މިއަދުގެ އަޑުއެހުމުގައި ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ބައިވެރިވެ ވަޑައިގަންނަވަނީ: ޔާމީން އަމަލު ކުރެއްވި ގޮތުން ފައިސާގެ އަސްލު ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ބުނޭ
26 ސެޕްޓެމްބަރ 2023 - 20:04
ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވި ގޮތުން ފައިސާގެ އަސްލު ގެއްލުމުގެ ފުރުސަތު އޮތް ކަމަށާއި އެއީ މަނީ ލޯންޑްރިންގެ އަމަލެއް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާއިރު، އެ މަނިކުފާނަށް ރިޝްވަތު ދިން ކަން ސާބިތުވެ، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން އެ ދެ ބޭފުޅުން ހުށަހެޅުއްވުމުން ހައި ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކުށްކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާއެއް އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ދައުރު ކުރިޔަސް، މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ ކަމަށް އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ. ޔޫސުފް ނައީމް އަތުން ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރު އެ މަނިކުފާނު ލޯންޑާ ކުރެއްވީ ސައްހަ ފައިސާއާ އެއްކޮށްގެން ކަމަށާއި އެއީ އެ ފައިސާގެ އަސްލު ގެއްލިދާނެ އަމަލުތަކެއް ކަމަށް ދައުލަތުން ބުންޏެވެ.
"ހަގީގަތުގައި ޔާމީން ލޯންޑާ ކުރެއްވި އެއް މިލިއަން ޑޮލަރު، އެ ފައިސާ ގެއްލުމުގެ ފުރުސަތު އެބައޮތް. އެއް މިލިއަން ޑޮލަރަށް ހާހެއްހާ ޑޮލަރު އެއްކޮށްގެން ފުރަތަމަ ޓްރާންސްފާ ކުރީ. އަނެއްކާ ބީއެމްއެލްގައި ހުރި އެކައުންޓަކުން ފައިސާތަކެއް އެއްކޮށްގެން މިހެން ގޮސްފައި،" ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނިގޮތުގައި މަނީ ލޯންޑްރިންގެ ގާނޫނުގައިވާ ގޮތުން އަމިއްލަ އެކައުންޓްގައި ފައިސާ ދައުރު ނުކޮށް ބެހެއްޓިޔަސް، އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތް ނަމަ މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ އެވެ.
ދައުލަތުން ބުނީ ޔޫސުފް ނައީމަށް އެ ފައިސާ ލިބުނީ ކިހިނެތްތޯ އެއީ އެ މައްސަލާގައި ބަލަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ބަލަން ޖެހޭނީ ޔާމީނަށް އެ ފައިސާ ލިބިވަޑައިގަތީ ރިޝްވަތުގެ ގޮތުގައި ކަން ނުވަތަ ނޫންކަން ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިވަޑައިގަތްއިރު އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއް ކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަން ދައުލަތުން ސާބިތުކޮށް ދޭންޖެހެ އެވެ. އަދި ލިބިވަޑައިގަތް ފައިސާ ޔާމީން ބެހެއްޓެވީ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓްގައި ކަމަށްވާތީ އެއީ މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވުމަށްޓަކައި ބޭނުންވާ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރުން ނޫން ކަމަށް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކްގައި ހުރި އެކައުންޓެއްގައި އެ ފައިސާ ބަހައްޓާފައިވާ ކަމަށާއި އެހެންކަމުން އޭގެ އަސްލު އޮޅުވާލުމަށްޓަކައި ކުރި ކަމެއް ނެތް ކަމަށް ވަކީލުން ވިދާޅުވި އެވެ.
ޔާމީންގެ ވިދާޅުވީ މަނީ ލޯންޑްރިންއަކީ ފައިސާ ހުރި ތަނެއް ނޭނގޭ ގޮތަށް ނުވަތަ ގެއްލޭ ގޮތަށް އަމަލު ކުރުމުން ކަމަށާއި އެކަމަކު ރާއްޖޭގެ ބޭންކްތަކުގެ ތެރޭގައި ދައުރުވާ ފައިސާގެ މައުލޫމާތަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެނގޭނެ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމަކީ އަސްލު އޮޅުވާލުން ކަމަށް ނުބެލެވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަމިއްލަ އެކައުންޓްތަކުގެ ތެރޭގައި ފައިސާ ދައުރު ކުރާކުރުން މަނީ ލޯންޑްރިންގެ ކުށަކަށް ވާނީ އެކަމުގައި ގާނޫނީ ހިލާފު އެހެން ކަންތައްތަކެއް ހިމެނޭ ނަމަ ކަމަށެވެ.
