ރައީސް ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހި ކަމާ ބެހޭ ގޮތުން ކުރެވޭ ކަންތައްތަކަށް ވުރެ ދެކެވޭ ވާހަކަ ގިނަ ކަން އިހުސާސް ކުރެއްވޭ ކަމަށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަނީ.---ފޮޓޯ: މަޖިލިސް
03 ފެބުރުއަރީ 2022 - 09:33
މާލެ ކައިރީގައި އޮންނަ ގިރާވަރު ފަޅު ހިއްކާ އެތަނުން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޫކުރާނެ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުއްވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މިއަދު ވިދާޅުވީ ބޯހިޔާވަހިކަމުގައި މާލޭ މީހުންނަށް އޮތް ދައްޗާއި ތަކުލީފު ވަރަށް ބޮޑު ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ކުރެވުނު ކަންތަކަށް ވުރެ ގިނައިން ވާހަކަފުޅު ދެއްކެވޭ ކަމުގެ އިހްސާސް ވެސް ކުރެވޭ ކަމަށެވެ.
އެކަމަކު މާލޭ މީހުންނަށް ހާއްސަކޮށް ހުޅުމާލޭގައި އަޅަމުން އަންނަ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް އެބަ ދާ ކަމަށާއި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ.---ފޮޓޯ: މަޖިލިސް
"މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް އަޅުގަނޑު ނިންމައިފިން. އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެެގެން 1،000 ގޯތި، ގުޅީފަޅުން މަދުވެގެން 2،000 ގޯތި ދޭނަން. މި މަސައްކަތް މި އަހަރުގެ ޖޫންގައި ފަށާނަން. އަދި ގިރާވަރު ފަޅުން ހިއްކާ ބިމުން ވެސް މަދުވެގެން 2،000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން،" ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެ ދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށް ވާނެކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވި އެވެ.
ރިޔާސީ ދައުރު ނިންމަވާލާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް، ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު -- ރައީސް
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.
"ދިވެހި ދައުލަތުގެ ހިޔާވަހި ކަމުގެ ދަށުގައިވާ ހުރިހާ ވަސީލަތެއްގެ ހިޔާވަހިކަން ރައްޔިތުންނަށް ލިބެންޖެހޭ. ބޭނުންވަނީ އެކުގައި އެއް އަމާޒެއްގައި ތިބެ އެ މަންޒިލަށް ވާސިލުވުން،" ރައީސް ވިދާޅުވި އެވެ.
މާލޭ މީހުންނަށް ކައިރި ހިސާބުތަކުން ގޯތި ދޫކުރަން ނިންމާފައިވާއިރު ހުޅުމާލެ އިން 60 ބިން މާލޭގެ މީހުންނަށް ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކުރުމާ އެކު، މާލެ އިން ގޯތި ދޫނުކުރާ މައްސަލައިގައި ހިތްހަމަނުޖެހުން ވަނީ ބޮޑުވެފަ އެވެ.
މާލެ ހިމެނޭ ގޮތް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔާން
06 February 2022
ހުޅުމާލެއިން ގޮތި ދެއްވާނަމޭ ވިދާޅުވީމެއް ނޫންތޯ!
ހަސަނު321
05 February 2022
އެންމެން އަތުން ހުރިހާ ޓެކްސް ފައިސާއެއް ނަގައިގެން ހުރިހާ މޮޅެއް މާލޭމީހުންނަށް! އެބަހުރި ވެރިކަން ކުރަން ދަސްކޮއްފަ.
މާލެވިއަސް
04 February 2022
މާލޭގައި ހަގީގަތުގައި ގެދޮރަށް ބޭނުންޖެހިފަ ތިބި މީހުން އިހަށް ފާހަގަކޮށް ރަގަޅު ހަރުދަނާ ދަފްތަރެއް އެކުލަވާލަންވީ. ތިޔަހާ ދޯދިޔާކޮށް ހަދާ ޕްލޭންތަކުން މާލޭގަ އުޅޭނެ ގެދޮރުހުރި އެއްކަލަ ފައިދާ ނަގާ މީހުން ހަމަ ފައިދާ ނަގަމުންދާނީ. ދިރިއުޅޭނެ ފްލޯއެއް ހުންނަ މީހާ އެތަން ކުއްޔަށް ދީފަ އަނެއްކާ ބިމެއް ނޫނީ އެޕާޓްމަންޓެއް ނަގަންވެފަ އޮންނާނީ. މާލެއެއް ރާއްޖެތެރެއެއް ނޯންނާނެ ކިޔޭކަށް ދަހިވެތި މީހުންނަކީ ގައުމުގެ ހުރިހާ ދިމާލެއްގަވެސް އުޅޭ ބައެއް.
