވާހަކަ މިނިވަންކަމުގެ ވާހަކަ, ގައުމިއްޔަތުގެ ވާހަކަ, ދަރާ ވިކިފައި އޮތް ވާހަކަ, މިހިރީ ހަމަ ހުސް ދޮގު. -- ރައީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަޕޯޓަރުންނާ ވާހަކަ ދައްކަވަނީ.
"ވާދަވެރިން ދައްކާ އެއް ވާހަކަ މިނިވަންކަމުގެ ވާހަކަ, ގައުމިއްޔަތުގެ ވާހަކަ, ދަރާ ވިކިފައި އޮތް ވާހަކަ, މިހިރީ ހަމަ ހުސް ދޮގު." ރައީސް ވިދޅާވި އެވެ.
"މިނިވަންކަން ދެމެހެއްޓުމަށްޓަކައި މިއަދު ކުރަން ޖެހޭ ކަމަކީ ކަނޑި އާއި ބަޑި ހިފައިގެން ނުކުތުމެއް ނޫން. ވަށާ ބޮޑުފާރުލުމެއް ނޫން. ބޭނުންވަނީ ގައުމުތަކާ އެކު ބަދަހި ގުޅުން އިތުބާރު ހިފޭ ގުޅުން އުފެއްދުން. އަޅުގަނޑުމެން މިދަނީ ދުނިޔޭގެ ހުރިހާ ގައުމުތަކާ އެކު އެ ގުޅުން އުފައްދަމުން."
ނިލަންދޫގައި ބޭއްވި ޖަލްސާގައި ސަޕޯޓަރުން ބައިވެރިވަނީ.
ރައީސް ވިދާޅުވި ގޮތުގައި 180 އަށް ވުރެން ގިނަ ގައުމާ އެކު ބަދަހި ގުޅުން އުފެއްދިއްޖެ އެވެ. ރާއްޖޭގެ ޕާސްޕޯޓަކީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީން ރައްޔިތުންނާ މަތިކޮށްފައި އޮތީ ވަރަށް މުހިންމު ވާޖިބެއް ކަމަށެވެ. އަމާނާތްތެރިކަމާ އެކު އެ ވާޖިބު އަދާކޮށްދެއްވަން ރައީސް އެދިވަޑއިގަތެވެ.
"ގާނޫނުއަސާސީން ތިޔަ ބޭފުޅުންނަށް ދީފައިވާ ބާރު އޭގެ ނަހަމަގޮތުގައި ބޭނުންކޮށްފި ކަމަށް ވަންޏާ ރައްޔިތުންނަށް, ގައުމަށް އޭގެ ނުހަނު ގެއްލުމާއި ދަތި ކުރިމަތިވެދާނެ," ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ ވިސްނުންތެރިކަމާ އެކު ތިޔަބޭފުޅުންގެ ވޯޓު މާދަމާ ފޮއްޓަށް ވައްޓާލުމަކީ އިލްތިމާސެއް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކަމު
08 September 2023
ތި އޮޑި ކޮބައިތޯ ރަގަޅަށް ބަލާލިއިރު ބައިވަރު މީހުން އަރާ އޮތީ، އެކަމު އޮތީ ނުދުވާ ގޮތަށް އަޅާފަ އެއްގަމުގަ.
ގިނަމީހުން
08 September 2023
ގައުމު ދެރި ވާހަކަ ދައްކަނީ މަނިކުފާނު ނޫން ހުރިހާ ކެނޑިޑޭޓުން. އެއީ މެޖޯރިޓީ. އެމީހުން އަދި ތިބީކީ ކޯލިޝަން ހަދައިގެންނެއްވެސް ނޫން.
އެލެކުސް ބުލޫ
08 September 2023
އޮޑި މާދަނާ ގަރަގުވާނެ...
އުދުހޭ
08 September 2023
އޮޑީގެ ފުލުގެ ބަދަލުގައި އޮތީ 80 އަހަރުގެ ލޯނު. ފެތެނީ. ފެތެނީ. ސަލާމަތުގެ އައްސޭރި އަތުޖެހޭނެބާ؟
އެޗް އެމް
08 September 2023
އޮޑި ބަދަރު ކުރާނެ މަންޒިލެއް އެގޭނީ މާދަން ރެއަށް. މަލަމަތި އެހާ ސާފެއްނޫން. ކަނޑުވެސް ކެކިއަރަނީ.
ތެދު ބަސް
08 September 2023
އަހަރުމެންނަކީ އެމްޑީޕީއަށް ނިސްބަތްވާ ބައެއްކަމަކު ކޮންމެހެން އިބޫއަށް ވޯޓް ލާކަށް ނެތީމުއެވެ. އޭނާގެ ފަސް އަހަރުގެ ވެރިކަމުން ލިބުނު ތަރައްޤީއެއް ނެތެވެ.
ކޮމެންޓްކުރާމީހާ
08 September 2023
ކޮންކަމެއް އަމާން ވާ ވާހަކަހޭ ތިޔަ ބުނަނީ... ބޮޑެތި އެތައްއެތައް ކުށްވެރިންނެއް އެ ދަނީ ދޫކުރަމުންކަން ޚަބަރު ލިބެމުންއެދަނީ.... ދެން ކިހިނެއް އަމާންވާނީ..
އޮނަރަބްލް އަފީފު ދީދީ
08 September 2023
އުއްމީދާއި އެކު "އަމާން އޮމާން ރާއްޖެ" އެއް ހޯދުމަށް 2018 ގައި އެމްޑީޕީގެ ކެންޑިޑޭޓް (ކުރީގެ އެމްޑީޕީ އިގޭތޯ) ނުވަތަ އޭރު ކިޔާ އުޅުނުގޮތަށް ނަމަ "ކޮމަން ކެންޑިޑޭޓް" ސޯލިޙްއަށް ދިން ވޯޓަކީ "އަހަރުމެނަށް ހެދުނު ގޯހެއްނޫން" ކަމުގައިވިޔަސް ވެރިކަން ލިބުމުން އެބޭޅާގެ ޤަބޫލު ކުރިގޮތާއި ސިފަ ބަދަލުކޮށް "މެނިފެސްޓޯ ފިނދުދަށަށް ލައިގެން" އަދި އަމުދުން ދައުލަތުގެ ޤާނޫނުއަސާސީއަށް ބެލުމެއްނެތި 5 އަހަރުގެ ދައުރު ހޭދަކުރީތީ އަހަރުމެން ސޯލިޙް އޮނޑިން ބާލާނަން.
އައްސޭރި
08 September 2023
މަނިކުފާނުގެ އޮޑިއަކީ ނުރައްކާތެރި މިނިވަންކަން ގެއްލިދާނެ ކަމުގެ ބިރިވެރިވެރިކަމުން ފުރިފައިވަާ އޮޑިއެކެވެ. ހުރިހާ ރައްޔިތުންވެސް ބޭނުންވަނީ ތިޔަ އޮޑި ދޫކޮށްލާފައި ދީނާއި ޤައުމާއި ވަތަނަށްޓަކައި ތިޔައޮޑި ދޫކޮށްލާފައި ޤައުމށއެކު ސަލާމަތުގެ އައްސޭރިއަކަށް މިޤައުމާއިގެން ދާށެވެ.
ޓިނު
08 September 2023
މަނިކުފާނަކަށްނޫންތޯ އެކަމުންވެސް ރަގަޅީ