ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސްގެ ރައްދު އިދިކޮޅަށް: ބަނގުރޫޓުވެފައިވާ ކަމަށް ބުނެފައި އިދިކޮޅުން ވަމުންދަނީ ބޮޑެތި ވައުދުތައް

އެމްޑީޕީގެ ސޯސަން ޖަގަހައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ: ރާއްޖެ ބަނގުރޫޓްވެފައިވާ ކަމަށް އިދިކޮޅުން ބުނާއިރު ވަމުންދަނީ ބޮޑެތި ވައުދުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވި --- ފޮޓޯ/މިހާރު

ރާއްޖެ އޮތީ ބަނގުރޫޓުވެފައި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގައި ވަމުންދާ ވައުދުތަކަކީ ބަނގުރޫޓްވެފައި އޮތް ގައުމެއްގައި ކުރެވޭނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ރައްދު ދެއްވައިފި އެވެ.

އެމްޑީޕީގެ ސޯސަން ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް އެގޮތަށް ވިދާޅުވެފައި ވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑުކޮށްދީ، ފްލެޓުތަކުގެ ކުލި ކުޑަކުރަން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ. އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް އިދިކޮޅު ބުނާއިރު، އެކި މުއައްސަސާތަކުގެ މުސާރަ ދެ ގުނަކުރުމަކީ ކުރެވޭނެ ކަމެއްތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. އަދި އެ ވައުދުތަކަކީ އެއްވެސް ޕްލޭނެއް ނެތި ދައްކަވަމުން ގެންދަވާ ވާހަކަތަކެއް ކަމަށާއި އޭގެ މަގްސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު އަނެއްކާވެސް ކާމިޔާބުކޮށް، އަނިޔާވެރިކަމާއި ބިރުވެރިކަން ރާއްޖޭގައި ފެތުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ފުރުސަތު ނުދެއްވުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"އެއް ފަރާތުން މި ބުނަނީ ބަނގުރޫޓުވެފައޭ. އަނެއް ފަރާތުން އެކިއެކި މުވައްސަސާތަކުގެ މުސާރަ ދެގުނަ ކުރާ ވާހަކަ. އަނެއް ފަރާތަކުން އެ ބުނަނީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި އެކީ ކަނޑާލާ ވާހަކަ. މިއީ ކުރެވޭނެ ކަމެއްތޯ." ރައީސް ސުވާލު އުފެއްދެވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މެޗެއްގެ ގޮތުގައި ސިފަ ކުރައްވައި، އެ މެޗްގެ ފުރަތަމަ ހާފްގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް ދެވަނަ ހާފް ނިންމާލައްވާނީ ބޮޑު ކާމިޔާބަކާ އެކު ކަމަށް ވެސް ރައީސް އިބްރާހިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ސޯސަން ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަަޑައިގަތުމުން ސަޕޯޓަރުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ --- ފޮޓޯ/މިހާރު

މިމަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯއްދެވީ އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު 101,494 ވޯޓު ހޯއްދެވިއިރު ރައީސަށް ލިބިވަޑައިގަތީ 86,166 ވޯޓެވެ.

ރައީސް ވިދާޅުވީ މެޗުގެ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުން ނޫން ކަމަށެވެ. ބައެއް ފަހަރު މެޗުގެ ފުރަތަމަ ހާފުގައި ބަލިވާ ކަމަށާއި އެގޮތަށް ބަލާ ނަމަ، މިވަގުތު އޮތީ 3-1 ގެ ނަތީޖާއަކުން ފަހަތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދެވަނަ ހާފުގައި ނިކުމެ އެވަރަށް ހަމަ އިތުރަށް ދެ ލަނޑު ޖަހާ، 5 ލަނޑުން މި މެޗު އަޅުގަނޑުމެން ކާމިޔާބުކުރާނަން."

ރައީސް ވިދާޅުވީ ހާފް ޓައިމްގައި ޗޭންޖިން ރޫމަށް ވަދެ، މެޗު ރާވާލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެވަނަ ބުރު ކުޅޭނެ ގޮތް އިންތިޒާމުކުރުމާއި ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުކުރުމާއި ބުންވަރު ހުރި މީހުން ކުރިއަށް ނެރެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު މިދަނީ އެޓޭކް މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލް ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް،" ރައީސް ވިދާޅުވި އެވެ.

ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގެ ވޯޓުގެ ކަންކަމުގައި ބައެއް ކަންކަން ފަރުވާ ކުޑަކުރެވިފައިވާ ކަމަށާއި ފުރަތަމަ ބުރުގައި ނާކާމިޔާބުވި ސަބަބަކީ ވެސް އެއީ ކަމަށެވެ. އެކަމަކު މިއަދު ރީރަޖިސްޓްރޭޝަން ފެށިފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވަނީ ހުރިހާ ދާއިރާއަކުން އެކަމުގެ މަސައްކަތް އަވަހަށް ފަށަން ޖެހޭ ކަމަށެވެ.

