އިޒްރޭލުން މިހާރު ގާޒާ އަށް ދެމުންގެންދާ ހަމަލާތަކުގައި މަރުވި މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ދަނީ
15 އޮކްޓޯބަރ 2023 - 10:15
ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ގާޒާގައި އިޒްރޭލު ސިފައިން ކުރަމުންދާ ހަނގުރާމައަކީ، ފަލަސްތީނުގައި ދިރިއުޅޭ އަރަބި އިސްލާމީ ދަރިކޮޅުގެ ނަސްލު އެ ބިމުން ނައްތައިލުމުގެ ހަނގުރާމައެއް ކަމަށް، އދ.ގެ ޚާއްސަ ރެޕަޓުއާ އިއްޔެ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ބިންތަކުގައި އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް އދ.ގެ ފަރާތުން ކަނޑައަޅާފައި ހުންނަވާ ޚާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނޭޒީ ވިދާޅުވި ގޮތުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ގާޒާގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ނުރައްކަލެއްގަ އެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުޖްތަމައުން މެދުވެރިވެގެން، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓުވުމަށް އޭނާ ގޮވައިލެއްވި އެވެ.
"މިހާރު ހިނގަމުންދާ ހަނގުރާމައިގައި، އިއާދަ ނުކުރެވޭނެ ފަދަ ހާލަތެއް މެދުވެރިވުމުގެ ކުރިން، މި ހަނގުރާމަ ވަގުތުން ހުއްޓުމަށްޓަކައި އދ. މަޖިލީހާއި އެ މަޖިލީހުގެ މެމްބަރު ގައުމުތަކުން، އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ޚާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނޭޒީ ވިދާޅުވި އެވެ.
"މި އަނިޔާވެރި ޖަރީމާތަކުން ރައްޔިތުން ދުރުހެލިކޮށް ހިމާޔަތް ކުރުމަކީ ބައިނަލްއަގުވާމީ މުޖްތަމައުން އުފުލަންޖެހޭނެ ޒިންމާއެއް. އިޒްރޭލުގެ އިސްތިއުމާރީ ލަޝްކަރުތަކުންނާއި ހަމާސް ޖަމާއަތުން ވެސް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލައި އެ ފަރާތްތައް ޒިންމާދާރު ކުރުވަންޖެހޭނެ."
އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައިވާއިރު، ފަލަސްތީނުގެ ބަޔަކު ކާ އެއްޗިހިތަކެއް ހިފައިގެން ދަނީ.-- ފޮޓޯ: އޭއެފްޕީ
އޭނާ ވިދާޅުވި ގޮތުގައި ގާޒާގައި މިހާރު ހިންގަމުންދާ ޖަރީމާތަކުން ފެންނަނީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ އެމީހުންގެ ބިމުން ފައްސައިލުމަށް މީގެ ކުރިން އިޒްރޭލުން ހިންގި ފަދަ ޖަރީމާތަކެއް ތަކުރާރުވާން އުޅޭ ފަދަ މަންޒަރެކެވެ.
"މިހާރު އަހަރެމެންނަށް ގާޒާ އިން ފެންނަމުން އެދަނީ، 1948 ވަނަ އަހަރުގެ ނަކްބާ އާއި 1967 ވަނަ އަހަރުގެ ނަކްސާ އަލުން ތަކުރާރުވާން ކައިރިވަމުން ދާ ފަދަ މަންޒަރެއް. މިކަން އަލުން ތަކުރާރުވުމުގެ ކުރިން މިކަން ހުއްޓުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ބައިނަލްއަގުވާމީ މުޖްތަމައުން ކުރަންޖެހޭނެ."
އިޒްރޭލުގެ ދައުލަތް ގާއިމުކުރުމުގެ މަރުހަލާގައި (1947-1949) ފަލަސްތީނުގެ ބިމުން މުސްލިމުން ފައްސައިލުމަށް، ޒަޔަނިސްޓު ޔަހޫދީ ސިފައިން ހިންގި ލާއިންސާނީ އަމަލުތަކަކީ، ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވި އެންމެ ވޭން ދެނިވި މުސީބާތުގެ ގޮތުގައި ފާހަގަކޮށް، އެ ހާދިސާ މަޝްހޫރުވެފައިވަނީ ނަކްބާ (މުސީބާތް)ގެ ނަމުގަ އެވެ. ނަކްބާގެ ތެރޭގައި، ފަލަސްތީނުގެ 750000 އަށް ވުރެ ގިނަ މީހުން، އެމީހުންގެ ގެދޮރުން ނެރެ ފައްސައިލި އެވެ.
