12 ސެޕްޓެމްބަރ 2023 - 11:50
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަޝްވަރާތައް ކުރިއަށް ދަނިކޮށް، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އާކޮށްފި އެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވައިލުމުގެ ބަހުސްގެ ތެރެއިން އެ ވާހަކަ އެންމެ ފުރަތަމަ ވިދާޅުވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.
އަފީފް ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެރިކަން ހިނގަމުންދަނީ ރިޔާސީ ނިޒާމު އޮންނަ އެހެން ގައުމުތަކުގައި ކަންކަން ކުރާ ގޮތާ ހިލާފަށެވެ.
"އެކަމަކު އަޅުގަނޑުމެން ޕާލިމަންޓަރީ ނިޒާމާ އެއްގޮތަށް ކަންކަން ކުރާ ކަމަށްވަންޏާ އެ ބުނެވެނީ މިހާރު އޮތް ނިޒާމު ކަމަކު ނުދެޔޭ. އެހެންވީމަ އަޅުގަނޑުމެންނަށް ބޭނުންވަނީ ޕާލިމަންޓަރީ ނިޒާމެކޭ،" އޭނާ ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ފުރަތަމަ ބުރުގެ ނަތީޖާއަށް އިޝާރާތް ކުރައްވައި، އަފީފް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވި ކޮންމެ އިންތިހާބެއްގައި އެއްވެސް ސަރުކާރަކަށް ފަސް އަހަރަށް ވުރެ ދިގު މުއްދަތެއް ރައްޔިތުން ދޭން ބޭނުންނުވާ ކަން ސާފުވާ ކަމަށެވެ.
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުގައި މިހާތަނަށް ބޭއްވި ކޮންމެ އިންތިހާބެއްގައި ފުރަތަމަ ބުރުން އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އޭގެފަހުން މި ފެންނަނީ ރައްޔިތުންގެ ސީދާ ބަހެއް ނެތި ޕާޓީތަކުގެ މެދުގައި ކޯލިޝަންތައް ހަދައިގެން ވެރިކަން ކުރާ މަންޒަރު ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"...މިއީ އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންގެ ކިބައިން ސާފުކުރަންވީ ވަގުތު. ރައްޔިތުން މި ނިޒާމާ މެދު ދެކެނީ ކިހިނެއްތޯ،" ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވި އިލްޔާސް ވިދާޅުވި އެވެ.
"މިވަގުތު ނުކުމެ ރައްޔިތުންނާ ހަމައަށް ފެންނަ ނުފެންނަ ވޯޓަކަށް ގެންގޮސްދިނުމަކީ މުހިންމު ކަމެއް. ރައްޔިތުން ނިންމާ ގޮތެއްގެ މަތީން ކުރިއަށްދިޔުމަކީ މުޅި ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފަހި ގޮތް."
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ކޮމިޓީތައް އެކުލަވައިލުމުގެ މަސައްކަތް ވެސް ދިގުލައިގެން ގޮސްފައިވަނީ މި ނިޒާމުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ރިޔާސީ ނިޒާމެއްގައި ތިން ބާރު ވަކިވެފައި އޮންނަންޖެހުނު ނަމަވެސް، އެ މަގުން އެކަން ނުހިނގާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ނިޒާމު މިހާރު ޓެސްޓު ކުރެވިއްޖެ.. ކޮންމެ ފަހަރަކު ވެސް އައިސް މިޖެހެނީ އެއްތާކު. ލެޖިޓިމޭޓު ކޯލިޝަނެއް ނުއުފެއްދުމުގެ ނަތީޖާއަކަށް މިވަނީ ކޮންމެ ފަހަރަކު ވެރިކަމަށް އައިސް ރޫޅިގެން މިދަނީ،" އަހުމަދު ޒާހިރު ވިދާޅުވި އެވެ.
މި ގައުމަށް ސިޔާސީ ހަމަޖެހުން ނައިސްގެން އުޅެނީ ވެސް އޭނާ ވިދާޅުވި ގޮތުގައި މި ނިޒާމުގެ ސަބަބުންނެވެ.
"ރައްޔިތުންނަށް ރަނގަޅު ވެރިކަމެއް ކޮށްދެވޭނީ މި ނިޒާމުގައި މައްސަލަ އުޅޭ ކަމަށް ގަބޫލުކޮށް، މި ނިޒާމު ބަދަލުކޮށްގެން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ފާޅުގައި ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި އެމަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދުމުގެ އަސްލަކީ ވެސް ނިޒާމު ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ދެކޮޅު ހެއްދެވުމެވެ.
