އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޓީމް މުއިއްޒު
04 އޮކްޓޯބަރ 2023 - 13:33
ރާއްޖޭގެ އާ ރައީސަކަށް މިދިޔަ ހޮނިހިރު ދުވަހު އިންތިހާބުކުރި ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރަކަށް ރާއްޖޭގައި ހުންނަވާ އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވެއްޖެ އެވެ.
މިއަދު ހެނދުނު އެ ބައްދަލުކުރެއްވުން އޮތީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. މުއިއްޒުއާ އެކު، އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، އިނގިރޭސި ވިލާތުގެ ސަފީރު ވަނީ ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބީ އަށް އިނގިރޭސި ވިލާތުގެ ސަރުކާރާއި ރައްޔިތުންނާ އަދި އޭނާގެ އަމިއްލަ ނަމުގައި މަރުހަބާ ދަންނަވައިފަ އެވެ. މުއިއްޒުގެ ވެރިކަމުގައި އެ ގައުމާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ސަފީރު ވިދާޅުވި ކަމަށް މުއިއްޒުގެ ރަސްމީ އޮފީހުން ބުންޏެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޓީމް މުއިއްޒު
މުއިއްޒު ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އޭނާ ކަމަށް ވެވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އެ ގައުމާ އެކު، ބާއްވަމުން އަންނަ ގާތް ގުޅުން މުއިއްޒުގެ ވެރިކަމުގައި ވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ސަފީރު ދެއްވި އެވެ
އެ ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާ އެކު ވެސް އޮންނާނެ ކަމަށް ސަފީރު ދެއްވި ޔަގީން ކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"ހުރިހާ ދާއިރާއަކުން ވެސް އިނގިރޭސި ވިލާތާ އޮތް ގުޅުންތައް ވަރުގަދަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި. ދިވެހި ގައުމަށާއި ރައްޔިތުންނަށް މަންފާ ހުރި އެތައް ކަމެއް އިނގިރޭސި ވިލާތާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ހާސިލުވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް މުއިއްޒު ވިދާޅުވި،" އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާއާ ބައްދަލުކުރެއްވުން.-- ފޮޓޯ: ޓީމް މުއިއްޒު
ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީގެ އުފާވެރިކަން ފާހަގަކުރަން މިދިޔަ ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރު ބަދަލުވުމަށް މި ހިނގާ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި އެކި ގައުމުތަކުގެ ސަފީރުން އެ މަނިކުފާނާ ބައްދަލުކުރައްވަން އަންނަނީ އެދިވަޑައިގަންނަވަމުންނެވެ. އަދި ކަނޑައެޅިފައި އޮންނަ އުސޫލުން އެ ހުރިހާ ބޭފުޅުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އެންމެ އަވަށްޓެރި ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު އެ ޖަލްސާގައި ވިދާޅުވި އެވެ.
ބޭރުގެ ބައެއް ނޫސްތަކުން އެމަނިކުފާނަކީ "ޕްރޯ-ޗައިނާ" ބޭފުޅެއް ކަމަށް ބުނެ ލިޔެފައިވާ ބައެއް ޚަބަރުތަކަށް ނުސީދާ ރައްދެއް ދެއްވައި އެ ރޭ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ "ޕްރޯ-މޯލްޑިވްސް" ސިޔާސަތު ކަމަށެވެ. އެ ސިޔާސަތަށް ތަބާވާ ހުރިހާ ގައުމަކާ އެކު ގާތް ރަހުމަތްތެރި ކަމުގެ ގުޅުމެއް ބާއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސްޓް
05 October 2023
އިނގިރޭސިން އެންމެ ފުރަތަމަ މިގައުމު އިސްތިއުމާރުކުރީ. ދެން އިންޑިއާއިން އެންމެ ބޮޑަށް މިގައުމު އެމީހުންގެ ދަށުކުރަން މިހާރު އުޅެނީ. އެހެންވީމަ ގައުމު ތަރުތީބުން އެ ދަނީ.
