ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެންވޭރުގެ ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން، މީޑިއާތަކަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: އެމްޑީޕީ
18 ސެޕްޓެމްބަރ 2023 - 21:42
ލޯކަލް ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމަކީ ވަރަށް ބިރުވެރި ވާހަކައެއް ކަމަށާއި އެ މަސައްކަތް ކުރަނީ ބާރުތައް އަތުލުމަށް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިދިޔަ ހޮނިހިރު ދުވަހު ހދ. ފިނޭއަށް ވަޑައިގެން، މުއިއްޒު ވަނީ ކައުންސިލްތައް ބާރުވެރިކުރަން ހާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން، މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތަރައްގީވެފައިވާ އަދި ކުރިއަރަމުން އަންނަ ގިނަ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ހާއްސަ މިނިސްޓްރީއެއް އޮންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރަން ވަކި މިނިސްޓްރީއެއް އުފެއްދުމަކީ، އެ ނިޒާމު ހަރުދަނާކުރުމަށް ހުށަހެޅުއްވި ކަމެއް ކަމަށެވެ. މިއީ، ރާއްޖެ ކަހަލަ ލާމަރުކަޒީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަކަށް ކޮންމެހެން ބޭނުންތެރި އަދި ވަރަށް ފައިދާހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒުގެ ސަރުކާރެއްގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް https://t.co/jeNWcbaYiD
— Mihaaru (@Mihaarunews) September 16, 2023
ހެންވޭރުގެ ދޮރުން ދޮރަށް ހިންގެވުމުގެ ތެރެއިން، ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި ކައުންސިލްތަކާ މެދު ކަންތައް ކުރި ގޮތް ފެނުނު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހެންވޭރުގެ ގެއަކަށް ވަޑައިގެން، އެ ގޭގެ މީހުންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
ކައުންސިލަރުން ސަސްޕެންޑުކުރުމާއި އެ އިދާރާތަކުގެ ބާރުތައް ނެގި ކަމަށާއި، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިހާރު ބަލަހައްޓަމުން އަންނަ ކައުންސިލްތަކުގެ ބަދަލުގައި މިނިސްޓްރީއެއް އުފައްދަން އުޅެނީ އެ ބާރުތައް އަލުން އަތުލުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކުރުމަށް އެންމެ ބޮޑު ހުރަހަކީ ކައުންސިލްތަކުގެ ބާރު ހިފެހެއްޓުމެވެ.
"ބާރުތައް ދޫކޮށްލުމާއި ޑިސިޝަން ނެގުމުގެ ފުރުސަތު ކައުންސިލްތަކަށް ދިނުން އަދި ރައްޔިތުންނާ ވީހާ ވެސް ކައިރިން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަނެއްކާ ވެސް މި ފެންނަނީ އެ ބޭފުޅުން އަނބުރާ މާލެއަށް ބާރުތައް ޖަމާކުރާތަން. އެއީ ބިރުވެރިކަމެއް. އެއަށް ފުރުސަތު ލިބިއްޖެނަމަ އަނެއްކާ ވެސް ދާނީ އެތައް އަހަރެއް ފަހަތަށް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވިސްނެންޏާ ކިޔަވާ
19 September 2023
ބައްލަވާ މިހާރުވެސް އެލް.ޖީ.އޭ ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަކަށް. މާނައަކީ މިނިސްޓްރީއެއްގެ ދަށުންނޭ އެ ހިނގަނީ. އެލް.ޖީ.އޭ ގެ ބާރު އޮންނަނީވެސް ރައީސް އައްޔަންކުރާ ބަޔަކަށް. އެލް.ޖީ.އޭ އަކީ މިނިވަން އިދާރާއެއް ނޫން. މިހާރު މި އޮތީ ކަންކަން ކުރުމުގައި އިތުރު ހަރުފަތެއް ދެމެދަށް ލާފަ އަދި ސިޔާސީވެސް ކޮށްފަ. ވަކި މިނިސްޓްރީއެއްް ހުރުމުން މާ ފޯކަސްކޮށްް ކަންކަން ކުރެވޭނެ. މިނިސްޓްރީއެއް ހުރުމަކީ އަދި ބާރުޖަމާކުރުމެއް ނޫން.