ކިޔާން
06 February 2022
މާލޭ ގެ ރަށްވެހިންގެ ތެރެއިން މުއްސަދީ ވަރަށް މަދު ބައެއް.. ހަގީގަތުގަ ދިވެހި ރާއްޖޭގަ މުއްސަދީ މާލޭގަ އުޅޭ އެހެން ރަށްރަށުގެ މީހުން... ރަށްޔިތުންގެ މަޖުލީސް މެމްބަރުން އެއީ ވަރަށް މުއްސަދި ބޭފުޅުން.
އެޕާތީޑް ރިޕަބުލިކު
04 February 2022
އަހަރެމެންރަށް ތޮތްޖެހިގެން ހިއްކިތާ 5 އަހަރު، އަދިއޮތީ އޮތްގޮތަށް، މިހާރު ކިޔަނީ ކައުންސިލަށް ލޭންޑު ޕުލޭން ނުހެދިގެންނޭ. ބުނާއިރު ކައުންސިލުގަ ހުންނަ ފައިސާކޮޅުން ކިރިއާ އެތާ ކަރަންޓުބިލް ދެއްކެނީ. އެކަމަކު ނަސްލީތަފާތުގެ ތެރެއިން މާލޭމީހާވީމަ ތާރުއަޅާ ކަރަންޓާ ފެނާ ނަރުދަމާއަޅާފަ އެކިޑިޒައިންތަކަށް ސުވިމިންޕޫލާއި ޕާކުތަކާއި ސްކޫލާއި މިސްކިތްތަކާއި ސްޓޭޑިއަމާއި ހައެއްކަ ބުރިޖުއަޅާ ނިންމާފަ ހިއްކަންވެސް ފަށަނީ.
އޮނަރަބްލް އަފީފު ދީދީ
04 February 2022
ދައުލަތުގެ މުޅި ޙަޒާނާ ކ.އަތޮޅު މާލޭގެ ބިންވެރިންނަށް ހޭދަކުރާ ވާހަކަ ދައްކާތީވެ އެވާހަކަ ދޮގުކުރަން ނުވަތަ ރާއްޖޭގެ އެހެން ރަށްރަާުގެ މީހުންގެ ހިތްތަކުގައި އައްޑޫމީހުނަށް ނަފުރަތު އުފައްދާންވެގެންތޯ 1.5މ ފަތުރުވެރިންނަށް ހިދުމަތްދެވޭވަރަށް ގޭންއިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގުރޭޑް ކުރާނެ ވާހަކަ އާއި "އައްޑޫ ތަރައްޤީނުކޮށް ރާއްޖެ ތަރައްޤީ ނުވާނެ" ކަމަށް ވިދާޅުވީ. މާލޭ މީހުނަށް ޖޫން މަހު ބިން ހަލާވު ކުރާނެ ވާހަކަ ބުނިއިރު އައްޑުއަށް މުހުލަތެއްނެތް!
އަޖުނަބީ
04 February 2022
ކ.އަތޮޅުގަ ހުރިއްޔާ ހުރި ހުރިހާ ފަޅެއް އެންމެ ރަށެއްގެ މީހުންގެ މިލްކަށް މިހިރަ ހަދަނީ. ކޮބާ އަތޮޅު ކައުންސިލް. އަހަރެމެނަށް އޮތީ ކޯނޗެއް.
