އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުންޏެވެ.
18 ސެޕްޓެމްބަރ 2023 - 21:35
މި މަހު ފަހު ކޮޅު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްޑީޕީއަށް ޑިމޮކްރެޓްސްގެ ފަރާތުން ހުށަހަޅައި ޝަރުތުތައް ހިމަނައި، އެ ޕާޓީގެ ކައުންސިލަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިހާރު ކުރިއަށްދާ ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުގެ ބައްދަލުވުމުގައި މުހައްމަދު ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުގައި 28 ސެޕްޓެމްބަރުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އެމްޑީޕީން އެއްބަސްވާނަމަ، އެ ޕާޓީ އާއެކު މަޝްވަރާ ކުރުމަށެވެ.
އަދި ޕީޕީއެމް އާއެކު ސަރުކާޜު އުފެއްދުމަށް ބައިވެރިވާނެ މިންވަރާއި ޑީމޮކްރެޓްސްގެ ސިޔާސަތުތައް ބަޔާން ކުރެވޭ މިންވަރު 20 ސެޕްޓެމްބަރުގެ ކުރިން އެ ޕާޓިން ސޮއިކޮށް އެއްބަސްވާ ނަމަ އެ ޕާޓީއާ އެކުގައި މަސައްކަތް ކުރުމަށް ގަރާރުގައި ބުނެފައި ވެ އެވެ.
އެ ޝަރުތުތަކަށް އެއްވެސް ޕާޓީއަކުން އެއްބަސްނުވާ ނަމަ، ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން ޝިފާޒް ހުށަހެޅުއްވި ގަރާރުގައި ބުންޏެވެ.
ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުމުގައި ޝިފާޒް ވާހަކަދައްކަވަނީ--ފޮޓޯ: ނިޝާން އަލީ | މިހާރު
ގަރާރަށް ބަހުސް ކުރައްވަމުން އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މިހާރު އޮތް ނިޒާމާ އެކު ބަޔަކާ އެކުވެގެން ކުރިއަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ތާރީހު އެކަން ހެކި ދޭ ކަމަށެވެ.
ދެ ވަނަ ބުރުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ފާޑުވިދާޅުވެ އާޒިމް ވިދާޅުވީ، ޑިމޮކްރެޓުންނަށް އޮތް މޮޅު ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އިންތިހާބުން ބަލި ކުރުން ކަަމަށެވެ. އެއީ އެ ޕާޓީ އެންމެ ބޮޑަށް ކުރި އަރައިގެން ދާނެ ގޮތް ކަމުގައި އޭނާ ވިދާޅުވި އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހު ދެރަކޮށްފައި، ވަރަށް އަވަހަށް މުއިއްޒު ވެރިކަމުން ބޭލުން [އެއީ އޮތް ގޮތަކީ]،" އާޒިމް ވިދާޅުވި އެވެ.
ބަހުސްގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ދެ ވަނަ ބުރުގައި ވާދަކުރާ ދެ ޕާޓީގެ "ފަހަތުން ދުވަން" ޑިމޮކްރެޓުންނަށް ވަގުތު ނެތް ކަމަށެވެ.
ޑިމޮކްރެޓްސްގެ އިންޓްރިމް ކައުންސިލް ބައްދަލުވުން-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ދެ ދުވަސް ވެސް ގިނަ، 24 ގަޑިއިރު ތެރޭގައި ޖަވާބެއް ނުދީފިނަމަ އެކަން ނިންމާލަންވީ. ދެން އަންނަ އަހަރު އޮތް މަޖިލީހުގެ އިންތިހާބަށް ތައްޔާރުވާން ވީ، އެއްގޮތަކަށް ވެސް މި މީހުންގެ ފަހަތުގައި ދުވާކަށް ނުފެނޭ،" އަފީފް ވިދާޅުވި އެވެ.
އަފީފް ވިދާޅުވީ، މިހާރު ތިބި ދެ ކެންޑިޑޭޓުންނަށް ވެސް އިތުބާރު ކުރަން ނުފެންނަ ކަމަށެވެ.
