ޓޫރިސްޓު ރިސޯޓެއް. ރިސޯޓު ޖޫރިމަނާ އިން ހަތަރު ބިލިއަން ރުފިޔާ ވަނީ މާފުކޮށްދީފައި--
18 ސެޕްޓެމްބަރ 2023 - 14:32
ޓޫރިޒަމް މިނިސްޓްރީން ގަވައިދަށް ގެނައި ބަދަލާ އެކު, ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ މާފުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވީ، ކުލީގެ ޖޫރިމަނާއިން ބޮޑު އަދަދެއް މާފުވެގެންދިޔައީ، ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ، މާފުކޮށްދީފައި ވަނީ އޮޕަރޭޝަނަށް ނުގޮސްހުރި، ނުހެދި ހުރި ރިސޯޓުތައް ކަމަށެވެ. އަދި އޭގެ ތެރޭގައި ކުލީގެ ޖޫރިމަނާ ފިޔަވައި އެހެން ޖޫރިމަނާއެއް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރީސްޓްރަކްޗާ ކޮށްދީފައި އިން ބައި ރައިޓް-އޮފް މި ކޮށްލީ. ކުރީމަ މާފޭ ވެސް ކިޔެދާނެ. އެކަމަކު ވެސް އޭގެ ޒާތުގައި އެކަން ކުރަން ތިބި މީހުންނަށް [ރިސޯޓު އޯނަރުންނަށް] މި ކަމުގައި ކުރިއަށް ދެވޭނެ މަގެއް މި ހޯދައިދިނީ. އެގޮތަށް ކުރިއަށް ނުދެވެންޏާ އަޅުގަނޑަކަށް ޔަގީން ދެން ހުރި ފިޔަވަޅުތައް ވެސް އަޅަމުން ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.
"0.5 ޕަސެންޓުން ކޮންމެ ދުވަހަކު ޖޫރިމަނާ ވުމަކީ އެއީ ވަރަށް ބޮޑު އަދަދެއް. އެ ފައިސާ ނުދެއްކި އޭގެ މައްޗަށް ޖޫރިމަނާވަމުން އައިސް ރިސޯޓްތައް ނުހެދި ވެސް އެބަހުރި. އަޅުގަނޑުމެން މި ދައްކައިދެނީ އެކަމުގައި ކުރިއަށް ދާން މަގެއް."
ރިސޯޓު ކުލީގެ ޖޫރިމަނާއަށް އަރާ ނިސްބަތް ކުޑަކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ރިސޯޓު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި އޭރު އަރާ 0.5 ޕަސެންޓުން 0.0493 ޕަސެންޓަށް އޭރު ކުޑަކުރި އެވެ. އެކަމަކު މީރާ އިން ބުނީ އެ ޖޫރިމަނާ މާފުކުރިކަން ޓޫރިޒަމް މިނިސްޓްރީން މީރާ އަށް އަންގާފައި ވަނީ މިދިޔަ މަހު ކަމަށެވެ.
މައުސޫމް ވިދާޅުވީ، މި ބަދަލުގެ ތެރެއިން 0.5 ޕަސެންޓް ރޭޓުން އަރަމުންދިޔަ ޖޫރިމަނާ ދައްކަން ޖެހޭނީ 0.0493 ޕަސެންޓްގެ ރޭޓުން ކަމަށެވެ. އެކަމަކު މި ލުއި ލިބުނީ ކިތައް ރިސޯޓަށް ކަމެއް، އަދި އެއީ ކޮން ބައެއްގެ ކޮން ރިސޯޓްތަކެއް ކަމެއް ޓޫރިޒަމުން އަދި ހާމައެއް ނުކުރެ އެވެ. ރިސޯޓް ހަދަން ރަށް ދޫކޮށް، ނުހެދި ރަށްރަށުގެ އަދަދު 100 އާ ގާތްކުރެ އެވެ.
މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 3.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
މައުސޫމް ވިދާޅުވީ ޖޫރިމަނާ މާފުވި އެއްވެސް ރިސޯޓެއްގެ ތެރޭގައި މިހާރު ހިންގަމުން ގެންދާ ރިސޯޓެއް ނުހިމެނޭނެ ކަމަށެވެ.
"އެއީ ކޮންސްޓްރަކްޝަންގައި ރިސޯޓް އޮތް ވަގުތުގެ ތެރޭގައި ހިނގާފައިވާ ޖޫރިމަނާ އާއި ހަދަމުން އަންނަ ރިސޯޓްތަކުގެ ކުލީގެ ޖޫރިމަނާ،" އޭނާ ވިދާޅުވި އެވެ.
