ޖަގަހަ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ: އިންތިހާބު ބާތިލް ކުރަން ކޯޓަށް ދާ މިންވަރަށް ބާތިލް ވޯޓު އެބަ އޮތް ކަމަށް ވިދާޅުވި - ފޮޓޯ: އެމްޑީޕީ
13 ސެޕްޓެމްބަރ 2023 - 10:05
ރިޔާސީ އިންތިހާބުގެ އިންތިޒާމްތައް އިލެކްޝަން ކޮމިޝަން ހަމަޖައްސާފައިވަނީ ވަރަށް ދޯދިޔާކޮށް ކަމަށާއި އިންތިހާބުގައި ބާތިލް ވޯޓު އެހާ ގިނަވުމަކީ ކަންބޮޑުވުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 4،000 އަށް ވުރެ ގިނަ ވޯޓު ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ. ގިނަ ވޯޓުތައް ބާތިލްވެފައިވަނީ ފާހަގަ މަތިން ދެފަހަރަށް ފާހަގަ ޖަހާފައި ހުރުމުންނެވެ. އެއް ފާހަގައަށްވުރެ ގިނައިން ވޯޓު ކަރުދާހުގައި ލާފައިވާ ނަމަ، އިލެކްޝަންގެ އުސޫލުގައިވާ ގޮތުން ވޯޓު ބާތިލްވާނެ އެވެ.
ރޭ އެމްޑީޕީ ޖަގަހައިގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ސުޕްރީމް ކޯޓަށް ގޮސްގެން އިންތިހާބު ބާތިލްކުރާ މިންވަރަށް ބާތިލް ވޯޓު މި އިންތިހާބުގައި އެބަހުރި ކަމަށެވެ. އެކަމަކު، އެކަމެއް ނުކުރާނެ ކަމަށާއި މަސައްކަތްކުރާނީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދަން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އުމުރުން ދުވަސްވީ މީހަކަށް ރަނގަޅަށް ލޮލަށް ނުފެނި، ފާހަގަ ޔަގީންކޮށްލަން ފާހަގަ މަތީ ދެވަނަ ފަހަރަށް ފަވާލުމުން ވެސް ވޯޓު ބާތިލްކޮށްފައިވާ ކަމަށެވެ.
"ކަނޑައެޅިގެން އެއީ ހެޔޮ ފާހަގަކަން އެނގޭއިރު ވެސް ތިމަންނަމެންގެ ގަވައިދު ތަން ނުދެއޭ ކިޔާފައި ވޯޓު ބާތިލްކޮށްފައި އެބަ ހުއްޓޭ. ބައްލަވާ އިލެކްޝަން ކޮމިޝަންގެ މެންބަރުން އިންނަންވީ ނޫންތޯ އެތާ ތި މޮޅު ފާހަގަ ޖައްސަވަން. އަޅުގަނޑުމެންގެ ދުވަސްވީ މީހުންނަށް އެ ފާހަގަ ޖަހާކަށް ނޭނގެއޭ،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އިންތިހާބުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ވަރަށް ގޯސްކޮށް ކަމަށެވެ. ފުރޮޅުލީ ގޮނޑީގައި ވޯޓުލާން ވަދެވޭނެ ގޮތެއް ނެތް ކަމަށާއި ދުވަސްވީ މީހުން އިށީނދެލައިގެން ތިބޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން 65 އަހަރުން މަތީގެ މީހުންނަށް އަވަހަށް ވޯޓުލެވޭ ގޮތް ހަދައިދޭ. ކިތައް ފަހަރަތޯ ކިޑްނީ ބަލި، ނޭވާ ހިއްލާ މީހުން ތިން ގަޑިއިރު ކިއޫތަކުގައި ތިބެފައި ނުލެވިގެން ގެއަށް ދާން ޖެހުނީ. އެހެންވިޔަސް އަޅުގަނޑުމެން ނުދަމޭ ސުޕްރީމް ކޯޓަކަށް،" މާރިޔާ ވިދާޅުވި އެވެ.
ފުރަތަމަ ބުރުގައި ރަށަކުން ބާތިލްކަމަށް ކަނޑައަޅާފައިވާ ބައެއް ވޯޓު.
— Ahmed Mahloof (@AhmedMahloof) September 12, 2023
އަޅުގަނޑު ދެކެނީ މިއީ ހައްލެއް ބޭނުންވާ މައްސަލައެއްކަމަށް.
މިކަމުގެ ގެއްލުން 2 ކެންޑިޑޭޓުންނަށްވެސް ލިބިދާނެ. pic.twitter.com/43vKbs2kpK
ބާތިލް ވޯޓު ގިނަވުމުގެ ކަންބޮޑުވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ކަރުދާހުގައި އެއް ފާހަގަ އަދި ފާހަގަ މަތީ ތަކުރާރުކޮށް ނުކުރަހަން އިރުޝާދު ދީފައިވަނީ ވޯޓުގެ ސިއްރުކަން ގެއްލިދާނެތީ ކަމަށެވެ.
