ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް: އެ ކުންފުނިން ވަނީ ހަބަރު ފެތުރުމުގައި ސަމާލު ވުމަށް އިލްތިމާސް ކޮށްފައި.--
17 ސެޕްޓެމްބަރ 2023 - 16:03
ހުޅުމާލެ 2 ގެ ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.
އެ ކުންފުނިން އެހެން ބުނީ، ހިޔާ ފްލެޓްތަކުން އިއްޔެ އާއި މިއަދު ކަރަންޓް ކަނޑާލަން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވާހަކަތަކެއް ފެތުރުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނީ، ރިޔާސީ އިންތިހާބާ ގުޅުވައިގެން ބައެއް މީޑިއާތަކުން ސްޓެލްކޯއާ މެދު ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަ ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އިންތިހާބާ ގުޅުގައި ހިޔާ ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލަން އުޅޭ ކަމަށް ބުނެ ޚަބަރު ފަތުރާ ކަމަށާއި އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ހަބަރުތަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، އެ ކުންފުނިން ފޯރުކޮށްދެނީ ރައްޔިތުންނާ ގުޅިފައިވާ ހިދުމަތްތަކެއް ކަމަށާއި އެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. ގެންނަން ޖެހޭ އަޕްގްރޭޑްތަކާއި މެއިންޓަނެންސް ފަދަ މަސައްކަތްތަކާ ގުޅިގެން އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުރިހާ ކަމެއް އަންގާ ކަމަށް ވެސް ބުންޏެވެ.
"އެ މަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެ މަސައްކަތަށް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތި މި ކުންފުނިން ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ. މި ދެންނެވި ގޮތާ ހިލާފަށް މިހާތަނަށް ކުންފުނީގެ މެނޭޖްމެންޓުން އަމަލުކޮށް، އެއްވެސް ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކަނޑާލައިފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ސްޓެލްކޯ އިން ބުންޏެވެ.
އެހެންވެ، ސްޓެލްކޯ އިން ބުނީ އެ ކުންފުންޏާ ގުޅޭގޮތުން ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ޚަބަރު ތަކެއް ކަމަށެވެ. ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަސާސްތަކާއި މިންތައް ދެމެހެއްޓުމަށް ވެސް އެ ކުންފުނިން އިލްތިމާސްކުރ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލީމާ
18 September 2023
ކަރަންޓުންވެސް ވައްކަން ކުރާތަނޭއްމީ. މިޤައުމުގަ ރައްޔިތުމީހާއައް ހަމަނޭވާލެވެންއެބަޖެހޭ. ވައްކަން ކޮއްފަ ނުކުރާނީ ކޮންކަމަކުން މިމީހުން
2000
18 September 2023
ޢީސީ ސަރިފަކީ މިގައުމު މިހާލަތަށް ވައްޓާލި މޭސްތިރިއާ...... އޭނާ އެބަ ޖެހޭ ގާނޫނު އަރާ ހަމަ ކުރަން. އީސީ ސަރިފޫ މަމީ އައިއޭ
Draw
17 September 2023
ކަލޭ އައިފަހުން މުޅި ސްޓެލްކޯ ހަލާކުވެއްޖެ. އިރާދަ ކުރެއްވިއްޔާ 17 ނޮވެމްބަރުގެފަހުން ކަލޯފިލާނެ
އަކްމެޑް
17 September 2023
600 އާއި 900 އާއި ދެމެދު ހުރި ބިލު މިދިޔަމަހު 1900 އަށް.
ބޮޑުމީހާ
17 September 2023
ކަރަންޓް ކަނޑައިގެން ވިޔަސް ކަރަންޓް ބިލް ކުޑަވާގޮތެއް ހޯދަންޖެހޭ. ދުވަހަކު ބޭނުންކުރިޔަސް ނުކުރިޔަސް މިގައުމުގައި ކަރަންޓް ބިލަކީ އަބަދުވެސް ބޮޑުވާ އެއްޗެއް
ނާޑުވާ
17 September 2023
ސެޕްޓެމްބަރ 9 ވަނަ ދުވަހު ކަރަންޓު ކަނޑާލާނޭވެސް މިވެރިން ގޮވި. ޕިންކީސް އަށް ދޮގު ނޫން އެއްޗެއް ހަދަން ނޭނގެނީ ކީއްވެބާ? މިދިޔަ ހުކުރު ދުވަހު ޚުތުބާގަ ވެސް ބުނި ތިޔަބައިމީހުން ގާތަށް މީހަކު ވާހަކަ އަކައިގެން އަތުވެއްޖެނަމަ އޭގެ ތެދު ދޮގު ޔަޤީން ކުރާށޭ.
ހަލްކް
17 September 2023
ޕީޖީއާއި އިލެކްޝަންކޮމިޝަންގެ ވަކީލުންނަށް ރެޑީވެވެންދެން ސްޕްރީމްކޯޓުން ކަރަންޓު ކަނޑާލި..ކަރަންޓްބިލްތައް ބޮޑުވިގޮތައް ކުޑަނުވާވާހަކަ ދައްކަނީވެސް ހަގީގަތާހިލާފަށް؟؟ކުއްލިއަކަށް ސްޓެލްކޯއިން އެތައްބަޔަކަށް ވަޒީފާދިން ވާހަކަ ދައްކަނީ ހަގީގަތާހިލާފަށް؟؟؟
އިއްލި
17 September 2023
މަ އެންމެ ދެކޭހިތްވާ ދުވަހަކީ މި ޝަރީފު ސައިޒްވާ ދުވަހެއް.
ެަޑަފި
17 September 2023
ޝަރީފު ގެއްލިގެން އެބައުޅޭ، ފުރަތަމަބުރުގެ ވޯޓުގުނިފަހުން.
ލލލލ
17 September 2023
ގޭގަ ކަރަންޓުގެ އެއްވެސް އެއްޗެއް ނުޖައްސާ މެންދުރު 2 ޖަހަންދެން. 5 މީހުން އުޅޭ ގެއެއް. ކަރަންޓް ބިލަށް މިހާރު މަހަކު އަރާ 4600 އިން މަތިންް. ރައްޔިތުން ފެލަނީ. އަނިޔާވެރިކަމުގެ ހައްދެއް ނެތް.
ފދސދ
17 September 2023
މިގައުމުގަ ނެތް ޝަރީފު ބުނާ އެއްޗަކަށް އތުބާރު ކުރާނެ މީހެއް. ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފަ ހުރި މީހެއް ތިއީ.