20 ސެޕްޓެމްބަރ 2023 - 13:53
ނުބަޔަށް އެއްވެސް އިރެއްގައި އިތުބާރު ކުރެވެން ނޯންނާނެ ކަމަށް ވިދާޅުވެ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށް، މުޅި ދުނިޔެ އެއްބައިވުމަށް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ގޮވާލައްވައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ބޭއްވި އާންމު މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޒެލެންސްކީ ވިދާޅުވީ މުޅި ދުނިޔެ ހަނގުރާމައެއްގެ ތެރެއަށް ލަވަމުން ދާ ރަޝިޔާ ހުއްޓުވަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ފަށާފައިވާ އުދުވާނުގައި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ ހަމައެކަނި އަސްކަރީ ހަތިޔާރުތަކެއް ނޫނެވެ.
އޭގެ ބަދަލުގައި ހަކަތަ އާއި ގޮވާމާއި ކާބޯތަކެތި ވެސް ރަޝިޔާ އިން މިހާރު ބޭނުންކުރަނީ، އެހެން މީހުން ކުޑަ ކަކޫ ޖައްސާ ހަތިޔާރެއްގެ ގޮތުގައި ކަން އޭނާ ވިދާޅުވި އެވެ. ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ ރަޝިޔާގެ އެ އަމަލުތައް ހުއްޓުވޭނީ، މުޅި ދުނިޔެ އެކުގައި ތެދުވެގެން ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެވެން އޮތީ ވެސް، ރަޝިޔާ ފަހަތަށް ޖައްސައިގެންނެވެ. ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓުވައިގެން ނޫނީ، މިހާރު ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތައް ފަދަ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ގޮތެއް ނެތެވެ.
"ރަޝިޔާ އިން މުޅި ދުނިޔެ ބޮޑު ހަނގުރާމައެއްގެ ތެރެއަށް ލަވަމުން ގެންދާ އިރު، ޔޫކްރޭނުން ގަދައަޅައި މަސައްކަތް ކުރަމުން މިއަންނަނީ، އެހެން އެއްވެސް ގައުމަކުން އަނެއް ގައުމަކާ ދެކޮޅަށް އެފަދަ އުދުވާނީ ހަމަލާއެއް ނުދޭނެ ކަން ކަށަވަރުކުރުމަށް،" ޒެލެންސްކީ ވިދާޅުވި އެވެ.
"ރަޝިޔާ އަކީ ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ އެއްވެސް ހައްގެއް ލިބިގެންވާ ގައުމެއް ނޫން. އަސްކަރީ ބާރުވެރިކަން ހޯދުމަށް އެ ކުރާ މަސައްކަތް ހުއްޓުވަންޖެހޭ. ހަނގުރާމައިގެ ޖަރީމާތަކަށް އަދަބު ދެވެންޖެހޭނެ. ގައުމުން ފައްސައިލެވުނު މީހުން އަނބުރާ ގައުމަށް ގެނެވެންޖެހޭނެ. އަދި އިސްތިއުމާރީން އެނބުރި އެމީހުންގެ ގައުމަށް ދާންޖެހޭނެ."
އޭނާ ވިދާޅުވީ އެކަންތައް އެ ގޮތަށް ކުރުމުގައި އެންމެން އެއްބައިވާންޖެހޭ ކަމަށާއި އެ ކަންތައް އެ ގޮތުގައި ކުރައްވާނެ ކަމަށެވެ.\
ޒެލެންސްކީގެ އިތުރުން އާންމު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދެއްކެވި އެހެން ގައުމުތަކުގެ ވެރިންވެސް ވަނީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމަ ކުށްވެރިކޮށް، ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
22 September 2023
ފުރަތަމަ ކަމަކީ ޒީލެންސްކީ ހައްޔަރުކޮށްގެން އުޅޭ އެގަމުގެ ރައްޔިތުން މިނިވަން ކުރުން. ދެވަނަ ކަމަކީ ނޭޓޯގެ އަސްކަރިއްޔާ ރަށުން ބޭރުކުރުން. ތިންވަނަ ކަމަކީ ޔޫރަޕު އިއްތިހާދުގެ ދަށުގައި ނުތިބުން. ހަތަރުވަނަ ކަމަކީ ރަޝިޔާއިން ހޯދާފައިވާ ރަޝިޔާގެ ގަދީމީ ސަރަހައްދަށް އަތްގަދަ ކުރުން ހުއްޓާލުން. ފަސްވަނަ ކަމަކީ ރަޝިޔާއާ ވާހަކަ ނުދައްކާނެ ކަމަށް ބުނާ ގާނޫނު އުވާލުން. މިކަމަށް އެއްބަސްވެގެން އަންނަންވީ. ރަހްމަތް ތެރިކަމުގެ ނަޒަރުން ބަލައިގަންނަން.
މެސީ1
20 September 2023
ކަލޭ ދެލޯ އަދި ދޯ ތި ހުޅުވުނީ، އެމެރިކާނުން މުޅި އަރަބިކަރަ ތަޅާ ސުނާފަތިކޮށް ޒައިނިސްޓުން އެހަރަ ފަލަސްތީނު ރައްޔިތުން ޝަހީދު ކުރާއިރު ކަލޭ ހުރީ އަތްތިލަބަޑި ޖަހަން، ރަޝިއާ ނޫން ހަނގުރާމަ ފުޅާ ކުރަނީ ކަލެއާ ނޭޓޯއިން، ކަލޭމެން ކިހާ ފިއްތުމެއް ފިއްތައިފިން ރަޝިއާއަށް، ރަޝިއާއިން ކަލޭމެންގެ ކަރަށް ކިރިޔާން ވާންކޮށްލާއިރަށް ތި ތެޅޭ ވައްތަރެއް ދޯ
ބީރުބޮލުވަޒީރު.
20 September 2023
“ ރަޝިޔާ އަކީ ނިއުކްލިއާ ހަތިޔާރު ގެންގުޅުމުގެ އެއްވެސް ހައްގެއް ލިބިގެންވާ ގައުމެއް ނޫން.” ދެން ހަމަ އަސަރެއްކުރާނީ. ރަސިއާ އެއީ ދުނިޔޭގެ އެންމެބޮޑު ނިއުކުލިއަރ ބާރު. ޒެލެންސްކީ ތިއައީ ދުނިޔެދުއް އެންމެބޮޑު މޮޔަސޭކު.
ޒިފާފު
20 September 2023
މިކަމުގަ އެންމެ ނުބައި ހެދީ ޒެލެންކޯ އާއި ބިޑެން. ކަލޭމެން ލާރި އާއި މުދަލުގެ ދަހިވެތިކަމުގަ މުޅި އިއުކުރޭން ހަލާކު ކޮށްފި. ޒެލެންކޯ އަދި އިންސާފުގެ ކުރިމައްޗަށް ގެނެްނާނަން. އެދުވަހަކުން ބިޑެން ބުނާނެ ޒެލެންކޯ މީ ދުވަހަކުވެސް ދެކުނު މީހެއް ނޫނޭ.