ދަގަތްފާނު
04 October 2023
ސަފީރުކާރީ ނާހަންތަ މިތާނގަ ކުއްލިއަކަށް އެންބަސީއެއް ހަދައިގެން ތިއުޅެނީ ކޮންބޭނުމަކުތޯއާއި، އިމްތިހާނުތަކުގަ ބައިވެރިވާން އިނގިރޭސިންނަށް މިލިއަނުން ފައިސާދައްކާއިރު އިނގިރޭސިން ރާއްޖޭގެރަށެއްގެ ނެރުފައިކައްޓެއްހާހިސާބުވެސް ހަދާނުދީތިބެ ރާއްޖޭގައި މާވަރަކަށް އާވިއަރުވަނީ ކީއްވެގެންތޯ.
ފދސދދ
04 October 2023
ޑރ މުއިއްޒުގެ ހިކްމަތްތެރިކަން މިއަދު އެނގިއްޖެ! އަޅުގަނޑު ހުރީ ބިރުން، އިންޑިޔާ ސަފީރު ދެފައި އެއްތާނުޖަހާ އެދުވަނީ ޑރ މުއިއްޒުއާ ބަދަލުކުރަން. ދެން މިގައުމުގަ ހުރި އެންމެ ބާރުގަދަ ސަފީރަކީ ޗައިނާ ސަފީރު. އެސަފީރު ތެޅި ނުފޮޅޭ. ދެން ހުންނެވީ ސައޫދީ ސަފީރު. މުސްލިމު ގައުމެއްގެ ވަރަށް މުހިންމު ބޭފުޅެއް. އެކަމަކު މިދެންނެވި 3 ގައުމުގެ މީހެއްނަމަ، އިންޑިޔާ އައުޓް އައުޓް، ޗައިނާ އުނގަން. އެކްޓްރީމިސްޓް ކިޔައިގެން އަޑުއަރުވާނެ
ލަޓޯ
04 October 2023
ބޭކާރު ބަޔެއް ބައްދަލު ކުރަން. ރައީސް ވެރިކަމުގަ ގުޅުން ކަނޑާލަފޮ އޮތް ގައުމެއް މީ . ހުސް އިނޑިޔާ މީހުން އުޅޭތަނެއް ބޮޑުވަޒީރުވެސް އެއީ ބީޖޭޕީ ވައިބާރު ގުރޫޕު މެމްބަރެއް.
އަލީމު
04 October 2023
ކަލެއައް އެގޭތަ މުއިއްޒު ތައުލީމު ހާސލުކުރީ އިގިރޭސިވިލާތުންކަން؟ 8 އަހަރު މުއިއްޒު އެގައުމުގަ އުޅުނު!
ސިމްޕަލް
04 October 2023
މުއިއްޒުގެ ވާހަކައިން ގައުމުގެ ކުރިމަގާ މެދު މުއިއްޒުގެ ވިޝަން އެއް އެބައޮތްކަން ވަރަށް ބޮޑަށް ދޭހަވޭ. މުސްތަގްބަލްގައި ގައުމަށް އަންނާނެ ހެޔޮ ބަދަލު ތަކަށް ވަރަށް ގިނަ މީހުން އިންތިޒާރު ކުރާނެ.
އަފްރާސިޔާބު
04 October 2023
މިހާ އަވަހަށް ބޮލަން އެރެން އެދިމާކުރީ؟
ހުސެންދީ
04 October 2023
ބިސްމި ކިޔަންވާނީ މުސްލިމު ޤައުމެއްގެ ސަފީރަކުން!
ޑިމޮކްރެޓްކެއް.
04 October 2023
ހަމަޖެހޭ. އައިރު މުސްލިމް ދައުލަތެއްގެ ބަޔަކާއި ބައްދަލުކުރުމުން އެމީހުންގެ މެދުގައި މުސްލިމުންނަށް ކުރާ އިޙްތިރާމް ބޮޑުވުމަކީވެސް އިސްލާމުންނަށް ލިބޭނެ ކުރިއެރުމެއް. ތިވަރަށް އިންސާނުންނާއި މެދު ޙަސަދަވެރިވާކަށް އިސްލާޟްދީނަކު ނެތް.
