ރައީސް އެމަނިކުފާނުގެ ސަޕޯޓަރުންތަކަކާ ސަލާމް ކުރައްވަނީ: އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅު ފަރާތްތަކުން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަމުންދާ ކަމަށް ރައީސްގެ ކެމްޕެއިން ޓީމުން ބުނޭ --- ފޮޓޯ/މިހާރު
28 ސެޕްޓެމްބަރ 2023 - 23:50
ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތާ ހިލާފް ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެކަމާ މެދު ރައްޔިތުން ސަމާލުވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން މިރޭ ގޮވާލައިފި އެވެ.
ރައީސްގެ ކެމްޕެއިން ޓީމުން މިރޭ ނެރުނު ބަޔާނެއްގައިވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތުތައް ފަތުރައި އަދި އެންޓި ކެމްޕެއިން ކޮށްގެން ވޯޓު ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ބުރުގައި ވެސް އެގޮތަށް ހަގީގަތާ ހިލާފް ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމާ މެދު ރައްޔިތުން ސަމާލުވުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
އެ ބަޔާނުގައިވަނީ އެގޮތަށް އިދިކޮޅު ފަރާތްތަކުން ދޮގު މައުލޫމާތުތައް ފެތުރުމަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ބަލިކަށިވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
29 September 2023
ފުރަތަމަބުރުގެ ކުރިން: "މުޢިއްޒު.. މުޢިއްޒު.. މުޢިއްޒު..." ނޫން އެއްޗެއް އަޑެއް ނީވުނު. ފުރަތަމަ ބުރަށްފަހު: "ދޮގުވާހަަކަ.. ދޮގުވާހަކަ.. ދޮގުވާހަކަ.." ނޫން އެއްޗެއް އަަޑެއް ނީވޭ. ތިނޫން ގޮތަކަށް ކެމްޕެއިން ކުރަން ނޭނގެނީތަ. އަނެއްކޮޅުން 4 އަހަރާއި 10 މަސް ވަންދެން ކޯމާގައިއޮތް ވެރިމީހާއަށް ހޭލެވުނުއިރު އަރިސް ބޭކަލުންގެ ބާލީސްތައް ބަންޑާރަކަފައިން ފުރާލައިފި. އެހިސާބުން ވެރިމީހާ އެންކެޔޮޅަކަށްވެ އައިނަށް ނާރަނީސް އެންކޮޅު އުކާހުސްކޮށްލައިފި.
ފިތުނަދޮލަނގުތައް
29 September 2023
ފިތުނަބޭމެން އަތުގައި ވިއްކާނެ އިތުރުއެއްޗެއް ނެތޭ. ހެއްވާކަމަކީ ކޮންމެ ދޮގަކާއި ވިދިގެން ދީނާއި ގައުމުގެ ވާހަކަ އަންނާތީ.