ޔާމީންގެ ވަކީލުން ވިދާޅުވީ ދިފާއީ ހެކިތައް ދަށު ކޯޓުން ވަޒަންކުރި ގޮތާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހެ އެވެ. އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން ސާބިތުކުރަން ދިފާއީ ހެކިން ހުށަހެޅިޔަސް، އެ ހެކިން ދެއްކި ވާހަކަތަކަށް ދަށު ކޯޓުން ބުރަދަން ދީފައި ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގައި ދެން އޮންނާނީ ފަނޑިޔާރުންގެ ބެންޗުން ދެ ފަރާތަށް ސުވާލުތައް އަމާޒު ކުރުމެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.
ޔާމީންގެ މައްޗަށް އެ ކުށް ސާބިތުވެފައިވާތީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ދޮރު އެ މަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯހޯ
27 September 2023
މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ޔާމީން ގެެއަށް ބަދަލުކުރުމަކީ މުއިއްޒަށް ހެދޭނެ އެންމެ ބޮޑު ގޯސް. ހިޔެއްނުވޭ މުއިއްޒު އެހެން ހަދާނެހެނެއްވެސް. ޔާމީން ވެރިކަމުގައި ހުރެ އެކައުންޓުތަކުގައި އެނބުރުވި ފައިސާއަކީ ހަލާލު ފައިސާއަކަށް ވާނެ އެއްގޮތެއްވެސް ނޯންނާނެ. އަދީބު ލައްވާ ހުރިހާ ނުބައެއްހެދީ ޔާމީނުގެ ފައިދާއަށްކަން ދިވެހިންގެ ތެރޭގާތިބި ތަންދޮރުދަންނަ އެންމެން ޤަބޫލުކުރޭ. މިކަން ފަސްއަޅާ ފޮރުވަން ޔާމީނު ހެދި ފޯމިއުލާއެެއް އިންޑިއާ އައުޓަކީ.
ކަހެރުވައް
27 September 2023
ތިހާވަރަށް ކަންކަން އެނގެންޏާ ކަލޭ ތިމައްސަލައަށް ތަދައްހުލުވެ ދަށު ކޯޓުގެ ހުކުމަށް ބާރުދޭ ހެކިތަކާއި ގަރީނާތައް ހުށަހަޅަންވީނު..
ކަންމަތީ
26 September 2023
ދައުލަތުގެ ވަކީލް ޝަރުތު ހަމަވޭބާ..އޭނަޔަށް ކިޔޭއެއްޗެއް އަމިއްލަ މީހާއަށްވެސް ނޭންގޭ..ލަދުން ބޯހަލާކު..އަމިއްލަޔަށް ބޮލާފޮށާއެޅިފަ އޮންނަނީ..
ސުނީ ސެޓީ
26 September 2023
ފައިސާ ލާފަ ބަހައްޓާ އެއް ސަންދޯކުން އަނެއް ސަންދޯކަށް، އެތަނަގޮސް ބޭނުން ކުރަން.
ބޮޑުމީހާ
26 September 2023
އެމްއެމްޕީއާރުސީގެ މުޅި މައްސަލައިގައި މި ހިމެނެނީ ޔާމީނު އެކަނި. 286 މީހުންގެ ލިސްޓެއް ހިފައިގެން ވެރިކަމަށް އަންނަން ރައްޔިތުން އަތުން ވޯޓް ހޯދި މީހުންގެ ވެރިކަމުގައި ޔާމީނު ފިޔަވައި މިކަމުގައި އިތުރު މީހަކ ުފަހާ ދުވާތަނެއް ނުފެނޭ. މަހުލޫފު މިިނިސްޓަރުކަމުގަ، އަދީބުގެ ވަކީލު ޕީޖީއަކަށް، އެސްއޯއެފްއަށް ދައުވާ ނުކުރަން ނިންމީ، އަދީބު ގިޓާ ކުޅެން ގޭގަ
ގެދާނޯމޮސް
26 September 2023
ދައުލަތުން ބުނީ ކުށްކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާއެއް އަމިއްލަ އެކައުންޓްތަކުގެ މެދުގައި ފައިސާ ދައުރު ކުރިޔަސް، މަނީ ލޯންޑްރިންގެ ކުށް ފުރިހަމަވާނެ ކަމަށް އެމެރިކާގެ ކޯޓުތަކުން ނިންމާފައިވާ ކަމަށެވެ. ރައީސް ސޯލިހު ކެމްޕެއިން ކުރައްވަމުން އެދަނީ އެމެރިކާގައި ތޯ ދައުލަތުން ސާފުކޮށް ދެއްވުން އެދެމެވެ.
ނިރު
26 September 2023
إن شاء الله އަބްދުއްﷲ ޔާމިން މިނިވަން ވާދުވަސް ދުރެއްގަނޫއޮތީ ..
