ގދ. ވާދޫގައި ބެހެއްޓި ވޯޓު ފޮއްޓެއް ފަޅާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު "މިހާޜު" އަށް ވިދާޅުވީ އެކަން ކުރި މީހާ ހައްޔަރުކޮށް، ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ރިޕޯޓް ލިބުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހަބީބް ވިދާޅުވީ، ވާދޫ ޖަމާލުއްދީން ސްކޫލްގައި ބެހެއްޓިއެ ފޮއްޓަށް ލާފައިވާ ވޯޓު ކަރުދާސްތަކަށް ގެއްލުމެއް ނުވާ ކަމަށާއި އެހެންވެ އެ ގުނާނެ ކަމަށެވެ.
ވާދޫ ވޯޓު ފޮއްޓަށް ވޯޓު ލާން ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 545 މީހުންނެވެ.