ޖޫރިމަނާއަށް ގެނައި ބަދަލާ ގުޅިގެން ބޮޑު އަދަދެއް މާފުވި އިރު މިދިޔަ އަހަރު މިދިޔަ އަހަރު ވަނީ ރިސޯޓުތަކުގެ ބިމުގެ ކުލި ކުޑަކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެހެން ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ވަނީ އެ އިސްލާހު އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައޔޔ
19 September 2023
އަނެއްކާވެސް މުއްސަދިންނަށް ރުފިޔާގަނޑެއް ތިދިނީ ވޯޓަށް
ވޯލް
19 September 2023
0.5 % ޖުރިމަނާ އަރާނެކަން އެނގި ހުރެދޯ އެގްރިމެންޓްހަފާ ރަށް ރެސޯޓެއް ގޮތައް ތަރައްޤީ ކުރަން ނަގާނީ. މީ ވަރށް ގޯސް ނިންމުމެއް. ފައިސާ ދެއްކޭނެ ފެންވަރު ނެތިއްޔާ ކުންފުނި ބެންކްރަޕްސީ ސާބިތުކށްފަ ރަށް އަލުްނ ރީބިޑަށް ލީމަ ނިމުނީ. ދައުލަތުން ވަކި ބައެއްގެ ވިޔަފާރި ފުޅާކޮށްދެވެނީ. މިހެން މާފުކުރުމަށް ވުރެ މާ ރަގަޅު ނޫންތޯ މާލެ ބުރިބުރިއަށް ހުރި ގެ ތަކަށް ބޫސްޓަރ ޕަންޕ ހިލޭ ދިނިއްޔާ ، އެނެތި 4ބުރިއަށް ވުރެ މައްޗަށް ފެން ފޮރުކޮށްދެވެނީކޫ ނޫން ވިއްޔަ.
ހަސަންހުސެން
19 September 2023
މިލިޔުން ކިޔުއްވާ ބޭފުޅުން ވިސްނުން މުހިންމު، މާފުކޮށްފާވަނީ ހަދަމުންދާ ރިސޯޓްތަކުގެކަން. އެތަނުގެވެރިންނަށް އެ ތަންތަނުން އަދި އެއްވެސް އާމުދަނީއެއް މަންފާއެއް ނުލިބޭނެ. 4 ބިލިޔަން ރުފިޔާއަކީ ކުޑަ އަދަދެއް ނޫން. އެގޮތުން އެ ރިސޯޓުތައް ނަހަދައި ދޫކޮށްލުންވެސް ޖޫރިމަނާ ދެއްކުމަށް ވުރެ މާ ފައިދާވާނެ. އޭރުން އިޤްތިސޯދަށް ވާނޭ ގެއްލުން އަދި މާ ބޮޑުވާނެ.
ސުކުނ
19 September 2023
ތިޔަރަށްތައް ނެގި އިރު އެގޮތަށް އެއްބަސްވެފަ އިނދެއްޖިއްޔާ ހަމަ އަގު ދައްކަންވާނެ. ދައުލަތުގެ ރަވެނިއު ނުވަތަ ދައުލަތައް ލިބޭނެކަމަށް ލަފާކުރި އަދަދުގެ ތެރޭ ތިބައިވެސް ހިމެނޭނެ. ރައްޔިތުންއަތުން ނަގާޓެކްސް އިން ކޮމްފެންސޭޓްކުރާނެ ތިބައި.
ސޯލިހެއްނޫން ސޮހޮލެއް.
18 September 2023
ނިކަމެތި ރައްޔިތުން އަތުންނަގާ ޖީ އެސް ޓީ މި ބިޑުކުރީ މިކަންކުރަނވެގެންތާދޯ. މީ ހަމަ އެއްގޮތަކަށްވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާ ބަޔަކު ހިމެނޭ ސަރުކާރެއްނޫން މިހާރު މިއޮތީ މިކަހަލަ ހުރިހާކަމަކައް ރައްޔިތުން ނޫނެކޭ ބުނަންވީ ވަގުތު މިފަހަރު ނޫނެކޭ ނުބުނެފިނަމަ ދިވެހި ރައްޔިތުންނައް ވަރައް ވޭންތައް ދޭނެ. އެމީހުން ބުނާނެ ޖީއެސްޓީ ބޮދުކުރިޔަސް ރައްޔިތުން އޯކޭއޭ އަދި ބޮޑުކުރިޔަސް އޯކޭ ވާނޭ. ހިނގާ އެންމެންވެސް އިބޫ އަށް ނޫނެކޭ ބުނަމާ.
