އިއްޔެ ކުރިއަށް ގެންދިޔަ "ނާޗާ" ޕްރޮގުރާމުގެ ސެޝަނެއްގައި މައުލޫމާތު ދެނީ. -- ފޮޓޯ: ޓްރީ ޓޮޕް
25 ސެޕްޓެމްބަރ 2023 - 14:39
ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގަމުން ދިޔަ "ނާޗާ" ޕްރޮގްރާމް އަލުން ފަށަިއފި އެވެ.
މެދުކެނޑުމަކަށް ފަހު މި ޕްރޮގުރާމް އަލުން ފަށާފައި ވަނީ އިއްޔެ އެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި މި ޕްރޮގުރާމު ކުރިއަށް ގެންދިޔައީ 34 ބައިވެރިންނާ އެކު އެވެ.
މި ޕްރޮގްރާމްގައި ގާތުން ކިރުދިނުމާއި، ވިހެއުމާއި، އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާއާއި، ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި، ރިހުން މެނޭޖްކުރުމާ ގުޅޭ ސެޝަންތަކެއް ވަނީ ހިންގާފަ އެވެ. މި ސެޝަންތައް ކުރިއަށް ގެންދިޔައީ ޓްރީ ޓޮޕްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑަމަޓޮލޮޖީ، ފިޒިއޮތެރަޕީ އަދި ނާސިންގެ ތަޖުރިބާކާރު މެޑިކަލް އެކްސްޕާޓުންނެވެ.
މި ޕްރޮގުރާމަކީ ބަލިވެއިނުމާއި ބެލެނިވެރިކަން އަލަށް ފަށައިގަންނަ ފަރާތްތަކަށް ބޭނުންވާ މައުލޫމާތުތަކާއި ސަޕޯޓު ފޯރުކޮށްދިނުމެވެ. އަދި މި ޕްރޮގުރާމަކީ މައިންބަފައިންނާއި ތުއްތު ކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދީ، ދަރިމައިވެ އިންނައިރު ދިމާވާ އެކި ކަންތައްތައް ހިއްސާކޮށް ސަޕޯޓިވް ކޮމިއުނިޓީއެއް އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެއްގެ ގޮތުގައި ޓްރީ ޓޮޕުން ސިފަކުރެ އެވެ.
ޓްރީ ޓޮޕްގެ "ނާޗާ" ޕްރޮގުރާމަކީ ކޮންމެ މަހަކު ވެސް ވަކި އަދަދަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ އިތުރު މައުލޫމާތު 3351610 ނަމްބަރުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy