ރިޕޯޓް / ރިޔާސީ އިންތިޚާބު 2023

މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް ބޮޑު ބުރަ އިމްތިހާނެއް!

ރައީސްގެ ކެމްޕެއިން ނިންމާލެއްވުމަށް ބޭއްވި ރެލީގެ ތެރެއިން: މާލެ އާއި އައްޑޫން ދެއްކި ނެތީޖާ އިން ފެންނަން އޮތީ ކުރިއަށް އޮތް އިންތިހާބުތައް އެމްޑީޕީ އަށް އުނދަގޫވާނެކަން - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވި ހައިރާން ކުރުވަނިވި ދަށް ނަތީޖާ އަށް ފަހު ގަދަހިފުމުގައި ކާމިޔާބުވާނެ ކަމުގެ އުއްމީދު އާކުރީ މާލެ އާއި އައްޑޫން މީހުން ނެރެ ވޯޓުތައް ގިނަކޮށްގެންނެވެ. އެކަމަކު، ދެ ވަނަ ބުރުގެ ނަތީޖާ އިން ފެންނަން އޮތީ ރައީސް އިބްރާހިމް މުހައްމަ ސޯލިހުގެ އެ ހިސާބާ ދުރު ނަތީޖާ އެކެވެ.

ފުރަތަމަ ބުރުގައި ވެސް ރައީސްގެ އެންމެ ގިނަ، އެންމެ ބިޔަ ވައުދުތައްވެވަޑައިގެންނެވީ މާލޭގެ މީހުންނަށެވެ. އެތައް ބަޔަކަށް ގޯއްޗާއި ފްލެޓް ދީ، ބިންތައް ވެސް ހިއްކަމުން ދިޔަ އެވެ. އެ ވަރުން ވެސް މާލޭގެ ތާއީދު ނުލިބުމުން، ދެ ވަނަ ބުރުގައި މާލޭގައި ދޮރުންދޮރަށް ހިންގަވައި ވަކިވަކި ރައްޔިތުންނާ ބައްދަލު ކުރައްވަން ފެއްޓެވި އެވެ.

އާ ވައުދުތަކާއި އާ ލުއިތައް ވެސް މާލޭގެ މީހުންނަށް ދެއްވި އެވެ. އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ގިނަ ބަޔަކާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތަކަށް ވެސް ހައްލެއް ހޯއްދަވަން ސިޔާސަތުތައް ކަނޑައެޅުއްވި އެވެ. އެކަމަކު، ނުވި ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭނެ މީހުން ނުނެރެވުމެވެ. ދެ ވަނަ ބުރުގެ ކެމްޕެއިންގައި 20 ދުވަހު ރައީސް މާލޭގައި ހުންނެވިއިރު، އެ ނަތީޖާއެއް ނުނެރެވުނެވެ.

މާލޭން އެމްޑީޕީ އަށް 5،000 ވޯޓުގެ ވެއްޓުމެއް!

މާލޭގައި 15 ދާއިރާ އޮންނައިރު، ރައީސަށް ފުރަތަމަ ބުރުގައި މެޖޯރިޓީ ހޯދުނީ ދެ ދާއިރާ އިންނެވެ. އެހެން ހުރިހާ ދާއިރާއެއްގައި ކުރީގައި އުޅުއްވީ އިދިކޮޅު ކެންޑިޑެޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެ ދާއިރާގެ އިތުރުން، ހެންވޭރު ދެކުނު އަދި ގަލޮޅު ދެކުނުގެ ނަތީޖާ އަނބުރާލައްވައި، މެޖޯރިޓީ ހޯއްދަވައިފަ އެވެ.

ނަމަވެސް، މުޅި މާލޭގެ މެޖޯރިޓީ އަށް އަސަރުކުރާ ވަރުގެ ވޯޓެއް އިތުރުކުރެވޭނެ ގޮތެއް ނުވި އެވެ. މުޅި މާލޭގެ ވޯޓަށް ބަލާއިރު ރައީސަށް ލިބިވަޑައިގެންނެވީ 17،053 ވޯޓެވެ. މުއިއްޒު 19،897 ވޯޓު ހޯއްދެވި އެވެ. މިއީ ފުރަތަމަ ބުރުގެ ފަރަގަށް ބަލާއިރު ރައީސަށް 3،456 ވޯޓުގެ އިތުރުވުމެވެ. މުއިއްޒަށް 2،752 ވޯޓުގެ އިތުރުވުމެކެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން: މާލޭން އެމްޑީޕީ އަށް ވަނީ މެޖޯރިޓީ ގެއްލިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް މާލެ އިން 22،000 ވޯޓު ލިބިވަޑައިގަތެވެ. ވާދަވެރި ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ހޯއްދެވުނީ 16،000 ވޯޓެވެ. އެހެންކަމުން، އިދިކޮޅުގެ ތާއިދު އިތުރުވެ، އެމްޑީޕީގެ ތާއިދު ވަރަށް ބޮޑު ތަނުން ވެއްޓިފައިވާ މަންޒަރު ފެނެ އެވެ. އިއްޔެގެ ނަތީޖާ އާއި 2018 ގެ ނަތީޖާއާ އަޅާ ކިޔާއިރު އެމްޑީޕީ އަށް އިއްޔެ ވަނީ 5،000 ވޯޓުގެ ވެއްޓުމެއް އައިސްފަ އެވެ.

