27 ސެޕްޓެމްބަރ 2023 - 01:47
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރި ތާއީދު އެމްޑީއޭ އިން ރޭ އަނބުރާ ގެނައުމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދެއްވީ ހިތްވަރުގެ މެސެޖެކެވެ.
ރައީސާއި އެމްޑީޕީ ދޫކޮށްލި ކަން އެމްޑީއޭ އިން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ކުރެއްވި ޓުވިޓެއްގައި ފައްޔާޒު ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް، ކުރި ހޯދާ ޕާޓީއެއް ކަމަށެވެ.
"ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑާނުލެވުނު އަަޒުމް. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭގެ ނިންމުމަށް އިހުތިރާމް ކުރައްވައި އަދި ފުރަތަމަ ބުރުގައި ކުރި ކެމްޕެއިނާއި ބުރަ މަސައްކަތަށް ޝުކުރު ދަންނަވަމުން ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީއާ އެކު ދެ ވަނަ ބުރުގައި ކުރިއަށް ދިއުމުގެ ބަދަލުގައި ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމީ ފުރަތަމަ ބުރުގެ ނަތީޖާ އަށް ބަލައި، ދެ ވަނަ ބުރުގައި މުއިއްޒު މާ ބޮޑު ތަނުން ވެސް ކާމިޔާބު ކުރާނެ ކަމަށް ފެންނާތީ ކަމަށް ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޯލިޝަން ރޫޅާލަން ހުށަހެޅުއްވީ ކައުންސިލް މެމްބަރު މުހައްމަދު އައްބާސް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ އަލީ މައުރޫފެވެ. ހުށަހެޅުން ފާސްވީ 33 މެމްބަރުންގެ އަަޣުލަބިއްޔަތުންނެވެ. އެއާ ދެކޮޅަށް ވޯޓު ދެއްވީ ދެ މެމްބަރެކެވެ.
ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތް ދަށް ނަތީޖާ އަށް ފަހު، ސިޔާމް ދެ ވަނަ ބުރުގެ ކެމްޕެއިނަށް ނުނިކުންނަވަ އެވެ.
ފުރަތަމަ ބުރުގައި މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހޯއްދެވުނީ 86،000 ވޯޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
29 September 2023
"ހޯދި" ޕާޓީ. މާޒީ
ުއުަހޖޮއު
27 September 2023
ސިޔާސީ ގޮތުން އަންނި މެނާ ހަމައަށް އަންނަން ދުވަސް ނަގާނެ.. ފައިސާއިން ގަދަ ބާރުން މަކަރުން ކުރާ ކަންކަމުގަ ހުންނާނީ މަދިރި އުމުރުކަންނމަނިކުފާނަށް މިހާރު އިނގޭނެ
ބްރޯސް
27 September 2023
ތިޔަ ވިދާޅުވާ އެމް.ޑީ.ޕީއަކީ މަނިކުފާނު ތިޔަ ޕާޓީއަށް ވަނުމުގެ ކުރިން އޮތް އެމް.ޑީ.ޕީ. މަނިކުފާނުގެ ޒަޢާމަތުގައި އެކަން ނިމިގޮއްސި.
ފެކްޓު
27 September 2023
ފައްޔާޒު ރޮޒޭނާ ޝާހިދު!! އެއީ އެހެން ޕާޓީތަކުން އެމްޑީޕީއަށް ލެއްގި ކުނިބުނި. އެމްޑީޕީގެ އަސްލު ހަލާކު!! އަންނި ދުރުކޮށް މިކަހަލަ ބުރަަންތިން ސޯލިހު ކައިރިކުރީ. ޕާޓީ ހިންގާލާނަމޭ ކިޔައިން މުއްސަދި ކުރީ ވަކި ބަޔަކު. އާއްމުންނަށް ވީ ކަމެއް ނެތް. ގިނަ ރަށްރަށަށް ވީ ވައުދުތައް ބޮޑުތަކުން ނުފުދޭ!!!
އަޒީޒު
27 September 2023
100 ގެ ވާހަކަފުޅެއް
ރޭސިޒަމް
27 September 2023
ތީ އެހެންމީހުން ބަލާނުގަންނަ ރޭސިޒަމްގެ ލިމިޓެޑް ކޮމްޕެނީއެއް ހިންގި ބައެއްތާ؟ އޭތި މިހާރު 15 ކޭއަށް ތިރިވެއްޖެ ނޫންތަ؟ އިންތިޚާބު ތެރޭގަ ބޮޑު ދެޕާޓީވެސް 15 ވެސް ރުއްސޭތޯ ބަލާނެ. އެއިން ބަޔަކު މޮޅުވިއަސް ދެރަވިއަސް ލިމިޓެޑް ފިކުރެއް ދެން ފުޅަލެއް ނުވާނެ.
ހިންގާލަން23
27 September 2023
ހިންގާލަން އައިސް ހިންގާލާ ނިމުނު އިރު ޕާރޓީގަ ނެތް ހިނގައިގަންނާނެ ވަރު!
ފައްޔާޒު އައުޓް
27 September 2023
އެމީހުންނާ އެމީހުންގެ ގާތް އައުވާނުން 5 އަހަރުން ލައްކަ ނުހައްގު މުއްސަދިކަން ހޯދައިއްޕޭ
އައިމިނާ
27 September 2023
އެމްޑީޕީގެ ހަލާކަކީ ތިޔަކަހަލަގެ މީހުން އިސް ސަފަށް އެރުވުން.
ރޫލާލާނަން
27 September 2023
އަދިވެސް ތި ބޭނުން ކުރަނީ އަންނިގެ ބަސްތައް. ލަދު ގަނޭތަ ފައްޔާޒު؟؟؟
ބަނގުޜޫޓު ވިޔަފާރިވެރިޔާ
27 September 2023
ގަދަ ކަނޑުގައި އެމްޑީޕީ ދަތުރުފެށި ޒަމާނުގައި މަނިކުފާނު އުޅެނީ ލިބަރަލް ޕާޓީ ކިޔާ ޕާޓިއެއް ހަދައިގެން މަނިކުފާނު އެމްޑީޕީއަށް ވަނީ 2013 މަޖިލިސް ގޮނޑި ހޯދަން. މުޅި ދުނިޔެއަށް ދަރާއޮތް ދަރަނިން ފިލަން
އޮޑިތާން
27 September 2023
ކޮވިޑްތެރޭ ބޭންކް އޮފް މޯލްޑިވްސް އެކައުންޓުތަކުގައި ހުރި ރައްޔިތުންގެ ޑޮލަރުކޮޅު ޝަންސިޔާމުގެ ދަރަނި ދައްކަން ދީގެން ވަކި މޮޅެއް ލިބިއްޖެތޯ. ކުދި ވިޔަފާރި ތައް ފުނޑާލީ މިސަރުކާރުން
އުދުހޭ
27 September 2023
ދެން މިހާރު ބާކީ ތިބީ އިމްރާނާ ފައްޔާޒު ފަދަ މަދު ބަޔަކު. މިއޮއްގެން ގިނިކަންޏާވަނީ