ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވާހަކަ ދައްކަވަނީ. --ފޮޓޯ: އެމްޑީޕީ
22 ސެޕްޓެމްބަރ 2023 - 15:35
ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު، މާލޭގެ ރައްޔިތަކަށް އެންމެ ގޯއްޗެއް ވެސް ދޫނުކުރެއްވުނު ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިޔާދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.
ހުވަދޫ ޖަގަހައިގައި ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން އިޔާދު ވިދާޅުވީ ހަތް އަހަރު ދުވަހު ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވި އިރު، މާލޭގެ ރައްޔިތަކަށް އެންމެ ގޯޗެއް ވެސް ދޫކުރެއްވިތޯ ރައްޔިތުން ސުވާލު ކުރަންޖެހޭ ކަމަށެވެ.
އޭގެ ބަދަލުގައި، އިޔާދު ވިދާޅުވި ގޮތުގައި ގާކޮއްޓާއި އަރަބިއްޔާ ފްލެޓުތައް ބޮޑު އަގުގައި ދޫކޮށް، ގުޅިފަޅު ފްލެޓުތައް އެއްވެސް ބަދަލެއް ނުދީ އަތު ލެއްވީ އެވެ.
"ފްލެޓު ލިސްޓަށް ކިހިނެއްތޯ ހެދީ؟ އެތައް ހާސް ރައްޔިތުންނެއް އަވީގައި، އެތައް ގަޑިއިރެއް ކިޔުގައި ޖެހިގެން ފްލެޓަށް އެޕްލައި ކުރީމަ، ވަކި ޖަގަހެއްގަ، ވަކި ބޭފުޅަކު ހެއްދެވި ލިސްޓަކަށް ފްލެޓުތައް ބަހާލީ،" އޭނާ ތުހުމަތު ކުރެއްވި އެވެ.
"ފްލެޓު ހައްގުވާ އެތައް ރައްޔިތުންނެއް ރޮއެ، ކަރުނަ އަޅަ އަޅައި ތިއްބާ، ފްލެޓު ހައްގުނުވާ އެތައް ބަޔަކަށް ނާއިންސާފުން ފްލެޓުތައް ބަހާލީ."
އިޔާދު ވިދާޅުވި ގޮތުގައި، މިއަދު މާލޭ އަދި އަތޮޅު ތެރޭގެ ރައްޔިތުން ވެސް ވިސްނަންވީ، އެ މާޒީއަށް އަނބުރާ ދާނީތޯ ނޫނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކުރިއަށްދާނީތޯ އެވެ.
ދެ ކެންޑިޑޭޓުންގެ ތަފާތު ދައްކަވަމުން އިޔާދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން 19،000 ރައްޔިތުންނަށް ގޯއްޗާއި 16،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ފްލެޓު ކަށަވަރުކޮށްދީފައިވާ ކަން ފާހަގަކުރައްވައިފަ އެވެ.
"މި ހުރިހާ ކަމެއް އެ ކޮށްދެއްވީ، އެންމެ ރައްޔިތަކު ވެސް ކިޔުގައި ޖެހެން ނުޖެހި. ކިޔުގައި މަޑުކުރަން ނުޖެހި. ސިޓިން ރޫމްތަކުގަ އޮންލައިންކޮށް ފޯމު ހުށަހަޅައިގެން،" އިޔާދު ވިދާޅުވި އެވެ.
މީގެއިތުރުން، މާލޭގައި 20 އަހަރު ދިރިއުޅެފައިވާ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓު ޔަގީންކޮށް ދެއްވާނެ ކަމަށް ރައީސް މިފަހުން ވެވަޑައިގެންނެވި ވައުދަށް އިޝާރާތް ކުރައްވައި، އޭނާ ވިދާޅުވީ އެމަނިކުފާނަކީ ވައުދު ފުއްދަވާ ވެރިއެއް ކަމަށާއި އެކަން ރައްޔިތުން ވެސް ޔަގީންކުރާނެ ކަމަށެވެ.
