ރާއްޖޭގެ ރިސޯޓެއް. ރިސޯޓު ކުލީގެ ޖޫރިމަނާއަށް ބަދަލު ގެންނަން ޖެހުނީ، އިންތިހާއަށް ބޮޑުކަމުން
18 ސެޕްޓެމްބަރ 2023 - 20:41
ރިސޯޓު ކުލީގެ ޖޫރިމަނާ އަށް ބަދަލު ގެންނަން ޖެހުނީ، ކުލި ނުދެއްކުމާ ގުޅިގެން އަރާ ޖޫރިމަނާ ކުރިން ހުރީ "ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލު ކުރެވޭ ވަރަށް ވުރެ ވެސް މާ ބޮޑަށް، އަހަރަކު 182 ޕަސެންޓުގެ ރޭޓަށް ވާތީ" ކަމަށް ސަރުކާރުން ބުނެފި އެވެ.
ޖޫރިމަނާ ދެއްކުމުގައި އަމަލު ކުރާ ގަވައިދަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރުން ބުނީ، ރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ވަނީ މިފަދަ ޖޫރިމަނާތަކަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ ރޭޓެއް ނޫން ކަމަށް ނިންމާފައި ކަމަށެވެ.
"މިސާލަކަށް ކުރީގެ ރޭޓުގައި (%182) 1 މިލިއަން ރުފިޔާ ގެ ރިސޯޓު ކުލި ނުދައްކާ ފަރާތެއް އަނބުރާ ދައްކާ އިރު އެ އަދަދު ދެގުނަވެ އަހަރެއް ތެރޭ 1.8 މިލިއަން، ހަމައެކަނި ޖޫރިމަނާ ގޮތުގައި ދައްކަން ޖެހޭ. އެއީ ކުލީގެ 1 މިލިއަން ލައިގެން ނަމަ 2.8 މިލިއަން ރުފިޔާ،" ސަރުކާރުން ދިން ޖަވާބުގައިވެ އެވެ.
މީރާ އިން މިއަދު ބުނީ، ރިސޯޓު ކުލިން އެރި ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން މާފުވެފައި ވަނީ މިދިޔަ އޮގަސްޓް މަހު ކަމަށެވެ. އެކަން އެގޮތަށް ކުރީ ގަވައިދަށް ގެނައި ބަދަލާ އެކު ޓޫރިޒަމް މިނިސްޓްރީން ޖޫރިމަނާ މާފުކުރުމަށް އެންގުމުން ކަމަށް މީރާއިން ބުންޏެވެ.
ސަރުކާރުން ބުނީ ކުރިން އަމަލު ކުރަމުން ދިޔަ ޖޫރިމަނާ ރޭޓަކީ ރާއްޖެއަށް ޓެކްސް ނިޒާމް ތައާރަފް ކުރުމުގެ މާކުރިން ހެދި ރޭޓެއް ކަމަށާއި ޓެކްސް ނިޒާމާ އެކު އަލަށް ގެނައި ބަދަލަކީ ރިއަލިސްޓިކް ބަދަލެއް ކަމަށެވެ. އަދި ވިޔަފާރިތަކަށް ފުރުސަތުތައް ފަހި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ވެސް ބުންޏެވެ. މި ބަދަލާ އެކު ކުރީންސުރެ ނުދެއްކި ހުރި ޖޫރިމަނާ އާ ރޭޓުގައި ދައްކައި ހަލާސް ކުރުމަށް ފުރުސަތު ދެވި 18 ޕަސެންޓަށް ވުރެ ބޮޑުކޮށް އަރާފައިވާ ޖޫރިމަނާ އުނިވާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ރިސޯޓު ކުލީގެ ޖޫރިމަނާ އަށް އަރާ ނިސްބަތް ކުޑަކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ރިސޯޓު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި އަރާ 0.5 ޕަސެންޓުން 0.0493 ޕަސެންޓަށް އޭރު ކުޑަކުރި އެވެ.
މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 3.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޫނަމް
20 September 2023
ޖީއެސްޓީ ވެސް މައާފުކޮށްދީބަލަ
މޮޔަ އެއް
19 September 2023
ކީކއްކުރާނީ ނިކަމެތި މީހާ ހަމަ ހުންނަން ވިއްޔާ މި ޖެހެނީ މިހެން އަނގަ ތަޅަތަޅާ ޓެކްސް ދައްކަ ދައްކާ، ކޮންމެ ވެރިއަކު އަޔަސް މިކަމަކައް ނެތް ހައްލެއް.ޖޫރިމަނާވެސް ވަނީ ހަމަ އަހަރުން
މަންނާނު
19 September 2023
އެއްދޮގު ޙަދާފަ އެދޮގުފޮރުވަން ހާސްދޮގުވެސް ހަދަން ޖެހިދާނެ
ފަގީރުކޮއި
19 September 2023
ބަލަ ރިސޯޓެއް ހަދަންގެންނަ މުދަލައް އެއްވެސް އިންޓްރެސްޓެއްނެތި އަމިއްލަ ގެދޮރު ހަދާމުަލަށް ހިތަށް އެރިވަރަކަށް ނަގާ ގެދޮރުހަދާ ލޯނު %11.5 އިންޓްރެސްޓް އެއީ ހަމަ ރަގަޅުއަދަދުތޯ؟؟ ބާކީނުދައްކާ ހުންނަ ފައިސާއަށް ކޮންމެ ދުވަހަކު %11.5 އެއީ ނިކަމެތިންވީމަ ދައްކަން ލާޒިމް އެއްޗަކީތޯ؟؟ ސްޕުރީމް ކޯޓްގެ ލަފައެއް މިކަމުގައި ބޭނުން
ބޮޑުމީހާ
18 September 2023
ހަމަޖެހޭ އުސޫލެއް ނެތިއްޔާ ބެކްޑޭޓްވެފައި ހުންނަ ޖޫރިމަނާ މާފްވާނެ ގޮތެއް ނުފެނޭ. ހަމަޖެހޭ އުސޫލަކީ ވަކި ދުވަހަކަށްފަހު ތި ގަވާއިދު ތަންފީޒުވުން. މިހުރިހާ ދުވަހު ލާރިނުދައްކައި ރައީސް އޮފީސް ހިސާރުކޮށްގެން ތިބި މީހުން ވެރިކަމުން ފޭބުމުގެ ކުރިން ނިންމި ނިންމުމެއް ތީ. މި ނިންމުމުގެ ސަބަބުން އިބޫ ސޯލިހަށް ދޭން އޮތް ވޯޓްވެސް ނުލިބުނީ
އުދުހޭ
18 September 2023
4 އަހަރު ވީއިރު ތިޔަ ރޭޓެއް ނުފެނޭ. ފުރަތަމަ ބުރުގެ ވޯޓު ނެގިއިރުވެސް ނުފެނޭ. ދެން ބަލިވެ ފައިބަންޖެހޭނެހެން ހީވެ ކެންޕޭނަށް ބޮޑެތި އަދަދުތަކުގެ ފައިސާ ބޭނުންވެފައިވާ ދަނޑިވަޅެއް އައިހިދު ކުއްލިއަކަށް ތިޔަބުނާ ރޭޓް ފެނި ވިޔަފާރިވެރިންނަށް ބޮޑު ފައިދާއެއް ލިބޭގޮތް މިވީ.
ފުލެޓު ދޮންބެ
18 September 2023
ދިވެހިންނަށް ދިވެހިބޭންކުތަކުން ލޯނުދެނީ ބޮޑުރިބާލައިގެން ގަބޫލުނުކުރެވޭ ރޭޓެއްގާ. ލޯނުތަކުގެ އިންޓުރެސްޓުތައްވެސް ކަނޑާލަންވީ. ހަމަމިހާރު ކަނޑާލަންއުޅޭ!
ދޮންއަގަ
19 September 2023
މިނޫސްތަކުންވެސް ލޯނުތަކުގެ އިންޓްރެސްޓް ރޭޓް އާއި ބެހޭގޮުން ރަގަޅު ރަގަޅު ހަބަރެއް ލިޔެލަދީބަލާ. ނިކަމެތިން ގެދޮރުހަދާން %11.5 އިންޓްރެސްޓް ރޭޓްގަ ލޯނުނަގާއިރު ބާކީ ނުދެއްކިހުންނަ ކޮންމެ ދުވަހަކަށް %11.5 ރޭޓްން ފައިސާއެބަނަގާ މީ ނިކަމެތިންނަށް މާބޮޑު އަދަދެއް ނިކަމެތިމީހާ ލުބޮޔެއް ފެލާލާހެން ބެންކުތަކުން ފެލަމުންއެދަނީ
ހަލްބީ
18 September 2023
މިދޭތެރެއަށް ސަބަބުވެރި އިންސާނާ ވައްދައިގެން ހަމަޖައްސާލީނު.. މިއަދުވެސް ފެނުން 3މީހަކު ބޭސްފަރުވާ އެހީއަށްއެދި ޕޭޖްތަކުގައި ޖަހާފައޮއްވަ.އެއީ ސަބަބުވެރި އިންސާނަކަށް ނުވޭތަ.ރިސޯޓް އޯނަރުންނޫންވީމަ.
ސައިނީސް
18 September 2023
ހަމަ ޕާކިން ސްޓިކާ ދޯ!