ރައީސް އޮފީހުގެ ވެރިން، އިންތިހާބީ ރައީސް އޮފީހުގެ ބޭފުޅުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން
05 އޮކްޓޯބަރ 2023 - 20:35
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންތައްތައް ކުރުމަށްޓަކައި "އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގާއިމް ކުރައްވައިފި އެވެ.
ރައީސް މިއަދު ނެރުއްވި ގަރާރުގައި ސަރުކާރުގެ އިދާރާތައް ހިންގުމަށް ބުރޫ ނާރާނެ ގޮތެއްގެ މަތީން، އަދި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ހުއްޓުމެއް ނާންނާނެ ގޮތެއްގެ މަތީން، ވެރިކަން ނަގުލުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކާ ބެހޭ މުހިންމު މައުލޫމާތު، އިންތިހާބީ ރައީސް އަށް ބޭނުންވެދާނެ ކަމަށްޓަކައި ތައްޔާރުކުރަން ވަނީ އަންގަވައިފަ އެވެ.
އަދި ސަރުކާރުގެ އިދާރާތަކުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔެކިޔުން ފޮނުވަން ވާނީ "ގަވަންމަންޓް އީ-ލެޓާ މެނެޖްމަންޓް ސިސްޓަމް" މެދުވެރިކޮށް ކަމަށް ގަރާރުގައި ވަނީ ރައީސް ވަނީ އަންގަވައިފަ އެވެ.
މީގެ އިތުރުން ވެސް ގާނޫނު އަސާސީންނާއި، ގާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން އައްޔަނުކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް ރައީސް ވަނީ ބާރު އަޅުއްވައިފަ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން "ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވަނީ ހަމަޖައްސައިފަ އެވެ. އެއީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމުގައި އެންމެ އިސްކޮށް ހުންނަވާ ފަރާތެވެ.
އެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ރައީސް ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް، ހުސައިން އާމިރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރާސިލް
07 October 2023
އެއްފަރާތުން ފޮތް ފަންސުރު އަނެއްފަރާތުން ހުސް ފޯނު
ދުރާސިލް
08 October 2023
ސްލޯ މީހުން އުޅޭނީ އަދިވެސް ކަރުދާހުގަ
ސަލީމްބައި
06 October 2023
މުއިޒް ކޮބާހޭ ގޯތި . ޢަވަސްކުރޭ . ޢަހަރުމެން ވޯޓް ދިނީ ގޯތި ހޯދަން . ޢަހެުމެންނަށް ހެޔޮ ތި އިންތިގާލީ އޮފީޙާ ކެބިނެޓް ނެތަސް . ގޯތި ބާެނުމީ
ނޫންތަ
06 October 2023
ދިޔަތަނުން އެންމެ ރަނގަޅީ އާމިރު. ސާބަހޭ އާމިރޫ. ނަޒާހަތްތެރިކަން ހުންނާނީ ތިފަދައިން
ފަންނީ ކެބިނެޓެއް
06 October 2023
މުއިޒް ގެ ކާމިޔާބު ވަރައް ފުރިހަމަ. ދެން ބޭނުންވަނީ ޓެކްނިކަލް ކެބިނެޓެއް. ސިއާސީ ކެބިނެތަކަުން އިބޫއައްވެސް ވީ މޮޅުތަކެއް ނެތް. އިބުރަތެއް
ފަލްސަފައި
06 October 2023
މަމެން ގެ ރައީސް ގެއިން މަގުމައްޗަށް ނެރެވޭނީ ކޮން ދުވަހަކުން ތޯ.
ދެލޯފުޅާ
06 October 2023
ކަލޭމެންގެ ރައީސް ގެއިން ނުނެރެނީސް ފިތުނަ އުފައްދާން ފަށައިފި. ނެރޭނެ ކަމެއް ނެތް. ތިޔާ ވާނީ ދެވަނަ ނަޝީދަށް
ހިމަސަފައި
08 October 2023
އެ ރައީސްއަށް ގެއިން މަގުމައްޗަށް ނިކުމެވޭނީ މިހާރު އޮފީސްގަ އިން ރައީސް އޮފީހުން ނިކުމެ ގެއަށްދިއައިމަ
ލޯބިލޯބި ޔާމީން
06 October 2023
އޮފީސް ހަދައިގެން އޮފީހަށް ވަދެތިބޭކަށް ނޫންވީ. އާދީއްތަ ދުވަހު އޮންނަ ރައީސް ޔާމީންގެ ކޯޓު އަޑުއެހުމަށް ހައިކޯޓަށް އަބުދުއްރަހީމް އާއި މުއީޒް އާއި ސެންބެއާއި ޝިޔާމާއި ސައީދާއި އާދަމް ޝަރީފާއި (ލީޑާރ ޝިޕޭ ކިޔައިގެންތިބި) މީހުން ގޮސް އެމަނިކުފާނު މިނިވަން ކުރަންމަސައްކަތް ކުރާތަން އަހަރެމެން ޕީޕީއެމް އާންމުންނަށް ދައްކަންވީ. ސަރުކާރު ވަޒީފާ އެއްބޭނުވެގެން ނޫޅެން. އެހެންވީމާ ޔާމިންގެ ދިފާއުގައި ތިބޭފުޅުންނާއި ކުރިމަތިލާން ކެރޭނެ އަހަރެމެންނަށް.