އަދި އެ ގޯތި ތަކާއި ފްލެޓުތަކަށް ދައްކަންޖެހޭ ފައިސާ ވެސް ލުއި ލޯނުތައް މެދުވެރިކޮށް ރައީސް ހަމަޖައްސަވާނެ ކަމަށް އިޔާދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯލިހެއްނޫން ސޮހޮލެއް
23 September 2023
ގޯއްޗަކީ މިނިސްޓަރު ކަމުގަ ހުރެގެން މިނިސްޓަރު ދޭ އެއްޗެއްނުވެސް ނޫން. ދޮންކަލޯ އަށް އެނގޭތަ މާލެއަށް ހާއްސަ މިނިސްޓްރީއެއް ނުހުންނަކަން. މިނިސްޓްރީން ދޭ އެއްޗެއްނަމަ ކޮންމެ ރަށަކުންވެސްް ގޯތި ދޭނީ މިނިސްޓްްރީން. ގޯތި ދޭނީ ކައުންސިލުންް. މުއިއްޒުގެ މޭޔަރު ކަމުގަ މިހހާރު މާލެއިން ގޯތިވެސް އެދިނީ. މުއިއްޒުގެ މިނިސްޓަރު ކަމުގަ ހިއްކާފަ ހުރި ތަންތަނުން. ހިތުން މިތުން އަށް ވިޔަސް ބިތައް ފައި ތިޔަ ހިއްޕެނީ. އެހެންވީމަ ހަމަ އިބޫ ނޫން ގޮތެއް.
ދދ
23 September 2023
ބަޔަކުމީހުން ބުރަމަސައްތުން ބިންހިއް ހިއްކައި ތައްޔާރު ކޮށްފައި އޮތް ބިމަކުން ގޯތިދިނުކަމުން އެއްވެސް ރީއްޗެއް ނެތެވެ މިަސރުކާރުން ހިއްކާފއިވާ ބިމަކުން ގޯތި ދިން މީހެއް ނެތެވެ
އިމްރާން ހާސިމީ
23 September 2023
މީ ކޮންތާކުން ނިކުމެ އުޅޭ މީހެއްތަ
ކޮރުއިބިލީސް
23 September 2023
ތީ ދެން ދޮގު ވާހަކައެއްނޫން. މުއިއްޒު ވާނީ މުއިއްޒުއަށް
ސިމާހު.
23 September 2023
ބޭނުމީ މިނިވަނަްކަން ގައުމެއްގެ ނުފޫޒުނޮފޯރާ ވެރިކަމެއް
ރަދުން
23 September 2023
މީކޮންތާކުން ފުންމާލި ބޯވައެއްތޯ.0.5% ހަމަނުވާ ބައިގަނޑެއްތީ.ބުރޯ މޮޔަވޭ ކަލޯ އާއި އިމްރާނު އާއި 2 މީހުން.
ހަސީނާފަ
23 September 2023
ބަޔަކު ހިއްކާފަ އަތަށް ދިން ފޭސް 2 އިން ގޯތި ދޫކުރުމަށް ބޭފުޅާގެ ސަރުކާރަށް 04 އަހަރު ހޭދަވި. ދެން ލަލަލާ
ދެވުނީސް
23 September 2023
މިސަރުކާރުން ދޭހެން ނުހިއްކާ އޮތް ފަޅުތަކުން ގޯތި ދޭނަމަ ކޮންމެ މީހަކަށްވެސް ބައިވަރު ގޯތި ދެވުނީސް.
ޖަމަލޭސް
23 September 2023
ތިޔަ އަދާލަތު ޕާރޓީގެ ސަބަބުން ދީނީ ގޮތުން ދިވެހިންނަށް ލިބުނު ކުރިއެރުމެއް/ލިބުނު މަންފާއެއް ކޮބައިތޯ؟؟
ޖޖޖޖހތޔ
23 September 2023
ސުމެއް 0
×ލއކޮެިޮ
23 September 2023
ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ހައުސިން މިނިސްޓުރީ އިން ކުރީމަ އޯކޭތަ ހިހޫތަނުން ކާ އަދާލަތުންނަށް؟؟