29 ސެޕްޓެމްބަރ 2023 - 11:27
ފާއިތުވި އަހަރުތަކުގައި ރާއްޖެ ކުރިއަރަމުން އައިސް 2018 ވަނަ އަހަރު ނިމުނު އިރު ދިވެހިން ތިބީ އިންގިލާބީ ބަދަލެއްގެ ބިންގަލުގެ މަތީގައި ކަމަށް ވިޔަސް، މި އަހަރު ނިމޭއިރު، އެ ބިންގާ މުޅި ފުނޑުފުނޑު ވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލާން މާދަމާ ދިވެހިން ނުކުންނަ އިރު، ރައްޔިތުންނަށް ކުރެއްވި އިލްތިމާސެއްގައި އަމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މާޒީ އަށް ބަލާ އިރު، އެމްޑީޕީން ވެރިކަން ކުރި ކޮންމެ ދައުރެއްގައި ގައުމު ފަހަތަށް ސޮއްސާލައި، ރައުސުލްމާލު ބަނގުރޫޓުވެ، އުމްރާނީ ވަސީލަތްތައް ވީރާނާވެ، ސިޔާދަތާއި މިނިވަން ކަމަށް ލޮޅުން އަރާ ކަމަށެވެ.
"ނިމެމުންމިދާ ދައުރުގެ ހިތި ހަގީގަތަކީ ވެސް އެއީ އެވެ. ބިނާކުރެވުނު މުއައްސަސާތަކާއި އިންފްރާސްޓްރަކްޗާ ވީރާނާ ވެއްޖެ އެވެ. ދިވެހި ދައުލަތުގެ މުޅި ރައުސުލްމާލު ބަނގުރޫޓުވުމުގެ ތުންފަތްމަތީގަ އެވެ. އިގުތިސޯދީ މިނިވަންކަމާއި ސިޔާދަތީ މުސްތަގިއްލުކަން އެކީ ގެއްލިއްޖެ އެވެ،" އަމީން ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
"ދިވެހިންގެ ކަންކަން ދިވެހިން އަމިއްލައަށް ނިންމުމުގެ ބާރު ދޫވެއްޖެ އެވެ. އަލިވިލެމުން މި ދާ އާ ދައުރާ އެކު، މި ހުރިހާ ކަމެއް ސުމަކުން ފަށަން ޖެހުން ވަރަށް ގާތެވެ."
އެކަން އެ ގޮތަށް ވާން އެއްވެސް ދިވެއްސަކު ބޭނުންނުވާނެ ކަން ޔަގީންކުރައްވައި އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ ހަގީގީ މަގާމަށް އުފުލައިލުމުގެ ހިތްވަރާއި އަޒުމާއި އުއްމީދު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒާއި ރަނިންމޭޓު ހުސެއިން މުހައްމަދު ލަތީފްގެ ކިބައިގައި އެބަހުއްޓެވެ.
އެހެންކަމުން، އެކަން ހާސިލުކުރުމަށްޓަކައި މާދަމާ ހުރިހާ އެންމެން ވެސް ނުކުމެ ޑރ. މުއިއްޒަށް ވޯޓު ދިނުމަށް އަމީން އިލްތިމާސް ކުރެއްވި އެވެ.
ދެ ވަނަ ބުރުގެ ކެމްޕެއިން މިއަދު ހަވީރު ހައެއް ޖަހާއިރު ނިންމާލައި ވޯޓުލުން ފަށާނީ މާދަމާ ހެނދުނު އަށެއް ޖަހާއިރު އެވެ. ވޯޓު ލުން ނިންމާ ގަޑިއަކީ މާދަމާގެ ހަވީރު ފަހެއް ޖަހާއިރެވެ.
ދެ ވަނަ ބުރުގައި ވާދަކުރައްވަނީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފުރަތަމަ ބުރުގައި މުއިއްޒު 101،635 ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
30 September 2023
ޕައިލެޓް ޓާރންޑް ސިޔާސީ އެންޑް އެވްރިތިންގް އެލްސް މާހިރު ދޯ މީ؟ ހަހަހަހާ، މަޖާ ޤައުމެއް މީ، ދެން މީނަ ބުނީމަވެސް އެބުނާހާ އެއްޗެއް އަހަރުން ގަބޫލުކުރަންވީ؟
ބަރަބޯ ފާތުމަ
30 September 2023
ކަލޯ ދުއްވި އުދުހެނަ ބައްތެއްލާ ސޮއްސައިލޫ
ާސސދދދދ
30 September 2023
ޢެހެންވެދޯ ގައުމުތަކާ އޮތް ގުޅުން ކަނޑާލާ ކޮމަންވެލްތުން ވަކިވެ އީޔޫއިން ވަކިވީ
ދޮޅި ހުސޭނު
29 September 2023
އިޤްތިޞާދީ ފުދުންތެރިކަން، އިޖުތިމާއީ ހަމަޖެހުން، އުމްރާނީ ތަރައްޤީ، ފަރުދީ މިނިވަންކަން، ޖަމާއަތްތަކުގެ މިނިވަންކަން، އެއްވެ އުޅުމުގެ ޙައްޤު،ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން...މިހުރިހާ ކަމެއް ހާސިލްކުރަން ކެތްތެރިކަމާއި ރޭވުންތެރިކަމާއިއެކު މަސައްކަތްކޮށްދެއްވީ މިއަދުގެ ރައީސް....އަޅގަނޑު ނަންބަރު 3 އަށް ވޯޓުލާނީ މި ހުރިހާ ސަބަބުތައް މިހެން ހުރުމުން.
ގަދަ
29 September 2023
ޕަބްލިކަށް ހުޅުވާފަ ގަޑިއަކަށް އެތަކެއްސަތޭކަ ނުދެއްކިޔަސް ކުޅެވޭނެ ޓެނިސްކޯޓުތަކެއް އަޅާދޭނެ އަމީން
އަލީމު
29 September 2023
މީދެން ކާކު؟
ފަހުދު.
29 September 2023
ތާކުންތާކު ނުޖެހޭ މީހުންގެ ތާކުންތާކު ނުޖެހޭ ވާހަކަ.
އިއްބަޑޭ
29 September 2023
އައުޓް ޑޭޓްވެފަ މުއްދަތު ހަމަވެފަހުރި މީހުން ކާރިކުރުން ރަނގަޅެއްނޫން. ބޯޓު ދުއްވަންވެސް ބިރުގަންނަ ޕައިލެޓެއް.
ޢަސްލު
29 September 2023
ވ ރަނގަޅު ވާހަކައެއް.
ޑިން ދޫނި
29 September 2023
މަތިންދާބޯޓު ދުއްވަން ދިއުން ރަގަޅީ.....ސިޔާސީ ކަންތަކުގަ ތިޔައީ ހައްޕުޑު.