18 ސެޕްޓެމްބަރ 2023 - 09:35
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ރަށްވެހިފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓު ލާން 47،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވާން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އީސީން ބުނީ މިދިޔަ ހުކުރު ދުވަހު ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައި، އިއްޔެ ހަވީރު 4:00 އަށް ވަގުތު ހަމަވި އިރު 47،000 އަށް ވުރެ ގިނަ ފޯމު ލިބިފައިވާ ކަމަށާއި، އޭގެތެރެއިން 19،000 އަށް ވުރެ ގިނަ ފޯމު މިހާރު ވެސް ރީ-ރަޖިސްޓްރީ ކޮށްދެވިފައިވާ ކަމަށެވެ.
ބާކީ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް، މުޅި ލިސްޓު ޝަކުވާއަށް ހުޅުވާލާނެ ކަމަށް ބުންޏެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު އޮތް އިންތިހާބުގައި ފުރަތަމަ ބުރުގައި ރީ-ރަޖިސްޓްރީވި 42،000 އެއްހާ މީހުންނާ އަޅާބަލާއިރު، މި ފަހަރު އެއަށް ވުރެ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅުމާ މެދު އިދިކޮޅުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އެކަން ކުރަމުންދަނީ، ރީ-ރަސްޖިސްޓްރީ ވާން ހުށަހަޅައި މީހާ އަށް ނޭނގި، ވޯޓު ގެއްލުވާލުމުގެ ނިޔަތުގައި ކަމަށް ވެސް ތުހުމަތުތައް ދަނީ ކުރެވެމުންނެވެ. މި ފަހަރު އޮންލައިންކޮށް ވެސް ރީ-ރަޖިސްޓްރީ ވާން ހުށަހެޅޭ އިރު، އެ ޕޯޓަލްގެ ކޮންޓްރޯލް އީސީގެ ބޭރުން ބަޔަކު ނަގައިގެން އުޅޭ ކަމުގެ ތުހުމަތުތައް ވެސް ވަނީ އަމާޒުވެފަ އެވެ.
އެ ތުހުމަތުތައް އީސީން ދޮގުކޮށްފައިވާ އިރު، އެ ކޮމިޝަނުން މިއަދު ބުނީ، ދެވަނަ ބުރުގައި ވޯޓު ލާން ރީ-ރަޖިސްޓްރީކުރާ މީހުން މުޅި ލިސްޓު، ޝަކުވާ ހުށަހެޅުމުގެ މަރުހަލާ ނިމުމުން، ގެޒެޓާއި އީސީގެ ވެބްސައިޓުގައި ޝާއިއުކޮށް، ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކާ ވެސް ހިއްސާކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަދު
18 September 2023
47000 މީހުން ރީރެޖިސްޓްރޭޝަން. އަދަދު ރަނގަޅުބާ. ހަމަ ޝައްކު
މުހައްމަދު އިދުރީސް
18 September 2023
ފުރަތަމަ ބުރުގައި ވޯޓުލައިގެން މިއުޅެނީ މުޅިންވެސް އެތަންމިތަނަށް ބޭރުން އަރައިތިބިމީހުންބާ. އެހެންނޫނީމުޅިގައުމު މިއޮތީ ފުރަން ތައްޔާރުވެފައި. ރީރަޖިސްޓްރީ ލިސްޓު ފައިނަލް ކުރުމުގެ ކުރިން އާއްމުނުކޮށް ބާއްވައިގެން ވޯޓް ލާންދާއިރު ރަޖިސްޓްރީ ނުބައިތަނަކަށް އޮވެގެން ޖެހޭމައްސަލަ އީސީ އިން ޒިންމާވާންޖެހޭނެ. އީސީއަށް މިކަމުގައި ރީރަޖިސްޓްރީ ކުރީ އަމިއްލަޔަށް ކަން ކަސަވަރު ކޮށްނުދެވޭނަމަ އީސީއާއިގެން މައްސަލަ ހުށަހައެޅޭނެ.
