03 އޮކްޓޯބަރ 2023 - 14:25
ކުރިއަށް އޮތް ފަސް އަހަރުގެ ދައުރަށް ވެރިކަމަށް އިންތިހާބުކުރި، ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
އިންތިހާބީ ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށާއި އާ ސަރުކާރަށް މަޖިލިހުގެ އިދާރާ އިން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ވާހަކަ ވެސް ދަންނަވާފައި ވާނެ ކަމަށެވެ.
ގާނޫނުއަސާސީގެ 114 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.
އިންތިހާބީ ރައީސް މުއިއްޒު، މަޖިލިހުގެ މައިނޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމާ ސަލާން ކުރައްވާއިރު މަޖިލިހުގެ ރައީސް ނަޝީދު ބަލަހައްޓަވައިގެން.---ފޮޓޯ: ފިޔާޒު މޫސާ| މިހާރު
އެ ޖަލްސާ، ނޮވެންބަރު 17، 2023 ވާ ހުކުރު ދުވަހު ބޭއްވުމުގެ އިންތިޒާމުތައް ކުރިއަށް ގެންދާ ކަމަށް މަޖިލީހުގެ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ.
މަޖިލިހުގެ އިދާރާގައި މުއިއްޒާއި ނަޝީދު މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު މުއިއްޒު ވިދާޅުވީ، އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ސަރުކާރު އެކުލަވައިލުމާއި އެ މަނިކުފާނު ހުވާ ކުރެއްވުމާއި އަދި އެހެން ހުރިހާ މަރުހަލާއެއްގައި މަޖިލިހުގެ އިދާރާ އިން އެއްބާރުލުން ދީ، ޒިންމާދާރު ގޮތެއްގައި މަޖިލީހުގެ މި ދައުރު ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ނަޝީދު ދެއްވެވި ކަމަށެވެ.
"މެޖޯރިޓީ ލީޑަރު ވެސް މައިނޯރިޓީ ލީޑަރު ވެސް އެ ބޭފުޅުންގެ ފަރާތުން ޒިންމާދާރު އޮޕޮސިޝަނެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިއްބަވާނެ ކަމުގެ، ގައުމު މަސްލަހަތު އިސްކޮށްގެން،" މުއިއްޒު ވިދާޅުވި އެވެ.
މިއީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ބޮޑު ކާމިޔާބީއާ އެކު، އިންތިހާބީ ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އިންތިހާބީގެ ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ބައްދަލުވުމުގައި ވެސް އިންތިހާބީ ރައީސް މުއިއްޒު ވަނީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާކޮށްދިނުމަށް އެމްޑީޕީ އަށް ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިމޮކުސް
04 October 2023
ރައީސްކަމަށް ހުވާކުރުމަށް އޮތް ތާރީޚުގެ ކުރިން ބަރުލަމާނީއަށް ވޯޓު އަޅައި، ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށްލާފަ ރ.ނަޝީދު ބޮޑުވަޒީރުކަމުގެ ހުވާކުރުމުގެ ކަންތައް ކުރިއަށް ގެންދާ ވާހަކަތޯ ތިބުނަނީ؟ މީނައަކީ ހާދަހާވާ ރޭވުންތެރިއެކޭދޯ؟މީނަ ރަސްކަމަށް އަރަން ހުވަފެނުން ފެނިއްޖެނަމަ ރާއްޖޭގަ އޮންނަން ފެންނަނީ ރަސްކަމެއްތޯ އަދި ތިމަންނާއި ރަސްގެފާނުކަމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަންވެސް ގޮވަން ފަށާނެ
މިއުވާން
03 October 2023
އަންނި އެހުރީ އާސޯޚްވެފަ. މުއިޒު ޓަސްލާފަ ރައީސްއަކަށްވީމަ. އީވާ އެހުރީ މިހާރު ތުއިވެފަ އީވާގެ ޗޯރުބޭބެ ރޫޅާލީމަ.
ލަވް
03 October 2023
ފޭކް ރައީސަކާ ރިއަލް ރައީސެއް
ރަދުން999
03 October 2023
ކަތުރުފަނި ހުވާކުރާވާކަތޯ ނޫނީ ޑރ ހުވާކުރާވާހަކަތޯތީ. ވެރިކަމަށް ދަހިވެތިމީހާ އެހާތަނަށް ހުންނާނީ ދުނިޔެއަށް މޮޔަވެފާ، ޕީއެމް ގެ މަގާމު ނުލިބޭތީ. ހިޔެއްނުވޭ ކަލޭ ތިކަން އެހާ ފަހިކޮށް ކޮށްދޭނެ ހެނެއް. ކޮންމެވެސް ދުއްތުރާއެއް ކުރިމަތި ކުރާނެކަމަސް ފެންނަނީ.
ހިނގާދަމާބާރަށް
03 October 2023
އަންނި އަންނި އަންނި އަންނި ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ދަ ޑިމޮކްރެޓޭ މެން ބޮޑު ކުރަމާ ފުޅާ ކުރަމާ ހިނގާ ގުޅެމާ ދަ ޑިމޮކްރެޓޭ މެނާއި ހިނގާށެ ނަލަ ކުރަމާ ދަރިންގެ ފަހި ކުރިމަގު ހިނގާ ރުވަން ފެންދީ މި ގަސްތަކާއި މަތިވަރު ހިނގާ އުޖާލާ ކުރަމާ މިއުދަރެހާއި މިފަލަކު ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގައި ދަ ޑިމޮކްރެޓޭ މެން ބޮޑު ކުރަމާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ...
މޫސާ
03 October 2023
ކޮންމެހެން މާބަޔަށް ވަންނަން އުޅޭނެކަމެށްނެތް ފިޔާތޮށި ޓައީއެއް އަޅައިގެން ތީރާއްޖޭގެ ހަލާކު
ރެފްރީ
03 October 2023
ގާނޫނުގައޮންނަންޖެހޭނީ ވަލިއްޔުލްއަމްރު ކަނާތްއިސްކުރަންޖެހޭގޮތަށް. އެހެންނޫނީ މަކަރާއި ހީލަތްތެރިވުމަށް މަގުފަހިވާނެ. ވާތުންކުރާކަމެއް ކަނާތައްއެނގޭކަށްނުޖެހޭނެ. އެކަމަކު ކަނާތުންކުރާކަންކަން ވާތަށްއެނގެންޖެހޭނެ. ވީމާ ވެރިކަމަށް ކުފޫހަމަނުވާކަމަށްބެލެވޭ.
ބަލާއިރު
03 October 2023
ތިތަނުން ފެންނަނީ އީވާ އެކަނި
މެޑޯނާ
03 October 2023
ބަލަ އެއީ ގާނޫނީ ގޮތުން ކަލޭމެންގެ މައްޗަށް ލާޒިމްކަމެއް، ކޮންމެހެން މަޖިލީހުގެ ހެޔޮކަމުން ކުރާކަމެއް ނޫން.
ފިނރުޓޭ
03 October 2023
މީ ވާތުން ލިޔާ ބޭފުޅެއް ދޯ؟ މި ކަމާ ބެހޭ ގޮތުން ދީނުގައި އޮންނަ އެނގިލަން ބޭނުން ހަމަ!