އަފްރާސިޔާބު
04 October 2023
މީހުންނަށް އޮޅިފައި ނުއޮންނާނެ ޔޫ.ކޭ ސަރުކާރަކީ އެއް އިރެއްގައިވެސް މުސްލިމުންނަށް ހެވެއް އެދުނު ބައެއް ނޫންކަން. އެމީހުންގެ ފޮރިން ޕޮލިސީއަކީވެސް ބޭނުންނެތުމުން އެމީހާ ގަތުލު ކުރުން. މިބުނީ އާންމުންގެ ވާހަކައެއްނޫން. ސަރުކާރުގެ ޕޮލިސީ.
ފދފފފ
04 October 2023
އޭރަށް ފިތުނަވެރިން ގޮވާނެ އެކްޓްރީމިސްޓެކޭ.
ވާން
04 October 2023
ބޮލުރޮނދި ނުކެނޑިބަލަ މީހަކާ ބައްދަލު ކުރާއިރަށް.
ޙޮޅި
04 October 2023
މިދައުރު ފިޔާ ބިސް އަލުއި އެތެރެކުރާނީ ޔޫކޭއިން
5698
04 October 2023
ދިވެހިންނަކީ އިންޑިޔާއިން ދިނީމަ ކައިގެން އުޅޭ ގައުމެން. އޭސް ޓްރޭޑާރސް އަކީ ޔޫއެސް/އިންޑިޔާ ބްރޭންޑެއް. ދިވެހިންނަކީ ވަރަށް ތާކުން ތާކުނުޖެހޭ މޮޔަގޮވާ ބައެއް.
ކެޔަސް
05 October 2023
އިންޑިއާއިން ދިނީމަ އެކަނި ކައިގެން ބޮއިގެން ބޭސްފަރުވާކޮށްގެން އުޅެވޭނެ ވާހަކަ ހުއްޓާލާފަ އެހެން ގޮތެއް ހޯދަން އުޅުން ދިވެހިންނަށް މާ ފައިދާވެފަ ހައްގުކަން ބޮޑު. ކުޑަ ގައުމެކޭ ކިޔާފަ އިންޑިޔާ ދެކެ ބިރުން އުޅޭކަށްނުޖެހޭ. އެމީހުން ހިތްހަމަނުޖެހޭކަމެއްވާއިރަށް ކާންބޯން ހުންނަ އެތިކޮޅު މެދުވެރިކޮށްގެން ދަތިކޮށްލާހާ ފީކަޅާ ބަޔަކު ފަސްޓްކޮށްގެން އުޅުމުގެ ބޭނުމަކީ ކޮބާ؟
އޮނަރަބްލް އަފީފު ދީދީ
04 October 2023
ޝުކުރީއްޔާ.! ސިންގަޕޯރ ބިނާކޮށް ދުނިޔޭގެ އެންމެބާރުގަދަ އިޤްތިސޯދީޤައުމުތަކުގެ ތެރޭގައިހިމަނާ، އަދި ކޮރޮޕްޝަން މަދު، އަދުލުއިންސާފުގެ ދާއިރާއާއިމެދު އިތުބާރުބޮޑު ޤައުމަކަށްހެއްދެވި ލީޑަރ Lee Kuan Yew ވެސް އިސްކަންދެއްވީ އެމަރިކާއާއި ޔޯރޮޕްގެޤައުމުތަކާއި ކިތަންމެދުރުގައި ސިންގަޕޯރ އޮތްކަމުގައިވިޔަސް "އެމީހުނަށް ސިންގަޕޯރަކީ އެމީހުންގެބައެއްކަން އިޙްސާސްކުރެވޭގޮތަށް" ކަންތައްކުރަން. އޭގެނަތީޖާ ރަނގަަޅު. ޑރ މުއިއްޒުގެ ނިންމުން ބަރާބަރު ކަމަށްދެކެން.