މުއިއްޒުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި އޭނާ ބައެއް ޒުވާނުންނާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް
25 ސެޕްޓެމްބަރ 2023 - 09:22
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭނާ އަށް މާލެ އިން ލިބޭ ވޯޓުގެ އަދަދު މާ ބޮޑަށް ވެސް ގިނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އެހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ބޭއްވި ހަފުލާއެއްގަ އެވެ.
މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، މި މަހުގެ 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާލޭގެ މީހުން އޭނާ އަށް ބޮޑު ތަރުހީބެއް ދީ، ވަރަށް ބޮޑަށް އިތުބާރުކުރި ކަމަށެވެ.
މުއިއްޒު ވިދާޅުވީ، މާލޭގައި އޭނާގެ ކެމްޕެއިންތައް ކުރިއަށް ގެންދަނީ ވަރަށް ޖޯޝާއި ވަރަށް ފޯރީގައި ކަމަށެވެ. އިއްޔެ ހަވީރު ގަލޮޅު ކަންމަތިންނާއި ރޭގައި ދަރުބާރުގެ ސަރަހައްދުން ވެސް އެ ޖޯޝު ފެނިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
މުއިއްޒުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައިބައެއް ސަޕޯޓަރުންނާ އެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ޕީޕީއެމް
"މި ތަނުގައި ހުރެގެން ވެސް ގަލޮޅު ކަންމަތި އަދި ގަލޮޅު އުތުރު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް މިއަދު ހަވީރު އަޅުގަނޑަށް އެ ދެއްވި ތާއީދާއި ކުރެއްވި އިތުބާރަށް އަނެއްކާވެސް ޝުކުރު ދަންނަވާލަން ބޭނުންވޭ. ހުޅުމާލެ އިން ވެސް އަލްހަމްދު ލިއްލާހި، ފެންނަނީ އެ މަންޒަރު. ވިލިމާލެ އިން ވެސް ހަމަ އެ މަންޒަރު،" މުއިއްޒު ވިދާޅުވި އެވެ.
"މާފަންނު، މައްޗަންގޮޅި، ގަލޮޅު ހެންވޭރު، ހުރިހާ ދާއިރާއަކުން ވެސް ހުރިހާ ފޮއްޓަކުންހެން ފުރަތަމަ ބުރުގައި ދެއްވެވީ ވަރަށް މަތީ ތަރުހީބެއް."
މުއިއްޒު ވިދާޅުވީ، އޭނާގެ އެދިވަޑައިގަތުމަކީ އެ ޖޯޝާއި ފޯރީގައި ހޮނިހިރު ދުވަހު ވީހާ ވެސް ހެނދުނު ވޯޓު ލާން ނުކުމެ ފުރަތަމަ ބުރަށް ވުރެ މަތީ ނަތީޖާއެއް ހޯދައި ދިނުމަށެވެ.
މީގެ އެތައް އަހަރެއް ކުރިން މާލޭގައި ޖަލްސާތަކާއި ހަފުލާތަކަށް ބޭނުކުރާ ދަރުބާރުގެ އޭނާގެ ވެރިކަމެއްގައި ކުދި ވިޔަފާރިތައް ކުރުމުގެ ފުރުސަތު ދާއިމީކޮށް ލިބޭ ގޮތަށް ތަރައްގީ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ރޭ ވިދާޅުވި އެވެ.
