ޑިމޮކްރެޓްސް އިން ކުރިން ބޭއްވި ޖަލްސާގައި ނަޝީދާއި އިލްޔާސް ލަބީބް: ދެވަނަ ބުރަށް ރީރަޖިސްޓްރީ ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް.---ފޮޓޯ: ނިޝާން އަލީ| މިހާރު
17 ސެޕްޓެމްބަރ 2023 - 19:02
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގެ އަދަދާމެދު ސުވާލު އުފައްދާތީ، އެ ލިސްޓު އާއްމު ކުރަން ދަ ޑިމޮކްރެޓްސް އިން މިއަދު ގޮވާލައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ ޑިމޮކްރެޓްސް އިން އެ ކަމަށް ގޮވާލީ މި މަހުގެ 30 ގައި ބާއްވާ އިންތިހާބުގައި ވޯޓު ލުމަށް އެންމެ ދެ ދުވަސް ތެރޭގައި 25،000 މީހުން ރީރަޖިސްޓަރީ ކޮށްފައިވާ ކަމަށް އީސީން މިއަދު ބުނެފައިވާތީ އެވެ.
އެންމެ ދެ ދުވަހުގެ ތެރޭގައި އެހާ ގިނަ ބަޔަކު ރީރަޖިސްޓްރީ ކުރުމުގައި ސުވާލު އުފެދޭ ކަމަށް ބުނެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އޭނާ ހިމެނޭ ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ބޭނުން ކޮށްފައި ވަނީ ވަރަށް މަދު ބަޔަކު ކަމަށް ވާއިރު ދެ ވަނަ ބުރަށް ރަޖިސްޓަރީ ކުރަން ހުށަހެޅި ހުށަހެޅުންތަކުގެ ސައްހަކަން ކަށަވަރު ކުރަން ޖެހޭ ކަމަށެވެ.
ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުން: އެ ޕާޓީން ބުނީ ސަރުކާރު ހިންގާ ޕާޓީން ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުން ކުރާ ކަމަށް--ފޮޓޯ: ނިޝަން އަލީ | މިހާރު
ވޯޓު ދިނުމުގެ ހައްގު ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއް ނޫންކަން ޔަގީން ކުރުމަށާއި އިންތިހާބާ މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ މީހުންގެ ލިސްޓު އާންމު ކުރުމަށް ޑިމޮކްރެޓްސް އިން ގޮވާލި އެވެ.
އެ ޕާޓީން ބުނީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ދައުލަތުގެ މުދާ ކެމްޕެއިނަށް ބޭނުން ކުރަމުންދާ ކަމަށާއި މީޑިއާގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެކަން ޓްރާންސްޕޭރެންސީން ވެސް ފާހަގަކޮށްފައިވާ ކަމަށާއި އިދިކޮޅު ޕީޕީއެމުން އޭސީސީ އަށް ވެސް މައްސަލަ ހުށަހަޅާފައިވާކަން ޑިމޮކްރެޓްސް އިން ފާހަގަ ކުރި އެވެ.
"ދަ ޑިމޮކްރެޓްސް އިން އިލެކްޝަން ކޮމިޝަނަށް ގޮވާލަނީ އިންތިހާބުގެ މިނިވަން ކަމާއި ސައްހަކަން ކަށަވަރު ކުރުމަށާއި އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ވޯޓުގެ ހައްގު ކަށަވަރު ކުރުމަށެވެ. އަދި ސަލާމަތްތެރިކަމާ އެކު ރައްކާ ކޮށްދިނުމަށެވެ،" އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.
ޑިމޮކްރެޓްސް އިން އެހެން ބުންޏަސް އެމްޑީޕީން ބުނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ރީރަޖިސްޓްރޭޝަންގެ ކަންކަން ކުރުމުގައި އީސީގެ މައްޗަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ ތުހުމަތުގެ އަޑު ފަތުރަނީ ބަލިވާނެކަން ޔަގީން ވާތީ ކަމަށެވެ.
ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ
19 September 2023
ލިސްޓެން ނުޖެހޭ އާންމު ކުރާކަށް. ތިމާ ވޯޓުލާން ޖެހޭތަނާއި ރަޖިސްޓްރީ ވާޏް ޖެހޭތަން އެނގޭނީ ތިމާއަށް. ކޮންމެހެނެއް ނުޖެހޭ މިފަހަރު ރަށް ބަދަލުކުރީ ކޮންބައެއް ކޮންތާކަށްތޯ ބަލާކަށް، ތިޔަ އުޅެނި އެހެން ކަމަކާއިގެން. އެނޫނަސް އެމީހުންގެ ނަންތައް އާންމު ކުރުމަކީ އެމީހުންގެ ހައްގަކަށް އަރައިގަތުން. ހައްގޭ އެންމެ ބާރަށް ކިޔާ މީހުން އުޅޭ ހާލަކީ ތިއީ.
