ޝީތާ، ޖަމާލުއްދީން ސްކޫލުގެ އިސްވެރިއަކަށް ވަނީ ހަމަޖައްސަވާފައި.
10 އޮކްޓޯބަރ 2023 - 11:02
ޖަމާލުއްދީން ސްކޫލް (ޖޭއެސް) ގެ ޕްރިންސިޕަލަކަށް، އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިލްގެ މަގާމުގައި މިހާތަނަށް ހުންނެވި އައިޝަތު ޝީތާ މިދިޔަ އާދިއްތަ ދުވަހު ހަމަޖައްސައިފި އެވެ.
ޝީތާ އެ މަގާމަށް ހަމަޖެއްސީ، ޖޭއެސްގެ ޕްރިންސިޕަލްގެ މަގާމުގައި 18 އަހަރު ވަންދެން ހުންނެވި ހަސަން މުހައްމަދު މަގާމުން ވަކިވެވަޑައިގަތުމުންނެވެ.
މިދިޔަ އޮގަސްޓް މަހު ފެށި ދިރާސީ އާ އަހަރާ އެކު، ހަސަން އިސްތިއުފާ ދެއްވީ ސިއްހީ ހާލަތު ހުރި ގޮތުން މަސައްކަތަށް އެކަށީގެންވާ ވަގުތު ނުދެއްވޭތީ އެވެ. ހަސަން މިހާރު މަސައްކަތް ކުރައްވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެޑިއުކޭޝަން އޮފިސަރުގެ ގޮތުގަ އެވެ.
ތައުލީމީ ދާއިރާގައި 27 އަހަރު ހޭދަކުރައްވާފައިވާ ޝީތާ ވަނީ އަމީނިއްޔާ ސްކޫލާއި ޣިޔާސުއްދީން ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ޣިޔާސުއްދީން ސްކޫލުގެ އެސިސްޓެންޓު ޕްރިންސިޕަލްކަން ކުރެއްވުމަށް ފަހު ދެން ބަދަލުވެވަޑައިގަތީ ޖަމާލުއްދީނަށެވެ.
ޖޭއެސްގެޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް ޝީތާ ހަމަޖެއްސީ 2011 ވަނަ އަހަރު އެވެ.
އޭނާ ވަނީ ޓީޗިން ދާއިރާ އިން ޑިގްރީ އަދި އެޑިއުކޭޝަން އިން މާސްޓާސް ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީތާގެ ގީތާ
12 October 2023
ތި ޖޭއެސް ނޫނީ އެލްޓީން ކިޔަވަދޭން ކުލާހަށް ނުވަންނަ ސުކޫލެއް މި ރާއްޖެއަކު ނުހުންނާނެ. އެކަމް ޓީޗަރުންޖެހޭ ސަރުކާރު ގަވައިދާ އެއްވަރަށް ގަޑި ނަގަން. ސީތާގެ އެލްޓީ ގުރޫޕު ތިބެނީ ގަވައިދަށްވުރެ މަތީގަ. ރަސްމީ ގަޑީވެސް ކޮފީއަށްގޮސް އަޗާތަޅަން މި ގްރޫޕް މުޅި ދުވަސްދުއްވާލާނީ. ފަހު ދުވަހު މި ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭނެ. އެދުވަހު ނަސީމެއް ނުހުންނާނެ. އައިސްތަލީ އެއްވެސް ނުހުންނާނެ. މުސާރަ ހަލާލު ވަރަށް މަސައްކަތް ކުރިތޯ ސުވާލު ކުރާނެ.
ފުރާދު
11 October 2023
މީނާ އާ ގުޅުން އޮންނަ މީހެއްގެ ނުފޫޒްުން އެތައްކަމެއް ހިނގާ.. ހިތާމާހުރި
ޕޭރެންޓެއް
11 October 2023
ޕްރިންސިޕަލް ހުއްޓަސް ސްކޫލް ހިންގަނީ ޕީޓީއޭގައި ތިބެ މީހުން. ވަރަށް ކޮރަޕްޝަން އޮންނާނެ. ކުޅިވަރުތަކަށްވެސް އެހެން މުބާރާތްތަކަށްވެސް މުޅިން އެމީހުންގެ ދަރިން.
ދެން
10 October 2023
ސްކޫލްގެ ދުވަސް ތި ދިޔައީ ދެން. އަމިއްލަ އެދުން ބޮޑު ތަނުގެ ހަލާކު ތިޔައީ. ވަރަށް ވެސް އިންސާނިޔަތުކަން ކުޑަ މަގާމަށް ކުފޫ ހަމަ ނުވާ މީހެއް ތީ. ވަރަށް ވެސް ދެރަ ވެއްޖެ.