އެމްޑީޕީގެ ސޯސަން ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުން: އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް.

ރީރަޖިސްޓްރީ ނުކުރެވުމުގެ ސަބަބުން ފުރަތަމަ ބުރުގައި ގިނަ ބަޔަކަށް ވޯޓު ނުލެވިވާތީ އެކަން އަވަސް ކުރުމަށް ރައީސް އިލްތިމާސްކުރެއްވި އެވެ. އަދި ޓީމުތަކުން ދޮރުން ދޮރަށް ހިނގައިގެން އިންތިހާބު ގެއްލިއްޖެ ނަމަ، ދެން ކުރިމަތިވާނެ ކަންކަން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންތިހާބުގެ ކުރިން ގިނަ ބަޔަކު ގޭގައި މަޑުކޮށްގެން ތިބީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބުނު ހަމަޖެހުމާއި އަމާންކަމާ އެކު އެކަން އަދިވެސް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެމީހުންނަށް އޮތުމުންނެވެ. އެކަމަކު ފުރަތަމަ ބުރުގެ ނަތީޖާ އާއެކު ގޭގައި ތިބި މީހުން ވެސް ނިކުމެފައި ވަނީ ކުރީގެ އަނިޔާވެރިކަން ތަކުރާރުވަން ނޭދޭތީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ފުރަތަމަ ބުރުގެ ނަތީޖާއާ އެކު އެބޭފުޅުން [ގޭގައި ތިބި މީހުން] އަށް ކެތެއް ނުކުރެވުން. މުޅި މާލެ އެކީ މިއޮތީ ނިކުމެ. އިރާދަކުރެއްވިއްޔާ ބޮޑު ތަނުން މި އިންތިހާބު ކާމިޔާބުކުރާނަން،" ރައީސް ވިދާޅުވި އެވެ.

މިމަހުގެ 30ގައި އޮންނަ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއިރު ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީން ވަނީ މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފަ އެވެ. އެކަމަކު އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ވަނީ ސަރުކާރާ އެކު ކޯލިޝަން ހަދައިފަ އެވެ.

69 ކޮމެންޓް, 54 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 54%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރޭޭ

18 September 2023

އެއީ ހަމަ މަނިކުފާނުވެސް ވާހަކަ ދައްކާ ގޮތް. އެއަކު ނެތް ތަފާތެއް. 2 މީހުންވެސް ވަމުންދަނީ ނުފުއްދޭނެ ކަހަލަ ވައުދުތައް. ގައުމު ބަނގުރޫޓުވެފައި އޮތްނަމަ މަނިކުފާނަށްވުރެ އެމީހުން މޮޅުވާނީ އިގްތިސޯދީ ކަންކަމުގަ ކަންކަން އަނބުރާލަން.

The name is already taken The name is available. Register?

ލިލީ.

18 September 2023

ޕާޓީ މެމުބަރުންތައް ވަކިވަނީ އިއްތިހާދު ހަދާނެ ޕާޓީއެއް ނުވި

The name is already taken The name is available. Register?

ލުގުމާން.

18 September 2023

120 ބިލިޔަން ދަރާ

The name is already taken The name is available. Register?

ދިމްޔާ

17 September 2023

ގްރޭޑް 10 ގަ އުޅެފަ ތިބޭ މީހުން މިހާރު ގިނައިން ތިބެނީ އޮފީސް އެސިސްޓެންޓުންނަށް. މިއީ އިލްމީ ގައުމެއުމެއް. މިގައުމުގެ ރައީސްވެސް ވާންވާނީ އިލްމީ ބޭފުޅަކަށް. މިފަހަރު އަލްފާޟިލް ކަނޑާލާފަ ޑރ ކުރިއަށް ލުމަކީ ގައުމާ ރައްޔިތުންނަށް ހެޔޮގޮތެއްކަމަށް ފެންނަނީ.

The name is already taken The name is available. Register?

ފުވައްމުލަކު އަބްދުއްﷲ މެސީ

17 September 2023

ޥެރިކަމުގައި ހުރެ ފައިސާ ޗާޕްކޮށްގެންނާއި ދަރަނި ނަގައިގެން ޚަރަދު ކުރާ މީހަކަށް ބަނގްރޫޓްވުމުގެ މާނަ ނޭނގޭނެ. މުއިއްޒު ވައުދުވަމުން ދަނީ އާމަދަނީ އިތުރުކޮށް ، މަނިކުފާނު ނެންގެވި ދަރަނި ދައްކައި ، ރައްޔިތުންގެ ޖީބަށް ވެސް ތަނަވަސްކަން އިތުރުކޮށްދޭން. މެޗް ދޫކޮށްލައްވާ ! ޢޭރުބް ސްކޯގެ ފަރަގު 2 ކަށްވުރެ ބޮޑު ނުވާނެ! ޢެހެންނޫނީ ނަތީޖާ މާބޮޑަށް ދައްވެ، އެމްޑީޕީ ސިޔާސީގޮތުން ދަށް ޑިވިޝަނަކަށް ރެލިގޭޓްވެ ޑިމޮކްޜާޓުން ސްޕާރ ލީގަށް ޕްރޮމޯޓް ވާނެ !

