އެމްޕީއެލް ސަރަހައްދުގައި އުޅޭ މަސައްކަތްތެރިންނާ މުއިއްޒު ބައްދަލު ކުރައްވަނީ: އެ މީހުންގެ ކަންބޮޑުވުންތައް ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި --- ފޮޓޯ/މިހާރު
28 ސެޕްޓެމްބަރ 2023 - 19:27
މާލޭގެ ކޮމާޝަލް ހާބަރު ހިންގާ އެމްޕީއެލް ސަރަހައްދަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގެން، އެތަނުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި އެވެ.
މިއަދު ހަވީރު އެމްޕީއެލް ސަރަހައްދަށް ވަޑައިގެން މުއިއްޒު ވަނީ މަޖޫރީންނާއި ޑްރައިވަރުންނާއި އަދިވެސް އެހެން މަސައްކަތްތައް ކުރާ ގިނަ އަދަދެއްގެ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެމީހުން ވަނީ އެކި ކަންބޮޑުވުންތައް މުއިއްޒުއާ ހިއްސާ ކުރައްވާފަ އެވެ.
މުއިއްޒު ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ދޭ ޔަގީން ކަމަކީ އެމްޕީއެލް ސަރަަހައްދުގައި މަސައްކަތް ކުރާ މީހުންގެ ހުރިހާ ކަންބޮޑުވުންތަކަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދޭނެކަން. އެއީ މަސައްކަތުގެ މާހައުލަށް ގެންނަން ޖެހޭ ބަދަލެއް ވިޔަސް ޕާކިންގެ ވިޔަސް ހުރިހާ ކަމެއް ޝާމިލްވާ ގޮތަށް ދާއިމީ ހައްލެއް. އެކުއެކީ ހައްލު ގެނެސްދޭނަން،" އެ ބައްދަލުވުންތަކަށްފަހު ބޭއްވި ކުޑަ އެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
އެމްޕީއެލް ސަރަހައްދުގައި އުޅޭ މަސައްކަތްތެރިންނާ މުއިއްޒު ބައްދަލު ކުރައްވަނީ
އެމްޕީއެލްގެ މުވައްޒަފުންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާއިރު އެމީހުންގެ ވަޒީފާގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ. އަދި އޭނާގެ ވެރިކަމެއްގައި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އިތުބާރު ކުރައްވާ. ވަޒީފާއިން ވަކި ކުރުމަކީ ކުރާނެ ކަމެއް ނޫން. ސިޔާސީ ގޮތުން ލާފައި ތިބޭ މަގާމުތަކަކީ ބަދަލުވާނެ މަގާމުތަކެއް. އެ ނޫން އެއްވެސް މުވައްޒަފަކު އެއްވެސް ރަށަކުން ވައްކެއް ނުކުރާނަން. އޭގެ ބަދަލުގައި އެކި ކަންކަން ރަނގަޅު ކޮށްދޭނީ." މުއިއްޒު ވިދާޅުވި އެވެ.
އިގުތިސޯދު ރަނގަޅުވީ މިންވަރަކުން މުސާރައަށް ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މަސްވެރިންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ދޯންޏަކަށް އަރާވަޑައިގެން
މުއިއްޒު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ފުދުންތެރި ރައްޔިތަކު ބިނާކުރުން ކަމަށެވެ. އެކި ސިނާއަތްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދީ އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައްޔިތުންގެ ގެދޮރުވެރިކަން ޔަގީން ކުރުމަކީ ވެސް ވަރަށް އިސްކަމެއް ދޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެމްޕީއެލް ސަރަހައްދުގެ އިތުރުން ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ސަރަހައްދަށް ވެސް މުއިއްޒު މިއަދު ވަޑައިގެންނެވި އެވެ. އަދި އެ ސަރަހައްދުގައި މަސައްކަތް ކުރާ މީހުންނާއި އާންމު ރައްޔިތުންނާ އޭނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޔަކުބޭނުމެއްނުވެޔޭ
29 September 2023
ކޮންމެތަނަކަށް ގޮސް މިކިޔަނީ ކަންބޮޑުވުންތަކޭ. ބުނަންތަ! ކަންބޮޑުވުމެއް ހުރިއްޔާ ހުންނާނީ ނިމިދިޔަ 7 އަހަރުގެ ވެރިކަމުގައި ރައްޔިތުންނަށް ޖެއްސިހާލު. ވަޒީރުކަމުގައި ރައްޔިތަކައް ބިންކޮޅެއް ދެވުނުތަ. އެކަމަކު ލީޑަރުގެ އާއިލާއަށް ނަސަންދުރާ ވިއްކާލެވުނު. މިވެރިކަމުގައި ރާއްޖެމިއޮތީ ދެގުނަކޮށްފައި. ދެން ކޮންމެރަށަކަށް އަރައި މިކިޔަނީ ބޯހިޔާވަހިކަން ދޭނަމޯ. މިހާރު އެކަން ބީރުބޮލް ހުއްޓަސް ކުރެވޭނެ. އަނެއްކާއެއީ ކައުންސިލުތަކުގެ ޒިއްމާއެކޭ.
