ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
09 އޮކްޓޯބަރ 2023 - 12:18
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަޒްނާއާ ސާޖިދާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ކަމަށެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރައްވައި ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އެ ބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސާޖިދާއަށް ފަޒްނާ މަރުހަބާ ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ފަޒްނާއާ ސާޖިދާ މިއަދު ބައްދަލުކުރެއްވި އިރު، ވެރިކަން ބަދަލު ވާއިރު ވެރިންގެ އަނބިކަނބަލުން ބައްދަލުކުރެއްވުމަކީ މީގެ ކުރިން ކުރެއްވި ކަމެއް ނޫނެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
ފަޒްނާ އާއި ސާޖިދާ ވެސް ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ފިރިކަލުންނަށް ކެމްޕެއިން ކުރެއްވުމުގައި އަމަލީ ގޮތުން އުޅުއްވައިފަ އެވެ.
މިދިޔަ މަހު 30ގައި ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓް ވޯޓެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލިއާގޭގައި ބައްދަލުކުރެއްވުން.-- ފޮޓޯ: ރައީސް އޮފީސް
އިންތިހާބުން ލިބިވަޑައިގަތް ކާމިޔާބީ އަށް ފަހު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ގޮތުން އިންތިގާލީ މަރުހަލާގެ ކަންކަން މުއިއްޒުގެ ފަރާތުންނާއި ސަރުކާރު ގުޅިގެން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެމަރޫ
10 October 2023
ސާޖި އެބަޖެހ|ޭ އިމޭޖް ރަނގަޅުކުރުމަށް މަސައްކަތްކުރަން. ތަންކޮޅެއް އިހުގެ ސްޓައިލަކަށް ހެދުންއަޅާހެން ހިވަނީ. އަދި މީހުންގެ ތެރެއިން ފެންނައިރުވެސް ކުޑަ އޮޑުގޮތެއް ހުރޭ. މިކަންކަން ރަނގަޅުކޮށްލަން ފެނޭ. މިހެންބުނީމަ ހިތްބުރަ ނުކުރައްވާތި. ހެޔޮއެދޭމީހެއްގެ ހައިސިއްޔަތުން ބުނެލި ބަހެއް މިއީ.
މުބީނު
10 October 2023
އޮޑު ގޮތެކޭ ބުނާނަމަ އެއީ ކޮން އޮޑު ގޮތެއްކަން ބުނަން ވާނެ. މަށަކަށް ނުފެނޭ އޮޑު ގޮތެއް. ވަރަށް ސަޅި.
2023
09 October 2023
ފަޒޫވަރެއްނެތް..... ބޮއިހަލަކި
އޮނަރަބްލް އަފީފު ދީދީ
09 October 2023
މިއީ ރަނގަޅު އަދި ކުރިއަރާފައިވާ ޑިމޮކްރަޓިކް ދައުލަތް ތަކުގައި ވަރަށް އާންމު ކަމެއް. އެހެން ނަމަވެސް މިފަދަ މަންޒަރާއި އެއްވަރަށް ރައީސުންގެ އަނބިކަބަލުންގެ އަމަލުތައްވެސް ބަހައްޓާން ވާނީ ނަމޫނާއަށް ކަމުދާގޮތަށް. # އަޑު އިވެނީ އިންތިޙާބީ ރައީސްގެ އަނބިކަބަލުން ނުވަތަ މުސްތަޤުބަލްގެ First Lady އަދިވެސް އެކަމަނާ އަދާކުރައްވާ ސަރުކާރު ވަޒީފާގައި ދެމިހުންނެވި ކަމަށް.!! މިއީ ހަމަ ރަނގަޅު އުސޫލެއްކަމަށް ދިވެހިން ޤަބޫލުކުރާނަމަ މިކަމުގައި ގޯހެއްނެތް.!
ރީޒް
09 October 2023
ގާނޫނުގައި އެވަޒީފާ އަދާކުރަން އަދި މައްސަލައެއް ނެތިއްޔާ ދެން ކޮބާ މައްސަލައަކީ؟ އަދި ޑޮކްޓަރ މުއިއްޒު ހުވާ ނުކުރައްވައެއްނު.
އާދަނު33
09 October 2023
ބޭރުފުށަކުން އެއްވެސް ބޭކަލެއް/ބޭކަބަލެއްގެ އަމަލެއްނޭގޭނެއެވެ.
އޮނަރަބްލް އަފީފު ދީދީ
09 October 2023
ރީޒް އަށް : ޤާނޫނުއަސާސީއާއި ޤާނޫނު ތަކުގައި ކަޑައެޅިގެން "މަނާ" ކޮށްފައި ނެތް ކަމުގައިވިޔަސް ބައެއް ކަންކަމަކީ "އަޙްލާޤީ ގޮތުންވެސް" ބައެއް ޙާލަތް ތަކުގައި ކުރުމަށްވުރެން އެކަން ނުކުރުން ރަނގަޅު ކަންކަން ކަމުގައި ތަހްޒީބު މުޖުތަމައުތަކުގެ ދެކޭ ކަންކަން ހުރޭ. އެފަދަ ކަންކަމުން ދުރުވެގަތުމަކީ އެންމެ ރަނގަޅުގޮތް އިގޭތޯ.