އެމްޑީޕީގެ ވަރުގަދަ ދާއިރާތައް ކަމަށްވާ ގަލޮޅު ދެކުނާއި މެދު ހެންވޭރު ދާއިރާ އިން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެޖޯރިޓީ އަނބުރާލެވޭނެ ގޮތެއް ނުވި އެވެ. ރައީސްގެ ކެމްޕެއިންގެ މާލޭ ދާއިރާގެ ކޯޑިނޭޓަރު މާރިޔާ ދީދީ ކުރިން މެންބަރުކަން ކުރެއްވި މައްޗަންގޮޅި އުތުރު ދާއިރާގެ ނަތީޖާ ވެސް ރައީސަށް ދިޔައީ ގޯސްކޮށެވެ. ރައީސްގެ ކޮއްކޯފުޅު އަލީ ނިޔާޒުގެ ހުޅުމާލޭ ދާއިރާ އަކީ ވެސް ރައީސަށް ނާކާމިޔާބުވީ ދާއިރާއެކެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަންގޯޅި މެދު ދާއިރާ އިން ވެސް ކާމިޔާބު ހޯއްދެވީ މުއިއްޒެވެ. މިފަހުން އެމްޑީޕީން ވަކިވެވަޑައިގެންނެވި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްގެ ދާއިރާ އިން ވެސް މުއިއްޒު ވަނީ ކުރި ހޯއްދަވާފަ އެވެ.

މާލޭން ބޮޑު މެޖޯރިޓީއެއް ލިބޭނެ ކަމަށް ރައީސް ހިސާބު ޖެއްސެވީ އެމްޑީޕީން ވަކިވެގެން ދިޔަ، ޑިމޮކްރެޓްސްގެ ފުރިހަމަ ތާއިދު ލިބޭނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، އީވާ އަބްދުالله އާއި ހަސަން ލަތީފް އަދި އަލީ އާޒިމް ފަދަ މެންބަރުންގެ ދާއިރާތަކުން އެ ޕާޓީގެ މެންބަރުންގެ ތާއިދު ރައީސަށް ނުދޭކަން ސާފުވެ އެވެ.

މި ނަތީޖާތަކުން ފެންނަން އޮތް ކަމަކީ، މާލޭގެ ހުރިހާ ދާއިރާއެއް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ކާމިޔާބު ކުރިޔަސް އަންނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ އިންތިހާބަށް އެ ނަތީޖާ ދެމެހެއްޓުން ވާނީ ވަރަށް ބޮޑު ޗެލެންޖަކަށް ކަމެވެ. އެ ޕާޓީން މާލޭގައި ކުރަން އޮތް މަސައްކަތް ވަރަށް ބޮޑެވެ.

ރައީސް ކެމްޕެއިން ދަތުރެއްގައި: އައްޑޫގެ މެޖޯރިޓީ ދެމެހެއްޓެވިއިރު ހިތަދޫގެ ނަތީޖާ ރަނގަޅު

އައްޑޫގެ މެޖޯރިޓީ ދެމެހެއްޓި

އިއްޔެ ނިމުނު އިންތިހާބުގައި ރައީސަށް މެޖޯރިޓީ ހޯދުނީ އައްޑު އާއި އއ. އަތޮޅުން އެކަންޏެވެ. ފުރަތަމަ ބުރު މެޖޯރިޓީ ހޯދި ޅ. އަތޮޅު ވެސް ވަނީ ގެއްލިފަ އެވެ. އައްޑޫގެ މެޖޯރިޓީ ރައީސް ދެމެހެއްޓެވިއިރު، އެއީ ރައީސަށް އެންމެ ޔަގީންވި ސިޓީ އެވެ.