ޓެރޭސް
06 October 2023
ތެޅިފޮޅޭކަށް ނުޖެހޭ. ޔާމީނު އެހުރީ ގޭގައި... މަގުތަކަށް ނުކުންނާށޭ ކިޔައިގެން ކޮން ސަކަރާތެއް
ޖުހާނާ
06 October 2023
އޮފީސް ޤާއިމުކުރިކަމަށް ބުނިއިރު، އޮފީސް ހުރީ ކޮންތާކުތޯ؟
އަބްޑޫޅް +
06 October 2023
ހާދަ ކިބަޅިކޮށް، ދޭސީ ފެންވަރަކަށް ފަރުނީސް ކޮށްފަ ހުރި އޮފީހެކޭ. ބޭރުގެ މެހެމާނުންނަށް މި އޮފީސް ފެނުނީމާ ހީވެދާނެ، ދިވެހިރާއްޖެ އަކީ ތިންވަނަ ދުނިޔޭގެ، ޓިނު ތެލި، ދޮންކެޔޮ ޖުމްހޫރިއްޔަތެކޭ. އިންޑިޔާގެ ވިލެޖެކޭވެސް ހީވެދާނެ. ކޮންމެ މީހަކަށް ހުރުން ލާޒިމު، ކޮމްޕިޔުޓަރެއްވެސް ނެތް. އެޔާކޯނު އެބެހުރިތަ؟ ފޯރިމަރާނެ ފީލްޑު މާރުސިލުންނާއި ޖަނަރަލުން އެބަ ތިބިތަ؟
ކޮސްބޭބެ
06 October 2023
ފޮޓޯގަ އެއީ ރައީސްއޮފީހުގެ މީޓިންގ ރޫމެއް ކަންނޭގެ. އެއީ ތިޔަ ބުނާ އޮފީހެއް ނޫން
ތަފްސީލް ރައްޔިތުންނަށް
05 October 2023
ރައްޔިތަކަށް އިންތިހާބީ ރައީސާބައްދަލުކުރެވޭނީ ކިހިނެއް؟ ސިޔާސީމީހުންނަށް އަދި ބޮޑެތިމަގާމްތަކުގައިތިބޭ މީހުންނަށް ބައްދަލުކުރެވޭނެތާ. ރައްޔިތުން ހަދަންޖެހެނީ ކިހިނެއް.
އޮނަރަބްލް އަފީފު ދީދީ
06 October 2023
ކެޔޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުން ކެޑޭ ފަދައިން ރިޔާސީ ނިޒާމްގައި ވޯޓްއަޅާ ނިމުމުން ރައްޔިތުމީހާގެ ބޭނުމެއްވެސް ނޯންނާނެ. # އެހިސާބުން ދެން އޭނާގެ ވަޒީރުންނަށް "އޭނާއަށް ފެނުނު ބަޔަކު ފެނުނު އަދަދަކަށް ކަޑައަޅައިގެން" ހިތުހުރިގޮތަކަށް 5 އަހަރު ވަންދެން ސަރުކާރާއި ދައުލަތުގެ އެންމެ އިސްވެރިޔާކަމުގެ މަޤާމްގައި ދެމިހުރެފައި ވޯޓް ބޯމަތިވުމުން "ރީޝްވަތު ދީގެން" ވޯޓްގަތުމަށް ނިކުތުމުންނޫނީ އޭނާ (އިންތިޙާބު ކުރެވޭ ރައީސުން) ރައްޔިތުންނަކަށް ނުފެންނާނެ.
އަދުރޭ
05 October 2023
އަދުރޭ އަވަސް ކުރާތި. ނޮވެންބަރު ނުފެށެނިސް ހުވާ ކުރެވޭނެ ގޮތެއް ނުވާނޭތޯ؟