ފަޒުނާ
18 September 2023
އޭ ވިނަރެސް ފްލެޓް ކުލި ކުޑަކޮށްލަދީ މާފުނުކުރިޔަސް، އަހަރުންވެސް ވީ ރައްޔތުން ސޯލިހު ދަންނާތި ތިޖަހާ ސަކަރާތް އަހަރެމެން މިތިބީ ބަލަން
ޕޫރުބެ
18 September 2023
ކުދިރަށްރަށުގެ ފިހާރަތަކާއި ކަންމަތީ ފިހާރަތަކާއި ވަކިވަކި ފަރުންދުންގެ ފިހާރަތަކުންނާއި ގެސްޓްހައުސްތަކގެ ވިޔަފާރިތަކުގެ ޓެކުސްތަށް ވަގުތުން ވަގުތަށް މާފުކުރުމަށް ގޮވާލަން.
މިހާރުު
18 September 2023
އިބޫއަށް ވޯޓް ދޭނަމޭ ހިތަށް އެރިތަނުން މި ޚަބަރުކިޔާފަ ހަމަ ކުއްލިއަކަށް އެ ޚިޔާލު ބަދަލުވެއްޖެ.
އިސްމާލު 2.0
18 September 2023
ޖޫރިމަނާގެ މަޤްސަދަކީ ކޮބާކަން އެންމެންނަށްވެސް އެނގުން މުހިންމު. އޭއީ އެއްވެސް ހާލެއްގައި އާމުދަނީ ހޯދާ މަގެއް ނޫން. އާމުދަނީ އަކީ ކުލި. ޖޫރިމަނާ އަކީ އެ ކުލި ދެއްކުމުގައި ކުއްޔަށްހިފާ ފަރާތް ޑިސިޕްލިން ކުރުމުގެ ނިޔަތުގައި ނެގޭ އެއްޗެއް. ރަނގަޅު، ފާއިތުވެގެންދާ ކޮންމެ ދުވަހަކަށް، ނުދައްކާ ހުންނަ ފައިސާގެ ވެލިޔު ވެއްޓޭނެ. ޖޫރިމަނާގ ވެގެން ނުވާނެ ކުލި ދެއްކުމަށް އިތުރު ތަކުލީފަކަށް. ކުއްޔަށްދޫކުރާ އަދި ކުއްޔަށްހިފާ މީހާއަށްވެސް މޮޅެއްނެތް.
ޕިކްސް
18 September 2023
ބަރާބަރަށް ކުލި ދައްކާނަމަ ޖޫރިމަނާއެއް ނާރާނެ.
ސޯލިހެއްނޫން ސޮހޮލެއް
18 September 2023
ނިކަމެތި ރައްޔިތުން އަތުންނަގާ ޖީ އެސް ޓީ މި ބިޑުކުރީ މިކަންކުރަނވެގެންތާދޯ. މީ ހަމަ އެއްގޮތަކަށްވެސް ރައްޔިތުންނާ ދޭތެރޭ ވިސްނާ ބަޔަކު ހިމެނޭ ސަރުކާރެއްނޫން މިހާރު މިއޮތީ މިކަހަލަ ހުރިހާކަމަކައް ރައްޔިތުން ނޫނެކޭ ބުނަންވީ ވަގުތު މިފަހަރު ނޫނެކޭ ނުބުނެފިނަމަ ދިވެހި ރައްޔިތުންނައް ވަރައް ވޭންތައް ދޭނެ. އެމީހުން ބުނާނެ ޖީއެސްޓީ ބޮދުކުރިޔަސް ރައްޔިތުން އޯކޭއޭ އަދި ބޮޑުކުރިޔަސް އޯކޭ ވާނޭ. ހިނގާ އެންމެންވެސް އިބޫ އަށް ނޫނެކޭ ބުނަމާ.
ވަގު ތީ
18 September 2023
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ޓެކްސް ޖުރުމާނާ އާއި ބަޔާން ލަސްވުމުގެ ފައިންތައް މާފުކުރިނަމަ ރާއްޖޭގެ އިގްތިސާދުގެ ހަކަތަ އިތުރުވީސް. ސަރުކާރުން ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ކުދި ވިޔަފާރިތައް އިނދަ ޖެހިފައި ތިއްބައި ، ބޮޑެތި މަހުޖަނުންނަށް ޖުރިމާނާ މާފުކޮށްދިނުމަކީ ވަރަށް ވެސް ތާކުން ތާކު ނުޖެހޭ ކަމެއް!