21 ސެޕްޓެމްބަރ 2023 - 14:38
ޓްރީޓޮޕް ހޮސްޕިޓަލުން ކެންސަރަށް ޓެސްޓުކުރާ ކްލިނިކެއް އިއްޔެ ހުޅުވައިފި އެވެ.
މި ކްލިނިކަކީ ކެންސަރާ ގުޅުންހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ދެނެގަނެ ހިދުމަތް ފޯރުކޮށްދިނުމަށް ހުޅުވި ކްލިނިކެއްކަމަށް ޓްރީ ޓޮޕްއިން ބުންޏެވެ.
ޓްރީ ޓޮޕް އިން ބުނީ މި ފަދަ ކްލިނިކެއް ހުޅުވީ ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު ގިނަ އިރު މި ބަލީގެ ކަންތައްތައް ދެނެގަނެ، ފަރުވާއަށް ހާއްސަ ކްލިނިކެއް ހުރުން މުހިންމުވުމުން ކަމަށެވެ.
ޓްރީ ޓޮޕްގައި ހުޅުވި މި ކްލިނިކުގައި މެޑިސިން، އޮންކޮލޮޖީ، ގޭސްޓްރޯއެންޓަރޮލޮޖީ، އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕަލްމޮނޮލޮޖީގެ އިތުރުން އިންޓާނަލް މެޑިސިންގެ މަލްޓިސްޕެޝިއަލްޓީ ޑޮކްޓަރުންގެ ޓީމެއް ހިމެނެ އެވެ.
ޓްރީ ޓޮޕްއިން ބުނީ އެ ކްލިނިކުގެ ޓީމުން ކެންސަރު ބަލިން ސަލާމަތްވެ ރައްކާތެރިވުމަށް ސްކްރީިނިން އާއި ފަރުވާ ދޭނެ އެވެ. އަދި މި ކްލިނިކުން ކެންސަރު ބަލީގެ އެކި އެކި ބާވަތްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތާއި ކެންސަރުގެ އަލާމާތްތައް ދެނެގަންނާނެގޮތުގެ މައުލޫމާތު ވެސް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނީ
21 September 2023
އާސަންދައިން ކަވާ ކުރާ ވަރު ވަރަށް މުހިންމު މިފަދަ ލިޔުން ތަކުގައި