އައްޑޫގެ ވަކިވަކި ރަށްތަކަށް ބަލާއިރު ރައީސް ވަނީ ހަ ރަށުގެ ތެރެއިން ތިން ރަށުގެ މެޖޯރިޓީ ހޯއްދަވައިފަ އެވެ. ގެއްލިފައިވަނީ މީދޫ، ހުޅުދޫ އަދި ފޭދޫ އެވެ. ނަމަވެސް، ހިތަދޫން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. ރައީސްގެ ރަނިންމޭޓް މުހައްމަދު އަސްލަމްގެ ހިތަދޫން 4،032 ވޯޓު ހޯއްދެވި އެވެ. މުއިއްޒަށް ލިބިވަޑައިގަތީ 2،627 ވޯޓެވެ.

އައްޑޫގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު ފުރަތަމަ ބުރުގައި ރައީސަށް ލިބިވަޑައިގަތީ 7،059 ވޯޓެވެ. މުއިއްޒަށް 6،111 ވޯޓެވެ. ދެ ވަނަ ބުރުގައި ރައީސް ވަނީ 9،770 ވޯޓު ހޯއްދަވައިފަ އެވެ. މުއިއްޒަށް ހޯއްދެވުނީ 8،163 ވޯޓެވެ.

ވޯޓުގެ ފަރަގަށް ބަލާއިރު ފުރަތަމަ ބުރުގައި 948 ވޯޓު ތަފާތު އޮތްއިރު ދެވަނަ ބުރުގައި އެ ފަރަގު ވަނީ 1،607 އަށް އިތުރުވެފަ އެވެ. އެހެންކަމުން، ރައީސަށް ތާއިދު އިތުރުކޮށް، ދަމަހައްޓާލެވިފައިވަނީ އައްޑޫގަ އެވެ.

އެކަމަކު، އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ނެގި ނަމަވެސް، އަންނަ އިންތިހާބުގައި އެކަން ދެމެހެއްޓުން ވެސް ވާނީ އުނދަގޫ ކަމަކަށެވެ. ހުޅުދޫން ބޮޑު ތަފާތަކުން އިދިކޮޅުން ކުރި ހޯދާފައިވާއިރު އެއީ ޑިމޮކްރެޓްސް އިން އިންތިހާބަށް ނުކުތް އިލްޔާސް ލަބީބުގެ ދާއިރާ އެވެ.

އަންނަ މަޖިލިސް އިންތިހާބަށް މީދޫ އަކީ ވަކި ދާއިރާއެއް ކަމަށް ކަނޑައަޅާފައިވާއިރު، އެ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށް ވެސް ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަލާއިރު ކުރިއަށް އޮތީ އުނދަގޫ އިންތިހާބެކެެވެ. ފޭދޫ ދާއިރާ ވެސް ހަމަ އެހެނެވެ.

21 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 9%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންއަމާ

05 October 2023

ދޮންއަމާ ބުނަން އޮތީ ތީ އެހާބޮޑު މައްސަލައެއް ނޫނޭ.... މަޖިލިސް އިންތިހާބާއި ހަމައަށް ދާންވާއިރަށް މުއިއްޒުއަކީ ކާކުކަން އަދި އެމީހުން ވެރިކަމަށް އަންނަން ހެދި ދޮގުތަކުން ބައެއް ރައްޔިތުންނަށް ހުނާނާނީ ސާފްވެފައޭ.... އެމީހުންގެ އަސްލު ސޫރަ ފެންނަން ފަށާއިރަށް އަނެއްކާވެސް އެމްޑީޕީ މަތިން އެ ރައްޔިތުން ހަނދާންވެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދޭން ނިކުންނާނޭ....

The name is already taken The name is available. Register?

ރރރރރޗ

02 October 2023

ޑިމޮކްރެޓްސް އިން ފާޅުގަ މުއިޒަށް ކެމްޕެއިންކުރީ..

The name is already taken The name is available. Register?

ޖުލައި

02 October 2023

ވޯޓް ހޯދަން ވެގެން އެއްވެސް ގޮތެއް ފޮތެއް ނުބަލައި ޤާނޫނާ ޤަވާޢިދުތަކާ ޚިލާފަށް ސްޓެލްކޯ އާ ފެނަކަ ފަދަ ތަންތަނުން ބެހި ވަޒީފާތަކުންވެސް ހަގީގަތުގައި ރައީސަށް ވީ ގެއްލުން. އެއީ ވޯޓް ހޯދަންވެސް ކުރަންވާވަރުގެ ކަންތަކެއް ނޫން. އުންމީދުކުރަން މުއިއްޒު އެފަދައިން ކަންތައް ނުކުރައްވާނެ ކަމަށް.

