ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި، ހޯމް މިނިސްޓަރު އިމްރާން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
16 އޮކްޓޯބަރ 2023 - 23:43
އިސްލާމީ އުއްމަތް ނިކަމެތިވެފައިވާ ހާލަތާ މެދު ހިތާމަކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވަމުން، އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވިދާޅުވީ ދުނިޔޭގެ ކޮންމެ ތާކު ހުރި ކަމުގައި ވިޔަސް މުސްލިމުންނަކީ ލޭގެ ގުޅުމާއި ރަހިމުގެ ގުޅުމަށް ވުރެ މާތް ގުޅުމެއްގެ ބައެއް ކަމަށެވެ. މައިންބަފައިންގެ މައްޗަށް އަދާކުރަންޖެހޭ ހައްގުތައް ވެސް، މުސްލިމަކަށް ވީތީ އަދާކުރަންޖެހޭ ހާލަތްތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ލާއިންސާނީ އަމަލުތަކަށް އަމާޒު ކުރައްވައި ދީނީ އިލްމުވެރިޔާ ވިދާޅުވީ އިސްލާމީ އުއްމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައި އޮތް ހާލަތު މުސްލިމަކަށް ވީތީ ހިތާމަކުރަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ.
އެކަމުގެ ހަގީގަތަކީ އީމާންކަން ބަލިކަށިވެފައި އޮތް މިންވަރު އަދި މުސްލިމް އުއްމަތާ ދޭތެރޭގައި އިހުސާންތެރިކަން ނެތް މިންވަރު ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން އިސްލާމީ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި، ސްކޫލު ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އޭނާ ވިދާޅުވީ އެ އިހުސާންތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި ހާއްސަކޮށް މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާގައި ދިރިއުޅޭ މީހުންގެ ހާލަތާ މެދު ފިކުރު ކުރަންޖެހޭ ކަމަށެވެ. އަގްޣާނިސްތާނަށް އެއް އަހަރުގެ ތެރޭގައި އެޅި ބޮން، އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވާއިރު، 3،000 އެއްހާ މީހުން ޝަހީދުވެފައިވާކަން ފާހަގަކުރެއްވި އެވެ.
އެއްބަނޑު އެއްބަފާ މީހަކަށް މި ކަހަލަ ކަމެއް ދިމާވާއިރު މަޑުން ތިބެވޭނެތޯ ސުވާލު އުފައްދަވައި އިމްރާން ވިދާޅުވީ މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށާއި އެއް ގުނަވަނުގައި ވޭން އެޅުމުން މުޅި ހަށިގަނޑު ނިދިން މަހުރޫމް ކުރާ ކަމަށެވެ. މި އުއްމަތަށްޓަކައި ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް އެބައޮތް ކަމަށެވެ.
މުއުމިނު އަޅަކު، އޭނާ ނެތް ތަނުގައި ކުރާ ދުއާ އިޖާބަ ކުރައްވާ ކަމަށާއި މާތްﷲގެ މަގުގައި ހޭދަކުރެވެން ހުރި ވަރަކަށް ހޭދަކޮށް، ފަލަސްތީނަށް އެހީވުމަށް އިމްރާން އެދިވަޑައިގަތެވެ.
އިސްލާމީ އުއްމަތުގައި ދެ ބިލިއަން މީހުން އުޅޭއިރު، އެ ދީނަށް އަލަށް ވަންނަ މީހުން ވަރަށް ގިނަވިޔަސް، މިނިސްޓަރު ވިދާޅުވީ، އެއީ ވަރަށް އުނދަގޫ އަދި ވަރަށް ގިނަ ކަންކަން ދަސްކޮށްގެން އުޅޭ ދީނެއްކަމަށް ޒުވާނުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، އެ ދީނަށް އަސްލު ވަނުމަކީ އުނދަގޫ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މި އޮތް އިސްލާމް ދީން އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދޭން ޖެހޭ ކަމަށާއި ދީން ފަތުރައި ދީނަށް ލޯބި ޖެއްސިއަސް އެންމެންނަކީ އެއް ވަރަށް ދީން އެނގޭނެ ބައެއް ނޫން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެކަމަކު، އެކަމާ ހުރެ އަނެކުންގެ މައްޗަށް ބަދު ބަސް ބުނެ، ނިކަމެތިކޮށް އިހާނެތި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުންބޯ
18 October 2023
ކަލޭ ތިއުޅޭ ގޮތުން ވެސް އަހަރުމެން ހިތާމަ ކުރަން.