The name is already taken The name is available. Register?

އަލީ އަލީ

17 September 2023

ޓީމު އެއްކޮއް އެޓޭކަށް އެރުމަކީ ޑިފެންސް ބަލިބެ ބައިކޮޅަށް ގޯލު ވަންނަ ގޮތެއް! ހަދާން ބަހައްޓާތި!

The name is already taken The name is available. Register?

ދިގަލި

17 September 2023

މީނައަށް މީހުން ވޯޓުލާތަން ބަދަލުކޮށްލައިގެން 20000 ހާސް ވޯޓު ކަޓުވާލެވެނެކަމަށް ހީވެގެން މިއުޅެނީ. އަބޫދާބީއަށް ބަދަލުކޮށްލާފަ އޮތަސް އަމިއްލަ ޚަރަދުގަ ގޮސް ވޯޓުލާނަން. އިންޝާﷲ. މިލޮބުވެތިގައުމުގެ ދިފާއުގަ އަހަރެމެން ނުކުމެ މިތީ. އައިޑީކާޑު ވިއްކާ ކުދިން ވިސްނާލާ މިގައުމު 2 ވަނަ ސިއްކީމަށްވުމަށް ނޭދޭ. 25 ހާސް ލިބިދާނެ އިގްތިސާދު ރަނަގަޅުވުމުން ފައިސާ އެންމެނަށް ލިބިލިބި ހުންނާނީ.

The name is already taken The name is available. Register?

އަމީނު

18 September 2023

ކޮން ސިއްކީމެކޭ ކިޔާކަށް.ދީނުގަ އޮންނަނީ މުނާފިގުން ދައްކާ ވާހަކަގަގަބޫލު ނުކުރުމަށް

The name is already taken The name is available. Register?

ޢަބްދުލް ޙަމީދު ހ

17 September 2023

ޕީ.އެޗް.ޑީ އެއް އޮތް ކޮންމެ މީހަކީ ، ގައުމެއް ހިންގޭނެ މީހެއްނޫން. އެކަން ދުނިޔެ ވަނީ ދައްކުވައިދީފަ. ގައުމެއް ހިންގަން ބޭނުންވަނީ، މޮޅު ސިޔާސީ ސިކުނޑިއެއް . ރައީސް ސޯލިޙް ވަނީ އެކަން ސާބިތުކޮށްދީފާ. އިތުރަށް ޝައްކުކުރާކަށް ނުޖެހޭ. ކުރީގެ ސަރުކާރުން ވެފައިހުރި ޚިޔާނާތް ތަކުގެ ސަބަބުން ، އިތުރު 20 އެއާޕޯޓާ ، 25 ހޮސްޕިޓަލް އަޅާހާ ފައިސާ މި ގައުމުން ގެއްލިއްޖެ. ވީމާ އެފަދަ ސަރުކާރެއް ގެންނަން މަސައްކަތް ކުރުމަކީ ، ގައުމަށް ޣައްދާރުވުން.

The name is already taken The name is available. Register?

ލަލަލަަލަ

17 September 2023

އެންޓި ކެމްޕޭން ކޮށްލަން ތިބޭ ސިޔާސީ ސިކުނޑި ހިފާަގެން. ސިޔާސީ ސިކުނޑި ހިފާގެން އުޅުނީމަ ވީގޮތްމި. ތަރައްޤީ ކުރާނެ ސިކުނޑިއެއްބޭނުންވަނީ .

The name is already taken The name is available. Register?

5789

17 September 2023

ޚިޔާނާތއ ނުބރލުމަކީ ރައްޔިޔުންނަށަ ގައްދާރުވުން.

The name is already taken The name is available. Register?

