މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމުގެ ކުރިން، މަޖިލިހުގެ ރައީސް މަސީހްއާ ވާހަކަފުޅު ދައްކާލައްވަނީ.---ފޮޓޯ: ރައީސް އޮފީސް
06 ފެބުރުއަރީ 2017 - 13:20
މި އަހަރު ރާއްޖޭގައި 25 އާ ރިސޯޓް ހުޅުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ރައީސް ޔާމީން ވިދާޅުވި ގޮތުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި ޖުމްލަ 20 ރިސޯޓާއި ޓޫރިސްޓް ހޮޓަލެއް ވަނީ ހުޅުވިފަ އެވެ. އަދި މިދިޔަ އަހަރު ހަ އަތޮޅެއްގައި 11 ރިސޯޓަކާއި ރާއްޖޭގެ އެކި ހިސާބުތަކުގައި 135 ގެސްޓްހައުސް ރަޖިސްޓަރީ ކޮށްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ތެރޭގައި 13 އަތޮޅެއްގައި އިތުރު 25 ރިސޯޓާއި ގއ. ކޫއްޑޫގައި ޓޫރިސްޓް ހޮޓަލެއް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއާ އެކު، ޓޫރިސްޓް އެނދުގެ އަދަދަށް މި އަހަރު 5،274 އިތުރު ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު ސިނާއަތް ކަމަށް ވުމާ އެކު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން މި ގެންދަނީ މި ދާއިރާގައި ކުރެވޭ އިންވެސްޓްމަންޓުތައް ފުޅާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ މައްޗަށް،" ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
1. ރ. ފުރަވެރީގައި، ފުރަވެރި އައިލެންޑް ރިސޯޓް
2. ބ. ކަނިފުށީގައި، ފިނޮޅު ރިސޯޓް
3. ކ. މާދޫގައި، އޯޒެން ބައި މާދޫ
4. ކ. ކުޑަބަނޑޮހުގައި، މަލަހިނި ކުޑަ ބަނޑޮސް
5. ބ. ދިގުފަރުވިނަގަނޑުގައި، ދިގުފަރު އައިލެންޑް ރިސޯޓް
6. ޅ. ހުރަވަޅީގައި، ހުރަވަޅި މޯލްޑިވްސް
7. ދ. ވޮށްމުލީގައި، ސެއިންޓް ރެޖިސް މޯލްޑިވްސް ވޮށްމުލި
8. ނ. މެދުފަރުގައި، ސޮނޭވާ ޖާނީ
9. ބ. މިލައިދޫގައި، މިލައިދޫ އައިލެންޑް
10. ޅ. އޫކޮޅުފުށީގައި، ކޮކޫން މޯލްޑިވްސް
11. ބ. ވޯވަށުގައި، ފޯ ސީޒަންސް ވޯވަށް ޕްރައިވެޓް އައިލެންޑް
ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ޓޫރިސްޓުން ބައިތިއްބަން މިދިޔަ އަހަރު އާ 124 ތަނަކަށް ވަނީ ހުއްދަ ދީފަ އެވެ. އެއީ 11 ރިސޯޓަކަށާއި 11 ސަފާރީ އަކަށާއި 101 ގެސްޓްހައުސެއްގެ އިތުރުން، ޓޫރިސްޓް ހޮޓަލަކަށެވެ. އެއީ، ރާއްޖޭގެ ޓޫރިޒަމްގެ ތާރީހުގައި އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ރިސޯޓް ހުޅުވި އަހަރެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށްޓަކައި މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އާ 50 ރިސޯޓް ހުޅުވުމަކީ ރައީސް ޔާމީންގެ ވައުދެކެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ އޭގެ ކުރީ އަހަރަށް ވުރެ 4.1 ޕަސެންޓުގެ ކުރިއެރުމެއް ހޯދައި 1.3 މިލިއަނަށް އަރައިފަ އެވެ. އެކަމަކު، އެއީ މިދިޔަ އަހަރު ގެންނަން އަމާޒުކުރި 1.4 މިލިއަން ޓޫރިސްޓުންނަށް ވުރެ ދަށް އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
08 February 2017
ވަުދު ވީ މި ދުރުގައި މުޅިން އަލަށް 50 ރިސޯޓް ނެރޭ ވަހަކަ، ތިޔަ ހުޅުވުނީ ރައީސ ްމައުމުން، ރައީސް ނަޝީދު ގެ ދައުރުގައި ހަވާޅު ކޮށް ހިންގަން ފެށި ޕްރޮޖެކްޓް ތަކުން ރަށް ތަކެކޭ، އެއީ ވަުދާއި ގުޅުމެއް ނެތ ތަންތަނޭ
އެމް.އެމް.ޖީ އިބޫ
06 February 2017
ވާނުވާގެ ކޮމެންޓްއަށް ވަރަށް ތާއީދުކުރެވޭ...ޖުމްލަކޮށް ވަރަށް ގިނަވާހަކަ ބުނެވިފައެބައޮތް...
