އިވަންކާ ޓްރަމްޕް ފޮޓޯއަކަށް ހުއްޓިލައިގެން
05 ފެބުރުއަރީ 2017 - 06:32
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފެޝަން ކަލެކްޝަން މިހާރު ވަނީ އެކި ފިހާރަތަކުން ވިއްކުން ހުއްޓާލައިފަ އެވެ. ލަގްޒަރީ ހެދުމާއި ގަހަނާ އަދި އެކްސެސަރީޒް ވިއްކާ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ނޯޑްސްޓްރޮމް އަދި ނީމަން މާކަސް އިން ވަނީ މިކަމުގައި އިސްނަގައިފަ އެވެ. މި ދެ ފިހާރައިން ވެސް ވަނީ އިވަންކާގެ ބްރޭންޑުގެ އުފެއްދުންތައް ހުއްޓާލައިފަ އެވެ.
ނޯޑްސްޓްރޮމްއިން ބުނި ގޮތުގައި އިވަންކާގެ އުފެއްދުންތަކުގެ ވިޔަފާރި ވަރަށް ދައްވެއްޖެ އެވެ. އުފެއްދުމެއްގެ ވިޔަފާރި ދަށްވެއްޖެ ނަމަ ނޯޑްސްޓްރޮމްއިން އެ އެއްޗެއް ވިއްކުން ހުއްޓާލުމަކީ އާންމު އުސޫލެވެ. ނަމަވެސް، މިއީ ވިޔަފާރިއަށް ވިސްނާފައި ކުރިކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
މިދިޔަ އަހަރު ޓްރަމްޕްގެ ކެމްޕޭނު ދުވަސްވަރު ނޯޑްސްޓްރޮމްގައި އިވަންކާގެ ބްރޭންޑު ވިއްކުމުން ގިނަ ބަޔަކު ފާޑު ކިޔާފައިވެ އެވެ. އަދި "ގްރެބް ޔޯ ވޮލެޓް"ގެ ނަމުން ޑޮނަލްޑް ޓްރަމްޕާއި އިދިކޮޅަށް ކެމްޕޭނެއް ފެށި އެވެ. މީގެ ސަބަބުން އާއްމުން ޓްރަމްޕާއި އޭނާގެ އާއިލާއިން އުފައްދާ ތަކެތި ގަތުން ހުއްޓާލަން ފެށި އެވެ.
އިވަންކާ ވަނީ ބައްޕާފުޅު ޓްރަމްޕްގެ ކެމްޕޭނުގައި ވާހަކަ ދައްކަވައިފަ އެވެ. އަދި އަންހެނުންގެ ހައްގުތަކާ ދެކޮޅަށް ނެރުނު ޕޮލިސީތަކަށް އިވަންކާ އެއްވެސް ގޮތަކަށް ދެކޮޅެއް ނުހައްދަވަ އެވެ. މީގެ އިތުރުން ކެމްޕޭނު ތެރޭގައި ގިނައިން ތުރުކުރެއްވީ އިވަންކާގެ އަމިއްލަ ބްރޭންޑުގެ ހެދުމާއި އެކްސެސަރީޒް އެވެ. މިފަދަ އަމަލުތަކުގެ ސަބަބުން، އިވަންކާ އާއި ޓްރަމްޕް އާއިލާއިން ހިންގާ ވިޔަފާރިތައް އާއްމުން ބޯއިކޮޓު ކުރުމުގެ ނަތީޖާ މިހާރު ފެންނަން ފެށީ އެވެ.
ގްރެބް ޔޯ ވޮލެޓްގެ ކޯ ފައުންޑާ ޝެނޮން ކުލްޓާ ބުނިގޮތުގައި މިއީ ވަރަށް ބޮޑު ޚަބަރެކެވެ. މިއީ އެންމެންގެ މަސައްކަތުން ހާސިލު ވި ކަމެއް ކަމަށާއި އެކަމާ ހައިރާން ވެއްޖެ ކަމަށް ބުނެ އޭނާ ޓްވީޓްކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢޯސަމް
05 February 2017
ކޯޑިނޭޓަރ ހުރީ ފްލޮލެސް ވެފަ.
ކީކޭ
05 February 2017
ކޯޑީނޭޓަރު ކީކޭ ބުނަނީ މިކަމާ ދޭތެރޭ؟