ދުނިޔެ / ފަލަސްތީން

ހަމާސްގެ ވަރުގަދަ ހަމަލާތަކާ އެކު، އިޒްރޭލުން ހަނގުރާމަ އިއުލާންކޮށްފި

ހަމާސްގެ ހަމަލާއެއް އިޒްރޭލްގެ ތަނަކަށް އަމާޒުވެފައި: އިޒްރޭލުން ދަނީ ރައްދުގައި ހަމަލާ ދެމުން --- ފޮޓޯ/ރޮއިޓާސް

07 އޮކްޓޯބަރ 2023 - 18:44

25 comments

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތުން މިއަދު އިޒްރޭލަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ އެކު، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި އެވެ.

މިއަދު ހެނދުނު ހަމާސްއިން އިޒްރޭލަށް ކުއްލިއަކަށް ހަމަލާދޭން ފަށައި، އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ހަމަލާ ދިނުމުގެ އިތުރުން އިޒްރޭލުން ހިސޯރު ކޮށްފައިވާ ފަލަސްތީނުގެ ބައެއް ބިންތައް ވެސް ހަމާސްގެ ކޮންޓްރޯލްގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ހަމާސްއިން ދޭން ފެށި ރޮކެޓް ހަމަލާތަކުގައި އިޒްރޭލްގެ 40 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 750 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމް ވެފަ އެވެ. އަދި އިޒްރޭލް ސިފައިންގެ އެތައް ބަޔަކު އަތުލައިގެންފައިވާ ކަމަށް ވެސް ހަމާސް ޖަމާއަތުން ބުންޏެވެ.

ހަމާސްގެ ރޮކެޓް ހަމަލާތަކުގައި އިޒްރޭލްގެ ބައެއް ތަންތަން އަނދަނީ

ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އިޒްރޭލްގެ އަނިޔާވެރިކަން ތަހައްމަލު ކުރެވިއްޖެ ކަމަށާއި އަދި މިއީ ފަލަސްތީނުގެ ރައްޔިތުން ނިކުމެ އިންގިލާބު ގެންނާނެ ދުވަސް ކަމަށެވެ.

ހަމާސްގެ ކުއްލި ހަމަލާތަކާ އެކު، އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ ފެށިކަން ރަސްމީކޮށް އިއުލާން ކުރައްވައިފަ އެވެ. ރައްދުގައި ގާޒާ އަށް ދިން ރޮކެޓް ހަމަލާތަކުގައި ފަލަސްތީނުގެ 100 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ރައްދުގައި އިޒްރޭލުން ބޮމުގެ ހަމަލާއެއް ދެނީ

މިއީ 1973 ވަނަ އަހަރު އަރަބި އިސްލާމީ ގައުމުތައް ގުޅިގެން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހު އިޒްރޭލަށް މިހާ ވަރުގަދަ ހަމަލާތައް ކުރިމަތިވި ފުރަތަމަ ފަހަރެވެ.

ހަމަލާތައް ހުއްޓާލަން ގިނަ ގައުމުތަކުގެ ގޮވާލަމުން މިހާރު ދިޔަ ނަމަވެސް އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ އާއި ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވަނީ ހަމާސް ޖަމާއަތަށް ތާއީދުކުރާ ކަން ހާމަކޮށްފަ އެވެ.

25 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 0%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލާބަލަ

19 October 2023

https://mihaaru.com/world/121480 މެއި 19 2023 ގައި މިއާޓިކަލްގައި ކޮމެންޓްކޮށްފައި އިންމީހެއް އެބައިން އިޒްރޭލް ހަނގުރާމަ ފަށާފާނެ އޭ. އެކަހަލަ ގޮތެއް ދޯ މިވީ..! ހަމާސް ހަމަލާ ދިނިއްޔޭ ކިޔާފަ މުޅި ގާޒާ ހަފުސް ކުރަން އެފެށީ. މިމީހުން މިތިބީ ހަމަ ސީދާ ދުނިޔޭގެ ވެރިކަމަށް އަންނަން ހިފާފަ. 3 ވަނަ ބޮޑު ހަނގުރާމައަށް ހުޅުވޭނެ ދޮރެއް އެއީ. ހަމަ ޔަޤީން. ނިއުކްލިއަރ ހަނގުރާމަ " މަލްހަމާ ".

The name is already taken The name is available. Register?

ޑިޕިތިކު

08 October 2023

މިއީ އަަސްލު ނަތަންޔާހޫ ނުފެށިގެން އުޅޭ ހަނގުރާމަ. މި ހަނގުރާމަ ދައްކާފަ އޭނާ ބޭނުންވާނީ ހީރޯ ކުޅެގެން އިޒުރޭލު އޭނާޔާ އެއް ފަޅިޔަށް އަރުވަން.

The name is already taken The name is available. Register?

ޕޫރުބެ

07 October 2023

ގިނަ އިސްލާމީ އަރަބި ގައުމުތަކުގެ ވެރިން ތިބެނީ އެމެރިކާއާއި ޔަހޫދީންގެ ދަށުވެފަ! އެއީ ވެރިކަން ވައްޓާލަފާނެތީ! ފަލަސްތީނުުުުުުުުުުުުުުުުުުުުުުުގެ އަޚުންނަށް އޮތީ އެކަނިި މައެކަނި ރަށު ބަންދުގައި ތިބުން ނޫނީ ހަގުރަމަކޮށް ޝަހީދުވުން! ހައްޕު ކިޔއިގެން އަޅުވެތިކަމުގައި ތިބެ މަރުވުމަށްވުރެ ކާފިރުންނާއި ދީނާ ވަޠަނަށްޓަކައި ހަނގުރާމަކޮށް ޝަހީދުވުން މާރަނގަޅުުުުުުުުުުު! ޝަހީދންނަށް ސުވަރުގެ މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

ޖަޔަރަ‫

07 October 2023

ހުރި ހިތާމައެއްގެ ބޮޑުކަމާއޭ. ދެގައުމުގަވެސް މުސްލިމުން އުޅޭ. މިހަނގުރާމައިގެ ސަބަބުން އެތަކެއް ކބަޔަކު މަރުވެގެންދާނެ.