ޗަނދަނީޗަގަހައިން
29 September 2023
ދެރަކަމަކީ ސަރުކާރަށްވެސް ނޭންގޭ، އިންޑިޔާ އުނގަށް ރާއްޖެ ވެއްޓޭއިރުވެސް. އިސްލާމްދީނަށް ފުރައްސާރަކުރި އެންމެން ތިބީ ފިލާ، އެމްއެމްއާރުޕީސީން ގެ ޝަރީއަތެއް ނުހިނގާ،
މުދިޖގަހަ
29 September 2023
ކަލޭގެ އުނގަށް ވެއްޓުނު އެއްޗެއް ވެއްޓުނީ
މޯޑް
29 September 2023
ދޮގު ހަބަރު ފަތުރާ އެއްޓި ކެންފޭނު ޖަންސާއިރުވެސް އިލެކުސަން ކޮމިސަން މި އޮންނަނި އަޅެ ނިދާފަ ތަ
ރުންކުރު
29 September 2023
ދޮގާއި ފިތުނަ ފަސާދައަށް ހިތްވަރުދެމުން ކުރާ މަސައްކަތަކަށް ކާމިޔާބު ލިބޭނެ ހެއްޔެވެ؟؟؟ މިހާރު ރައްޔިތުން މާ ހޭލުންތެރިވާނެ. މިނިވަންކަމާއި ބެހޭ ގޮތުން ހަދަނީ ދޮގުކަން އެނގޭއިރުވެސް ފަތުރާ ވާހަކަތަކަށް ހެއްލޭނީ މިހާރު މަދު ބައެއް. ދެންވެސް މިކަންކަން ހުއްޓާލާ ޙައްޤު މަގަށް ރުޖޫއަވާކަށް ނުވޭތަ؟؟؟ ވަރަށް އަވަހަށް އަމިއްލަޔަށް ފޭހުނު އިލޮށި ގަނޑު އަމިއްލަ ލޮލަށް ހެރޭ ދުވަސް އެބަ އާދޭ. އިންޝާ ﷲ
އޮނަރަބްލް އަފީފު ދީދީ
29 September 2023
މިހާރު އުދިކޮޅަކީ ތިބޭޅާ. ކުރިއަށް އޮތް ދަަުރުގައި ވެރިކަމުގައި ބަހައްޓާނެ މީހާ ކަޑައަޅަން ނެގިވޯޓްގައި ބޭޅާ އޮތީ ޑރ މުއިއްޒުއަށް ވުރެން 16 ހާސް ވޯޓް ފަހަތުގައި. # އެހެން ކަމުން ވެރިކަމުން ފައިބައިގެން ދާންޖެހުފައިވާ މީހާ މުސްތަޤްބަލްގެ ރައީސުކް ޖުމްހޫރިއްޔާ އާއި ދިމާލަށް އިދިކޮޅޭ ކިޔައިގެން ވާހަކަ ދެއްކުމަކީވެސް ޙަޤީގަތް އޮޅޭފަދަ "ދޮގު" ވާހަކައެއް. # ޕީޕީއެމްގެ ރެލީތަކުގައި ދައްކާ ވާހަކަތަކާއި ނުބައްދަލު ދޮގު ބޭޅާމެންގެ ޖަލްސާތަކުން އަޑުއިވޭ.
ކޮމެންޓްކުރާމީހާ
29 September 2023
އިންޑިއާ ސިފައިން ރާއްޖޭގައި ގައިމުވެސް އެބަތިބި.... ދިވެހި ރައްޔިތުންނެއް ނޭދޭ އެއްވެސް ޤައުމެއްގެ ބޭރު ސިފައިން މި ޤައުމުގަ ޤާއިމްވެތިބޭކަށް..
ފިތުނަ ދޮލަނގޭމެން
29 September 2023
އެމީހުން ކުރަނީ އިންސާނިއްޔަތުގެ މަސައްކަތެއް. އެއީ ކަލޭގެ އަނބިދަރިންނާއި މައިންބަފައިންނާއި އާއިލާވެސް ހިމެނޭގޮތަށް ހިމެޖެންސީ ހާލަތްތަކުގައި އެހީތެރިވެދިނުން. އެމީހުންގެ ސަބަބުން އެތައް ދިވެހި ރައްޔިތުންނެއްގެ ފުރާނަ ސަލާމަތްކުރެވިއްޖެ. ތިޖެހިގެންއުޅޭ ހަގީގީ މައްސަލައަކީ ރާއްޖޭގައި ހުރި ރާޑަރުތަކުން، ރާއްޖެއަށް އެތެރެކުރަންއުޅޭ އެތިކޮޅުތައް ފާހަނގަކުރެވި އެތަކެތި އަތުލައިގަންނާތީ އަންނަ ރުޅި.