އއަޔ
18 October 2023
ވަރަށްދެރަ މިހާރު އިސްލާމީ ގައުމުތަކަށް ޔަަހޫދީން އެހަދަނީ ހަމަ ހިތުހުރިގޮތެއް
މިވަރެއްނެތް
18 October 2023
އިމްރާނުމެން ކަހަލަ މަގާމަށް ކުފޫހަމަނުވާ މީހުން މުސްލިމް ގައުމުތަކުގެ ވެރިންނަށް އައްޔަކުރުމުން އެފަދަ ގައުމެއް ކުރިއަރަނާނެގޮތަކީ ނެތްގޮތެއްދޯ؟ ނާގާބިލު ވެރިންނަށް ގާބިލު، ކާމިޔާބު ގައުމިއްޔަތަށް އުފެއްދޭނެގޮތެއް ނޮއޮންނާނެދޯ؟
ލޮއްލަ
17 October 2023
އުއްމަތް ހަލާކުވެގެން ދިޔައީ މިކަހަލަ ދީން ވިއްކާ ހިމާރުންގެ ސަބަބުން
LaamuonlineDOTcom
17 October 2023
ސަރުކާރުގަނޫންތަ އިމުރާނުތިޔަހުރީ، އެންފަހަރުވެސް އިސްނަގަންވީނުން އަރަބިގައުމުތައް އެއްމޭޒެއްދަށަށްގެނެސް ތިޔަމައްސަލައަށް ދާއިމީހައްލެއްހޯދަން، ކީއްވެ މިވަރުކަމެއްނުކުރެވެނީ؟ ގައުމެއްގެ ސަރުކާރުން އުޅެފިއްޔާވާނެތާ! ކޮންމެމީހަކުވެސް ކޮންމެވެސް މޮޅުއަނގައެއްތެޅޭތޯބަލަނީ! އެއްހަށިގަނޑެކޭ އެޔެކޭމިޔެކޭ ކިޔާލާފަ ނިންމާލަނީ، ކުޑަކުދިންނާ އަންހެނުންތައްމަރާއިރު ގައުމުތަކުގެ އިސްމަގާމުތަކުގައި ތިބި އިމުރާނު ފަދަމީހުންގެ ޒިންމާއެއްނޯންނާނެތޯ؟
ވަވރ
18 October 2023
ވ ރަނގަޅުވާހަކައެއް. މަސައްކަތެއް ކުރެވިދާނެން އެކަމައްވެސް
ޖޯކް
17 October 2023
އަމިއްލަ ހާލަތު ނުފެންނާނެ. މިމީހުނަށް އުންމަތް ފެންނާނީ ކޮންމެވެސް ބޮމެއް އެޅީމަ. މީޑިޔާގެ އެޓެންޝަން ހޯދަން މޮޅު ވާހަކަ ދއްކާނެ. ފަލަސްތީނު މީހުން އަބަދުވެސް އެހާލުގަ، މީގެންމީހެއްގެ އަޑެއްއިވޭ؟ ބޮންއެޅީ އެވީ ހޮރުހޮރުން ނިކުންނަން. ދެން ފޭކު ދެރަވުމެށް ދައްކާނެ އުންމަތޭ ކިއައިގެން. ދައުލަތުން ކާހާ ލާރިން އުންމަތަށް ދިއްކޮށްލާނެ ބައިރުފިޔާއެއްވެސް އޮވޭބާ؟ މިކަހަލަ މީހުންވީ ސަރުކާރުން ދުރުކޮށްފަ އެކްސްޕޯޒް ކުރަން.
ދަންމަރު
17 October 2023
ކަލޭ ތީ ދެން އަޅެ ކާކު އިސްލާމީ އުންމަތޭ ކިޔާފަ އަގަ ހުޅުވަން؟؟؟ ހަމަ މުނާފިގު ތުބުޅިއެއް ބެހެއްޓީމަ ދީނާ އަދި އިސްލާމީ އުންމަތާ ބެހޭގޮތުން ބަސްބުނަން ކަލެއަށް ލައިސަންސް ލިބޭ ދޯ؟ ދީނާ އުންމަތާ ބެހޭ ގޮތުން ބަހެއްވެސް ނުބުނެ މި ގައުމަ ހުންނަންޖެހޭ ހަމައެކަނި މީހާ ތީ. އެއީ އެވަރުގެ އިލްމެއް ލިބިފަ ނެތްތާކު ދީނާ ގައުމު ވިއްކައިގެން ކައިގެން އުޅެނިކޮށް ރައްޔިތުން ސައްޕު ޖަހާފަހުރި މީހަކަށްވާތީ.
ކަނބިލި
17 October 2023
އުއްމަތުގެ ހަލާކަކީ ބުނާބަހާއި އަމަލާ ދިމާނުވާ މީހުން ގިނަވެގެން. އަމިއްލަ ސިޔާސީ މަސްލަހަތު އިސްކޮށް ލަދުހޔާތް ކެނޑުން
ގުދުގުދާބެއްޔާ
17 October 2023
އިސްލާމީ ގައުމުތަކުގެ ވެރިންނަކީ ވެރިކަމާ ހެދި އުޅޭބައެއް! މީހަކު އަމިއްލަޔަށް ހަތިޔާރެއް ހެދިޔަސް ސަރުކާރުން ފެކްޓަރީއަށް އަޅާ އޭނާ ކަހަލަ މީހުން އުފެއްދުމުގެ ބަދަލުގައި އޭނާ 17 އަހަރަށް ދާންޖެހޭނީ ޖަލައް! ޖަލައް އޭނާ ލަނީ ވެރިކަން ވައްޓާލަން ހަތިޔާރު ބޭނުންކޮއްފާނެތީ! ދެވަނަ އެހެން ކަމެއްގައެއްނޫން!
މޭސްތިރި.
17 October 2023
އިސްލާމީ އުންމަތުގެ ހަލާކަކީ އަމިއްލަ އެދުން ބޮޑު މުނާފިގުން ގިނަވުން.