The name is already taken The name is available. Register?

ސާއީސް

07 October 2023

ހަމާސްގެ ތިއަމަލުތަކުން އިތުރަށް ފަލަސްދީނު ރައްޔިތުން ނިކަމެތިވުން ފިޔަވައި އިތުރު މޮޅެއް ލިބޭނެބާ؟ އިޒްރޭލް ބަލިކުރެވޭވަރު ބަޔެއްނޫން ހަމާސްއަކީ. ނަތަންޔާހޫ ގެ ހަރުކަށިކަން ދެންވާނީ ބޮޑު.

The name is already taken The name is available. Register?

ސާމިސް

08 October 2023

މުސްލިމުން އަކީ ދީނާ ގައުމުގެ ދިފާއުގާ ހަނގުރާމަ ކުރަން މީހުންގެ އަދަދަކަށް ބަލާނެ ބައެއް ނޫން. ނަސްރު ދެއްވާނީ މާތްﷲ

The name is already taken The name is available. Register?

މުހައްލީ

07 October 2023

ހަމާސް އަކީ އިޚްވާނީ ދައުލަތެއް.... އީރާނުގެ އަވައިގައި ޖެހިގެން ކުޅޭ ސިޔާސީ ގޭމެއް ކުޅެމުންދާ ބައެއް. ނަތީޖާއަކީ އެތައް މުސްލިމުންނެއް މަރުވެ ފަލަސްތީނު އިތުރަށް ވީރާނާވުން.

The name is already taken The name is available. Register?

ދެރަވެޔޭ

08 October 2023

ކަލޯ ހަމާސްއިން ދެއަތް އުރާލައިގެން ކަމެއް ނެތިފަ ތިބީމަ އިޒުރޭލު ސިފައިން މަރާ ފަލަސްތީނު މީހުން ވަކި މަދުތަ؟؟ ހިތްވަރުގެ ބަހެއް ބުނެނުލާ މުޅިން މާޔޫސް ކުރުވާ ގޮތަށް ވާހަކަ ނުދައްކަބަލަ..

The name is already taken The name is available. Register?

7

07 October 2023

އަބަދު އަނިޔާ ލިބިލިބި ނުތިބެވޭނެ.

The name is already taken The name is available. Register?

1206

08 October 2023

އަނިޔާވެރިކަމާ ދެކޮޅުވި 108000 ދިވެހިންގެ ބަހެއް މި ކަމުގައި އަނހަން ބޭނުން. އަނިޔާވެރިކަން އެކި ތަންތަނުން އެކި ނަޒަރުތަކުން ފެންނަ ނަމަ، އަނިޔާވެރިކަމުގެ ހަގީގީ މާނަޔާ މެދު ސުވާލު އުފެދޭ. އިންސާފަކީ ވިސްނުމާއި ފިކުރުގައި ވެސް އިންސާފުވެރިވުން. އެހެންނޫނީ އެއީ ހަމަ ނިފާގުގެ ބަލިމަޑުކަން. ނިޝާނުން ވެސް އެނގޭނެ ނިފާގު ބަލި ހުރި ނަމަ ވަމުންދާ ގޮތް ޚުޝާމަދަކީ ހަގީގީ ލޯތްބަކަށް ނުފުދޭނެ ޝައްކެތް މިސާއަތުގައި މިހާރު އަޖައިބުވެޔޭ މީހުން އުޅޭ ގޮތަކުން

The name is already taken The name is available. Register?

ބޮޑުމީހާ

07 October 2023

އިސްލާމީ ބޮޑެތި ގައުމުތަކުގެ އަސްކަރިއްޔާތައް ލަދުގަންނަންޖެހޭ، އިސްލާމީ އެންމެ މުގައްދިސް ބިމުގެ ހައްގުގައި ގަލާއި، ދެންވެސް އަތުޖެހުނު އެއްޗަކުން އިޒްރޭލުގެ ވަރުގަދަ އަސްކަރިއްޔާއާއި ހަމާސްކުރިމަތިލާއިރު، ފައިސާއާއި ވަސީލަތްތައް ތިބި އަރަބިން މިތިބީ ޢާފިލުކަމުގައި. މިކަން ހައްލުވާނީ އަރަބިން އެއްބައިވެ، އިޒްރޭލް ދުނިޔޭގެ ޗާޓުން ފޮހެލައިގެން

The name is already taken The name is available. Register?

ޮއިސިސި

07 October 2023

ކޮޅެއްގަ ޖައްސާތި

The name is already taken The name is available. Register?

އަހުލު ކިތާބީން

07 October 2023

އަބަދަކު ވޭން ތަހައްމަލު ނުކުރެވޭނެ. ނަސާރާއިންގެ ހަތިޔާރުން ޔަހޫދިން މުސްލިމުން މަރަމުންދާތާ އެތައް އަހަރެއް ވެއްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454