ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުން ކުރިޔަށް ދަނީ. --ފޮޓޯ: ނިޝަން އަލީ | މިހާރު
12 ސެޕްޓެމްބަރ 2023 - 17:45
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދަ ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލްގެ ގިނަ މެންބަރުން ދެކޮޅު ހަދައިފި އެވެ.
ރިޔާސީ އިންތިހާބުގައި 15،000 އަށް ވުރެ ގިނަ ވޯޓާއެކު ތިން ވަނަ އަށް ދިޔައީ ޑިމޮކްރެޓްސް އެވެ. އެހެންވެ ޕީޕީއެމް އާއި އެމްޑީޕީން އަންނަނީ އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ކައުންސިލްގެ ވިސްނުން ހުރި ގޮތް ބަލަން މިއަދު ޑިމޮކްރެޓްސްގެ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަޝާރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ އެ ޕާޓީން ސިޔާސީ މަސައްކަތް ކުރަން ޖެހޭ ކަމަށާއި ދެވަނަ ބުރާ ގުޅޭ ގޮތުން ހުރިހާ ސިޔާސީ ޕާޓީއަކާ ވެސް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.
އެ މަސައްކަތް ކުރާނެ ގޮތެއް އިންޓްރިމް ކައުންސިލުން ނިންމައި ދިނުމަށާއި އެކަމާ ގުޅޭ ގޮތުން މެންބަރުންގެ ހިޔާލުފާޅު ކުރުމަށް ހަސަން ފުރުސަތު ދެއްވި އެވެ.
އެ މައްސަލާގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ އެ ޕާޓީ އަށް ތިން ގޮތެއް އެބައޮތް ކަމަށެވެ. އެއްގޮތަކީ އެއްވެސް ކޮޅަކަށް ނާރާ އެއްވެސް ބަޔަކަށް ތާއީދު ނުކޮށް ތިބުން ކަމަށާއި ދެން އޮތީ އެމްޑީޕީ ނޫނީ ޕީއެންސީ ކޮޅަށް އެރުން ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި ހަސަން ލަތީފް ވާހަކަ ދައްކަވަނީ --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ކޮންމެ ގޮތެއް ނިންމުމުގެ ކުރިން ވެސް އަޅުގަނޑުމެންގެ ޕްރިންސިޕަލްތަކަށް ވިސްނަން ޖެހޭ. މަޝްވަރާ ކޮށްގެން ގޮތެއް ނިންމަން ޖެހޭނީ،" އިލްޔާސް ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ދެވަނަ ބުރުގައި އެ ޕާޓީން އަމަލު ކުރުމަށް ތިން ގޮތެއް ނެތް ކަމަށާއި އެމްޑީޕީ އާއެކު ވާހަކަ ދެއްކުމަކީ އެ ޕާޓީ އަށް އޮތް ގޮތެއް ނޫން ކަމަށެވެ.
އެމްޑީޕީއަކީ އެއްވެސް ހާލެއްގައި މި ޕާޓީ އަށް އަދި ރައްޔިތުންނަށް ވެސް އޮތް ގޮތެއް ނޫން ކަމަށް ވާތީވެ އަޅުގަނޑުމެން ނުކުމެ މިތިބީ -- އީވާ
އީވާ މިހެން ވިދާޅުވުމާ އެކު ކައުންސިލްގައި ތިބި ހުރިހާ މެންބަރުންނާއި ފަހަތުގައި ތިބި ސަޕޯޓަރުން ވެސް އެކަމަށް ތާއީދު ކުރި އެވެ.
"އެމްޑީޕީއަކީ އެއްވެސް ހާލެއްގައި މި ޕާޓީ އަށް އަދި ރައްޔިތުންނަށް ވެސް އޮތް ގޮތެއް ނޫން ކަމަށް ވާތީވެ އަޅުގަނޑުމެން ނުކުމެ މިތިބީ." އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އެމްޑީޕީން ޑިމޮކްރެޓްސް އަށް އިތުރަށް ހުށަހަޅާނެ ހުށަހެޅުމެއް ނޯންނާނެ ކަމަށާއި އެ ޕާޓީން ޑިމޮކްރެޓްސް އަށް ނަހަދާކަށް ދޮގެއް ނެތް ކަމަށެވެ.
ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވާހަކަ ދައްކަވަނީ--ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ދެން އޮތީ ޕީޕީއެމް އާއެކީ ދިޔުންތޯ ނުވަތަ އެއްވެސް ގޮތެއް ނުނިންމާ އަޅުގަނޑުމެން އަޅުގަނޑުމެންގެ ގޮތުގައި ތިބުންތޯ." އީވާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އާއި މަޑަވެލި ދާއިރާގެ މެންބަރު ފިރުޝާން އާއި އެހެން ގިނަ މެންބަރުން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ނުވަތަ އެމްޑީޕީގެ ފަހަތަށް އަރަން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ބައްދަލުވުމުގައި ދެވަނަ ބުރުގައި އަރާނެ ވަކި ޕާޓީއެއް ނުނިންމަ އެވެ. ވިލުފުށީ ދާއިރާގެ މެންބަރު އަފީފް ހުށަހަޅުއްވައިގެން ނިންމީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ވަކި ކޮމިޓީއެއް އެކުލަވާލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން....