ސަރަނގު
19 September 2023
މިހާރުވެސްކައުންސިލްތަކުގެބަލަދުއަރާއޮފީހެއްހުރޭ ލޯކަލްމާރުކޭޓް މިގޮތައް ލޯކަލްގަވަރަމެންޓްއޮތޯރިޓީ ކިޔާތަނެއް ވާއެއްވެސްފައިދާއެއްނެތް މިތަނުގެމީހަކުކެބިނަޓަކުވެސްނުއިދޭ މުއިއްޒު އުފައްދާނީ މިނިސްޓްރީ އޮފް ކައުންސިލް އެއިރުންކައުންސިލްއިދާރާތަކުގެމިނިސްޓަރެއްކެބިނެޓްގާއިންނާނެދުވަހުންދުވަހައްރައީސުލްޖުމްހޫރީއްއާއިކެބިނެޓައްކައުންސިލްތަކަށްބޭނުންކަންކަންހުށަހެޅިމަޝްވަރާކޮށްއެކިމަޝްރޫއުތައްހިންގަފަސޭހަވާނެ ދެވަނަކޮމެންޓްފަހުންއަންނާނެ
ޗާގޯސް
19 September 2023
ބޭޅާގެ ޓީމުގައި ރަނގަޅަށް ކެމްޕޭން ކުރަން ދަންނަ ހަމަ އެކުވެސް ނެތީތަ. ނިދީގައިވެސް މުޢިއްޒުގެ ނަން.
އޮނަރަބްލް އަފީފު ދީދީ
18 September 2023
ހިޔަޅަށް މޭބިސްކަދުރު ނުބައިވިފަދަ ވާހަކަ ދައްކަވާނެ ކަމެއްނެތް. ބޭޅާއަކީ ސަރުކާރު ޒިންމާދާރުކުރުމާއި ޤާނޫނުގަދާ މަޖިލީހުގެ މެންބަރުކަމުގައި 20 އަހަރު ހޭދަކުރައްވާފައިވާ މީހަކަށްވާއިރު ދައުލަތުގެ ޤާނޫނުއަސާސީގައި ދައުލަތުގެ 3 ބާރު ބެހިގެންވާގޮތް ހާމަކޮށްފައިވަނިކޮށް ބޭޅާއަށް އެކަންއޮޅިވަޑައިގެންތޯ "މަޖިލިސް މެޖޯރިޓީއޮތީ އަޅުގަނޑުގެ އަތުގައިކަމަށް" ވިދާޅުވީ.!؟ މިއަށްވުރެ ބޮޑު ބިރުވެރިކަމެއްތޯ ތިޔަބުނާ މިނިސްޓްރީ ގެ ސަބަބުން ރައްޔިތުނަށް ލިބެނީ!
ރާއްޖެ
18 September 2023
މާލޭގަ ކައުންސިލެއް އޮއްވާ އަސްލަންޓޭ މިނިސްޓްރީން ނޫންތޯ ތިޔަ ކަނޑު ފަޅުން ގޯތި ބެހީ؟ ކޮބައިތޯ އޭރު ލާމަރުކަޒު؟
ކޮމެންޓްކުރާމީހާ
18 September 2023
ދިވެހިރާއްޖެއިން ބޭރުގެ ސިފައިން ފޮނުވާލަދޭށޭ ރައްޔިތުން ގޮވަން ފެށީމާ އެއްވެސް މިލިޓަރީ މަސައްކަތެއް ކުރާ ބޭރުގެ ސިފައިންނެއް މި ޤައުމުގަނެތޭ ބުނުމަކުން އަދި ނުފުދޭ.. އަދި ކިއެއް.. އޭގެން އެނގުނު އެއްޗަކީ ބޭރު ޤައުމެއްގެ ސިފައިން މި ޤައުމުގަ ތިބިކަން.. މިކަމަކީ ތިޔަ ދެންނެވި ވާހަކައަށްވުރެ ބިރުވެރިކަން މާބޮޑަށްވެސް ބޮޑުވެގެންވާ ކަމެއްކަމުގައި ދެންނެވިން...ޝުކުރިއްޔާ...