އޭގެ ފަހުން، އަރަބިންނާއި އިޒްރޭލާ ދެމެދު 1967 ވަނަ އަހަރު ހިނގި ހަ ދުވަހުގެ ހަނގުރާމައިގައި، އަރަބިންގެ މައްޗަށް އިޒްރޭލު ކާމިޔާބު ހޯދައި، އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ބިންތަކުގައި އުޅުނު ފަލަސްތީނު މީހުން އެމީހުންގެ ގެދޮރުން ނެރެ، ހުޅަނގު އައްސޭރި އާއި ގާޒާ އަށް ފޮނުވައިލުމުގެ މާއިންސާނީ އަމަލުތައް ހިންގި ދުވަސް މަޝްހޫރުވެފައިވަނީ، ނަކްސާ ދުވަހުގެ ނަމުގަ އެވެ. އެހަރަކާތުގެ ތެރޭގައި ފަލަސްތީނުގެ 350000 އަށް ވުރެ ގިނަ މީހުން އެމީހުންގެ ގެދޮރުން ނެރެ ހުޅަނގު އައްސޭރި އާއި ގާޒާ އަށް ފައްސައިލި އެވެ.
ގާޒާގެ ކުޑަކުދިންތަކެއް،
"ހަނގުރާމައިގެ ހިރަފުސްގަނޑުގެ ތެރޭގައި އިޒްރޭލުން މީގެ ކުރިން ވެސް ވަނީ، ފަލަސްތީނުގެ ނަސްލު ފޮހެލުމުގެ ހަރަކާތްތަކެއް ވަރަށް ފުޅާ ގޮތެއްގައި ހިންގާފައި. އަނެއްކާ މިހާރު އިޒްރޭލުން މަސައްކަތް ކުރަމުން އެދަނީ، އަމިއްލަ ނަފްސުގެ ދިފާއުގައި ކަމަށް ބުނެ، ފަލަސްތީނުގެ ނަސްލު ފޮހެލުމުގެ އަމަލުތަކެއް ހިންގަން ތައްޔާރުވަމުން،" އދ.ގެ ޚާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނޭޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލުން މިހާތަނަށް ހިންގި އަސްކަރީ ކޮންމެ ހަރަކާތެއް ވެސް ވަނީ ބައިނަލްއަގުވާމީ ގާނޫނުތައް ފަހަނަޅައި ގޮސްފަ އެވެ. އަދި މާޒީގައި އިޒްރޭލުން ހިންގާފައިވާ ފަދަ ހިތާމަވެރި އަމަލުތަކެއް ތަކުރާރުވުމުގެ ކުރިން، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، ފާޅުގައި އިޒްރޭލުން ހިންގާ މިފަދަ އަމަލުތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވަންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދާ ހަނގުރާމަ ފެށުނުތާ ހަ ވަނަ ދުވަހު (އޮކްޓޫބަރު 7، 2023) އިޒްރޭލުން ވަނީ، ގާޒާގެ އުތުރު ސަރަހައްދުގައި ދިރިއުޅެމުން އަންނަ ފަލަސްތީނުގެ 1.1 މިލިއަން މީހުން އެ ސަރަހައްދުން ފައިބައިގެން ދިއުމަށް 24 ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ. އެ މުހުލަތު ހަމަވުމަށް ފަހު އިޒްރޭލުގެ އެއްގަމު ސިފައިން ގާޒާގެ އުތުރު ސަރަހައްދަށް އަރައި، އެ ސަރަހައްދުން ފެންނަ ފަލަސްތީނުގެ ކޮންމެ މީހަކަށް ހަމަލާ ދީ ނުވަތަ ބިރު ދައްކައި، އެ ސަރަހައްދުން ފައިބައިގެން ދިއުމަށް ދަނީ މަޖުބޫރު ކުރަމުންނެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ފަށާފައިވާ ހަނގުރާމަ އަށް މިއަދަށް ނުވަ ދުވަސް ވެގެން ދިޔައިރު، ހަމާސްގެ ހަމަލާތަކުގައި މަރުވި އިޒްރޭލު މީހުންގެ އަދަދު މިހާރު ވަނީ 1400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 280 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. މީގެ އިތުރުން އިޒްރޭލުގެ 3800 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އިޒްރޭލުން ގާޒާ އަށް ދިން ވައިގެ ހަމަލާގައި ގެތަކެއް ބިމާ ހަމަވެފައި.-- ފޮޓޯ: އޭއެފްޕީ
އެ ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އިތުރު 9500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި 800 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.
