ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ: ރައީސް އޮފީހުން ބުނީ މާލޭ މީހުންނަށް ގޯތި ވިއްކާނެ ކަމަށް ރިޔާސީ ބަޔާނުގައި ނުބުނާ ކަމަށް.-- ފައިލް ފޮޓޯ: މަޖިލިސް
09 މާޗް 2022 - 10:07
މާލޭގެ މީހުންނަށް ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ދޭން ނިންމާފައިވާ 1،000 ގޯތި ވިއްކަން ނިންމާފައި ނުވާ ކަމަށާއި މާލޭ ސަރަހައްދުން ގޯތި ދޭނީ ހިލޭ ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ.
ގޯތި ނުވިއްކާނެ ކަމަށް ރައީސް އޮފީހުން ބުނީ، ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ވިއްކަން އުޅޭތީ ކަންބޮޑުވާ ކަމަށް ވިދާޅުވެ، މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 22 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.
އެ ސިޓީގައި ރައީސް އޮފީހުން ބުނީ، ހުޅުމާލެ އިން މަދުވެގެން 1،000 ގޯއްޗާއި ގުޅިފަޅުން މަދުވެގެން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން ވެސް މާލޭގެ މީހުންނަށް ގޯތި ދޭނެ ކަމަށް ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި އިރު، ގޯތި ވިއްކާ ވާހަކަ ވިދާޅުވެފައި ނުވާ ކަމަށެވެ.
"އެންމެ ބޭނުންޖެހިފައިވާ މާލޭގެ ރައްޔިތުންނަށް، އިންވަކިކޮށް، ދައުރު ނިމުމުގެ ކުރިން ގޯތީގެ ފަތް ހަވާލުކުރައްވާނެ ކަމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ އިރު، ގޯތި ވިއްކުމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނުގައި ހިމެނިފައި ނުވާނެކަން މަނިކުފާނު [މޭޔަރު މުއިއްޒު]ގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" އެ ސިޓީގައި ވެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވަމުން މިދިޔަ މަހު 3 ގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ބޯހިޔާވަހިކަމުގައި މާލޭގެ މީހުންނަށް އޮތް ދައްޗާއި ތަކުލީފު ވަރަށް ބޮޑު ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނައިން ވާހަކަފުޅު ދެއްކެވޭ ކަމުގެ އިހްސާސް ވެސް ކުރެވޭ ކަމަށެވެ. އެ މަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން އެ މައްސަލަ އަށް ހައްލެއް ގެނެސްދެއްވާނެ ކަމަށް އެ ދުވަހު ވައުދުވެވަޑައިގަތެވެ.
ހުޅުމާލެ އިން ގޯތި ދޫކުރުމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ ކަންކަން ހައުސިން މިނިސްޓްރީގެ ސަމާލުކަމަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
މުއިއްޒު ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، ރަށްރަށުގައި ހިއްކައިގެން ބިން ދޫކުރާ އުސޫލުން މާލޭގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ އިން ގޯތި ދިނުމުގައި ވެސް ހުރިހާ އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާތީ، މާލޭގެ މީހުންނަށް ހިލޭ ގޯތި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިއްކާފައިވާ ސަރަހައްދު: އެ ސަރަހައްދުން މީހުންނަށް ހިލޭ ގޯތި ދޭން ވަނީ އެދިފައި.-- ފަައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
"އެނގިވަޑައިގަންނަވާނެ ފަދައިން މާލޭގެ އެތައް ހާސް ރައްޔިތުންނަށް ވަންނާނެ އެކަށީގެންވާ ހިޔާވައްސެއް ނެތި، ނިކަމެތިކަމާ އެކު އެ ފަރާތްތަކުގެ ދިރިއުޅުން ހޭދަކުރަމުންދާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ގެދޮރުވެރިކަމުގެ ދަތިކަމުގެ މައްސަލަ އެވެ،" އެ ސިޓީގައިވެ އެވެ.
"ވުމާއެކު، އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ހިލޭ ގޯތި ދެއްވާ ބީދައިން މާލޭ ރައްޔިތުންނަށް ވެސް ގޯތި ހިލޭ ދެއްވުމަށް ނުހަނު އަދަބުވެރިކަމާ އެކު ތަކުރާރުކޮށް އެދި ދެންނެވީމެވެ،"
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މީހުން ދިރިއުޅުމަށް ބޮޑު އަގުގައި 60 ބިމެއް ވިއްކަން އެޗްޑީސީން އިއުލާންކުރުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ފާޑުކިޔުންތަކާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މާލޭގެ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން 3،000-4،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮތް ހުސްވެއްޖެ
15 March 2022
އެކަމަކު ވެރިކަމަށް އައިއިރު ބުނީ ތިހެންނެއްނޫން.