ޝިއްޕެގެ ގަރާރަށް ތާއީދުކުރައްވައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ، ސެޕްޓެމްބަރު މަހުގެ 28 ގެ ކުރިން ފެންނަ ނުފެންނަ ވޯޓު ނަގަނީ ރައީސަށް ތާއީދު ނުކުރާތީ ކަމަށާއި މީގެ ކުރިން ވެސް އެ ވައުދުވެގެން ވެރިކަމަށް ވަޑައިގެން އެކަން ކުރައްވާފައިނުވާ ކަމަށެވެ.
އީވާ ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި އެމްޑީޕީ ކޮންގްރެސްއަށް ފަހު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، އެކަން ވެސް ކުރައްވާފައިނުވާ ކަމަށެވެ. "އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި ނިޒާމީ ބަދަލު ދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާނެ ކަމަކަށް. އަޅުގަނޑުމެންނަށް އެނގޭ އެއްޗަކީ 30 ސެޕްޓެމްބަރުގެ ފަހަށް މިކަން ކުރަން އުޅެފިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވޯޓަށް އެއްސެވި ކަމަށް ވިޔަސް ފެއިލް ކޮށްލާނެޔޭ،" އީވާ ވިދާޅުވި އެވެ.
އީވާ ވެސް ވިދާޅުވީ، ދެ ޕާޓީއިން ވެސް ޝަރުތުތަކަށް އެއްބަސްނުވެވޭނަމަ، މި ރިޔާސީ ނިޒާމުގައި ވަކި ކޮޅަކަށް ނާރައި އެ ޕާޓީއަށް އެ ޕާޓީގެ ގޮތުގައި ތިބެވޭނެ ކަމަށެވެ.
ޝިއްޕެގެ ހުށަހެޅުއްވުންތަކަށް ބަހުސްގައި ވާހަކަ ދެއްކިހުރިހާ މެމްބަރުން ތާއީދުކުރި ނަމަވެސް، ގިނަ މެމްބަރުން ބުނީ ރައީސަށް އިތުބާރުނުކުރާ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ ކުރިމަގު ގުޅިފައިއޮތީ، މި އިންތިހާބުން އެމްޑީޕީ ބަލިވެގެން ކަމަށް ވެސް ގިނަ މެމްބަރުން ފާހަގަކުރި އެވެ.
މިރޭގެ ބައްދަލުވުމުގައި ޝިއްޕެގެ ގަރާރު ފާސްވީ އިންޓަރިމް ކައުންސިލްގެ 50 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެފައާސާ.
19 September 2023
ސައިޒު މި އުޅެނީ ޖީއެސްޓީ 6% އާއި 8% އާއި ދޭތެރޭގައި. އެހެންވީމާ ސައިޒަށްވުރެން ބޮޑެތި ޑިމާންޑު ކުރުމަކީ އެހާ ހަމަޖެހޭ ކަމެއްނޫން. މިސާލަކަށް އަހަރެން ތެފައާސާ ގުރޫޕުގައި އެކު ޖުމްލަ 6 މީހުން ތިބެފައި، އަހަރެމެންގެ ޑިމާންޑަކީ ނައިބު ރައީސްކަމާއި ކެބިނެޓުގެ 75% އޭ ބުނެފިއްޔާ މީހުން ހަޖޫ ޖަހާނެ. ހޭނެ. މަލާމާތްވެސް ކުރާނެ.
ޢިބޫމައިޒް
19 September 2023
މިއީ މުއިޒްއަށާއި އިބޫއައް ވެސް ނަސީދާއި ޔާމީނުގެ ނުފޫޒުން ގައުމު ސަލާމައްކުރަން ލިބޭ ފުރުސަތެއް. ޑީމޮކޮސް އައި ނުގުލުންރަގަކު
ދުންބޯ
19 September 2023
ޑިމޮކްރެޓުސް އަށް އެންމެ ރަނގަޅު ގޮތަކީ މުއިއްޒު ވެރިކަމަށް ގެނައުން.އެއަށްފަހު ދެން އަންނަ ދައުރަކަށް ރެޑީވުން.ޕާޓީ ވަރުގަދަ ކުރުން.މީހުންގެ ތާއީދު ހޯދުން.ތި ޕާޓީއާމެދު މީހުން ދެކޭގޮތް ބަދަލުކުރުން.ސޯލިހު ވެރިކަމަށް އައިސްސިނަމަ ޑިމޮކްރެޓުސް އަށް ވެރިކަމާ 1000 މޭލަށްވެސް ކައިރި ނުވެވޭނެ.އަންނިގެ ސިޔާސީ ކުރިމަގަށްވެސް އިބޫ ބަލިކުރަން އެބަޖެހޭ...