އޭނާގެ ޕްލޭންގައިވާ ގޮތުން ދަރުބާރުގެ ތަރައްގީ ކުރާނީ ޒަމާނީ ކޮންވެންޝަން ފެސިލިޓީއެއް ގޮތަށެވެ. ފެހިކަން ގަދަކޮށް، އެ ސަރަހައްދަށް އާރޯކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒުވާނުންނާއި އަމިއްލަ މަސައްކަތުން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން ވެސް އެކަން ކުރުމުގެ ފުރުސަތު ލިބޭ ގޮތަށް، ވިޔަފާރި ސްޓޯލްތައް ހިންގުމުގެ ޖާގަތަކާ އެކީގައި، މާނައަކީ ކުދިކުދި ވިޔަފާރިތައް ހިންގޭނެ ގޮތަށް ހުންނަ ފެސިލިޓީއެކޭ ގާއިމް ކުރާނީ،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި އޭނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް
އޭނާ ވިދާޅުވީ، ބޭނުމަކީ ދަރުބާރުގެ ކޮންވެންޝަން ސެންޓަރުގައި ކުޑަ އަގެއްގައި ނުވަތަ އަތްފޯރާވަރުގެ އަގަކަށް ސްޓޯލެއް ކުއްޔަށް ނަގައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްދިނުން ކަމަށެވެ. އެއީ މިހާރު ވަރަށް މުހިންމު ކަމަކަށް ވެފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭގެ ނަތީޖާއަކީ ވިޔަފާރިތައް ފުޅާވުން ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ބޭނުންވަނީ ޕާކިން ފެސިލިޓީއަކާ އެކު ދަރުބާރުގެ ތަރައްގީ ކުރާށެވެ.
"އަދި ގްރީން ކޮންސެޕްޓްގައި ހެދޭ ޑިވެލޮޕްމަންޓެއް އަންނާނީ،" އޭނާ ވިދާޅުވި އެވެ.
މުއިއްޒުގެ ކެމްޕެއިނަށް "ދަރުބާރު ޖަގަހަ" ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި އޭނާ ބައެއް ޒުވާނުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ޕީޕީއެމް
މުއިއްޒު ވިދާޅުވީ، ބޭނުމަކީ ރާއްޖެ އިން ބޭރުން ވެސް ކޮފަރެންސްތަކާއި ސެމިނާތައް މަތީ ފެންވަރުގައި ބާއްވާ ތަނަކަށް ދަރުބާރުގެ ހެދުން ކަމަށެވެ. އޭނާ ވިދާޅުވީ، ޕީޕީއެމް/ޕީއެންސީން ގެންގުޅޭ ޕްލޭންތައް ތަންފީޒު ކުރުމަށްޓަކައި ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓު ދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުގެ ހުށަހެޅުން ގަބޫލު ކޮށްފިއްޔާ އޭގެ ފުރިހަމަ ނަތީޖާ ނެރެދޭނަން. އަޅުގަނޑުމެން ބޭނުންވަނީ ނަތީޖާ ނެރެދޭ ސަރުކާރެއް ގާއިމްކުރަން. އަޅުގަނޑުމެންގެ ޓީމުގައި ތިބޭނީ، ކެބިނެޓްގަ އާއި ސަރުކާރުގެ ކުންފުނިތަކުގައި ތިބޭނީ އެ ވިސްނުމުގައި މަސައްކަތް ކުރާ ބޭފުޅުން،" މުއިއްޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިދެން
25 September 2023
މުއިއްޒު ބުނިވަރަށް ޤައުމަށް އަދާ ނުކުރެވޭ ދަރަނި ގިނަކަމަށް މަށަށް ޤަބޫލުވީ. ހުއްޓާ އެތަކެއް ވަޢުދު ތަކެއް ވެއްޖެ. ދަރަނީގަ ތިއްބާ ނުފުއްދޭނެ ފަދަ. ރައްޔިތުން މޮޔަ ހައްދަނީ ދޯ ރ ޔާމީން ނުނެރެވިގެން. މިފަހަރު ނުކުންނާނަން އިބޫއަށް ވޯޓުދޭން. ހަޤީޤަތުގައިވެސް ޚުލްޤު ހެޔޮ ވެރިއެއް. އޭނަ ގާތުގައި ތިބި މާރިޔާމެން ކަމުނުދަނީ.
