ރައީސްއާ އެކު އަލީ ޒާހިރު ރައީސް އޮފީހުގައި: ސަރުކާރުން ތަންފީޒުކުރާ ސިޔާސަތުތައް އިދިކޮޅަށް ހަޖަމް ނުވާ ކަމަށް ވިދާޅުވި.
25 ސެޕްޓެމްބަރ 2023 - 10:15
މި އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން "ނެޝަނަލް ކާޑު" ނެގީ ސަރުކާރުން ރައްޔިތުންނަށް ތަންފީޒުކުރާ ސިޔާސަތުތަކާ ހެދި ދައްކާނެ އިތުރު އެއްވެސް ވާހަކައެއް ނެތިގެން ކަމަށް ރައީސް އޮފީހުުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އަމާޒުކުރާ އިދިކޮޅުގެ އެންމެ ބޮޑު ތުހުމަތަކީ އިންޑިއާ ސިފައިން މި ގައުމުގައި ތިބުމެވެ. މިކަން ދޮގުކޮށް، ސަރުކާރުން ބުނަމުން އަންނަނީ އަސްކަރީ ބޭނުމެއްގައި ސިފައިންގެ އެއްވެސް މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށެވެ.
އެންމެ ބޮޑަށް ތުހުމަތުކުރާ، އުތުރު ތިލަފަޅުން ގޯތި ދޭން ނިންމައި ބޯހިޔާވަހިކަމުގެ ސްކީމެއް ވެސް އޮތީ ހުޅުވާލައިފަ އެވެ.
Alhugandumenge gaiga ley hingaha hindhaku mi qaumuge fasgandun viyas kandun viyas enme inchi eh ves dhookosheh nulanan. Gaumah ghadhaaru vi bayaku verikamuge dhahivethikamuga fethuri yoala vahakathakah rayyithun nuhellun edhen. Sarukaarun rayyithunnah faidha huri siyaasathu thah…
— Ali Zahir (alipi) (@alixahir) September 24, 2023
މި ގައުމުގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކާލައި މިލްކުކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް ބަދަލު ގެނައީ އިދިކޮޅު ޕީޕީއެމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުު ދެއްކެވި ވާހަކަ ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަލީ ޒާހިރު ވިދާޅުވީ މި ގައުމުން އެންމެ އިންޗިއެއް ވެސް މި ސަރުކާރުގައި އެހެން ބަޔަކަށް ދޫކޮށްނުލާނެ ކަމަށެވެ. ގައުމަށް ގައްދާރުވި ބަޔަކު ތުހުމަތު އަޅުވައި ޔޯލަ ވާހަކަ ދައްކަމުން ދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވި އެވެ.
އޭނާ އެދިވަޑައިގަތީ އެ ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށެވެ.
"އަޅުގަނޑުމެން ގައިގައި ލޭ ހިނގާ ހިނދަކު މި ގައުމުގެ ފަސްގަނޑުން ވިޔަސް ކަނޑުންވިޔަސް އެންމެ އިންޗިއެއް ވެސް ދޫކޮށްނުލާނަން. ގައުމަށް ގައްދާރުވި ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ފެތުރި ޔޯލަ ވާހަކަތަކަށް ރައްޔިތުން ނުހެއްލުން އެދެން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީކޭ
26 September 2023
މީނަ މީ ފިލަން ރާވާފަ ހުރި މިނިސްޓަރެއް. މީނަ ފުރިޔަ ނުދޭތި. މީނަ މިހާރު ރެޑީވަނީ އަނބިދަރިން ކުރީބައިގަ ފުރުވަން އަދި ދަހުން މީނަ ފުރައިގެން ދާން. މީ ވަރަށް ވަގު މީހެއް. މަ ދަންނަން މީނަ.