ވާވާ
29 September 2023
ނުވާނެ ތި ކަމެއް! ފޮޓޯއިން ތިޔަ ފެންނަނީ ކުރީގެ އެމްޕީއެލްގެ ސީއީއޯ ހަލީމް! ހަލީމާއި ޕީޕީއެމް އިން ވަނީ އެމްޕީއެލް އާއި އެތާ ވޯރކް ކުރާ މަޖޫރީންނަށް ވަރަށް ބޮޑަށް އިހްމާލުވެފައި! އަލަކުން ތިޔަ މީހުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް!
އަލާއުއްދީނު
29 September 2023
މިއީ އަލާއުއްދީނުގެ ވޮއްގަނޑު ހިފައިގެންއުޅޭ މީހެއްދޯ. މީނައަށް ނުކުރެވޭ އެއްވެސްކަމެއްނެތް. އެކަމަކު މާލޭ މަގުތަކުން ބުޅާ ހުސްނުކުރެވުނު. ބުޅަލުގެ ނަޖިހުން ތާހިރެއް ނުކުރެވުނު. މަގުމަތިން ޕެލެޓެއް ނުނެގުނު. މަގުތަކުން ހޮޅިތަކެއް މަދެއް ނުކުރެވުނު. ކުރެވުނުހާވެސް ކަމަކީ ފައިސާ ހޯދުން. މަގުތައް ވިއްކާލީ. ބޮޑު އަގުގައި ގަސްތައް ގެނައީ، އީދަށް މަގުތައް ބޮޑުއަގުގައި ދިއްލީ. ލޮނުޒިޔާރަތް ޕާކު އަރިއަރިއަށް ބަހާލައިގެން ކުއްޔަށްދެނީ.
ރުންކުރު
29 September 2023
މުއިއްޒު ވެރިކަމަށް ކުރިމަތިލީ ގޮތާ ދޭތެރޭ ވިސްނާލިންތޯ؟؟؟ މައިޕާޓީގެ ނައިބަކަށް ހުރެފައި ވަލުދޮރާށިން ޕީ.އެން.ސީއަށް ސޮއިކޮށް ވަގުތުން ރަނިންގް މޭޓެއް ހޯދައިގެން. ވެރިކަމާ ދޭތެރޭ ކޮންކަމެއްތޯ ވިސްނިފަ އޮންނާނީ؟؟ އެނގިފަ އޮންނާނީ؟؟ ވެރިކަން ބަދަލު ކުރަން ޖެހޭތީ މީހަކަށް ވެރިކަންދެންޏާ މުއިއްޒު ނޫނަސް އެހެން މީހަކަށްވެސް ވެރިކަން ދޭންވީ!!! އެއީތޯ މިއަދު ދިވެހިން ޤަބޫލުކުރާ ހަމައަކީ؟؟؟
ވަޠަނަބޭ
29 September 2023
އާދެ ވަރަށް އިންސާފުވެރިކޮށް އިސްލާމީ މުޖުތަމައެއްގައި އެކަންކުރެވޭ އެންމެ މާތް ރިވެތި އަހްލާގާއި ހުއްބުލްވަޠަނާއި ދެންވެސް ހުރިއެއްޗެއްގެ މަތީގައިހުރެ. އެހެންވެތާ އިލްމުވެރިންތަކެކޭ ކިޔާބަޔަކަށް އޭނަގެހުރި ސާފު ސީދާ ތެދުވެރި އަމާނާތްތެރި ދެންވެސް ހުރި އެއްޗެއް ފެނުނީ. އެކަމަކު އަހަރެމެންން ފެނުނީ ޓިކެޓު ޖަހައިގަނެ ޕާޓީގެ ރަސްމީ ތަތްގަނޑުވެސް ވަގަށްނަގާފައި އޮތްތަން. ދެންބުނެލާނީ އެއްވެސް މީހަކަށް އަނިޔާވެރިވެފައި ނޯންނާނެއޭ. އެހައި ތެދުވެރި.
އަދިކިރިޔާފެނުނީ
28 September 2023
7 އަހަރު ވަޒީރުކަމާއި 4 އަހަރު މޭޔަރުކަމުގައި ހުރީ ހަވާއަރުއަންތަ. އެންމެފަހުން ވީ ވައުދުތައް ހަނދާންކޮށްލާ! މާލޭ މަގުތައް ބުޅަލުގެ ނަޖިހުން ތާހިރުކުރުން. މާލޭގެ މަގުތަކުން ބުޅާ ހުސްކުރުން. މާލޭގެ މަގުތަކުން ޕެލެޓުތައް ނެގުން. މާލޭގެ މަގުތައް އަމާން ހިތްފަސޭހަ ތަނަކަށް ހެދުން. އެކަމަކު ލިބުނީ ކޯނޗެއް. ޢެއިން އެއްވެސްކަމެއް ނުކުރެވުނުތާނގައި މަގުތައް ވިއްކާލުމުން އިހުނަށްވުރެ މާލޭގެ މަގުތަކުގެ ހާލަތުވީ ގޯސް. އަދިވެސް އެއްޗެއް އޮތިއްޔާ ކިޔޭތޯބަލާ.