ކުއްޖެއްގެ ބެލެނިވެރިއެއް
10 October 2023
ޝީތާއަކަށް ތިކަމެއް ނުވާނޭ! ޝީތާއަކީ ކުދިންނާމެދުގަ ވަރަށް ރުންކުރުކޮށް ކަންތައް ކުރާ މީހެއް! ޓީޗަރަކުވެސް ބުނި ވަރަށް ރުޅިގަދަވާހަކަ! ދަރިފުޅަށްވެސް އެކަހަލަ ތަޖުރިބާއެއް ވަނީ ކުރެވިފައި! މުވައްޒަފުންނާއި ދަރިވަރުންގެ މައްޗަށް އޯގާތެރި ރަޙުމްކުރާ މީހެއް ލުމަށް ގޮވާލަން! މިކަހަލަ މީހުން ވެރިންނަށް ލީމަ ތަންތަން ހަލާކުވަނީ!
ޝާންން
10 October 2023
އައިޝަތު ޝީތާގެ ނުހުރޭ ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން ޕްރިންސިޕަލްކަން ކުރުމުގެ ޤާބިލިއްޔަތު ކަމެއް... އެހާ ރުޅިގަދަ ވާނެ... ދަރިވަރުންނާ ބެލެނިވެރިންނަށް ވަރަށް ކަމުނުދާ މީހެއް...
މިސް
10 October 2023
ސީތާއަކީ ޓީޗަރުންގެ ތެރެއިން ފެވަރިޓްސް ގެންގުޅޭ މީހެއް. މީނައާ އެއްކޮށް ކޮފީއަށް ދާ ގުރޫޕަށް ހުރިހާ ކަމެއްގަ ހާއްސަ އިނާޔަތް ލިބޭނެ. އެލްޓީންނަށްވެސް ބަހެއް ނުބުނެވޭވަރަށް މަތީގަ ސީތާގެ ގުރޫޕު ޓީޗަރުން ތިބޭނީ. ހުރިހާ ޓީޗަރުންނަށްވެސް މިކަން އެނގޭ. ސީތާދެކެ ފޫހިވެސްވޭ
ނުދޭނެތަ
10 October 2023
އެމީހުން ކޮފީއަށް ދާނީ އެކަމަށްޓަކައިވީމަ އެހެންނޫންތަ އެކަން ވާނީ؟
ކުރީގެ ދަރިވަރު
10 October 2023
ޝީތާމިސް ހަމަ ވަރަށް ލޯބި އަދިވެސް، 20 އަހަރު ކުރިޔާ އަޅާ ބަލާއިރު ޒުވާން ކަމަށް އެއްވެސް ބަދަލެއް އައިތަނެއް ނުފެނޭ!!! ޓީޗަރެއްްގެ ގޮތުގައި ހަމަ ގައިމުވެސް ޤާބިލު، ކްލާސް ކޮންޓްރޯލް ކުރުމުގެ ހުނަރު ހުރި ކުޅަދާނަ ޓީޗަރެއް. ޕްރިންސިޕަލެއްގެ ގޮތުގައި ހުއްޓާ ނުދެކެން، އެއަށް އެއްޗެއް ބުނާކަށް ނޭނގޭ.
މަތަރެސްމާ
10 October 2023
ބްރަދަ.. އަހަރުންނަށް ތި ލޯބީގެ ކަންފުޅެއްވެސް ނުދެކެން... ވ ސަލާން
ބެލެނިވެރިއެއް
10 October 2023
މީނަމީ ކުދިންނަށް ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކާ މީހެއް. ކުދިން ވަރަށް ފޫހިވާ މީހެއް.
ހަޖަމު
10 October 2023
ކުޅިވަރު ކަންތައްތަކުގަ ޕީޓީއޭ އިން ވަރަށް އަން ފެއަރ ކޮށް ކުދިންނާ ދޭތެރޭ ކަންތައް ކުރާ ސްކޫލެށް ތީ, ޕީޓީއޭ ގެ ދަށުވެގެން ގޮސް ބުނިހާ ގޮތެށް ހަދަން ހުއްދަދީ ވަރަށް ކޮރަޕްޓް ޕްރިންސިޕަލެއް ތި ހަސަން މުހައްމަދަކީ....ދެންވެސް ވާނީ ހަމަ އެއްގޮތެއް....