ނިރު
26 September 2023
އެއިރެއްގެ ވެރިމީހާ އަތުގަ ކޯޓްތަކުގެ ތަޅުދަޑި އޮންނަނީ ...ދެން މިހާވަރުން ކޯޓްތަށް މިނިވަން ވާނީ .. ވެރިމީހާ ބޭނުންވެއްޖެނަމަ ނުހައްގުން ހުކުމް ކުރުމާ .. މިހެންގޮސް ކިޔާނެކަމެއްނެތް
ނިރު
26 September 2023
އަދުލު އިންސާފް ގެ ހަމަހަމަކަން ނިކަންދެކިބަލަ ކޯޓުން ހުކުމް ކުރީ ދެމީހުންވެސް ޖަލައްލާން އަދީބް ގޭގަ 5 ސްޓަރ ކޮޓަރިކޮޅުގަ ޜައީސް ޔާމިން ހަރުގޭ ތޭރިތަކުގެ އެތެރޭގަ. އެންމެން ލޯކުރިމަތިން އަބްދުއްލޯގާޒީ ހައްޔަރުކޮއް ގިރިފުއްޓަށް ގެންދިޔާއީ މިހާރު ހުކުމުން ބަރީއަވެ މަޖިލިސްގެ ރަޢީސް ކަމުގަ އެއިންނެވީ
ޔާނުޔާނު
27 September 2023
ރައީސް ޔާމީން ކިތައް މީހުން ހައްޔަރުކޮށްފައި ވަނީ، މިސާލަކަށް ބޭބެ ރައީސް މައުމޫނު ފުދޭޭނެ...... ދެންހުރި ކަންތައް ލިސްޓް ދިގުކަމުން ނުލިޔެ ނިންމާލީ......
މިނިވަންކުރޭ
26 September 2023
ރައީސް ޔާމީން މިނިވަން ކުރޭ އުތުރު ތިލަފަޅު އިންޑިއާ އަތްދަށުން މިނިވަންކުރޭ ހުޅުމާލެ އިންޑިއާގެ އަތް ދަށުން މިނިވަންކުރޭ ރައީސް ޔާމީން މިނިވަން ކުރޭ އުތުރު ތިލަފަޅު އިންޑިއާ އަތްދަށުން މިނިވަންކުރޭ ހުޅުމާލެ އިންޑިއާގެ އަތް ދަށުން މިނިވަންކުރޭ ރައީސް ޔާމީން މިނިވަން ކުރޭ އުތުރު ތިލަފަޅު އިންޑިއާ އަތްދަށުން މިނިވަންކުރޭ ހުޅުމާލެ އިންޑިއާގެ އަތް ދަށުން މިނިވަންކުރޭ މިނިވަން ކުރޭ މިނިވަން ކުރޭ މިނިވަން ކުރޭ މިނިވަން ކުރޭ މިނިވަން ކުރޭ މިނިވަން ކުރޭ
ނިރު
26 September 2023
ރާއްޖޭގެ އަދުލު އިންސާފް އޮތް ހާލަތު ނޭގޭ އެކަކުވެސް މިގައުމުގަ ނުހުންނާނެ. إن شاء الله އަބްދުއްﷲ ޔާމިން ނޮވެމްބަރ 11 ގަ މިނިވަންވާނެ
ބޭރު
26 September 2023
ޔާމީނު ކައިރީ އަހާލަބަލަ ހަލާލު މަސައްކަތުން ހޯދި ފައިސާތޯ އެކައުންޓު ތަކުގަ އެހުރީ. މުޅި އުމުރުގަ އެކައުންޓަށް ނުވަންނަ ވަރަށް ވެރިކަމުގަ ހުރި 5 އަހަރު ތެރޭގައި އެކައުންޓަށް ފައިސާ ވަނީމާ ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އެވެސް ދަރިން އުޅޭ ތަނަށް ކުލި ނުދެއްކާ ހާލުގަ ހުއްޓައެވެ. ވައި އެނބުރޭގޮތަށް ހުކުމް އެނބުރުމަކީ އަދި އެހެން ކަމެކެވެ.
އެތެރެ
27 September 2023
ސިޔާސީ ކަންކަމަށް ހަރަދުކުރަން މީހުން ދޭ ފައިސާ އެއީ އަމިއްލަ ގޭގެ ހަރަދަށް ބޭނުންކުރަން ހުންނަ އެއްޗެއްތަ. އެގޮތަށް އެކައުންޓަށް އެތައް ފައިސާއެއް ވަންނަ މީހެއްގެ ބޮލުގަ ކޮންމެ ކަމެއްވެސް އެޅުވިދާނެ ވަގު ހެކިވެރިކަމަށް ބާރު ދޭނެ ފަދަ މީހަކާ އެކީ އެއްބަސްވުން ހެދީމަ. އެކައުންޓަށް ފައިސާތަކެއް ވަންނަ އިރާ އެއިރުގަ ހިނގާ އެހެން ކަމަކާ ގުޅުވުމަކީ ނުކުރެވޭނެކަމެއް ނޫން. އަދީބާ ޒިޔަތު ކަހަލަ ބަޔަކު ލައްވާ ފަސޭހަވާނެ ޔާމީނު ކުށުގަ ބައްދަން.