މީގެ އިތުރުން، ހުޅަނގު އައްސޭރި އަށް ދެމުންދާ ހަމަލާތަކުގައި އެ ސަރަހައްދުން ވެސް ފަލަސްތީނުގެ 54 މީހަކު ޝަހީދުވެ އިތުރު 1100 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހުޅަނގު އައްސޭރި އަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ފަލަސްތީނުގެ އެތައް ޒުވާނުންނެއް ހައްޔަރުކޮށްގެން ގެންގޮސްފައިވެ އެވެ.
އދ. އިން އިއްޔެ ބުނި ގޮތުގައި ވައިގެ މަގުންނާއި އެއްގަމު މަގުން އަދި ކަނޑު މަގުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް، 1300 އަށް ވުރެ ގިނަ އިމާރާތް ވަނީ ބިމާ ހަމަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާއިބްރީ
16 October 2023
ޔޫރަޕުން ގެނަޔަސް ޔަހޫދީއަކީ އިސްހާޤްގެފާނުގެ އިސްރާއީލްގެފާނުގެ ދަރިކޮޅު މީހުން. ދިވެއްސަކު ކޮންމެ ތާކުން ގެނަޔަސް ވާނީ ދިވެއްސަކަށް. ޔަހޫދީން ޔޫރަޕަށް ގެންދިޔައީ ރޫމީން ޤުދުސް އަންދާލުމަށް ފަހު. ދެން ޤުދުސަށް އަނބުރައި ގެނައީ 1947ގަ އަލިފުދާލުން.. މައްސަލަ؟
ބުނެލަން
16 October 2023
ހާއިބުރީ...ތަނަކު އަދި ޔަހޫދީއެއް ހުއްޓަސް އެމީހަކު ނުވާނެ ބަނީ އިސްރާއީލުގެ ދަރިކޮޅުގެ މީހަކަށް...މިސާލަކަށް ދިވެހި ރާއްޖޭގެ މީހަކު ޔަހޫދީ ދީނަށް ވަނީމަ އޭނަ ވޭތަ ބަނީ އިސްރާއީލު މީހަކަށް..އެހެންވެ މިބުނަނީ އިޒުރޭލުގަ މިހާރު އެތިބަ ޔަހޫދީންނަކީ ޔޫރަޕުން ހިޖުރަކުރި ޔަހޫދީން..އޭގެތެރޭގަ ފަހަރުގަ ހުރެދާނެ ބަނީ އިސްރާއީލުގެ ދަރިކޮޅުގެ މީހެއް..
ޒަރީރު
16 October 2023
ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ގުޅުން އެއްގައުމު އަނެއްގައުމާއި މިއިން ދުވަހަކު ދުރުނުވާވަރަށް ވަނީ ދުރުވެފައި. ޔޫއެން ގެ ބޭނުން ކެޑި ދުނިޔެވަނީ 3 ވަނަ ބޮޑުހަގުރާމައަކަށް ކުރިމަތިވެފައި. އެމެރިކާގެ އާއި އިޒްރާއިލް ލީޑަރޝިޕް ބަދަލުކޮއްގެން ނޫނީ ފަލަސްތީނުގެ މައްސަލަހަމަނުޖެއްސޭނެ. އިންސާނީ ނަސްލުހިމާޔަތްކުރާ އިންސާނީ ވަންތަކަން ކުރިއަރުވާނެ ބަޔަކު ބޭނުންވަނީ ދުނިޔެއަށް މިވަގުތު.