%7 ބައި
18 September 2023
މީ އަދިވެސް ސިޔާސީ ކަންކަމުގަ ބަސްކިޔޭވަަރު ބައެއްތަ؟ ލަދުން ބޯހަލާކު.
ސަލީމު އިދުރީސް
17 September 2023
ތިބޭފުޅާ އަޑުނާހަންތޯ ފުއާދު އެލިސްޓުހިފައިގެން ލަންޑަނުގެ ރެސްޓޯރެނޓެއްގަ ކާންއިންދަ ފޭރޭމީހަކު އައިސް އެލިސްޓު ފޭރިގަތް ވާހަޔެއް! އެހެންވީމަ ކިހެންއް އާންމުކުރާނީ
ދަނޑި މޮކް ރެޓު
17 September 2023
އަމަައްޔާއި. ތިޕާޓީގެ ކެންޑިޑޭޓެއް ނެތޭ ދެވަނަބުރުގައި. ކިންގު މޭކާރ އަށް ވާން އުޅޭނެކަމެއް ނެތް. މިހާރު ތިތެޅިފޮޅެނީ އިބޫ ހޮވިދާނެތީ. މަބުނީ ނިޒާމީ ވޯޓު ނަގަނީ ކޮންދުވަހަކުންތަ؟ މަވެސް ބޭނުމޭ ބޮޑުވަޒީރުކަން
ޢަހްމަދ
17 September 2023
7% ގެ ސައިޒުން އުޅެން ގޮވާލަން.
ކޮށި
17 September 2023
ނަޝީދު ދެން ކޮންމެ ކަމަކަށް އަނގަ ބނަށް ޖެހޭތަ. ބޮޑުވަޒީރުކަށްވެސް ލިބެން އޮތީ އެމްޑީޕީ ތެރެއިންނެވެ.
ރޫޅާލާނަން
18 September 2023
މިހާރު އެހެރީ އެމްޑީޕީން ބޭރުކޮއްފަ.
ދޮޅި ހުސޭނު
17 September 2023
ކަންކަމުގަ ބަސްވެސް ކިޔަންވާނެ. އެކަމަކު އޭގެ މާނައަކީ މަތިންބައިން ޖެހިގެން އުޅުމެއް ނޫން. އަންނިމެން އެބަޖެހޭ މިކަމާ ކުޑަކޮށް ވިސްނާލަން.
7% ބައި
18 September 2023
ކޮންއިރަކުންތަ މަޖިލިސް ރައީސްކަމުން މީނަ ބޭރުކުރަނީ؟
ދުއްލިސާ
18 September 2023
އޭނައަށް ކޯންޗެއް ވިސްނޭނީ.. އެއީ ޑިމޮރެޓްސްއިން ނަގަން އުޅޭ ނިޒާމީ ވޯޓަކާއި ގުޅިގެން ރައީސް ޔާމީނާއި ބައްދަލުކުރުމަށް އެދި މަޖިލިސް އިދާރާ މެދުވެރިކޮށް ސިޓީ ފޮނުވި މީހެއް. އޭނައަށް މިހާރު ޑިމޮކްރެޓްސްގެ ބާނީއާއި މަޖިލިސް ރައީސާއި އަންނިއާއި އޮޅިގެން އުޅޭހެން ހީވަނީ.. ކާކު ކޮންއިރަކު ކޮންވާހަކައެއްތޯ ދައްކާނީ ނޭގިގެން އުޅޭހެން ހީވަނީ..
އަފްރާސިޔާބު
17 September 2023
ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ރި ރަޖިސްޓްރީ ކުރާ މީހުންގެ ނަންތައް ޢާންމު ކުރަން ބުނެފައިނުވާ ނަމަ ޢާންމެއްވެސް ނުކުރެވޭނެ. ނަޝީދަށް ޖެހޭނީ ތެޅިތެޅި ހުޅުނބު ދާން.
ޓާޓާ
17 September 2023
ނަޝީދު މިކަމާ ނޫޅެބަލަ.. ބޮޑު ވަޒީރުކަން ކީކުރަންތޯ ކުލާހެއްގެ މޮނީޓަރުކަން ވެސް ދެން ނުލިބޭނެ..
ވިކިލީކްސް
17 September 2023
ބަލަ މިމީހުން ބުނާއިރަށް ބުނިހާ ކަމެއް ކުރަން ޖެހޭތަ؟ ސެމްބެއާ މުއިއްޒުއާ އަދުރޭއާ ކެނެރީގޭ ނަޝީދު ވެއްޖެއެއްނު ސިޔާސީ ކަންކަމާ ފެޔަށް ޖެހެން! ރައްޔިތުންގެ މެޖޯރިޓީ ތާއީދު ކުރަނީ އެމްޑީޕީ އަށޭ.... އިބޫ އަށޭ!
މުގާބޭ
17 September 2023
ނާ ހަމަތެދެއް؟ ހަހާ