ހަބީބް ވިދާޅުވި ގޮތުގައި މިފަދަ ވަރަށް ގިނަ ޝަކުވާތައް އާންމުން އީސީގެ މެންބަރުންނަށް ފޮޓޯއާ އެކު ވެސް ފޮނުވާފައި އެބަހުއްޓެވެ. ނަމަވެސް އެއީ އީސީގެ މެންބަރުންނަށް ކޮންޓްރޯލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ މެދު ގޮތް ނިންމުމުގެ ބާރު ގާނޫނީ ގޮތުން ދީފައި އޮތީ މަރުކަޒުގެ ވެރިޔާއަށް ކަމުގައި އޭނާ ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ ފުރަތަމަ ބުރުގެ ތަޖުރިބާއަށް ބަލައި ވޯޓު ގުނާއިރުގައި ސިއްރުކަން ހިފަހައްޓައި އެކަން ކުރެވެން އޮތް ގޮތެއް ބަލައި އެކަން ކުރާނެ ކަމަށެވެ. ދެވަނަ ބުރުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނު ދިނުމުގައި ވެސް ވީހާ ވެސް އެއްގޮތް ކުރަން އިސްކަން ދޭނެ ކަމުގައި އޭނާ ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދަވާފައިވަނީ 100،000 އަށް ވުރެ ގިނަ ވޯޓާ އެކު އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،000 ވޯޓެވެ. އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ، 50 ޕަސެންޓަށްވުރެ އިތުރުވާ މިންވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިފައި ނުވާތީ ދެ ވަނަ ބުރެއްގެ ވޯޓުލުން މި މަހު 30 ގައި ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަނަނަ
14 September 2023
ފިނދަނަ މިއުޅެނީ ކޯއްޗެއް ހަދާނަމޭ ހިތާތަ؟
ކިނާރީ
13 September 2023
ފާހަގަ މަތިން ފާހަގަ ޖަހާނެ ފާހަގަ ކެޑޭކަށް ފާހަގަ ވާނަމަ ވާގޮތަކީ މޭޒު މަތީ ކަރުދާސް ގަޑު ވާއްވާފަ މޭޒު ރާލު ވީމަ ފާހަގަ ކެޑެނީ ދެން ވިސްނާލުމެއް ނެތި އަނެއް ފަހަރު ފާހަގަ އެޖަހަނީ . ވަރަށް ބޮޑަށް ފާހަގަ ވިއެކަން . ޑަބަލް ކޮއް ފާހަގަ ޖެހިނަމަ އަހަރެން ލީވޯޓް ވެސް ބާތިލް ކުރީސް . އެކަން ފާހަގަ ވަނީ ދަފްތަރު ފޮށީގަ ވާނަމަ އެއީ މައްސަލައަކީ .
ކިޔާ ބާތްހޭ
13 September 2023
ހާދަ ތަފާސް ހިސާނުތައް ބަލައިގެން އެނަލައިސިސް ހަދަން މޮޅު މީހެކޭދީ؟
އެބޭޅާގެ އެބޭޅާ
13 September 2023
ކަލޭގެ ފަތަރާސީ އަނގަޔާ ހެދި ވެސް މީހުންގެ ވޯޓު ބާތިލުވާވަރުވޭ.
ޑދފފގފ
13 September 2023
ބާތިލްކުރޭ!!!
ލލލީ..
13 September 2023
އެމުޑީޕީ އުފެދުމުގެ އަސްލަކީ ކޮރަޕުސަނާ އާއިލީ ވެރިކަމާ ދެކޮޅައް އެކަމަކު މިހާރު ދިމާ އިދިކޮޅު
ގުލުމީ
13 September 2023
އެމުޑީޕީ ގެލީޑަރސިޕު ބަދަލުކުރަންޖެހޭ
އައްޑޫ123
13 September 2023
އުތުރު ތިލަފަޅު އެއްބަސްވުން ހާމަކުރަން ނުކެރެނީ އިންޑިޔާގެ ތަނަކައް ވާތީ. ދިވެހި ރާއްޖޭއާ އިންޑިޔާ 50 50 ވާގޮތައް އޮންނާތީ. ޢިންޑިޔާގެ ފުލްކޮންޓުރޯލް ކުރެވޭގޮތައް.
ބާތިލު ހުރިހާ ވޯޓެއް އިބުރާހިމައް ދިނަސް ނަތީޖާއައް އެއްވެސް އަސަރެއް ކުރާނެ ވަރަކައް ނެތް
13 September 2023
ނަތީޖާ ބަދަލުވާނެވަރަކަށް ނެތް
މުޙުއްމާ
13 September 2023
މާރިޔާއަކީ ފުރަތަމަކަނޑާލަންޖެހޭ މީހާ.