ޖާހިދު
16 October 2023
މި ހަގުރާމަ ފެށީ ހަމާސް އިން. . އިޒުރޭލުން ގާޒާ ހިފީ އަރަބިން ފެށި ހަގުރާމައިގައި 1967ގައި. ހަގުރާމައިގައި މޮޅުވާބަޔަކު ހިފޭ ތަންތަން ޢަނީމާ ކުރޭ. 2005 ގައި އިޒުރޭލުން ގާޒާއިން ފޭބި. މިހަގުރާމައިގަ އަލުން ގާޒާ ހިފުން އެކަށީގެން ވޭ.
އއމނ
16 October 2023
ހެޔޮ ނުވާނެ ހިސްޓްރީ ރަނގަޅަށް ބަލާ ދިރާސާ ކޮށްފަ ވާހަކަ ދައްކާ. ގާޒާއިން ފޭބީ ފާޒާ ބަންދު ކޮށްފަ، އެތަނުގެ ފެނާއި ކަރަންޓާއި ވަށާ ފާރު ރާނާ އެމީހުން އެތާ އަސީރު ކޮށްފަ.
ނަތަންޔާހޫ
16 October 2023
ރަގަޅަށް ބަލާބަ. އެމީހުން ކަށި ނަރުދަމާގެން ބަންދު ކުރީ ގާޒާއާއި އިޒްރޭލް ގުޅޭ ބޯޑަރު. ރާއްޖެ ލަންކާ ބޯޑަރު ވެސް އޮންނަނީ ބަންދުކޮށްފަ. ލަންކާއިން ރާއްޖެއަށް ފެން ކަރަންޓް ނުދޭ. މިސައިލް އުފެއްދޭ އިރު ހަމާސްއަށް ފެނާ ކަރަންޓް ނޫފެއްދެނީ ކީއްވެގެން. ޣައްޒާއާއި ބޯޑަރު އިންވެގެން އޮވޭ މުސްލިމް އަރަބި ގައުމެއް މިސްރު. އެ މީހުން ތިޔާ އެއްވެސް އެއްޗެއް ނުދެނީ ކީއްވެ
ކޮމެންޓު
16 October 2023
މިތާގެ އިޒްރޭލައް ވާގިދީ ކޮމެންޓް ކޮށްފަ މިތިބީ ސިކުނޑި ދޮވެވިފަ ތިބިބައެއް
ހަގުރާމައިގެ ހިތި!
16 October 2023
މިއީ ހަގުރަަމައެއް. ހަގުރާމަ ތަކުގައި މީހުން މާރާ، ފޭރި ގަނީމާ މުދަލައްވަނީ! ހަގުރާމަ އަބަދުވެސް ކުރޭ! ނުކުރާ ބަޔަކު ނެތް. އެވަގުތަކު މޮޅުވާ ބަޔަކު ތާރީހުގަ ލިޔަނީ އެބަޔަކު “މޮޅު އުކުޅުތައް ބޭނުން ކޮއްގެން ފަތަހަ ކުރީކަމައް” ކިޔާފަ! ހަގުރާމަ ތަކުގައި އަބަދުވެސް ލާއިންސާނީ އަމަލު ތައް ގިނަ! ތިބިމުގާ ނަސްލު ނައްތާލަން ވެގެން އެއްބަޔަކު އަނެއްބަޔަކާ ހަގުރާމަ ކުރާތާ އެތަކެއް 1000 އަހަރު ވެދާނެ!، ތިކަން ނުހުއްޓޭނެ ކުރިޔައް އޮތް 10000 އަހަރުވެސް!
ވިސްނާލާ.
15 October 2023
ދިވެއްސަކަށް އަދި (ނަމުގައި ވިޔަސް) މުސްލިމަކަށްވެހުރެ އަނިޔާވެރި ޔަހޫދީންގެ ލޭއޮހޮރުވުމަށް ތާއީދުކޮށް ވާހަކަ ދެކެވުމަކީ، ތައުލީމީ ނިޒާމް އަދި މައިންބަފައިންގެ ތަރުބިއްޔަތު ފެއިލް ވެފައިވާ މިންވަރު ހާމަވެގެންދާ ކަމެއް، ހިތާމަހުރި...