ބިރު
25 September 2023
މަލޭ މަގުމަތިގަ ގޭންގުތައް ނިކުމެ ވަޅިއާ ނުރައްކާތެރި ހަތިޔާރުގެ ގޮތުގަ ބެލެވޭ ތަކެތި ހިފައިގެން މާރާމާރީ ހިންގުމާ މީހުންނަށް ބިރުދެއްކުމާއި ފުރާނައަށް މުދަލަށް ނުރައްވާ ދަރަޖައަށް ދާކަށް މާލޭގަ އުޅޭ މީހުން ނޭދެއެވެ. ކުރީގެ ދުވަސްތައް އިޔާދަވާން އެދެވޭނީ ކިހިނެތް.
ހައްވައްތަ
25 September 2023
ދެވަނަބުރުގަ މާލޭގެ ނަތީޖާ ރަގަޅުވާތަން ދައްކާލާނަމޭ.
ނައިބު
25 September 2023
މުއިއްޒުއަށް ވޯޓު ދީފާނަން. ނިކަން ކެރެންޏާ ބާރެއް އޮތިއްޔާ ދިޔަރެސް ނޫހާ ޗެނަލް 13އިން އެހަދާ ރޯ ބުހުތާނު ދޮގު ހެދުން ހުއްޓުވަބަލަ މިހާރުން މިހާރަށް. ވާނެތޯ؟ ނުވާނެ ދޯ. އެއިން ވެސް އެނގޭ މުއިއްޒު އަކީ އެއްވެސް އާރެއް ބާރެއް އޮތް ބޭފުޅެއް ނޫންކަން. ޕީޕީއެމްގެ ހުރިހާ އަމުރެއް މިހާރު ވެސް އެނެރެނީ ސީދާ ހެންވޭރުކޮޅުގަ އެހުންނަ އުސް ގެއިން. އަޅެ ބުނެބަލަ މިއީ ދޮގެކޭ. ހޮވުނަސް އެކަން އޮންނާނީ އެހެން. ފަސްޓްލޭޑީ އަކަށް ހުންނަވާނީ މެޑަމް ފާތުން!
ގުބާދު
25 September 2023
ނޫނޭ އެހެން ނަމަ ކުރިމަތި ލާނީވެސް ތިޔަ ބުނާ މީހަކު ނޫނީ އެކަކުވެސް ނުނިކުންނާނެ. މުއިއްޒު ތަފާތުވާނެ އިންޝާﷲ
ނައިބު
25 September 2023
ގުބާދު ޕީޕީއެމް އިން މީހަކު ނުނުކުމޭ ނޫންތޯ؟ އެހެންވެ ނޫންތޯ މުއިއްޒު އަވަސް އަވަހަށް ޕީޕީއެމް އިން ކެނޑިގެން ޕީއެންސީ އަށް ސޮއިކޮށް ޕްރައިމަރީ އެއް ވެސް ނުބާއްވާ "މޮޅު ޑިމޮކްރަޓިކް އުސޫލުން" އަދުރޭ ހައްލައިގެން އެ ނުކުތީ. މުއިއްޒު ތަފާތުކަން އެކަމުން ވެސް އެނގިއްޖެ ދޯ؟
ފޮނިހުސޭނު
26 September 2023
ޔާމީން ވެސް ބޭނުންފުޅެއްނުވާނެ މުއިއްޒު ނެރެގެން ހުރިހާ ބަދުނާމެއް ޕީޕީއެމް ބޮލުގައެޅޭކަށް. އެހެންވީމަ ޕީޕީއެމް އިންތިޚާބު ބޮއިކޮޓްކުރަން ވިދާޅުވީ. މުއިއްޒު އެގިވަޑައިގަންނަވާތީ ޔާމީން ވޯޓްވެސް ނުލެއްވީ. މިފަހަރު ހޮވިއްޖެނަމަވެސް ހާވާހަޑި އެޅޭނީ އަދުރޭ ބޮލުގަ.