ދުންބޯ
26 September 2023
ބަލަ އަލީ ޒާހިރު ކަލޭ ތިހިރީ ބުރާންތި ވެފަތަ؟ކަލޭ ތިބުނަނީ ދިވެހި ރައްޔިތުން މިތިބީ ދެލޯ އަނދިރިވެ ބީތާ ވެފަޔޭތަ؟ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ.ކައްދޫ ،ހަނިމާދޫ އަދި އައްޑޫގަ އުޅޭ ސިފައިން އުޅޭ ނޫޅޭގޮތް ރައްޔިތުންނަށް އިނގޭ،ފެނޭ.ކަލޭ މަގާމުގެ ދަހިވެތިކަމުގަ ރައްޔިތުން އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެ.ރައްޔިތުން ތިބީ ހޭލާ.
ޙހހގ
25 September 2023
ގައުމީ ކާދަށްވުރެ މުހިއްމު އެއްވެސް ކާޑެއް ނޯންނާނެ. ޢެކާޑު ކުޅެން ފުރުސަތު ލިބުނީ އަޅުވެތިކަމުގެ އިހްސާސް ކުރެވޭތީ
ދިއްދޫމީހާ
25 September 2023
މޮރިޝަޝް ބޭންކް އެބަހޯދާ އަލިޕީ އެމީހުން އެހޯދަނީ ގައުމީ ކާޑްއެ ގެއްލިގެން…
ހަޑި މުޑުދާސް
25 September 2023
އަލީފީ ނަގަނީ ހަނޑޫ ހަކުރު ފުށުގެ ކާޑު
ކަޅޮއަކިރިގަނޑަ
25 September 2023
އަލިޕީ! އަހރެމެން ހަމަ ގައުމީ ކާޑުކުޅޭނީ! ކަލެއާއި ޝާހިދާއި މާރިޔާދީދީ މެން ތިބޭ "ޖައި ހިންދު" ކިޔާލަކިޔާލަ
ނޫންތޯ
25 September 2023
ދައުލަތުގެ މުދަލުން ޖަރީމާ ހިންގައި ގޮތެއްފޮތެއް ނެތި ތެޅި ބުރުއްސާ ކާޑްތަކެއް މުއިއްޒެއް ނުކުޅޭނެ
ގެދޮރު
25 September 2023
ކޮބާހޭ ފްލެޓް ލިބޭ މީހުން ތަރުތީބުވާ ގޮތުގެ ދާއިމީ ލިސްޓު؟ މި ބުނަނީ 30 ސެޕްޓެމްބަރ ގެ ކުރިން އެ ލިސްޓު ނުނެރެފީޔާ ނުދޭނަން އިބޫ އަށް ވޯޓެއް. މަގޭ މުޅު ޢާއިލާވެސް ވޯޓު ދޭނީ މުޢިއްޒުއަށް.
ޝީރީން
25 September 2023
30 ހެއްނޫން. މިރޭ 12 ގެ ކުރިން ނުނެރެފިއްޔާ މަވާ ސަލާމް. 23 ގަނޑު ވޯޓު ދޭނަން މުއިއްޒަށް ހިތާ ދެކޮޅަށްވިޔަސް. އެހެންޔާ ފަހެ
ކޮމެންޓްކުރާމީހާ
25 September 2023
އޭގެ ކުރިން ލިސްޓް ނެރޭނެކަމަށް ބެލެވެނީ...
ނެރޭނެ
26 September 2023
ސުވާލަކީ ތި އެންމެނަށް ދޭނެ ފްލެޓް ހުރީކޮންތާކު. ލިސްްޓް ނެރެވިދާނެ
ވަޒަން
25 September 2023
ގައުމުގެ ވެރިކަމަށް ކުރިމަތިލާމީހުން ނަގަން ޖެހެނީ ގައުމީ ކާޑު. އަލިފީ މެން ތި ނަގަނީ އިންޑިއާ ކަނޑުގެ ކާޑު. އެހެންވެ މި ނިމެނީ.. ނިމެނީ
ޢަލީ ބަލީ
25 September 2023
ދައްކާން ވަރައްގިނަ ވާހަކަ އެބަހުރި. އެކަމަކު އެވާހަކަތަށް ނުދައްކާ މިހުރީ މިމަހު 30 ވަނަ ދުވަހު އެވާހަކަ ތަކުގެ ބަދަލް ދޭންވެގެން