10 އޮކްޓޯބަރ 2023 - 17:48
މެލޭޝިއާގެ އިމާރާތެއްގެ 14 ވަނަ ފްލޯ އިން ވެއްޓި އުމުރުން 22 އަހަރުގެ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރްގައި ރާއްޖޭގެ ގަޑިން ހަވީރު ހަތަރެއް ޖަހާކަންހާއިރެވެ.
އިމާރާތުން ވެއްޓި މަރުވީ ސ. ހިތަދު އަށް އުފަން އުމަރު އަހުމަދު ނައީމެވެ. އޭނާއަކީ މެލޭޝިއާގައި ކިޔަވާ ދަރިވަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަރިޔަމް ޒައުރަތު
11 October 2023
ހިތާމަވެރި ހަބަރެއް. ބަޔަކު ވައްޓާލީތަ؟ ނޫނީ ބުއްދި ފިލައިގެން ފުންމާލީތަ ސިޑި ކަމަށް ހީކޮށް؟ އެންމެ ރަނގަޅީ އޮޓޯޕްސީ ހަދަން.
އަޅުދަ
11 October 2023
އެންމެ ރަނގަޅީ ތި ހީ ތަކާއި ސުވާލުތައް އަމިއްލަ ސިކުނޑީގަ ބެހެއްޓިއްޔާ
ފަހި
10 October 2023
އާއިލާއަށް ކެތްތްރިކަންދެއްވާ މަހްރޫމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްދެއްވާށި އާމީން
ޛޖޖސ
10 October 2023
މެންޓަލް ހެލްތަށް ސަމާލުކަން ދިނުން ވަރަށް މުހިއްމު، ވަރަށް ހިތާމަވެރި ހަބަރެއް
ބަހުގެ ހަމަ
10 October 2023
ސ. ހިތަދުއަށް އުފަން އުމުރުން 22 އަހަރުގެ އަޙްމަދު ނަޢީމް. މިހެން ލިޔެލިނަމަ ރަނގަޅުވީސް.
ސަފިއްޔާ މޫސާ
11 October 2023
ގްރެމާ ޕޮލިސް ވެސް ހާދަހާ މޮޅޭ ދޯ. ލިޔެފަ އޮތް ގޮތްވެސް ނުބައެއް ނޫން އެހެން ނޫންނަމަ ދޭހައެއް ނުވާނެ. އެހެން ވީމާ ބަހުގެ ހަމަ ވެސް "މިހެން ލިޔެލިނަމަ ރަނގަޅުވީސް" ޖެހުމުގެ ބަދަލުގައި "އިތުރަށް ސާފު ވީސް ނޫނީ ފުރިހަމަ ވާނެ" ޖަހަން ސަޖެސްޓް ކުރި ނަމަ އަހަރެންނަށް ތަންކޮޅެއް އަރާމުކޮށް ނިދާލެވުނީސް.
ގުރާ
10 October 2023
އުމުރުން 22 އަހަރުގެ ސ. ހިތަދުއަށް ވެ ނިމުނީ. މީހާގެ އުމުރު އޮތްތާ އޮތީ.
ޚިޔާ
10 October 2023
22ވަނަ އަހަރޭތޯ.
ސީޒަން
10 October 2023
ވެއްޓޭ ސީޒަންދޯ
ސަސި
10 October 2023
ވަރަށް މަޖާތަ ވެއްޓި މީހުންގެ ފުރާނަ ދިޔައީމަ؟
މީ ކޮންކަމެއް؟
10 October 2023
ކޮބާ ކުލުނު؟ އެނޯނިމަސް ކޮށް ލިޔެވޭތީ ހިތަށްއެރިހާ އެއްޗެއް ހަމަ ލިޔެލަނީ ދޯ؟
ޏިސާ
10 October 2023
ހެޔޮ ނުވާނެ ތިފަދަ އެއްޗެހި ނުކިޔާ.
ދެރަ ކަމެއް ނުން؟
10 October 2023
މި ކަހަލަ ޙާލަތު ތަކަކީ ޖޯކު ޖަހާ ކަހަލަ ޙާލަތު ތަކެއް ނޫން ?
އަހައްމަދޫ
11 October 2023
މަޖާކަމެއްނޫން. ތިމާގެ މީހަކައް އެކަހަލަ ކަމެއް ދިމާވިމާ އިހްސާސް ވާނީ އެކަމުގެ ހިތްދަތިކަމާއި ވޭން
ވެނންޓިލޭޓަރެއްނޫން
11 October 2023
ތިހެން ނުހަދާ
އސހލ
11 October 2023
މޮޔައިން ކޮމެންޓް ސެކްޝަންގަ ފާޅުވާ ސީޒަން ދޯ؟