ރަދީފްއޮފިޝަލް
16 October 2023
ޔަހޫދީންގެ ލޭއޮހޮރުވުމަށް ތާއީދު ކުރަނީއެއްނޫން، ހަމަ އެފަދައިން ހަމާސް ޖަމާއަތުގެ ލޭއޮހޮރުވުމަށްވެސް ތާއީދެއްނުކުރަން. އިޒްރޭލު މީހަކު މަރާލައިފިނަމަ ފަލަސްތީނުން އޭގެ 10 ގުނަމީހުން މަރާލާނެކަން އެގިހުރެ އިސްވެ ލޭއޮހޮރުވި މީހުނަށް އެގެންޖެހޭނެ.
ސިކުނޑި
16 October 2023
އެއީ ތި ފަތުރާ ޕްރޮޕެގެންޑާގަ ނުޖެހި އަމިއްލަ ސިކުނޑިން ވިސްނާ މީހުން. ރަގަޅަށް ކިޔެވީ މީހުން. އެހެންޏާ ފަހެ ހަމާހުން އިޒްރޭލަށް ހަމަލާދީ ކުޑަކުދިން އަންހެނުން ޢާންމުން މަރާ ކަމަށް ރާއްޖޭގެ ނޫސްތަކުން ހަބަރު ފޮނުވާތާ ހަފްތާއެއް ފަހުން އިޒްރޭލުން ޣައްޒާއަށް ހަމަލާދިނީ. ޢަހަރެމެން ކިޔަންވީ ހަމާސް ރަގަޅޭ.
ބުރެއިން ވޮޝް
16 October 2023
"ރަނގަޅަށް" ކިޔެވިގެން އަމިއްލަ ސިކުނޑި ދޮވެވުނީމަ ދެން ތިޔަ ކަހަލަ ވިސްނުން އަންނާނީ، ޔަހޫދީންގެ އަނިޔާވެރިކަމާއި، މަކަރުވެރިކަމާއި ޙީލަތަކީ ދުނިޔެއަށް އާ ކަމެއްނޫން، ތަންދޮރު ދަންނަ އެތައް މިލިޔަން ޢައިރު މުސްލިމުންވެސް މިކަން ގަބޫލު ކުރޭ، ދެން މި އެންމެން ހަމަ ޕްރޮޕެގެންޑާގަ ޖެހުނީ؟
މިފަހަރު
15 October 2023
ތިއީ ހުއްޓަން ބާރުއަޅަންވީ ހަނގުރާމައެއް ނޫން. މިފަހަރު ކޮޅެއްގަ ޖައްސަން އެހެން ގައުމުތަކުންވެސް ވަންނަންވީ ހަނގުރާމައެއް މިހާރު ތިއީ. ތިއީ އެއްވެސް ގޮތަކަށް ހަމަނުޖެހުނު މައްސަލައެއް. ހުރިހާ މުސްލިމް ވެރިން ފުންކޮށް ވިސްނާ އެކަތިގަނޑަކަށްވެ އިޒްރޭލާ ދެކޮޅަށް ތެދުވަންވީ ވަގުތު މިއީ.
ދޮން ހަސަނު
15 October 2023
ކިހިނެއް ހުއްޓުވާނީ. އެމެރިކާ އެމީހުންނަށް ބާރުދެނީ. އަރަބި ޤައުމުތަކަށް އެއްޗެއް ބުނަން އަދި ކަމެއް ކުރާކަށްވެސް ނުކުރެ. މަހިތަށްއަރާ އަރަބި ޤަޢުމުތަކުގެ ވެރިންނަށް މިތިބީ ކިހިނެތްވެފައި ބާއޭ.
ޢަރަބިން
16 October 2023
އަހަރެމެން މިހުނަނީ މިފަހަރުތީ ފަލަސްތީން މީހުން އަމިއްލަޔަށް ބުއި ބޮނޑިޔެކޭ.