14 September 2023
ކެނެރީ އާއިލާ އާ ސިއްކަ އާއިލާގެ ހަސަދަ ވެރިކަމުގެ ތެރެއަށް އެމްޑީޕީ ވައްދައިގެން މީދެން ކިހާބޮޑުވެއްޖެކަމެއް؟ "އެމްޑީޕީއަކީ އެއްވެސް ހާލެއްގައި މި ޕާޓީ އަށް އަދި ރައްޔިތުންނަށް ވެސް އޮތް ގޮތެއް ނޫން ކަމަށް ވާތީވެ އަޅުގަނޑުމެން ނުކުމެ މިތިބީ" -- އީވާ ތިހެން ބުނުމުގެ ބަދަލުގަ ބުނޭ އެއީ އީވާ ގެ އާއިލާ އަށް އެންމެ ރަގަޅު ގޮތް ނޫން ކަމަށް.... ދިވެހި ގައުމުގެ ވާހަކަ ނުދައްކާ...
ޑިމޮކް
14 September 2023
މަލިކު ލަވައަށް ވެފައިމިއޮތީ ޑިމޮކްރަޓްސް. ގުޅެވޭކަށްނެތް. ނުގުޅި ވާކަށެއްނެތް. ގުޅިގެން ވާކަށެއްވެސް ނެތް. ގުޅިގެން އުޅެވޭކަށެއްވެސްނެތް.
އަހުމަދުއަލޯ
13 September 2023
ދަނޑިމޮކްރަޓްސް އަށް ހީވަނީ މިހާރު ވެރިކަމުގައި މިތިބީ އެމީހުން ހެން.
ކީކޭބުނާނީފަހެ
13 September 2023
ދެން ކަލޭމެން ވެރިން އެއްބަޔަކު އަނެއްބަޔަކު ގޮތްދޫނުކޮށް ތީބޭ. އަހަރެމެންނަށް އެނގޭނީ އަހަރެމެން ވޯޓް ލާނެގޮތް.
ފިކުރޭ.......
13 September 2023
އަލްހަމްދުލިއލާހި ބައިވެރިނުވާތި ވެރިކަމާއި ގައުމު ދިނީމަނޫނިއްޔާ ނުވާތި، 7 % ލިބުނީމަ ބޮޑަވެގަނެގެން ތިއުޅުއްވަނީ ސައިޒު އަދިފެންނާނެ އިރާދަފުޅުން ...
ރައްދެ
13 September 2023
ނޫންނޫން، މިއުޅެނީ ފަހަތަށް އަރުވާކަށެއްނޫން، ފަހަތަށް އަރާވަރަށްވުރެ ތިޕާޓީ އަދި ކުޑަ، ކުރިޔަށް އަރަންޖެހޭނީ،
މެސީ1
12 September 2023
އަންނި އެމްޑީޕީ ރޫޅާލީ މަކަރާ ހީލަތުން، ނިޒާމީ ވޯޓަކަށް މި ގައުމުގެންދަން، އަނެއްކާ ވެރިކަމައް މުޑި ނަގަން، މީ ބޮޑު ޗައްކަރެއް
ދެން ލަލަލާ
12 September 2023
އެމްޑީޕީގެ ބާނީ، މަގުތައްމަތީ އެކަނި ދުވެ ދަލާއިލޭ އޮހޮރުވައިގެން އުފެއްދި ބޭފުޅާ އަށް ހަދާލިގޮތް އަދި ހަނދާނެއްނުނެތޭ.. ހަމަ ބޭނުން ނެތުނީމަ އެއްލާލާފަ، ފެންކައްކާ ބޮލީގެ އިއްޒަތް..ޕާޓީގަނޑު އަތުލާފަ އެވަރުނުވެގެން މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ހިފާފަ ނުގޮވާކަށް އެއްޗެއްނެތް..ޑިމޮކްރަޓްސްއިން އެމްޑީޕީ ކޮޅައް އަރައިފިއްޔާ އަހަރެންނާއި މަގޭ ހޯދި 50 މީހުންގެ ތާއީދެއް ދެން ނުލިބޭނެ..
ތިބޭ
12 September 2023
ގޮތުގަ ތިބިއްޔާ އެންމެ ރަގަޅުވާނީ. އިބޫ ބަލިވެއްޖެނަމަ އެމްޑީޕީގެ އެތައް ބަޔަކު ޑިމޮކްރެޓްސްއާ ގުޅިދާނެ. ޕީޕީއެމާ ގުޅުމަކީ މިހާރު ލިބިފަ އޮތް ތާއީދުކޮޅު ގެއްލުވާލުން.
ޝޯމޭން
12 September 2023
ކަލޭމެނަށް މަސައްކަތެއް ނުކުރެވޭނެ އެއްވެސް ބަޔަކާ އެއްކޮށް. ބަލާބަލަނިކަން ނިމުނުއިރު އެމްޑީޕީއާއެއްކޮށްވެސް ކަލޭމެނަށް ނޫޅެވުނު. ތީކީ ޓީމްވޯކްހުރި ބައެއްނޫން. ދެންރަނގަޅު އެންމެކުޑަމިނުން ތިބައި އެޕާޓީއިން ވަކިވިކަން. ތި ކަލްޓު، އަންނި ކަލްޓު މިހާރު އެންމެނަށްވެސް ރީތިކޮށްވަކިން ފެންނަން ތިބޭނެވިއްޔަ. އަހަރުމެން ބަލަންތިބޭނަން އެމްޑީޕީ ނޫންބަޔަކު ކަލޭމެންގޮވައިގެން ކިހާދުވަހަކު ސުލްހަވެރިކޮށް ގެންގުޅެވޭނެތޯ.