The name is already taken The name is available. Register?

ބޮޑުމީހާ

01 October 2023

ބަލިވީ އިބޫގެ ނާގާބިލުކަމުން. ވައުދު ނުފުއްދުން. ކޮރަޕްޝަން އިތުުރުވުން. ސިޔާސީ މަގާމުތައް އިތުރުވުން. ގައުމު އިންޑިއާގެ އަޅުވެތިކަމަށް ދިއުން. މުއިއްޒަށްވެސް އޮތީ ވައުދުފުއްދުން.

The name is already taken The name is available. Register?

ކަޑަ

01 October 2023

އިބޫ ފަހަތުގައެހެރީ ކޮްންބިޓެ

The name is already taken The name is available. Register?

މެސްޑްއަޕް

01 October 2023

މާލޭ މީހުން ނޫނެކޭ ބުނީ ހުޅުމާލޭ ގޯތިތައް ނާއިންސާފުން ކޮމިޓީ އާއިލާތަކަށާއި ރޮޒޭމެންނަށް ބަހާލާފަ ދެންތިބި މީހުނަށް ގުޅިފަޅު ދޭނަމޭ ބުނި ގޯތިތަކުގެ އެއްވެސްކަަހަލަ ލިޔުމެއްހާހިސާބުވެސް ނުދިނީތީވެ. ޢަދި ނުވިތާކަށް ހުޅުމާލެއިން ގޯތިކަނޑާ އެމީހުންނަށް ދިނީތީ

The name is already taken The name is available. Register?

އެޑްމުންޑޯ

01 October 2023

އެމްޑީޕީ ބަލިވި އެމީހުންގެ ކެމްޕެއިންގެ މާރިޔާމެން އުޅުނުގޮތުން ، މުޅިންހެންވެސް ފެނުނީ މުއިއްޒުގެ ފަހަތުން ނުނެއްޓިގެން އުޅުނުތަން ، އަބަދު މުއިއްޒޭ ކިޔާ މީހުންގެ ހިތަތަކަށް އެނަން ވައްދާދީފައި ވަނީ ، އެމްޑީޕީގެ ކުރީގެ ވަރުގަދަ ކެމްޕެއިނެއް މިފަހަރު ނުފެނޭ

The name is already taken The name is available. Register?

ބިސްބުރި

01 October 2023

ޕްލޭނިން މިނިސްޓްރީ އަކީ ނަގިލި. ނަގިލި އޮތީ ޕާޓީ ކަރުގަ ބަނދެވިފަ. ނަގިއްޔާ އެކު ޕާޓީވެސް ދިޔައީ.

The name is already taken The name is available. Register?

އާންއަން

01 October 2023

ކޮރަޕްސަން މާ ގިނައީ. އެއްޗެހި ބަހާއިރު އެޔެެއް މިޔެއް މަހުޖަނެއް ފަގީރެއް ނުބަލާ. ޕްރޮމޯސަންތައް ދިން އިރުވެސް ވަރަށް ބޭ އިންސާފު. ދެން މުއިއްޒުއަށްވެސް ވާނީ ކިހިނެއް ކަމެއް ނޭގެ. ކޮންމެ ފަހަރަކު ވެރިކަމަށް އަރާ ބަނޑު ފުރާ ކައި ނުނިމެނީސް ކާ ތަން ފެނުނީމަ ފަސޭހައިން ބޭލޭނެ ގޮތެއް އެބަ އަންނަންޖެހޭ.

The name is already taken The name is available. Register?

މޫސާ އަލީ

01 October 2023

ކަސްޓަމްގެ ސުޓާފުންނަށް ރައީސް ދެއްވާނެކަމަށް ބުނި ޕުރޮމޯސަނާއި އިންސުއަރެންސް ނުދިނުމަކީވެސް ރައީސް ސޯލިހަށް ކަސްޓަމްސް ތެރެއިން ވޯޓު ވަރަށް ބޮޑަށް މަދުވި އެއްސަބަބު،. ކަސްޓަމްސް މުވައްޒަފުން ތިބީ ވޯޓުގެ ކުރިން ޕުރޮމޯސަން ލިބޭނެ ކަމަށް ވަރަށް ބޮޑަށް ޔަގީން ކޮށްގެން، ހީވާގޮތުން ޕޮލިސް އަދި އެމް އެން ޑީ އެފު ގަވެސް މި މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވިހެން،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454