އއމނ
16 October 2023
މުސްލިމުން، އިންސާނުންނަށްވެ ތިބެ ތިހުރީ ދައްކާ ވާހަކަ. އަމިއްލައަށް ބުއި ބޮނޑި އެކޯ. އަޅެ ތިބޭފުޅާ ތަނެއްގަ ހައްޔަރުކޮށް، ކުރިމަތީ އާއިލާ އަށް އަނިޔާ ކުރާ މަންޒަރު ބަލަން ހަމަ ހުންނާނަން؟ ސަލާމަތް ވާން ކުޑަ ވެސް މަސައްކަތެއް ނުކުރާނަން؟ އަނިޔާވެރި މީހުން މަރާފަ ވިޔަސް ސަލާމަތްވާން ނޫޅޭނަން؟
ސިއޯން
15 October 2023
ހަގުރާމަވެރި ބަޔަކު ގައުމަކަށް އަރައި ހަތިޔާރާ ނުލައި ތިބި އާއްމުންގެ 1400 މީހުން މަރާލައިފި ނަމަ އެ ހަގުރާމަވެރިން ފަހައި ގޮސް ތިބި ތަނަކުން ނެރެ އަދަބު ދިނުމަކީ އެ ގައުމެއްގެ ވަލިއްޔުލް އަމުރު އަކަށް ހުންނަ މީހަކު ކުރަން ޖެހޭނެ ކަމެކެވެ. އިބޫ އަކަސް މުއިޒަކަސް ނަތަންޔާހޫއަކަސް އެކަން އޮންނާނީ އެހެނެވެ.
ކިހާ އިންސާފުވެރި
15 October 2023
ދެން ކޮބައިބާ އިޒުރޭލު ސިފައިން ކޮންމެ ދުވަހަކު މަރާލާ ނުވަތަ ގެއިން ބޭރުކޮށް ބިންކޮޅު އަތުލާ ނިކަމެތި ފަލަސްތީނު މީހާގެ ހައްޤު..؟؟އެމީހާ ހުންނަންވީ ރޮއެރޮއެ ބަދަލުގަ އެއްވެސް ކަމެއް ނުކޮށް! ދިފާއުގަ ނުކުތީމަ މިގޯސްވީ 75އަހަރު ވަންދެން އަނިޔާ ލިބެމުންދާ ފަރާތްތައް ދޯ؟؟ ނޫނޭވާ ކަލެއަށް ސާބަސް..ތިހުންނަނީ ހަމަ ނަތަންޔާހޫގެ ހަމަޔާ އުސޫލު.
ދޮން ހަސަނު
15 October 2023
ކަލޭތީ ޔަހޫދީއެއްތަ. ޔަހޫދީ ދަޢުލަތަށް ބާރުދީ ވާހަކަ ދައްކާހެން ހީވާތީ.
1947
15 October 2023
ތިބުނާ 75 އަހަރުގެ ފުރަތަމަ އަހަރު ވެސް ފުރަތަމަ ހަމަލާ ދިނީ ޢަރަބިން. ޢިޒްރޭލް ނައްތާލަން. ތާރީޚް ކިޔާބަ. އެދުވަހު އެމީހުނަށް ކާމިޔާބްވީ ނަމަ އަދަކު އިޒްރޭލެއް ޔަހޫދީނެއް ނުތިބޭނެ.
އެނގިއްޖެތަ
16 October 2023
1947@ އަރަބިން ހަމަލާދިނީ ކީއްވެތޯ ފުރަތަމަ ބަލާލަބަލަ...އަރަބިން އިޒުރޭލާ ދެކޮޅަށް ހަމަލާ ދިނީ ފަލަސްތީނުންނާ ދެކޮޅަށް އެތަށް ޖަރީމާތަކެއް ހިންގީމަ އެކަމުގެ ބަދަލުގަ..ރީތިކޮށް ބަސްއަހައިގެން ތިއްބައެއް ނޫން އަރަބިން ނުކުމެ ހަމަލާ ދިނީ..
ނޭގޭ
16 October 2023
އެނގިއްޖެތަ ކަލޭ ބަލާބަލަ ކާކު ތޯ އިސްވެ އަނިޔާ ދިނީ