ސާބަސް ހަމަ
18 September 2023
ލިސްޓު ޢާއްމު ކުރޭ. ޝަކުވާ ހުށަހަޅަން ފުރުސަތު ދޭ. ދެން ނުބައި ތަނަކަށް ވޯޓުލުމަށް ދާއިރު ތިމާގެ ހަމަ އެއްވެސް ޒިންމާއެއް ނެތީތަ؟ ތިމާގެ ފަރުވާ ކުޑަކަމުގެ ޒިންމާވެސް ނަގަންވީ އެހެންމީހުންތަ؟ ބޮޑުވަރު!!!!
އަޅޭ އަޅޭ
18 September 2023
ތިވަރު ވީމާ ދެން ހަމަ ބުނެވޭނީ ޝައްކު އުފެދެޔޭ! ވަކިބައެއް ބުނާކަށް ނޭނގެ. ހަމަ ޔަޤީނުންވެސް މި އަދަދަކީ މަގޭ ސިކުނޑިއަށް ބަލައިގަންނަން ހަމަ ދަތި އަދަދެއް! ކޮންމެވެސް ނުބައެއް އުޅޭކަމަށް ހީވަނީ.
އިލޫ
18 September 2023
މި ސުލޯ ކަންމަތީ ގައުމު އަނެއްކާ އަނެއް 5 އަހރު ދާކައް ބޭނުމެއްނޫން
އަފުން
18 September 2023
ކުއްލިއަކަށް މިވަރުގެ މޫވްމަންޓެއް އައުން މިއީ އަންތަރީސް ވާވަރުގެ ކަމެއް. ކުރިން ވޯޓްލާން ނުނުކުންނަ އެންމެން ވޯޓް ލާން ހުރިތަން ނޫން އެހެން ތަނަކަށް ފުރައިގެން ދަނީބާ. މިއީ މިނިވަން ބަޔަކު ރަނގަޅު ތަހުގީގެއް ހިންގާ ބަލަން ޖެހޭ ކަމެއް. 47000 މީހުންގެ މޫވްމަންޓެއް އައި ސަބަބު މުސްތަޤްބަލަށްޓަކައިވެސް ދެނެގަންނަން ޖެހޭ.
ހުމޫ
18 September 2023
އައިޑި ކާޑު ގަނެ ވޯޓު އޮޅުވާލާ މިހުންނަނީ ކުރިން އެމުޑީޕީ ން ކުރި ކަންކަމެއްނޫން އޭރު އޮތީ ރައްޔިތުންގެ ލޯބި މިހާރު އަނެއްކޮޅާށް މިޖެހީ
އުމޭރު
18 September 2023
މޫކައި ސޫޓު ގަ ތިބި ބޭރުބަޔަކު ސިސްޓަމުތަކައް އެކުސެސް ވެވެންނާ ގައުމު ގެ މިނިވަންކަން ގެއްލިދޭނެ
ނުހާ.
18 September 2023
ވަގު ހަދާތީ މައްސަލަޔަކީ މަގޭ ނަން މިހާރު އޮތީ ކައިރި ރަށެއްގަ .. ނަސީބެއް ދެން ކައިރި ރަށެއްގަ އޮތްކަން
އަލްމުދިޝް
18 September 2023
މިކަމުން ދޭހަވަނީ ފާއިތުވީ 5 އަހަރުގެ ތެރޭގައި ގިނަބަޔަކު ސަރުކާރަށް ފިލަން ބޭރުގަ ތިބެގެން ސަރުކާރު ހޮވަން ވަނީ ފިލާފަވެއެވެ. އަދި އެޑްރެސްތަށް އޮޅުވާލުމާއި އައިޑީ ވެސް ދަނީއޮޅުވާލަމުންނެވެ.
ދޮޅި ހުސޭނު
18 September 2023
ގިނަ މީހުން ވޯޓުލަމަކީ މައްސަލައަކަށް ވެގެން ނުވާނެ. ކޮންމެ ޕާޓީއަކަށްވެސް ގިނަ މީހުން ވޯޓުލާން ނެރެން މަސައްކަތް ކުރެވިދާނެ. އެއީ އެޕާޓީއެއްގެ އަތްމަތީގައި އޮތް ކަމެއް.