ނިޒާމު ބަދަލުކުރުމުގެ ވާހަކަ ޑިމޮކްރެޓްސްގެ ކެމްޕޭނުގެ ތެރޭގައި ވެސް ނުދައްކާ އޮތުމަށްފަހު، މި ވާހަކަ މިއަދު މި ފެންމަތިވީ މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރަށް އެ ޕާޓީގެ ތާއީދު ހޯދަން ދެވަނަ ބުރުގައި ވާދަކުރާ ޕާޓީތަކުން މަޝްވަރާ ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އިލްޔާސް ލަބީބަށް 15،839 ވޯޓު ލިބިވަޑައިގަތެވެ. އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ އަށް ހޯއްދެވުނީ 101،635 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންން
02 October 2023
ތިއުޅެނީ އަންނިއަށް ބޮޑު.ވަޒީރުކަން ނުދެވިގެން، އަންނި މިހާރު ބޭނުމެއް ނޫން، އަންނި އަކީ ފެއިލް.ވެފައިވާ ބޮލެއް، އެއްފަރާތުގައި މަޑުކޮށްލާ،.އިލްޔާސް ތިހެން އުޅެންޔާ ލިބިފަ އޮތް ތާއީދުވެސް ގެއލޭނީ
އެނގެޔޭ
14 September 2023
ރައްޔިތުންގެ ބަހެއް ނެތި ޕާޓީ ތަކުން ކޯލިޝަން ހަދައިގެން ވެރިކަން ކުރަނީ އޭ؟ ދެވަނަ ބުރައް ވޯޓުލައިގެން ހޮވީމާ ރައްޔިތުންގެ ބަހެއް ނެތްތަ؟ އަންނި ރައްޔިތުންގެ ވޯޓަކުން ނުހޮވޭނެކަން އެންގޭތީ މަޖިލީހުގެ މެޖޯރިޓީ މެންބަރުންގެ ތާއީދާއެކު ބޮޑުވަޒީރަކަށް ވެގެން މަކާރާއި ހީލަތުން ވެރިކަން ކުރާކަށް ނުން ތިޔައުޅެނީ.
ވަކިފޫ
12 September 2023
ގައުމަށް ފައިދާއެއް ހުރިކަމެއް ކުރާނަމަ ރަނގަޅު...2008އަކުން ފެށިގެންވެސް ހުސްވާހަކަ . ފާޑުފާޑުމޮޓޯ ނެރެގެން ދިވެހިންނަށް ރަނގަޅު ނަތީއްޖާއެއް ނެރެވިފައެެއް ނެތް.
ަސދފ
12 September 2023
ތާއީދު ހޯދަން ކުރަންޖެހޭ ފުރަތަމަ ކަންތައް.. މަޖުލިސް މެންބަރުންގެ މުސާރަ ކުޑަކުރުން.(އަދި އެބަޔަކު އަމިއްލަޔަށް އެބައެއްގެ މުސާރަ ކަނޑަނޭޅޭގޮތް ހެދުން)
ޕިސްޕިސްޕިސް
12 September 2023
ޤައުމުގެ ހަތްއިންސައްތައިގެ މީހުން އެދޭ ގޮތަކަށް އެއް ވެސް ފަރާތަކުން ޢަމަލުކުރުމަކީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތެއް ނޫން. ޑިމޮކްރަސީގެ ބައްޕަ މިއަދު ޚުދުމުޚުތާރު ވެރިއަކާ އޮތް ތަފާތަކީ ކޮބައި؟
އަންޑިސައިޑަޑް ވޯޓާ
12 September 2023
މަ މިބުނީނު. އެބޭޅާއާ ކޯލިޝަން ހަދާ ބަޔަކާ ދެކޮޅަށް ވޯޓު ދޭނަން ދެވަނަ ބުރުގަ.
ހުމާމް
12 September 2023
2028ގެ އިންތިހީބުގެ ކުރިން ނިޒާމަށް ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސް ވާން ފެނޭ. އެއީ ކުރިން ވޯޓު ނެގިފަހުން 20 އަހަރު ވެސް ވެފަ އޮންނާނީ. އެކަން ކުރާނެކަން މުއިއްޒު އިއުލާންވެސް ކުރަންވާނެ. މިފަހަރު ޑިމޮކްރެޓްސް ކޯލިޝަން ތެރެއަށް ވަންނާކަށް ނުފެނޭ.
ޖެރީ007
16 September 2023
ހަދާން ނައްތާލަ އުމުރު ދުވަސް ނަޝީދު ބަރުލަމާނީ ގެންނަން ބޭނުންވެގެން އުޅުނަސް އެކަމެއްނުވާނެ ވިޔަކަ ނުވެސްދޭނަން.. ޔާމީން އާ ބައްދަލުކޮއް ، ޔާމިން އަދި ނަޝީދު ދެމީހުން އެއްބަސް ވިޔަސް ތިޔަކަން ކުރިޔަކަ ނުދޭނަން އަހަރުމެން އާއްމުރައްޔިތުންނެތް
ކްރޮޑް
12 September 2023
ތިބުނާ ޑިމޮކްރެޓުން ކައިރި ބުނޭ އެމީހުންގެ ޕާރޓީގެ ނިޒާމް ބަދަލުކުރާށޭ. ވެރިކަމައިގެން ބުތު ކެޔަސް ތިޔައީ ދެން ބޮޑުވަރު .
ޢެމެރިކާ
12 September 2023
އެމްޑީޕީ ޑިމޮކްރަސީ އޮވާލަންވީ.
އެއްމެ
12 September 2023
ނަޝީދު ހަނދާންނަށްތާލާ ވެރިިކަން ކުރުނުން ތިމާމީހާ އިތުބަރެއް އަގެއް ނެތޭ ވަހީދު އަށް 5 % ލިބުނީމާ މަލާމަތްކުރި ދުވަސް ހަނދާން ނެތީތޯ ؟ މަންޑޭލާ ހިތްތްކުގެ ރައީސް ޑިމްރަސީގެ އައްޕަ ލިބުނީ 6.3 % ޢޭ ހަމަ ލަދެއްހަޔާތެއްނެތީތާ.
އިބޫ.
12 September 2023
އަންނިތަ ވާދަކުރީ