މާކުންބޭ
03 February 2022
މިމާލޭ މީހުން މިއީ މުޅި ރާއްޖޭގެ ހުރިހާ ތަނަކުން ބިން ގަނެ މިލްކުކުރަ ބައެއް، ރަށެއްގެ މީހަކަށް ބިންކޮޅެއް މާލެ ސަރަހައްދުން ލިބިނުދިނުމަށ އެމްޑީޕީ އިން ގެންގުޅޭ "މާލޭ މީހުން" ނަށް ގެވަޅު ދިނުމުގެ ޕޮލިސީ އަކީ ރާއްޖޭގެ އެހެން ރަށްތަކުގެ މީހުން ނިކަމެތި ކޮށް އަޅުވެތިކުރުން، މިކަން ހަރުބަހުން ކުށްވެރިކުރަން. މިއީ މިތަހުޒީބީ ޒަމާނާ ނުގުޅޭ ޕޮލިސީއެއް. އިބޫ މި ޕޮލިސީ އިމްޕްލިމެންޓް ނުކުރުމަށް ގޮވާލަން.
އޮނަރަބްލް އަފީފު ދީދީ
03 February 2022
އިގިރޭސިވިލާތާއި، އެމަރިކާ، ރަޝިޔާ، އޮސްޓްރޭލިއާ، ސައުދީ، މިސްރު ބުރެޒިލް، މެލޭޝިޔާ، އިންޑޮނޭޝިޔާ އާއި އިންޑިޔާ، ޕާކިސްތާން، ލަންކާ އަދި މިފަދަ އެތައް ޤައުމަކުން އެ ޤައުމުގެ ވެރިރަށް ބަދަލުކުރި ސަބަބާއި ޙާލަތު ކުރިމަތިވުމުންވެސް އެފަދަ ޤައުމުތަކުގެ ތަޖުރިބާއާއި އެއްގޮތަށް ކަން ނުކުރާންވެގެން ތިއުޅެނީ. # ކ.އަތޮޅު މާލޭގެ ބަދަލުގައި ވެރިރަށަކަށް ލ. ގަން ހަމަޖެއްސުމާއިއެކު ތިހުރިހާ މައްސަލަ ތަކުގެ ހައްލުލިބި މާލޭ މީހުނަށް މާލެއިން ބިންވެސް ލިބިދާނެ.
ކިހާ ދެރަ
03 February 2022
އަޅެ، އަހަރެމެންނަށް އެއެއްޗެއް ހިފައިގެން ކަށްވަޅަށް ދެވޭނެ ކަހަލަ އެއްޗެއްގެ ވާހަކަ ރިޔާސީބަޔާނުގައި އެބައޮތްތަ؟ ރިޔާސީ ބަޔާނުގައި އެއިއްވި ހުރިހާ އެއްޗެއްވެސް ދޫކޮށްފައި ދުނިޔެ އަޅައިދާން ޖެހޭނީ ދޯ!
ޗޮކުންބެ
04 February 2022
ބަލަ ކަލެއަށް ސަވާބުވެސް ހޯދައިދޭން ޖެހެނީ އިބޫތަ….މީހަކު ނުބުންޏަސް ގުރުއާނުގަ އެއޮތީ ފަހުދުވަހު ފައިދާ ކުރާނެހާ ހުރިހާ ކަމެއްގެ ވާހަކަތަށް….
ބަރުތީލަ
03 February 2022
މާލޭގައި ދިރިއުޅޭ އާއިލާތަކަކީ މުޅި ރާއްޖެއަށް ނިސްބަތްވާ އަތޮޅުތަކާއި ލާމެހިފައިވާ އާއިލާތަކެއް. .މާލޭ ގައި ގެދޮރުނެތް އައިލާތަކަށް ބިންކޮޅެއް ލިބުމަކީ މުޅި ރާއްޖެއަށް ލިބޭނެ އުފާވެރިކަމެއް . ސުކުރިއްޔާ ރައީސް ސޯލިހް
ސަރުބީ.
03 February 2022
އެކަމެއްނޭގޭ. ކަލޭމެންގެ ރަށުގައި އެހެން ރަށެއްގެ ބަޔަކަށް އެއްވެސް ޙައޤެއް ލިބޭކަށް ކަލޭމެން ނޭދޭ. އަދި ކަލޭމެންގެ ރަށުން އެހެން ރަށެއްގެ މީހަކަށް ބޯހިޔާވަހިކަން ދިނުމާއި ކަލޭމެން ދެކޮޅު. ގުލިލާމެހޭނީ މިހާކަށް ވަރަށް.