ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިންތަކެއް ކުޑަކުދިންގެ ހިޔާގައި: މިހާރު ޖެންޑާގެ ބެލުމުގެ ދަށުގައި އެއް އަހަރު ނުވާ ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ތިބި ކަމަށް ޖެންޑާއިން މައުލޫމާތުދޭ.
05 އޮކްޓޯބަރ 2023 - 14:26
ދައުލަތަށް ނަގާފައި މިވަގުތު ވެސް 169 ކުދިން ތިބި ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު މައުލޫމާތުގެ ޖަވާބުގައިވާ ގޮތުން، މިހާރު ދައުލަތުން ބަލަމުންދަނީ 169 ކުދިންނެވެ. އެއީ 75 އަންހެން ކުދިންނާއި 95 ފިރިހެން ކުދިންނެވެ.
އެ ކުދިންގެ ތެރޭގައި އެއް އަހަރު ނުވާ ތިން އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުދިން ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ކުދިން ބަހައްޓަމުން އައި ނަމަވެސް މިދިޔަ އަހަރުން ފެށިގެން ވަނީ ރަށްރަށުގައި އަމާންވެށިތައް ގާއިމުކުރަން ފަށައިފަ އެވެ. އަދި އެ ރަށްތަކަށް ވަނީ ކުދިން ބަދަލު ވެސް ކޮށްފަ އެވެ.
1. ހއ. ދިއްދޫ: އަންހެން ކުއްޖަކާއި ފިރިހެން ތިން ކުދިން
2. ށ. ފުނަދޫ: އަށް އަންހެން ކުދިންނާއި 12 ފިރިހެން ކުދިން
3. ނ. މަނަދޫ: 13 އަންހެން ކުދިން
4. ބ. އޭދަފުށި: ހަތް އަންހެން ކުދިންނާއި އަށް ފިރިހެން ކުދިން
5. ދ. ކުޑަހުވަދޫ: އެއްވެސް ކުއްޖަކު ނެތް
6. ލ. ފޮނަދޫ: ނުވަ ފިރިހެން ކުދިން
7. ފުވައްމުލައް: ފަސް އަންހެން ކުދިންނާއި 10 ފިރިހެންކުދިން
މިދިޔަ ފަސް އަހަރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 132 އަންހެން ކުދިންނާއި 96 ފިރިހެން ކުދިން ވަނީ އާއިލާތަކާ ހަވާލުކޮށް ނުވަތަ މުޖުތަމައުއަށް ނެރެފަ އެވެ. އަދި 2018 އިން ފެށިގެން މި އަހަރުގެ އޮގަސްޓުގެ ނިޔަލަށް 175 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނެގި ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީގެ ކޮންމެ މަހެއްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެވެސް ސަބަބަކާ ހުރެ ކޮންމެ މަހަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަ އެވެ. އާއިލީ މައްސަލަތަކުގައި ނަގާ ބައެއް ކުދިން ވަގުތީ ގޮތުން ނެގުމަށް ފަހު، އަލުން އާއިލާއާ ހަވާލު ވެސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަނީކިއު
07 October 2023
ޖެންޑާ މިނިސްޓްރީ އާ އެތަނުގެ ދަށުން ހިނގާ ތަންތަނުގެ ޕާފޮމެންސް އޮޑިޓެއް ހަދަން އިންތިހާބީ ރައީސު އެބަޖެހިލައްވާ. ވަރަށް ޕާފޮމެންސް ދަށް.
ހިޔާޒް
07 October 2023
އަހަރެންގެ އާއިލާ މީހަކު ތިކިޔާ ކަލޭމެންގެ އަތޮޅު އޮފީހަކަށް މައްސަލަ ލައިގެން ހުރީ ވާނުވާގަ.
ޖަލީ
07 October 2023
އަތޮޅު އޮފީސް ހަދައިގެން ވެސް ވާ ކަމެއް ހަރާން. އެތަން ތަނަށް ކުދިން އެޅުމަށް ތުރެ އާއިލާ މީހަކާ ހަވާލުކުރުން މާ ރަނގަޅު. އެތަން ތަނަށް މީހަކު މައްސަލައެއް ހުށަހެޅިއަސް ކަހަނބު ސުޕީޑުގައި ދަނީ
ގެޔަށްފެހޭ
07 October 2023
މިހާރު ތިބި ހުރިހާ ޑިވިޝަން ހެޑުން ބޭރުކުރެ.
އިބުރާ
07 October 2023
ޒިންމާ އަދާނުކޮށް އައިސާ އުޅުނީ ކެމްޕޭނުގައި މައްސަލަތަކެއް ނުބެލޭ ފޫގޮއްސަ
ހިތަދޫ
07 October 2023
އާ އައްޑޫ އަށް އައިސް ކެމްޕޭނުގައި ތެޅުނީ
ލިއުޝާން
07 October 2023
އަހަރެން ދަންނަ އެތައް ބަޔަކު ތިތަނަށް މައްސަލަ ލައިގެން ހައްލު ނުވެ ތިތަނުން ޒިންމާ ނުނެގުމުގެ ސަބަބުން ސޯލިހަށް ވޯޓު ގެއްލުނު. މީ ގަސްދުގައި ބަޔަކު ކުރި ކަމެއްބާ؟
ލޫކަސް
07 October 2023
އަޅިއެއް ބުތުވާލީ އުތަ؟ އެންމެ އިންއެފިޝަންޓް މިނިސްޓްރީ.
ކައިޒިން
06 October 2023
އަތޮޅުތެރޭ ހަދާފަ ހުރި ގިނަ ތަންތަނުގެ މީހުން އުޅެނީ ކަޓުގައި. ކައިރި ރަށްރަށުން ހުށަހަޅާ މައްސަލަތަކަށް ސަމާލުކަމެއް ނުދޭ ވާނުވާއެއްވެސް ނުބަލާ
ހާދިމްކުމް
06 October 2023
ޖެންޑާ މިނިސްޓުރީ ހިންގޭވަރު މީހަކާ މުއިއްޒު ހަވާލުކުރައްވާ އެތަނުގައި ތިބި ފަރުވާ ކުޑަ ބޮލުންކަޓުވާ ގުރޫޕު ބޭރުކޮށް ދެެއްވުން އެދެމެވެ.
އަލީނަޒީރު
06 October 2023
ޖެންޑާ މިނިސްޓުރީގައި ތިބި ބޯހަރު ޒަމާނަށް ނުފެތޭ މީހުން ބޭރުކުރޭ ހަމަ މިހާރު. އެމީހުންނާ ހެދި އެތައް ބައެއްގެ ހައްގު ގެއްލި ނިކަމެތި ވެއްޖެ.
ހައްޕުޑު
06 October 2023
ކަލް މެން ފެއިލުވެއްޖެ. އީމެއިލަށް ޖަވާބުނުދޭ ފޯނެއްް ނުނަގާ. ރައްޔިތު މީހާ ގޮތް ހުސްވެފަ