ރުންކުރު
29 September 2023
މުއިއްޒު ވެރިކަމަށް ކުރިމަތިލީ ގޮތާ ދޭތެރޭ ވިސްނާލިންތޯ؟؟؟ މައިޕާޓީގެ ނައިބަކަށް ހުރެފައި ވަލުދޮރާށިން ޕީ.އެން.ސީއަށް ސޮއިކޮށް ވަގުތުން ރަނިންގް މޭޓެއް ހޯދައިގެން. ވެރިކަމާ ދޭތެރޭ ކޮންކަމެއްތޯ ވިސްނިފަ އޮންނާނީ؟؟ އެނގިފަ އޮންނާނީ؟؟ ވެރިކަން ބަދަލު ކުރަން ޖެހޭތީ މީހަކަށް ވެރިކަންދެންޏާ މުއިއްޒު ނޫނަސް އެހެން މީހަކަށްވެސް ވެރިކަން ދޭންވީ!!! އެއީތޯ މިއަދު ދިވެހިން ޤަބޫލުކުރާ ހަމައަކީ؟؟؟
އަސްލު ވީގޮތް
29 September 2023
އަބޫ ވެރިކަމައް އާ ގޮތް ވިސްނާލިންތޯ. ހަގީގަތަކީ އިބޫ އަކީ ކުރިން ދަންނަ މީހެއްވެސް ނޫން އެކަމު އަންނި ދެއްކީ މިހިރީ އިބޫ އޭ ވޯޓްލާށޭ ބުނީމަ އިގުނީވެސް އިބޫ އުޅޭ މީހެއްކަން ވެސް. އަދި އިބޫ ބުނި 5 އަހަރު މާ⁷ދިގޭ ވެރިކަމެއް އެހެން ކިޔާފަ އަންނި ވެސް ޕާޓީން ބޭރުކޮއް އެއްލާލީ ވެރިކަމުގެ ދަހިވެތި ކަމުގަ. އަދި ފައިސަލް ލައްވާ ކެންޕެއިން ފައްޓާފަ އޭނަ %100 ތާއިދުކުރަމޭ ކިޔާފަ އަސްލަމް ނެގީ ނައިބު ރައީސައް
ބައިވެރިވާށޭ
29 September 2023
އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ވުރެން ހައްސާސް އަދި މުހިއްމު ކަމެކޭ ގައުމުގެ މިނިވަން ކަމަކީ މުޅި މިގައުމު މިއޮތީ އިންޑިއާގެ އިސްތިއުމާރުގެ ދަށުގައޭ އެވާހަަކަ ދެއްކީ ސީދާ އޮނަރަބުލް ގާސިމް އިބްރާހިމްއޭ އޭގެ ފަހުންނޭ މަމެން ޕިންކީން ވެސް އެވާހަކަ މިދައްކަނީ އުތުރު ތިލަފުށީގައި އިންޑިއާ ސިފައިން ބަރުހަތިޔާރާއި އެކު ތިބުން އެއީ ސީދާ މިގައުމުގެ މިނިވަން ކަން ގެއްލުމޭ މިނިވަން ކަން އަނބުރާ ހޯދާނީ ސީދާ މަމެން ޕިންކީން މިކުރާ ޖިހާދުންނޭ މިޖިހާދުގައި
ނެތޭނެތޭނެތޭ
29 September 2023
އިންތިހާބަށް ނުފޫޒު ފޯރުވަން އިދިކޮޅު ފަތުރަނީ ދޮގު ވާހަކަތަކޭ އެހެންތޭ ދެން ތަމެންނަށް ދޮގު ކުރެވުނުތޭ އުތުރުތިލަފުށީގައި އިންޑިއާގެ ސިފައިން ތިބި ކަން ބަރު ހަތިޔާރާއި އެކު ދޮގެއް ނުކުރެވުނު ދޯ މިހާރު މީސް މީޑިއާގައި އެހެރީ އެފޮޓޯ ތަކާއި ވީޑިއޯ ތައް ލީކް ވެފައި ދެން އުތުރު ތިލަފުށި އެއްބަސްވުން ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ނުކޮށްގެން އުޅެނީ އެއީ ޔަގީނުންވެސް އިންޑިއާގެ މިލިޓަރީ ބޭހަކަށް އުތުރު ތިލަފުށި ދީފައި އޮތީމައޭ މިގައުމުގެ މިނިވަން ކަމެއް