17 އޮކްޓޯބަރ 2023 - 18:58
ބަންގްލަދޭޝް އަތުން 2-1 ން މިއަދު ބަލިވެ، ވޯލްޑް ކަޕް ކޮލިފައިން ރާއްޖެ އަށް ޖާގަ ގެއްލިއްޖެ އެވެ.
އޭޝިއާ ޒޯންގެ ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގެ ދެވަނަ ލެގް މެޗުގައި މިއަދު ޑާކާގެ ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅުނު މެޗު، ރާއްޖޭން ފެށީ ރަނގަޅު ގޭމެކެވެ. އެޓޭކިން ތާޑްގައި ބަންގްލަދޭޝްގެ ފަހަތަށް ރާއްޖޭން ބާރުބޮޑު ކުރި އެވެ.
އެކަމަކު ކައުންޓަ އެޓޭކު ފުރުސަތެއްގައި ބަންގްލަދޭޝްގެ ރާކިން ހުސައިން މެޗުގެ 11 ވަނަ މިނެޓްގައި އެ ޓީމަށް ލީޑް ނަގައި ދިނެވެ.
ފުރަތަމަ ހާފުގައި، އިބްރާހިމް އައިސަމްގެ ލަނޑުން ރާއްޖޭން ނަތީޖާ ހަމަހަމަ ކުރި އެވެ. އެކަމަކު ދެވަނަ ހާފު ފެށިގޮތަށް މުހައްމަދު ފައިސަލް އަހުމަދު ފާހިމް ބަންގްލަދޭޝް އަށް ލީޑް ނަގައި ދިނެވެ.
މެޗުން މޮޅުވެ ބަންގްލަދޭޝް ވަނީ ކޮލިފައިންގެ ގޫރޫޕް އައި އިން ޖާގަ ހޯދާފަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ އާއި ލުބުނާން އަދި ފަލަސްތީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެބުރު،،،!
19 October 2023
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ ، السلام عليكم ( ދަގޭ ، ސްޓީލް މޭން ނުވަތަ އަޔަން މޭން ) މީހަމަ މިއޭޝިޔާގަވެސް އަދި މުޅިދުނިޔޭގަވެސް މޮޅުކުޅުންތެރިއެއް ٱلْحَمْدُ لِلَّٰهِ ،، އެކަމަކު ،،،،، ﷲ އިރާދަފުޅުކުރެއްވިޔާ މިކަހަލަ އަދިމިއައް ވުރެމޮޅު އިންސާނުންވެސް މިދިވެހިރާއްޖޭގަ ތިބެދާނެ ތިބޭނެ އެކަމަކު އެކަހަލަ ކުޅުން ތެރިއެއްތުއްޓސް ފުރަތަމ ކުރަން އޮންނަ ކަނަްތަކައް އިސްނުކޮއް ޚަމކިޔާބު ނާދިރު ،،،
ފޮނިމޭވާ
18 October 2023
ނުކުރާ މަސައްކަތަކައް ފޮނިމޭވާއެއް ލިބިދާނެކަމައް ހީކޮއްގެންނުވާނެ. އެލިބުނީ ހައްގުނަތީޖާ. މިވަގުތު ރާއްޖޭގެ ރޭންކިން އޮތީ ކުރާމަސައްކަތާ އަޅާބަލާއިރު މާކުރީގައިކަން އެންމެންވެސް ގަބޫލުކުރަންޖެހޭނެ އަދި މިސަބަބާހުރެ މިހާރު މިދާގޮތައް ކަންތައްތައްދަންޏާ އެރޭންކިންވެސް ހައްގުވާ ހިސާބައްވެއްޓޭނެކަން ގަބޫލުކުރާނަމަ އެދުވަހުން އެކަމާ ދެރަވާކައްނުޖެހޭނެ.
މާހިރު
18 October 2023
ރާއްޖެއަށް ލިބުނީ ހައްގު ނަތީޖާއެކެވެ. ފުރަތަމަ މެޗުގައިވެސް ފޯވާޑުންނަށް ލިބުނު ހުސް ފުރުސަތު ތަކުގެ ބޭނުން ނުހިފުނުއިރު ޑިފެންޑަރުންގެ ފަރާތުން ފެނުނު މިސްޓޭކުތައް ދެވަނަ މެޗުގައިވެސް ވަނީ ތަކުރާރުވެފައެވެ. އިއްޔެގެ މެޗުގައިވަން ފުރަތަމަ ގޯލުގައި ބޯޅަ ހުރަސްކުރި ކުޅުންތެރިޔާ ކައިރީގައި ހުރި ކުޅުންތެރިޔާ އާއި ގޯލް އޭރިޔާ ތެރޭގައި ތިބި 2 ޑިފެންޑަރުން ތިބީ ބޯޅަ ބޭރުވުމުގެ ކުރިން ހުރަސްނުކޮށްދެވޭނެކަމަށް ނިންމައިގެންނެވެ.
