ބޭރުގެ ބައެއް ނޫސްތަކުން އެމަނިކުފާނަކީ "ޕްރޯ-ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ލިޔެފައިވާ ބައެއް ހަބަރުތަކަށް ނުސީދާ ރައްދެއް ދެއްވައި މިރޭ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު ކަމަށް.
ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ޑރ. މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
02 އޮކްޓޯބަރ 2023 - 21:56
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީގެ އުފާވެރިކަން ފާހަގަކުރަން ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނެ ކަމުގެ ކަށަވަރުކަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފަ އެވެ.
އެތައް ސަތޭކަ ބަޔަކާ އެކު، ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމަށް ކެމްޕެއިންގެ ތެރޭގައި އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ކަމަށާއި ރައްޔިތުން ވޯޓު ދީ ހޮވީ ވެސް އެ އުއްމީދުގައި ކަމަށެވެ. އެހެންވެ، އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު، އެންމެ ފުރަތަމަ ވެސް ފައްޓަވާނީ އެ މަސައްކަތްޕުޅު ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރު ބަދަލުވުމަށް މި ހިނގާ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އެކި ގައުމުތަކުގެ ސަފީރުން އެ މަނިކުފާނާ ބައްދަލުކުރައްވަން އަންނަނީ އެދިވަޑައިގަންނަވަމުންނެވެ. ކަނޑައެޅިފައި އޮންނަ އުސޫލުން އެ ހުރިހާ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސަޕޯޓަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެންމެ އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު އިސްކުރާނީ ދިވެހި ގައުމުގެ މަސްލަހަތު އިސްކުރެވޭ ސިޔާސަތު،" ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި ޖަލްސާގައި މުއިއްޒު ވިދާޅުވި އެވެ.
ބޭރުގެ ބައެއް ނޫސްތަކުން އެމަނިކުފާނަކީ "ޕްރޯ-ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ލިޔެފައިވާ ބައެއް ހަބަރުތަކަށް ނުސީދާ ރައްދެއް ދެއްވައި މިރޭ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު ކަމަށެވެ.
"ޕްރޯ-މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކީ އަޅުގަނޑުމެންނާ ގާތް ރަހުމަތްތެރި ގުޅުން އޮންނާނެ ގައުމުތަކެއް ކަން އަޅުގަނޑު ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އުއްމީދަކީ ދުނިޔޭގެ ހުރިހާ ގައުމަކީ ވެސް ރާއްޖޭގެ އަމިއްލަވަންތަ ކަމަށް އިހުތިރާމު ކުރާ އަދި އެހެން ގައުމުތަކެކޭ އެއްގޮތަށް މި ގައުމުގެ މިނިވަން ކަން ހިމާޔަތްކުރަން ދިވެހިންނަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރާ ބަޔަކަށް ވުމަށް ކަމަށެވެ.
މި ގައުމުގައި ތިބި ބޭރުގެ ސިފައިން މި ގައުމުން ފޮނުވާލަނަން، އިރާދަކުރެއްވިޔާ ހަމަތަކުގެ ތެރެއިން: މުއިއްޒު
"މި ގައުމުގައި ތިބި ބޭރުގެ ސިފައިން މި ގައުމުން ފޮނުވާލަނަން، އިރާދަކުރެއްވިޔާ ހަމަތަކުގެ ތެރެއިން،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީއަށް ފަހު ފުރަތަމަ ފަހަރަށް އާންމުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހާރިޖީ އުސޫލުތަކާއި ހަމަތަކުގެ މަތިން ބޭރުގެ ސިފައިން އަނބުރާ ފޮނުވާލެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ވެސް އެމަނިކުފާނު މިރޭ ދެއްވި އެވެ. މުއިއްޒު ވިދާޅުވި ގޮތުގައި، ބޭރުގެ ސިފައިން ރާއްޖޭގައި ބޭތިއްވި ބަޔަކު، ދިވެހިން އެކަން ބޭނުން ނުވާ ކަމަށް ވަންޏާ، މިތަނުގައި އެމީހުން މަޑުކުރުވަން ބޭނުން ނުވާނެ އެވެ.
މުއިއްޒު ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން ދިވެހިން ބޭނުންނުވާ ކަން ރިޔާސީ އިންތިހާބުގެ ނަތީޖާއިން މިހާރު އެ އޮތީ އެ ބަޔަކަށް ސާފުކޮށް ފެންނަން ކަމަށެވެ. އެހެންވެ، ދިވެހިން މި ނިންމުމާ ދެކޮޅަށް ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ހަމަތަކަށް އެއްބަސްވެގެން ވަޑައިގަންނަވާ ކޮންމެ ގައުމެއްގެ ސަފީރަކަށް ވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ގާތް ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ދެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
03 October 2023
65 އަހަރުން މަތީގެ ރައްޔިތުންގެ ބޮލަށް އެރި ގުނބޯ ހައްދަން އެންމެ ގަދަޔަށް ދެއްކި ވާހަކަޔަކީ! ހަނިމާދޫ އާއި އުތުރު ތިލަފަޅުގައި އިންޑިޔާ ސިފައިން އެބަތިއްބޭ މިގައުމު އިންޑިޔާ ސިފައިން ހިފަނީއޭ ކިޔާ ގުނބޯ ހައްދާފައި 30 ހާސް ވޯޓް ދޮގާ މަކަރާހަދައިގެން އެމީހުންގެ އަތުން ހޯދުން! އިންޑިޔާ ސިފައިން ބާލާތަން ލައިވްކޮއް ޓީވީއިން ދައްކަން ޖެހޭނެ!
