ކުޅިވަރު / ޗެމްޕިއަންސް ލީގު

އާސެނަލް ރަށުން ބޭރުގައި ބަލިވުމުން ހައިރާނެއް ނުވޭ: އޮންރީ

ރޭގެ މެޗުން ބަލިވުމުން އާސެނަލް ކުލުންތެރިން މާޔޫސް ވެފައި.-- ފޮޓޯ: އޭއެފްޕީ

ލެންސް (އޮކްޓޫބަރު 4) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ފްރާންސްގެ ލެންސް އާ ވާދަކޮށް 2-1 އިން އާސެނަލް ބަލިވުމަކީ ހައިރާން ކުރަނިވި ނަތީޖާއެއް ނޫން ކަމަށް އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ ބުނެފި އެވެ.

ރޭގެ ބައްޔަކީ އާސެނަލް މި ސީޒަނުގައި ވީ ފުރަތަމަ ބައްޔެވެ. ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފަސޭހަ ކަމާއެކު ނެދަލެންޑްސްގެ ޕީއެސްވީ ބަލިކުރިއިރު، ޕްރިމިއާ ލީގުގައި ވެސް ކުޅުނު ހަތް މެޗުން އަދި ބައްޔެއް ނުވެ އެވެ. ލީގް ކަޕްގައި ވެސް އާސެނަލް ވަނީ މޮޅަކާ އެކު ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.

ލެންސްގެ ދަނޑުގައި ރޭ ގެބްރިއެލް ޖީސުސްގެ ގޯލަކުން މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް ލީޑު ނެގި ނަމަވެސް، ރޭ މެޗުގައި އާސެނަލްގެ ގޯލު ބެލެހެއްޓި ޑޭވިޑް ރާޔާ އަށް ހެދުނު ގޯހަކުން އެޑްރިއެން ތޮމާސޮން ލެންސަށް ނަތީޖާ އެއްވަރު ކޮށްދިނެވެ. ދެވަނަ ހާފުގައި ލެންސް މޮޅު ކޮށްދިނީ އެލްޔޭ ވަހީ ޖަހައިދިން ގޯލުންނެވެ.

ލެންސް މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

"ޔޫރަޕްގައި ރަށުން ބޭރުގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. ސްކްރީނުން އަހަރެމެންނަށް މި ފެންނަ ކުޅުންތެރިން މޮޅުވާން ޖެހީ މޮޅު ގޯލެއް. ކޮންމެ ބޯޅައަކަށް ވަރަށް ވަރުގަދައަށް މަސައްކަތް އެބަ ކުރޭ،" އެމެރިކާގެ ސީބީއެސް ސްޕޯޓްސްގެ ފުޓްބޯޅަ އެނަލިސްޓެއް ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޮންރީ، ރޭމެ މެޗަށް ފަހު ބުންޏެވެ.

"އެމީހުން [ލެންސް] އާއްމު ގޮޮތެއްގައި އަމިއްލަ ދަނޑުގައި ބައްޔެއް ނުވާނެ، އެކަން ދައްކުވައިދީފި މިރޭ. ސީޒަންގެ ފެށުން އެމީހުނަށް ގޯސް ވިއަސް އެއީ ހޯމްގަ [އަމިއްލަ ދަނޑުގަ] މޮޅު ޓީމެއް. މިއީ އަހަރެން ހައިރާން ވާ ނަތީޖާއެއް ނޫން."

އާސެނަލްގެ މި ބައްޔާ އެކު އެޓީމަށް ދިމާވި އެންމެ ބޮޑު ނުތަނަވަސްކަމަކީ އެޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިޔާ ބުކަޔޯ ސަކާ އަށް އަނިޔާ ވުމެވެ. މެޗަށް ފަހު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނީ އަނިޔާ ސީރިއަސް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އާސެނަލް އަށް ކުރިއަށް އޮތީ އާދިއްތަ ދުވަހުގެ ރޭ ލީގުގައި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. މިދިޔަ ސީޒަންގައި އާސެނަލް ލީގު ހޯދުމާ ގާތަށް ޖެހިލައިފައި ވަނިކޮށް ފަހުވަގުތު ކުރިއަރައި ލީގު ހޯދީ ސިޓީ އެވެ. ސިޓީއާ ދެކޮޅަށް ސަކާ އަށް ނުކުޅެވޭ ނަމަ އެއީ އާސެނަލް އަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ރޭގެ މެޗަށް އެރުމުގެ ކުރިން އާސެނަލްގެ ސަކާ، އޭނާ އަށް އަނިޔާ ވެގެން ފުރަތަމަ ހާފު ނުނިމެނީސް ވަނީ ބަދަލު ކޮށްފައި.-- ފޮޓޯ: އޭއެފްޕީ

"ބުކަޔޯ [ސަކާ] އާ ބެހޭގޮތުން ބުނަންޏާ ބުނެވޭނީ، ދަނޑުމަތީގައި އޭނާ އެބަ ކުރޭ ކުރެވެން ހުރި ހުރިހާ ކަމެއް،" ރޭގެ މެޗަށް ފަހު އާޓެޓާ ބުންޏެވެ.

"ދަނޑުމަތީގައި އޭނާ ނެތުމަކީ ފަޅުކަމެއް، ނޭނގޭ ކިހާ ދުވަހެއް ވާނެ ކަމެއް [އަނިޔާއިން ރަނގަޅުވާން]، އެކަމު ސިޓީ ބަލިކުރާނެ ގޮތެއް ހޯދަން ޖެހޭ. އެއީ އަހަރެމެންނަށް ލީގުގައި ސިޓީ ބަލި ނުކުރެވޭތާ ވަރަށް ދުވަސް ވެއްޖެ."

ލީގުގައި އެންމެ ފަހުން އާސެނަލް އިން ބޯންމަތާއި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސަކާ އަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ދިމާވި އެވެ. ނަމަވެސް އެއީ ސީރިއަސް އަނިޔާތަކެއް ނޫން ކަމަށް އާޓެޓާ ބުންޏެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 33%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލެއްގިކޮމިޝަނަރ

04 October 2023

އާސެނަލްކަހަލަ ކުޑަކުލަބެއް ޔޫރަޕްގެ މިހާބޮޑު މުބާރާތަކުން ބަލިވުމަކީ އެއްވެސް މައްސަލައެއްނޫން. 7 އަހަރުފަހުން ކުޅެލަން ލިބުމަކީވެސް ބޮޑުކާމިޔާބީއެއް. ގަވާއިދުން ޗެމްޕިއަންސްލީގުގަ ވާދަކޮށް ތަޖުރިބާލިބުނީމަ އާސެނަލްވެސް ތަފާތު ދައްކާނެ. ވެންގާއޭޖަށްފަހު ކުލަބު މިހާރު އެދަނީ ބިނާކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރަމުން. އެންމެފަހުގެ 2 ސީޒަނުގެ ޓުރާންސްފާ މާކެޓުންވެސް މިކަން ސާބިތުވާނެ. އެހެންނޫންތޯ މަގޭއެކުވެރި ރަދީފްބެއްޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454