ޖާބެ
13 March 2022
ކެރެޓް އޮންދަ ސްޓިކް.. މިފަސްއަހަރަކުނުވާނެ.... ދެންއައްނަ ފަސްއަރެއްގަ ފީސަބަލްއެއްނުވާނެ ސިޔާސަތު ބަދަލްވާނެ
ބަގު
13 March 2022
ތިޔަ ބިންތައް ހިއްކާފަ ތިހިރީ އަހަރެމެން ރާއްޖެތެރެ މީހުން ދައްކާ ޓެކްސް ފައުސާއިން ދެން ހަމަ އެކަނި މަލެ މީހުންނަށް ހިލޭ ގޯތިދިނުމަކީ ބޭއިންސަފެއް. މާލެ މީހުން ގެދޮރު ހަދާފަ ކުއްޔައްދީފަ ގޮސް ތިބެނީ ޔޫރަޕްގަ އެމީހުން ދައްކަ ޓެކުހެއްވެސް ނޯވެ. 2023 ހަށް ވިސްނާތި
ކިއްލިދައިތަ
13 March 2022
ދެން ރާއްޖެތެރޭގައި ބިންހިއްކަނީ ކިއްލި ތަޅައިގެންލިބޭ ލާރިންތަ؟
ބެއްޔާބެގެ ދަރި
13 March 2022
އެންމެންނަށް ވެސް ހިލޭ ދޭންވީ. އެކަމަކު ރާއްޖެތެރޭ މީހަށް 200،000ރ. ޣެ ބިމެއް ދީފަ މާލެ މީހާ އަށް 20 މިލިއަން ރުފިޔާގެ ބިމެއް ދިނީމަ ކޮބައިތޯ އިންސާފު.
ހުސެންި
11 March 2022
ޢެހެންވީރު އަހަރު ވޯޓުދޭނީވެސް ހިލޭ!!! ?
ޖަނާ
11 March 2022
ދަފްތަރު އުވާލަ ދެއްވާ.... މާލެ ނޫން އެހެން ރަށްރަށުގެ ބޭފުޅުންނަށް ރަށުން ގޯތި ނުލިބެނީ ދަފްތަރުގަ ޖައްސާފަ އޮތީމަކަމަށް ވަނީ... ވަރަށް ބޮޑު ބޭއިންސާފެއް.. ދަފްތަރުގަ ޖެހުމަކީ އަކީ މިޒަމާނާ ނުގުޅޭ، ބޭއިންސާފީ ކަމެއް... މިކަން އުވާލަން ޖެހޭ...
އަދުނާނު ބުނި އަދުނާނު
10 March 2022
މީހަކު ކަމެއްކުރާން އުލޭއިރަށް މުއިއްޒު މެޑެލް ޖަހަން އުޅޭން. ވައުދު ނުފުއްދާ ބޭފުޅެއް.
މާލެ ޓު ދަ ރެސްލިއު
10 March 2022
ތިހުރިހާ ކަމެއްގެ ހައްލަކީ ރާއްޖޭގެ ނަން ބަދަލުކުރުން. މީގެ ފަހުން ހުރިހާ ރަށަކަށް ކިޔަންވީ "މާލެ" އޭރުން އޮންނާނީ ކޮންމެ ތަނަކުން ގޯތި ލިބުނަސް ލިބޭނީ "މާލެއިން ގޯތި" ވަރަށް ސަލާމް. ލައިފް އިސް ބިއުޓިފުލް ޖަސްޓް ޗިލް ބްރޯޒް
ސަރަންފީ
10 March 2022
ތީ ހަމަ ތެދެއް ތީ ހަދަން ޖެހޭ ގޮތަކީ އެނޫން ގޮތަކަށް ތިމައްސަލަ ހައްލެއް ނުވާނެ
ބޯގަޅި
10 March 2022
މުއިއްޒަށް ޖަވާބު ދިނުމަކީ މޮޔަޔަކަށް މަތިންދާބޯޓުގެ އިންޖީނު މަސައްކަތް ކުރާގޮތް ކިތާދިނުމެކޭ އެއްފަދަ ކަމެއް.
ް120687
10 March 2022
ހުޅުމާލެ އެއީ މާލެ ކަމުގައި ބަލާނެ ޤާނޫނީ ހަމައެއް ނެތް. އެއީ މާލޭގެ 5 ވަނަ އަވަށް ކަމަށް ބެލި ނަމަވެސް، ރާއްޖޭގެ ބިމާބެހޭ ޤާނޫނުގައި އެ ކަން ކަނޑައަޅައިދޭ އެއްވެސް އަސާސެއް ނެތް. ހުޅުމާލެ 5 ވަނަ އަވަށަށް ހެދި ގޮތަށް މާދަން ހއ. ތުރާކުނު ވެސް މާލޭގެ އަވަށަކަށް ހެދިދާނެ. މާލެ ފުރުނީމާ ވިލިނގިލި މާލެކަމަށް ބެލީ، ދެން މާލެ ކައިރީގައި ހުރި ހުރިހާ ރަށަކާއި ގިރިފަޅު ފުރި ނިމުނީމާ، ޖެހިގެން އޮތް އަތޮޅު އެއީ މާލެ ކަމަށް ނުބަލާނެ ކަމުގެ ގެރެންޓީ އެއް ނެތް.