ލޮޖިކް
10 October 2023
ވަޒީފާ އަދާކުރުން ގޯހެއް ނޫން، އެކަމަކު އެކަމަނާގެ ފިރިމީހާ ރައީސް ކަމުގަ ހުންނާވާއިރު އެއީ އެހާ ރަނގަޅު ކަމެއްހެން ހީނުވޭ. އެއް ލެވެލް އެއްގެ ވަޒީފާ އަދާކުރަމުންދާ ބައެއްގެ ތެރޭގަ ފަސްޓްލޭޑީ ހުންނެވީމަ ވަޒީފާގެ މާހައުލުގަ އޮންނަ ހަމަހަމަ ކަން ގެއްލޭނެ. ފިރިކަލުން ދެއްްވާފަ ހުރި ވަޒީފާއެއްގަ ހުންނަވައިގެން މިނިސްޓަރ ނުވަތަ ސްޓޭޓް މިނިސްޓަރަކަށް، އެކަމަނާއަށް ގޯހެއް ހެއްދެވުނަސް ފިޔަވަޅު އަޅަން ނުކެރިފަ އޮންނާނީ
ގުޑު
09 October 2023
ރަނގަޅު. ސިޔާސީ ވިޔަސް ލާދީނީ ނުވަންޏާ އެކީގަ ގުޅިގެން އުޅެވޭނެ.
ދޯޕައްޓާ
09 October 2023
ކުރީގެ ރައިސް ކުރީގެ ފަސްޓުލޭޑީ ކުރީގެ ފަނޑިއާރުން، ކުރީގެ ވަޒީރު، ކުރީގެ ނައިބުރައިސް، ކުރީގެ މެންބަރު މިހެންގޮސް މިކުރީގެ ގުރޫޕު އިންތިހާއަށް ގިނަވަމުންދާ މައްސަލައިގަ މަޖިލީހުން ރަނގަޅު ފިޔަވަޅުތަކެއް އަޅަންއެބަޖެހޭ، ރަށުތެރޭ ކުރީގެ ކުރީގެ ގިނަވެގެންގޮސް ނުހޮރޮއްޕާނަކަށްވަނީއޭ.
LaamuonlineDOTcom
09 October 2023
ޔާމީނުގެ ވެރިކަމާހަމައި ރައީސްކަމަށް ހޮވާ މީހުންގެ އަނބިންގެ ކަންތައްގަނޑު މާމައްޗަށްދާކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، ކެންޕޭނަށް ނިކުތުމާ މީހުންގެ ވާހަކަތަކަށް ރައްދުދިނުމާ، އަޅުގަނޑު ދެކޭގޮތުގައި މިއީ އަނބިންކުރަންޖެހޭކަމެއްނޫން، އެކަންކަން ކުރަން އެކިވަރުވަރުގެ މީހުން ޕާޓީގައި ތިބޭނެ! އަންހެނަކު އެންމެ ފުރިހަމަވާނީ މަޑުމައިތިރިކޮށް ތުއިކޮށްއުޅުނީމަ، އެއީ ގުދުރަތުން އެކަން ހަމަޖައްސަވާފައިވާގޮތް، ބަދަލުކޮށްގެން ވާނެ އެއްވެސްމޮޅެންނޯންނާނެ
ބަނިޔާދަން ފިރިހެނާ
09 October 2023
މަޑުމައިތިރިކޮށް ތުއި ކޮއްނޭ؟ މައިކަލާ ކޮއްޓަކާ. ތިހިރަ ދައްކާ ވާހަކަ ދޮގެ.
ފުޅު ބޭ
09 October 2023
ވަރަށް އުފާވެެރި މަންޒަރެއް! ފަސްޓު ލޭޑީ މެންގެ ކޯލީޝަނެއް ހެދުމަކީ ވެސް ވަރަށް ރަނގަޅު ކަމެއް
ކަންގަނާ
09 October 2023
ފަސްޓްލޭޑީކަން ބަދަލުކުރަން ޓްރާންސިޝަނަލް ކޮމިޓީއެއް އެކުލަވާނުލާތޯ؟
ޟމމމމ
09 October 2023
މިއީ އިބޫގެ ތަފާތަކީ، ފަޒުނާގެ ސަޅިކަމަކީ. ކިހާ އުފާވެރި! ތޭންކްސް 2 މެޑަމް.
ގެދާނޯމޮސް
09 October 2023
ދައުވާތަށް ލުއިކޮށްދެއްވާތޯ ކުރާއާދެހަކަށް ނުވާނެ ބައެވެ.