ވޯޓުލާން ކިޔޫ ހަދައިގެން: މި އިންތިހާބުގައި ވޯޓުލާން ނުކުތް އަދަދު 2018 ގެ އިންތިހާބާ އަޅާބަލާއިރު މަދު
09 ސެޕްޓެމްބަރ 2023 - 19:46
މުޅި ރާއްޖޭގައި މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 75 ޕަސެންޓް މީހުން ނުކުތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި 75 ޕަސެންޓަށް ވުރެން މަތިން ވޯޓުލާފައިވާ ކަމަށެވެ. މިއީ، 2018 ގެ ރިޔާސީ އިންތިހާބާ އަޅާބަލާއިރު ނިސްބަތުން ދަށް އަދަދެކެވެ.
އެ އިންތިހާބުގައި 89.2 ޕަސެންޓް މީހުން ވޯޓުލާން ނުކުތެވެ.
މިފަހަރުގެ އިންތިހާބުގައި 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ 144،199 ފިރިހެނުންނާއި 138،196 އަންހެނުންނެވެ.
ރިޔާސީ އިންތިހާބުގެ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުން ބަންދުވީކަމުގެ ބޯޑު ހިފައިގެން އޮފިޝަލަކު ކިޔޫގައި.-- ފޮޓޯ: އިފްރާޒް އަލީ /މިހާރު
މި އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރެއްވި އެވެ. އޭގެތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.
އިންތިހާބުގެ ދެބައިކުޅައެއްބައި ވޯޓު ފޮށި ގުނައި ނިމުނުއިރު ދެ ކެންޑިޑޭޓުންގެ ފަރަގު ކުޑަ އެވެ. މިހާތަނަށް ނަތީޖާއަށް ބަލާއިރު ދެވަނަ ބުރަކަށް ދާން ޖެހުން ގާތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސާބެ
11 September 2023
ވޯޓިލީ މީހުން މަދުވާނެތާ؟؟؟؟ އަހަރެން އަޑުއެހިން އެމްޑީޕީ މީހުން އެކިތަންތަނުގައި 15000.00 ރ . ދީފައި އައިޑީކާޑު އެވަގުތައް އަތުލައިގެން ތިބި ޚަބަރުވެއްވެސް. އެހެންވެ ފައިސާ ބޭނުންވއފައިތިބި ބެންޑު ވެފައިތިބި ބައެއް ޒުވާނުން ކާޑުދީފައި އައިސް ތިބިކަމަށް. މިކަން ބަލައިދޭނެ ޕޮލިސްއެއް އީސި އޮފީހެއްވެސް ނެތީކަމަށްވީ.
ރިޔާޒު ރަށީދު
10 September 2023
މި ވޯޓުގައި ބަހުސް ކުރީ ކާކަށްތޯ އެންމެ މޮޅަށް މާލޭ ރައްޔިތުންގެ އަންބޮނޑި ބޮޑުކޮށްދެވޭނީ. އެކަކު ގޯތި ދޭނަމޭ ބުނީމާ އަނެކަކު މި ބުނަނީ ގޯތީގަ ގެ އަޅާ ދޭނަމޭ.
ހަމަމަދު
09 September 2023
އެއްބުރުން ނުނިމޭނެކަން ޔަގީންވެ ފަހުބުރުގަ ވޯޓްލާން ދާން ތިބި މީހުންވެސް ތިބެދާނެ. އެހާ ގިނަ ކެނޑިޑޭޓުން ނިކުތީމަ 2 ވަނަ ބުރު އޮންނާނެކަން ޔަގީން.
ތޮޅި މިރުސް
09 September 2023
އަހަރުމެން ނޫޅެން ހޭކެނޑިގެނެތް.. ވައުދުފުއްދާނީ އެންމެ ފަހުވަގުތަކު ނޫން.
ފައްވަރޭ
09 September 2023
އަހަރުން ފޫހިވީ އަންނިޖައްސާ ސްޓަންޓުތަކުން.. އިބޫމާހިތްތިރިވެގެން ނިޒާމު ފުނޑާލިއިރުވެސް ބަލަންހުރީ. އެބުނާ ބުރޯއަކަށްވެސް ނަސީދުވީމަ ކަމެއްކުރާކަށް ނުކެރޭ. މިވަރުވީމަ މަގޭ މިފަހަރު ނުކުތީ މީތި ފަނިކޮށްލަން.
މާރިޔަތު
09 September 2023
މަގޭ އާއިލާ އެކަކުވެސް ނުދޭ ވޯޓުލާކަށް ފްލެޓުގެ ދާއީމީ ލިސްޓު ނުނެރުނީމަ.. ވ ވެދުން
ވެދުމެއްނެތް
09 September 2023
އެއްފަހަރުވެސް އަމިއްލަ އެދުން އެއްފަރާތްކޮށްލާފަ ގައުމަށްޓަކައި ވޯޓެއްލާނަމަ. ކަންތައްތަކެއް ގޯސްކޮށް ހިނގާނަމަ އެކަމެއް ހުއްޓުވަންވެސް ވޯޓްލެވިދާނެ. ހަމައެކަނި ތިމާއަށް ވާން އޮތް ފައިދާއަކަށް ނޫން ބަލަންވީ. ގައުމުގެ އެހެން މީހުންނަށް ވެދާނެ ގޮތަކާމެދުވެސް ވިސްނާލަންވާނެ. އަމިއްލަ އެދުމުން ފޯވެގެން ތިބޭތީ ގައުމު ހަލާކުވަނީ.
ދޮންހުސޭނު
09 September 2023
1. ސިޔާސީ ކަންކަން ބޮޑު ފޫއްސަކަށްވުން. 2. އިލެކްޝަންސް މުސްކުޅިވެ ޒަމާނަށް ނުފެތުން. 3. އެއްވެސް ވެރިޔަކަށް ރައްޔިތުންގެ އުންމީދު ނުފެނުން. 4. ސަރުކާރުގެ އިދާރީ ނިޒާމުތަކާއި ޖަވާބުދާރީވުމާއި ހިންގުން އިންތިހާއަށް ސްލޯވުން. 5. ކޮރަޕްޝަން ނުހުއްޓުވުން. 6. މަންސަތަކުން ރައްޔިތުންގެ އަޑު ނީވުން. ވަރަށް ސަލާން
މާއްްޓޭ
09 September 2023
ޔާއްޓޭ ނެތްތަންކޮޅު އެ ދެއްކީ.
އެނީ
09 September 2023
ރޮޒޭއަށް ވސަލާމް . އައްޑޫސިޓީ މީދޫ ކިހެނެއްތޯ ؟؟