ކަރާސީނު
03 October 2023
ބައެއް ނޫސްތަކުން ދެއްކިގޮތަށް "އެޑިޓެޑް" ވީޑިއޯ ދައްކަވަން ނުހައްދަވާ، 2 ހެލިކޮޕްޓަރާއި، ޑޯނިއާ ފުލައިޓާއެކު، (އިންޑިއާ ސިފައިންގެ ޔުނީފޯމުގައި) އެވެރިން ބޭރުކުރާ މަންޒަރު ލައިވް ކުރެވެންވާނެ!
އާވަސް
03 October 2023
ނުވާނެ އެއްކަމެއް ވެސް، ޤައުމުގެ މިނިވަން ކަމޭ ކިޔައިގެން އެނބުރި ބޮޑު ގޭސް ގަޑު ވައިގަ ހިފައި ރައްޔަތުން ގެ ގިނަ ބަޔަކު ވައި ވެއްދިގެން ވެރިކަން ލިބުނީ. އިންޑިޔާ އައުޓް ދެން ނުކިޔާނެ ކަން %100 ޔަގީން. ރާކަނި މަސް ކެވޭނެ މިފަހަރު ރަގަޅަށް
ހޯހޯހޯ
03 October 2023
އިންޑިއާ އައުޓް. އިންޑިއާ ސިފައިން ޖެހޭނީ ބާލަން. އިންޑިއާ ސިފައިން ޖެހޭނީ ފަސްގަނޑު ދޫކޮށް އެނބުރި އެމީހުންގެ ޤައުމަށް ދާން.
ނަސޫ
03 October 2023
ލައިވް ކޮށްލާތި އޭރުން ތިބުނާބަހުގެ އިތުބާރު އޮންނާނީ
އިންޑިއާއައުޓް
03 October 2023
ކޮބާ! ކިހިނެއްތޯ ކަންތަށް ދަނީ. އިންޑިއާއައުޓް
މުއިއްޒުއަށް ބުނެލަން
03 October 2023
ފޭލުވެފަ ތިބިމީހުން އަނެއްކާ ބޯޑު މެމްބަރު ކަމަށް އަތުވެދާނެތީ ބިރުގަނޭ. ސައިރިކްސް ޝަރީފު ކުރީ ސަފުން ފެނުނީމަ ހީވަނީ ކޮންމެވެސް އެއްޗެއް ހޯދަންގޮސް ތިބިހެން. ނަމަނަމަ ސައިރިކްސް ޝަރީފު ގާތް ނުކުރާތި.
ގެރިމޮރުދީ
03 October 2023
މިތާ ނެތް ބަޔަކު ފޮނުވާލަން އެންމެ ފަސޭހަ ވާނީ
ޥައުދު
03 October 2023
ހިޔާ ފުލެޓް ހަދަން ޚަރަދުވި ދެލައްކަ ރުފިޔާ ދޭނާމޭ ބުނީމަ ވޯޓުލީ.
އަފްރާސިޔާބު
03 October 2023
ތި ހުރީ ކަލޭގެ ހަމަ ހުންނަގޮތް.
ޓޮމްޔަމް
03 October 2023
ބަލަ އަދި މިއުޅެނީ ހުވާ ނުކުރެވިގެން. މިހާރު ތިތެޅެންފެށީ 2 ލައްކަ ނުލިބިގެން. ކެތެއް ނުލަވާ ދޯ .
ގުދުގުދާބެއްޔާ
03 October 2023
ދޭންޖެހޭ ނެ އެފައިސާ ހިޔާ ފުލެޓް މީހުން ގުނބޯ ހައްދާފައި ވޯޓް ހޯދީ! ހައްހައްހާ!
ފަރަންޖީ
03 October 2023
ހޫން.. "ހަމަ ތަކުގެމަތިން" ދޯ؟ މިހާއަވަހަށް ރާގު ބަދަލުވެއްޖެ!!!! މިހާރު އެނގިއްޖެ ތިބުނަން އުޅޭއެއްޗެއް.. ހަމަތައް ނުނިމިގެން 5 އަހަރު ވާއިރުވެސް ނުފޭބިޔަސް ދެން މުއިއްޒު ކުރާނެކަމެއް ނޯންނާނެތާދޯ؟ އިންޑިއާ ސިފައިން ބާލާނަމޭ ކިޔާފަ ފޮނިކަންޑަންޏާ ގަޓު ހުރެގެން ފޮނިކަނޑާ. ތިބުނާ "ހަމަ"އަކީ އިންޑީއާއިން ދީފައި އޮތް ދެ ހެލިކޮޕްޓަރާ ޑޯނިއަރ ބޯޓާއެކީ އެމީހުން ދިއުން.
މޯޑް
03 October 2023
އަޅުގަނޑްގެ ވަރަށް ބޮނޑް އެދުމެއް ޖަމީލުމެން ފަދަ ފެއިލުވެފަ ތިބި ދެއިރު ދެދަޅައަށް ކޮޅުބަދަލުކުރާ ބޭފުޅުންނަށް މުއިޒް ސަރުކާރު މަތިފަޑިން ޖާގަ ނުދިނުމަށް.