ހޖހޖހ

17 September 2023

ސިޔާސީ ސިކުނޑިއެއް ނޫންހުރީ. ކޮރަޕްޓް ސިކުނޑިއެއްއޮތީ. މޫކޭމެން ކާނެވަރަކަށްކެއީ. ފެނައަކާ މިފްކޯ އެއޮތީ ބަނގުރޫޓު ވެފަ. ށްޓެލްކޯއިން ފޭރެނީ. ސިއްހީ ދާއިރާ އިދަޖައްސުވާލާފޭކު ބޭސް ގެނެސް ރައްޔިތުންނަށް ދިނީ. ދައުލަތްހިންގުމުގެ ރިކަރެންޓް ޚަރަދުކުރަނީ ބޮންޑުވިއްކާ ލޯނު ނަގައިގެން. ރާއްޖެއަށްވަނަ ފައިސާ ވައްދާތަނެއް އެނގެނީކީނޫން. ދެމެހެއްޓެނިވި ތަރައްގީގެ އެއްކަމެއް މިވޭތުވާ 5 އަހަރު ކުރެވިފަނެތް. ދެންވެސްބުނަންވީ ވެރިކަމަށްގާބިލޭ! ތިގޮވަނީ މޮޔަ.

The name is already taken The name is available. Register?

ނަންނެތް

17 September 2023

ތަރައްގީއޭ ތިކިޔަނީ ވެރިމީހާގެ ގޭގެ ސިޓިންގް ރޫމުގައި މިލިޔަނުން ޑޮލަރު މާރުކުރުމަށްތަ؟ ހަގީގަތަކީ އެންޓި ކެމްޕޭނުތަ؟

The name is already taken The name is available. Register?

ލިލީ؛

17 September 2023

ނުކިޔަވާ ސަނގޯރަކު ރަނގާޅީތަ؟

The name is already taken The name is available. Register?

ދީދޯ

17 September 2023

ބަނގުރޫޓުވުމާ ވައުދުވުމާ ތަފާތުދޯ. ވެރިއަކު ހުއްޓަ ވެރިކަމަށް ކުރިމަޔިލައިގެންވެސް އެއުޅެނީ.

The name is already taken The name is available. Register?

ޒުލްފިޤާރު

17 September 2023

ކަލެއަކަށް އެހެންވީމާ ނުވިސްނުނުތާ އެ ބުނާ އެއްޗެއް.

The name is already taken The name is available. Register?

ބޮޑު ކާފު

17 September 2023

މަނިކުފާނަށް ތިޔަ ފެނިވަޑައިގަންނަވަނީ އިލްމާ ޖާހިލު ކަމުގެ ތަފާތު މަނިކުފާނަށް ރައްޔިތުން 5 އަހަރު ދިނީމަ ރެބަން ފަށް ކަނޑާފަ ، އިތުރު ޓެކްސް ތަކެއް ރައްޔިތުން އަތުން ނަގާ ސިޔާސީ މީހުންގެ ޖީބައް ބޮޑު ކޮއްދިނީ ، އޭގެ ސަބަބުން ގައުމު މިހާލަށް ވެއްޓުނީ

The name is already taken The name is available. Register?

ކުޑަކާފު

17 September 2023

ކުރިއަށްއޮތް ފަސްއަހަރު ވެރިކަމުގައި ހުންނަމީހަކު ކޮންމެދުވަހަކު ރިބަންކެނޑިޔަސް ހުސްނުވާވަރަށް ޕްރޮޖެކުޓުތައް ދާނީ ނިމެމުން. ޕްރޮޖެކުޓުތައް ނުއަގުގައި ހިންގައި ބޮޑެތި އަދަދުން ކަމިޝަންނަގައި ވެރިޔާގެ ގޭގެ ސިޓިންގްރޫމުގައި ޑޮލަރު މާރުކޮށް އެފައިސާ ލޯންޑަރކޮށް ނުވިތާކަށް ދައުލަތުގެ ހުރިހާ ކުންފުނިތަކެއް ދޮވެލީ ކުރީގެ ސަރުކާރަކުން. އެކަން އަނބުރައި ގެންނަން ނިކުމެ ތިތިބީ.

The name is already taken The name is available. Register?

ޟިލްކާ

17 September 2023

މަގުބައްތީގެ 20 ބައްތި ކޮންމެ ރަށެއްގަ. ބަނދަރު ބައްތި 5. އހރންވީމަކޮންެރަށަކުން 15 ރިބަން. ފުދޭވަރެއް. ބުރިޖު ރިބަން ކަނޑާލިނަމަ އަހަރެމެން ގަބޫލުކުރީސް ކަމެއް ކުރިކަމަށް. ބުނި ދަރުމަވަންތަ އާ ޖެހިގެން ޓަޗަރެއް ހަދާލުމަކީ އެއްވެސް ކަމެއްނޫންކމަށް. އެކަމަކު 5 އަހަރު ނިމޭއިރު މިގައުމުގެ އެއްވެސްތާކު އިތުރު ހޮސްޕިޓަލެއް ނޭޅުނު. މިގައުމުގަނެތް މިސޯލިހު އަށް ހެދުނު ފްލެޓެއް. ފޮނިކަނޑަން އިޝްތިހާރުކުރަނީ ވިނަރެސް. ޢެއީވެސް ޕޕމ ގެ ވެރިކަުގެ ތަނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454