މިއޮތީ
28 September 2023
މުއިއްޒުގެ ވެރިކަމެއްގައި ވުން ގާތް ކަންކަން: - ރަށު،އަތޮޅު އަދި ސިޓީ ކައުންސިލްތައް ސިޔާސީކޮށް ބާރު ކަނޑުވާލުން. - އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނީ ގޮތުން ހަނިކުރުން. - ރާއްޖޭގެ ދަރަނި އަތްނުފޯރާ ފަށަށް ބޮޑުވުން. - ރާއްޖެ ހާރިޖީ ގޮތުން އެކަހެރިވެ ރާއްޖޭގެ އިޤްތިޞާދަށް އެކަމުގެ އަސަރު ކުރުން. - ގޭންގު ކުށްތަކާއި މަރުތަކާއި އިތުރެވެ މުޖުތަމައު ނާމާންކަމުގެ ތެރެއަށް ވެއްޓުން. ކޮންމެ ގޮތެއް ހެވެއް ނޫން. ނަންބަރު 3 އަށް ވޯޓު ދެއްވާ.
ޗޭންޖްއިޓް
28 September 2023
އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރާ އެންމެހާ ދިވެހިން އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތޭ މަމެން ޕިންކީން ވެރިކަމަށް އަތުވެއްޖެނަމަ މަމެން އެމްޕީއެލް އަށް ދިމާވެފައިވާ ހުރިހާ މައްސަލަ ތަކުގެ ހައްލު ގެންނާނަމޭ މަމެންނަކީ މީ ކަންކަން ވޯލްޑް ކްލާސްގައި ކުރުމުގެ ސާފު ރިކޯރޑް އޮތް ބަޔެކޭ މަމެން މީ ރީތި ސިކުނޑީގެ އަހުލުންނޭ ދުނިޔޭގެ ކަންކޮޅުގައި ހިނގާ ހުރިހާ ކަންކަމަކީ މަމެން ހިތުދަސް ފަރިތަ ކަންކަމޭ ފިއުޗަރ އިޒް ބްރައިޓް އިން ދި އެއަރ
ވާވާ
29 September 2023
ތަމެންގެ ޕިންކީންއަށް ކުރީން ނުވި ކަމެއް މިހާރުވެސް ނުވާނެ!
މިއޮތީ
28 September 2023
މުއިއްޒުއަކީ ސަރުކާރު ހިންގުމުގައި އައު މީހެއް ނޫން. ހައުސިންގް މިނިސްޓަރުކަމުގައި މާލޭ ސިޓީ ކައުންސިލަށް ހެދިގޮތް އެނގޭ. މާލޭ މޭޔަރު ކަމުގައި ސަރުކާރަށް ދުއްޕާން ކުރަން ކުރި މަސައްކަތް އެންމެންނަށް އެނގޭ. ފައިސާ އާއި ވަސީލަތްތައް އިސްރާފު ކުރިވަރު އެއީ ސިއްރެއް ނޫން. އިހުލާސްތެރިކަމުގެ ކުޑަ މިންވަރެއް ހުރި ނަމަވެސް މިނިސްޓަރުކަމުން އިސްތިއުފާ ދިނީސް. އިއްޒަތާއި ބާރު ލިބިއްޖެނަމަ އަސްލު ސިފަ ރީތިކޮށް ފެންނާނެ.
ކޮށި
28 September 2023
ޕްލޭނިންއަދިހައުސިންމިނިސްޓަރުކަމުގަ7އަހަރުމާލޭމޭޔަރުކަމުގަތިންހަރުހުރެގެންނުކެރިކަމެއްކުރާނެތަ
ފޯރޔޫއެންފޯރމީ
28 September 2023
ރާއްޖޭގެ މިނިވަން ކަން އަލުން ރާއްޖޭގެ ރައްޔިތުންނަށް ހޯދާ ދިނުމުގެ ޖިހާދުގައި އެމްޕީއެލްގެ ހުރިހާ މުވައްޒަަފުންނާއި މަސައްކަތް ތެރިން ބައިވެރިވާށޭ ބައިވެރިވެ އަންނަ މަހު އިރު އަލިވެލާން ވާނީ ގައުމުގެ މިނިވަން ކަމުގެ ދަންމަރުގެ އަލި އެންމެހާ ދިވެހިން ދެކިގެންނޭ ދިވެހިންގެ ހިތް ތަކަށް މިނިވަންކަމުގެ ފަރުވާ ހޯދާދޭށޭ ދަރިންނޭ އޭގެ ފަހުގައި ރާއްޖެ ބަދަލުވެގެންދާނީ ލިޓިލް ސިންގަޕޯރ އަށޭ މޭކް އަ ލިޓިލް ސްޕޭސް މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