ނިލިސް
25 September 2023
އެހެން ގޮތަކަށްވެސް ނަތީޖާ އެނބުރިދާނެ. ޢެނގޭނީ ވޯޓުގެ ނަތީޖާ ލިބުމުން
ސާދިލް
25 September 2023
މާލޭގެ ނަތީޖާ ﷲގެ އިރާދަފުޅުން އެނބުރިއްޖެ. އެމްޑީޕީގެ މީހުން ނުރުހުނު ކަންތައްތަކެއް މީގެ ތެރޭގައި ހިނގިޔަސް، ޕީޕީއެމްއަކަށް އެމީހުން ވޯޓެއް ނުލާނެ.
ބޮޑުމީހާ
25 September 2023
ނަތީޖާ ނެރެދީފައިވާ ލީޑަރެއް. ކިޔެވުމާއި ނުކިޔެވުމުގެ ތަފާތު ހުންނާނެ. 5 އަހަރު އިބޫ މި ހޭދަކުރަނީ އަންނަނީގަ. މާލޭގައި ހިތްފަސޭހަކޮށްލަން ކަމެއް ކޮށްފައި ހުރީ މުއިއްޒު. މި 5 އަހަރު މި ހޭދަވީ ބަދަލުދިނުމުގަ
ލޮލްލް
25 September 2023
މާލެ އެކަނި ދޯ ރާއްޖޭގަ އޮންނަނީ. ރާއްޖެތެރޭ ރަށް ރަށް އެކަށް ދޫކޮއްލީ ޕީޕީއެމް އިން. ރަށްރަށް ބިކަ ހާލު ޖައްސާފަ މާލެ އެކަނި ތަރައްޤީ ކުރަން ތި ޕީޕީއެމް މީހުނަށް ފެންނާނީ އަބަދުވެސް. ވަރަށް އަމިއްލަ އެދުންވެރިކަން އޮންނަ ބައެއް ތީ.
އަފްރާސިޔާބު
25 September 2023
ބަލަ ރަށުގައި އޮތް ގެދޮރު ދޫކޮށްލާފައި މާލެއަށް ހިޖުރަ ކުރަންވީ. މާލެ އައިސް ތިލަ އިންނާއި ފަޅުން ގޯތި ނަގައިގެން ނުވަތަ ފްލެޓް ހޯދައިގެން މުޅި އުމުރުގައި ލޯން ދެއްކުމަށް ހޭދަ ކޮށްލަންވީ. ހާސް ކަނޑާލާ؟
ދޮޅި ހުސޭނު
25 September 2023
އެއްބަޔަކު ވޯޓު ލިބޭނެ ކަމަށް ހަމަ އެއްވެސް ޖެހިލުއް ނެތި ރޯމާ ދުވާލު ރޯމަރު ބުހުތާނު ދޮގު ހަދާ ފަތުރަނީ. އަނެއް ބަޔަކު އެކަންކަމުގެ ހަޤީޤަތް ހާމަކޮށްދެވޭތޯ ގަދައަޅާ މަސައްކަތް ކުރަނީ. މިއީ މިހާރު ހައްޤާއި ބާތިލުގެ ކުރިމަތިލުމަކަށްވެއްޖެ. ދެން އެހެންވީމާ އިރާދަކުރެއްވިއްޔާ އަބަދުވެސް އެކަން ހިނގާހެން ވަރަށް އަވަހަށް ހައްޤަށް ކާމިޔާބު ލިބި މިކަން ނިމޭނެ.
ޟމމމ
25 September 2023
ގޭންގު، ގޭންގު. ނާމާން ކަމާއި ބިރުވެރިކަން.???
ފަޚްރުވެރި މާލޭ ރާއްޖެތެރެމީހާ
25 September 2023
މިފަހަރު އަހަރެމެންވެސް ވޯޓު އަޅާނަން އިބޫއަށް! އިންޝާﷲ! ވިންވާނެ!