އިބިރަހިމާ
19 September 2023
ޕީޕީއެމަށް ޝަރުތަކީ ސަރުކާރުން ބައެއް ދިނުން. އެމްޑީޕީ އަށް ނިޒަމީ ވޯޓު. އަމާޒު ލާހޫރޭ ދެއްތޯ؟ ކޮންމެހެން ނިޒާމު ބަދަލު ކުރާކަށްވެސް ނޫން. އަމިއްލަ މަންފާއާ ފައިދާގަނޑެއް.
ހައްޕުނޑޫ
19 September 2023
6% ޕީޕީއެމަށް ފޮނުވާލާ. މާ ރަނގަޅުވާނެ. އަހަރުން ތިބޭނަން ނަޝިދަށް ނޫނެކޭ ބުނަން ވޯޓުދޭން.
ސަމަންދަރު
18 September 2023
މި ސިޗުއޭޝަންގަ ވަކިކޮޅަކަށް ނޭރުމަކީ ޕީޕީއެމް ކޮޅު ނެގުން. އެމީހުން މިހާރު އޮތީ ކުރީގަ
އޮނަރަބްލް އަފީފު ދީދީ
18 September 2023
ކުރީގެ އެމްޑީޕީ ތެރޭގައި ތިއްބެވި ޑިމޮކްރަޓިކުން އެޕާޓީދޫކޮށް ނިކުމެ އުފެއްދި "ޒުވާނުންގެ ޕާޓީ" The Democrats ގެ ވިސްނުމާއި، ފިކުރާއި އުސޫލުތަކާއި ސިޔާސަތު ވަޅުލާފައި ޕީޕީއެމް އަދި އިންތިޙާބުން 2 ވަނަ ލިބުނު ޕާޓީއާއި ގުޅޭކަށް ނުޖެހޭނެ. # މި ދަނޑިވަޅުގައިވެސް ކަންކުރައްވަމުން ތިގެންދަވަނީ "ފެޑަރަލް ޕާލަމެންޓަރީ ސިސްޓަމް" ފަދަ ޑިމޮކްރަޓިކުންގެ ވިސްނުމާއި އުސޫލު ދިރުވުމަށް ކަމުގައިވާތީ އުފާކުރަން. ކުރިއަށް އޮތީ ރަނގަޅު މުސްތަޤުބަލެއް ހިތްވަރު ކުރޭ.
ލައިޓް
18 September 2023
މަރިޔަނބު ގެއްލި…15ހާސް ވެސް ތި ގެއްލުނީ! ޕޮށް! އަންނަ އަހަރު މަޖިލިސް ގޮނޑިވެސް !
އަބްދުﷲ މެސީ / ފުވައްމުލައް
18 September 2023
ޕްރިއޮރިޓީ އަކީ އެމްޑީޕީ ހިސޯރުން ސަލާމަށްކޮށް އޮރިޖިނަލް ފިކުރަށް ޕާރޓީގެ މިސުރާބް ބަދަލުކުރުން! ޥިސްނަންވީ މިކަންކުރެވޭނެ ފޯރމިއުލާރ އެއް ނެރެން.
ޕާސްޓް
18 September 2023
އުޅޭ ވައްތަރެއް! އެންމެ 15000 ވޯޓު ލިބުނު ބައިގަނޑުގެ ޑިމާންޑުތައް އާސުމާނުގައި. ސަރުކާރުގެ ހިއްސާ ހޯދުމަށް އެމްޑީޕީއަށް ޝަރުތުނުކުރީ އެމީހުން ބަލިވާނެކަން އެނގޭތީ ދޯ... ޑިމޮކުރެޓްސް އަށް އެންމެ ރަނގަޅު ވާނީ އެއްވެސް ކޮޅަކަށް ނާރާ މަޖުލީހުގެ އިންތިހާބަށް ގަދައަށް ޖެއްސުން އެކަމަކު ވެރިކަމަށް ބޫތު ކައިފަ ހުރި އަންނިއެއް އެގޮތެއް ބޭނުމެއް ނުވާނެ. ޕާޓީ ފުނޑާލާފައިވެސް ބޮޑު ވަޒީރުކަން ބޭނުންވާނީ.