އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާއި އަލިފުށީ ދާއިރާގެ މެމްބަރު ބިގޭ، އެމްޑީއޭގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ.-- އެމްޑީއޭ
23 ފެބުރުއަރީ 2023 - 14:54
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީއާއެކު އެމްޑީއޭއިން މިއަދު މަޝްވަރާކޮށްފި އެވެ. އަދި އެކަމާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަނާ ވެސް ހަވީރު ބައްދަލުކުރަން މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އިން ވަނީ ނިންމައިފަ އެވެ.
އެމްޑީއޭއިން ކުރި ޓްވީޓެއްގައި ބުނީ، މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ސިޔާމްގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި އަލިފުށީ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
އެމްޑީއޭ ތަމްސީލު ކުރެއްވީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަލީ މައުރޫފާއި އައިޝަތު ރަފިއްޔާ އެވެ.
ޕީޕީއެމުން ބުނީ އެމްޑީއޭއާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ބާއްވާ ބައްދަލުވުން ހަވީރު 5:00 ގައި ސަން ސިޔާމް ބިލްޑިންގްގައި އޮންނާނެ ކަމަށެވެ. އެ ބައްދަލުވުމަށް ފަހު މީޑިއާތަކަށް މައުލޫމާތު ދޭން ވަނީ ނިންމައިފަ އެވެ.
އެމްޑީއޭ އިން ވަނީ 2013 ގެ ރިޔާސީ އިންތިހާބަށް އޭރުގެ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން ހަދައިފަ އެވެ. ނަމަވެސް، ވަކި ހިސާބަކުން ދެ ޕާޓީގެ މެދުގައި މައްސަލަ ޖެހުނަސް ވެރިކަން ނިމުމާ ހަމައަށް ވެސް ކޯލިޝަން ދެމިއޮތެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެމްޑީއޭއިން ނުކުތްއިރު، އެ ޕާޓީގެ ލީޑަރު ސިޔާމް ވަނީ އެ އިންތިހާބުގައި ވާދަކުރަން ނިންމައި އެކަން އިއުލާނު ވެސް ކުރައްވައިފަ އެވެ. އެކަމަކު، ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކޮށް، ކޯލިޝަނެއް ހަދަން ނިންމައިފަ އެވެ.
މައުރޫފް "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ވާދަނުކުރަން ސިޔާމް ނިންމެވީ ސިޔާސީ އަދި އިގްތިސާދީ ގޮތުން މި ވަގުތު މާހައުލު ވަރަށް ހަލަބޮލިވުމާ ގުޅިގެން ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ކަމަށެވެ. "ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް މިއީ އެންމެ މުނާސަބަތު ވަގުތެއް ނޫން ކަމަށް އެމަނިކުފާނު ނިންމެވި،" މައުރޫފް ވިދާޅުވި އެވެ.
Copyright © 2023 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންނިކަ
25 February 2023
މަޝްވަރާ ކުރާނެ ކަމެއް ނެތް. ތީނަ އާއި ކުރާނެ މަޝްވަރާއެއް ނެތް ، ތީނަ ފަހަތުގައި ތިބީ ވެލިދޫ އައްބާސް ކަހަލަ ހައެއްކަ މީހުން
ޔައުގޫބު
24 February 2023
މިފަހަރު ވެރިކަން ލިބިއްޖެނަމަ،ބޭބެ އިބުރާއަށް ބެއިތިލްމާލުގެ ތިންބާކުޅަ ދެބާ ހޯދާދޭންވެގެން ފައްޔާޒު ހޭބަލިވަނީ ކުރީފަހަރު ދެވުނުވަރުމަދުވެގެން ދޯ،
ނެޓް
24 February 2023
ހަނދާންކޮށްލަން ޖެހެނީ 2013 އިން 2018 އަށް ކުރި ވެރިކަމުގެ ހުރިހާ ގޯހެއް އަދި ރަނގަޅެއްގައި ވެސް ފުރިހަމައަށް ޚިއްސާ ވެފައިވާ ބަޔަކާ އެކީ އެމްޑީޕީ ކޯލިޝަން ހެދުމެކޭ ރައީސް ޔާމީނު ނުވަތަ ޕީޕީއެމާ ކޯލިޝަން ހެދުމުގެ ތަފާތެއް ނެތް. ނަން ވާނީ ރައީސް ނަޝީދު. ކަން މިކުރަނީ ފައްޔާޒު އިބޫ. ވެރިކަމަށް ދަހިލެވިޔަސް ބޮޑުވަރު ދޯ
ޢެމެރިކާ
24 February 2023
އެމްޑީޕީޔަ ވޯޓެއް ނުދޭނަން.
20000
23 February 2023
މަށަށް ހީވަނީ އެމްޑީޕީ އަކީ ސިޔާސީ ޕާޓީއެއް ނޫން ކަން އެގިއްޖެ. މިކަލަހަ ރައްޔިތުންގެ ސަޕޯޓް ނެތް ޕާޓީތަކަށް ކޮން ކޯލިޝަނެއް ހަދަންވީ
އެޗް އެމް
23 February 2023
ބަރުލަމާނީއާ މަވެސް ދެކޮޅު. އެހެނަސް ސަރުކާރުހަދާނީ ހުރިހާ ޕާޓީއެއް ހިމަނައިގެން. އެހެންވީމަ ރައީސަކަށް ވޯޓުލުމުގެ ބޭނުމެއްނެތްތާ! އަހަރެމެން މިތިބެނީ މިމީހުންގެ ބަސްގަބޫލުކޮށްގެން.
ބޮޑުމީހާ
23 February 2023
ސިޔާސީގެވުމުގެ ބޭނުންވެސް އޮޅިއްޖެ. އެމްޑީއޭގެ ފަލްސަފާއަކީ ކޮބައިކަން އެމްޑީއޭއަށް އެގޭބާ. ޕީޕީއެމް ފިކުރާއި އެމްޑީޕީގެ ފިކުރަކީ އުޑާއި ތަފާތު ދެފިކުރެއް. ދެން ދެ ޕާޓީއާއިއެކު ބާއްވާނެ މަޝްވަރާއެއް ނޭގުނު. މިހުރިހާ ކަމެއްގެ އަސްލަކީ އިބޫ ސޯލިހު ވެރިކަން ބަރުލަމާނީ އަށް ބަދަލުނުކޮށް ރިޔާސީ ނިޒާމެއްގައި ކޯލިޝަން ހަދަން އުޅުން. ބަރުލަމާނީ ނަމަ ރައްޔިތުންގެ ތާއިދު ނެތް ބަޔަކު ކޯލިޝަން ހަދާކަށް ނޫޅޭނެ
ސީޒަން ޖެކުހަން
23 February 2023
ފައްޔާޒުވެސް ގައުމުހިންގަނީއޭކިޔާފާ މުޅިން މިކަހަލަ ބޭކާރުކަންކަމުގާ 4 އަހަރު ދުއްވާލާ 5 ވަނަ އަހަރު މިފެށީ.
މާކުންބޭ
23 February 2023
ހިލްޓަން ޑީލް ޑަން،
ދޮންކަބިލި
23 February 2023
ކިތަށް ފަޅުރަށް ދެނީ؟!