އެގްރޯނެޓުގެ ކުރީގެ އެމްޑީ ހާރޫން ރަޝީދު ޕީޕީއެމަށް ސޮއިކޮށް މެމްބަޝީޕް ފޯމު ހަވާލުކުރުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
26 ސެޕްޓެމްބަރ 2023 - 13:21
ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް) ގެ މެނޭޖިން ޑިރެކްޓަރު ކަމުން ވަކިކުރި، ހާރޫން ރަޝީދު މިއަދު ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.
ކެމްޕެއިނު ނިންމާލުމުގެ ގޮތުން ދެކުނުގެ ހަތަރު އަތޮޅަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ހާރޫން ވަނީ އޭނާގެ މެމްބަޝިޕް ފޯމު ހަވާލުކުރައްވައިފަ އެވެ.
މި ސަރުކާރުން އުފެއްދި އެގްރޯ ކުންފުނީގެ އެމްޑީއަކަށް ހާރޫން އައްޔަން ކުރީ 2020 ވަނަ އަހަރު އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވި ހާރޫން މަގާމުން ވަކިކުރީ މި އަހަރުގެ ކުރީކޮޅުގަ އެވެ.
މުއިއްޒު ގއ. ވިލިގިއްޔަށް މިއަދު ވަޑައިގަތުމުން ހޫނު މަރުހަބާއެއް ވަނީ ކިޔާފައި -- ފޮޓޯ: ނިޝާން އަލީ/މިހާރު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ހާރޫން މިހާތަނަށް ހުންނެވީ އެމްޑީޕީން މެންބަރުންތަކެއް ވަކިވެ އުފެއްދި ޑިމޮކްރެޓްސްގަ އެވެ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭނާ ތާއީދު ކުރައްވާފައިވަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ.
ހާރޫނާ އެކު، ވިލިނގިލީގެ އެމްޑީޕީ މެންބަރުންގެ ގޮތުގައި ތިބި 100 އެއްހާ މީހުން ވަނީ މިއަދު ޕީޕިއެމާ ގުޅިފަ އެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިމް މަގާމުގައި ހުންނެވި ޝަރީފް އަހުމަދާއި މި ސަރުކާރުގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ރިފާއަތު ރަޝީދު ހިމެނެ އެވެ.
ގއ. ވިލިނގިލި ޖަލްސާގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/މިހާރު
މި ރަށުގައި ބޭއްވި ޖަލްސާގައި ވަރަށް ކުރުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ތަރައްގީ ގެނައުމަށް ވެފައިވާ ހުރިހާ ވައުދެއް ފުއްދައިދޭނެ ކަމުގެ ޔަގީންކަން ވިލިނގިލީގެ ރައްޔިތުންނަށް ދެއްވައިފަ އެވެ. އަދި، ފުރަތަމަ ބުރުގައި މި ރަށުން ހޯދި އަޣްލަބިއްޔަތަށް ވުރެ ބޮޑު ތާއީދެއް ދެ ވަނަ ބުރުގައި ދޭނެ ކަން ގަބޫލުކުރައްވާ ކަމަށާއި ވަރަށް އަވަހަށް މި ރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ވަޑައިގަންނަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުން
27 September 2023
ސާބަހޭ ހާރޫން.ވަކި ފިކުރެއްގަ ފަހަތުގަ އެނބުރޭކަށް ނުޖެހޭ.ގައުމަށް އަމިއްލަ ރަށަށް ކަންތައް ކޮށްދެވޭނެ ގާބިލް ތައުލީމީ އިލްމާއި ހިލްމު ހުރިމީހަކަށް ތާއީދު ކުރީމަ ހުންނާނީ ރަނގަޅަށް.އަދިވެސް ސާބަސް.
7% ބައި
27 September 2023
ތިނުވާނެ އެމްޑީޕީ މެމްބަރުންނަކަށް. ތިވާނީ . މޮކްރެޓްގެ 100 މެމްބަރުންކަމަށް.
ބޮޑުމީހާ
26 September 2023
ވެރިކަމުގައި ހުރެ އަމިއްލަ ޕާޓީއެއްގެ ވޯޓު ނުހޯދުނު މީހަކު ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ ހަޑިކަމެއް. އަމިއްލަ ޕާޓީ އެކަތިގަނޑަކަށް ނެހެދުނު މީހަކަށް ރައްޔިތުންގެ ތާއީދެއް ނުލިބޭނެ
ގުޑް
26 September 2023
ވިލިނގިލި ޕޮލޮޓިކްސް ތަފާތު. މިއީ ސައުދާއި ހާރޫނުގެ ވާދަވެރިކަމެއް. މިވީ ގޮތުން މަޖިލީހުގައި މިފަހަރު ދަށަށް ދާނީ ސައުދު. ހާރޫނު އެ ދެމިގަތީ. އަންނި ވިސްނުމުގެ ބޭފުޅެއް ޕީޕީއެމުން.
މިނިވަންކުރޭ
26 September 2023
ހާރޫނު ޒިންދާބާދު ޕީޕީއެމް ޒިންދާބާދު މުއިއްޒު ޒިންދާބާދު އުތުރު ތިލަފަޅު އިންޑިއާ އަތް ދަށުން މިނިވަން ކުރޭ ލާމު ކައްދޫ އެއާރޕޯރޓް އިންޑިއާ އަތް ދަށުން މިނިވަން ކުރޭ އައްޑޫ ގަން އިންޑިއާ އަތް ދަށުން މިނިވަން ކުރޭ އޯއް އޯއް އޯއް މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ މިނިވަންކުރޭ ނަށާލާ ނަށަލާ ނަށާލާ...
ޖަމޯބަނޑި
26 September 2023
އަށްދެ ރައީސް ނަސީދަށް ވަރަށް އިހުލާސްތެރި ތިވީ
ނިލިސް
26 September 2023
ބޮޑު ފަޅި ބަލާފަ ފުށްމާލަނީ ދޯ؟
އެކެފަރު
26 September 2023
ސާބަސް ހާރޫން އަދި ޓީމް. ވަރަށް އުންމީދުކުރި ކަމެއް ތި ފުރިހަމަ ކޮށްލީ. ގާތްގަނޑަކަށް ބުނާނަމަ މުޅި ވިލިނގިލި ޔަޤީންވީ
އިކުނާމް
26 September 2023
ތިއީ ހުސް ޕީޕީއެމް މީހުން. އަލުން ފޯމު ފުރިއަސް އެމީހުންގެ ރަޖިސްޓަރީ ވެސް ކުރިން ވެސް އޮތީ ޕީޕީއެމްގައި. ތިއީ ފޮޓޯއެއް ނަގަން ކުރިކަމެއް. ސަޕޯޓް މާބޮޑަށް އިތުރުވާ ގޮތް ދައްކަން ރޭވި ޑްރާމާއެއް.
އޯކިޑު
26 September 2023
2018 ގަ ވެސް ތިގޮތައް ސޮއި ކުރި މީހުން މަދެއްނޫން، ބަޔަކު މޭގަނޑު ގުޑާ ކަމެއްނޫން