ވާނުވާ
06 February 2017
ހެލޯ މިހާރު، މި ދިޔަ އަހަރު ރާއްޖެ އައީ 1،286،135...!! 1.3 މިލިއަން ހަމައެއްނުވޭ! ރާއްޖެއައި ފަތުރުވެރިންގެ އަދަދު 4.2 އިންސައްތަ އިތުރުވި ނަމަވެސް ރިސޯޓް ސެގްމެންޓުގެ އޮކިއުޕަންސީ ވަނީ 2.3 އިންސައްތަ ދައްވެފަ. 2015 އިގަ ވެސް މި ސެގްމެންޓުގެ އޮކިއުޕެންސީވަނީ އޭގެ ކުރީ އަހަރަށްވުރެ ދަށް ވެފަ. މި ހިނގާ 2017 ވަނަ އަހަރު ރާއްޖޭގެ ރިސޯޓުްތަކުގެ އޮކިއުޕެންސީ 2016 އަށް ވުރެ ދަށްވާނެ! ރިސޯޓުތައް މިއަހަރު ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވާނެ. މީގެ ސަބަބުން މުޅި މާރކެޓަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
06 February 2017
ސިޔާސަތު: ޚާރިޖީ / ދާޚިލީ ސާފްވާން ބޭނުންވާ ރައްޔިތުން ފިސާރި ގިނަ. ސިޔާސަތު: އިއްތިސާދީ ސާފްވާން ބޭނުންވާ ރައްޔިތުން ފިސާރި ގިނަ. އިސްލާމީ ޝަރީއަތ / ސިޔާސަތު ސާފްވާން ބޭނުންވާ ރައްޔިތުން ފިސާރި ގިނަ. ސިޔާސީ ފެންފިލާ މަތީ ތިއްބެވި ބޭ ބޭ ފުޅުންނަށް 2018 އުދަރެހުން ފެންނަކަމަށް ބުނުއްވާއިރު ކުބަށް އަރާ ވިންޓަރ ސަމަރ އޯޓަމް ލިބޭ މުއަށްސިސްއަށް 2018 އުދަަރެހުން ފެނުމަކީ ނާދިރުކަމެއް ނޫނެވެ.
މނ
06 February 2017
ހުވަފެން ތޯ
އަސްލުވެސް
06 February 2017
ތި ރިސޯޓުތައް ހުޅުވައިގެން މޮޅު ލިބެނީ އެރިސޯޓްތަކުގެ އޯނަރުންނަށް. އާދައިގެ މީހާއަށް ނުވަތަ ކުދި ވިޔަފާރިވެރިންނަށް ލިބޭ އެއްވެސް ފައިދާއެއް ނެތް.
މުށްބާރު
06 February 2017
ރިސޯޓު ތަކުގެ ވާހަކަ ދައްކާކަށް ރައްޔިތުންނަކަށް ނޭނގޭނެ މިއުޅެނީ އެރަށްރަށް ގަތީ ކާކުންވެސް ނޭނގިގެން އެއީ އިއުލާނުކުރަން ޖެހޭ ކަމެއް ނޫން
މުޝްތާޤް
06 February 2017
ވަރަށްވެސް އުފާވެރި ޚަބަރެއް. ބޭރު މީހުނަށް ހުޅުވިފަ ހުރި ދޮރުތައް ގިނަވާނީ. ކޯޓާ: ބޭރުމީހުން : 55% ދިވެހިންގެ ރޭށިއޯ 45%. ކިހާރަގަޅު