ބޮޑުމީހާ
18 September 2023
ދޫކޮށްލީ ކޮންބާރެއް ބާ؟ ގާނޫނުގައި އެއްޗެއް ލިޔުނީމާ ބާރުތައް ލިބުނީތަ؟ އެލްޖީއޭގައި އެމްޑީޕީ އެކްޓިވިސްޓެއް ބަހައްޓައިގެން މިވެރިކަމުގައި ޖެހި ސަކަރާތްތައް ދެކެފިން. އޮފީހުގައި ލާނެ ކުލަކޮޅެއް ހޯދަން މާލޭގެ މިނިސްޓްރީއަށް ސިޓީ ލާންޖެހޭ. މަގާމެއް އުފައްދަން މާލޭގެ ހުންނަ އޮފީހުން ހުއްދަ ހޯދަންޖެހޭ. އިގްތިސާދީ އިހުތިސާސް ކަނޑައަޅާފައި އޮތީ ބޮޑުޖޯކެއްހެން. ލޭންޑުޔޫސް ޕްލޭން ފާސްކުރަން ޕްލޭނިންގ މިނިސްޓްރީއަށް. ގޯތިދިނީ ޕްލޭނިންގ މިނިސްޓްރީން؟
ރުންކުރު
18 September 2023
ޔާމީންގެ ވެރިކަމުގައި ކައުންސިލްތައް ހުރި ގޮތަށް ނުވަތަ އެއަށްވުރެވެސް ބަލިކަށިކުރުމުގެ ނިޔަތުގައި މެނުވީ ސަރުކާރުން ސިޔާސީ މީހުންގެ ބާރު ހިނގާ ގޮތަށް ކައުންސިލްތަކަށް އަމާޒުކޮށް މިނިސްޓްރީއެއް ނުއުފައްދާނެ. މިއީ އަތޮޅުތެރޭގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. ކުރީ ވެރިކަމުގައި ކަން ހިނގި ގޮތަށް ނުވަތަ އެއަށްވުރެ ގޯސްކޮށް ކަންކަން ހިނގުމުގެ ފުރުޞަތު އެބައޮތް.
އެއްލޯ
19 September 2023
އެލްޖީއޭ މިހާރު ޖަވާބުދާރީ ވާންޖެހެނީ ކާކަށް. ބަލަގަ ހޯމްމިނިސްޓަަރަށް. މާނައަކީ ހޯމް މިނިސްޓްރީގެ ދަށުންނޭ ހިނގަނީ. ލޭންޑް ޔޫޒް ޕްލޭނަށް ގޮތް ނިންމަނީ ޕްލޭނިން މިނިސްޓަރ. އެލްޖީއޭގެ ވެރިއަކީ ސިޔާސީ މީހެއް. ކޮބައި މިނިވަންކަން؟ ވަކި މިނިސްޓްރީއެއް ހުރުމަކީ އަދި ބާރުު ޖަމާކުރުމެއް ނޫން.
ޢަޒްރާ ޢަލީ
18 September 2023
އަހަރެމެންގެ ގައުމުގެ މިނިވަންކަމާއި އިސްލާމްދީނާއި އެދީނުގެ ސިޔާސަތު އަހަރެމެންނަށް މާ މުހިންމު ލާދީނިއްޔަތުން ލިބުނީ ގެއްލުން
ޕޮރޮވިންސް
18 September 2023
ހަނދާންއާކޮށްލަން، 2009 ގައި ކައުންސިލްތަކުގެ 80% މެޖޯރިޓީ ނެގީ ޑީއާރުޕީން، އެކަމު ވެރިކަމުގައި އޮތް އެމްދީޕީ ސަރުކާރުން ޕޮރޮވިންސް އޮފީސް ހަދައިގެން ބާރުތައް ނެގީ