ހިތިޓުރޫތް
18 October 2023
ރައްޔިތުން ނިކުންނަންވީ ދިވެހި ބޮޑެތިކުލަބުތާ ދެކޮޅަށް. މުޅި ގައުމުގެ ފުޓުބޯޅަ ހަލާކުކޮށްފި. ސަޕޯޓަރުން ނިކުމޭ، މިގޮތައް ދޫކޮށްލާގެން ތިބެގެންނުވާނެ. މާޒިޔާ އަށް ލިބިނު ކާމިޔާބެއްލިބުނީ އެޓީމްގެ ފަހަތް ބަލަހައްޓާ ބޭރުކުޅުންތެރިންގެ ސަބަބުން. އަޅެ އެމީހުނާ ނުލާ ގައުމީޓީމް/މާޒިޔާ ނުކުމެބަލަ ބ. ކިންްގްސް އާދެކޮޅަށް. ވާގޮތް ފެންނާނެ. ރައްޔިތުން ނުކުމޭ! ކުލަބްތަށް ބޯއި ކަޓްކުރޭ! މުޅިގައުމު ބައިކޮޅަށް ކުޅުނު ފަސްއަހަރު.
ފަރުވާކުޑަކަމުގެ ލާމަސީލް
18 October 2023
ބަނގުލަދޭޟްގެ 10 ކުޅުންތެރިން ކާރިން ސަލާމަތްނުވެވުނު ބަޔަކަށް ދެން ކުރެވޭނެ ކަމެއްނެތް. އެއްވެސް ވިޟަނެއްނެތް، ޕުލޭނެއްނެތް، މެޗަކުން މޮޅުނުވެވޭތާގަ، ރަނގަޅު ކުޅުމެއް ކުޅެވެނީކީނޫން، ލަދުން ބޯހަލާކު. އަދިވެސް ސެންޓޭ އަކާއި، ފެންޓޭ އަކާއި، ހަންޗުއަކާނުލާ ޓީމް އެކުލަވާލެވެނީކީނޫން. މިކުޅުންތެރިންނަށް މިޑިކޭޑްގަ ފުޓުބޯޅަ ހަލާކުކުރުން ފިޔަވާ . ކުރެވުނު ކަމެއްނެތް! ބަލިގަބޫލުކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ މުސްތަގުބަލަށް ކުޅުންތެރިން ބިނާކުރޭ
ބެލް
18 October 2023
ރާއްޖެއަށް ކުޅެވިދާނެ ތިންމުގޯއްޔާއި އައްޕަޑާ އޭގެއިންވެސް އެކަމް ދަނީ ފުލަށް
އެކްސިް
18 October 2023
މި ބައްސާމް މީ ވަރުގަދަ ޑިކްޓޭޓަރ އެއް
އަފްރާސިޔާބު
18 October 2023
އޭނާގެ ފަހަތުގައި އެބަތިބި ސަރުކާރު ސިއްސުވާލާ ވަރުގެ ފަހުލަވާނުން. ތި ދާނީ ތިގޮތަށް. ކޮރަޕްޝަން ނެތި އެއްވެސް ކަމެއް ނުވާނެ.
ޢިހްސާސް
18 October 2023
ސެންޓޭ އެއީ ބޮޑު ފުލޮޕެއް. ސުޒޭނުދެން އެއްވަރު ވެލިއިރަށް އެހެރަ ބެރުޖަހަން ފެށީ. އިލާނުމެން ކަހަލަ ކުދިންވެސް މާރަގަޅުވާނެ.
އެބުރި ،،
18 October 2023
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ ، السلام عليكم ، ޥަރަށް ދެރަ އަދި ދެން ފުރުސަތު ވެސްލިބޭނެ ގޮތެއްނެތީމަ ،،، އަޅުގަނޑު 2013 ފެށިގެން މިބުނަނީ މިކިޔަނީ މިދިވެހިރާއްޖެ ހޯދިކާމިޔާބާ ގާތައްވެސް އަދި މިކަމުގަ މަގުފަހިވުންވެސް ވަރަށް ނާދިރުކަމެކޭ މިކިޔަނީ ކިހިނެއްވަނީ މީހަމަހުރެފަ ކިޔާބަހެއްނޫން 100 ކުން %90 އިންސާނުން ކިޔާ ބުނެއުޅޭތީ ،، ފުރަތަމަ ކުރަންޖެހޭ ކަންތައް ނުކޮއް ދެން !! ދެންވެސް ! إن شاء الله ،،،
ިިިުޔޔހހހ
18 October 2023
މިދިވެހިރާއްޖެ ހޯދިކާމިޔާބާ “ގާތައްވެސް”… ގާތަކެއް ހޯދީ ކޮން އިރަކުތޯ؟؟؟
ވަތަނީ
17 October 2023
އެއްވެސް ކުޅިވަރެއްގަ ރާއްޖެއަށް ކޮލިފައި ނުވެވޭ ސަބަބަކީ ވިޔަފާރިވެރިންގެ ކޮންޓްރޯލްގަ ކޯޓުތަކާއި، ކޯޗުންނާއި، އެކަޑަމީތަކާއި ހިފެހެއްޓިފައި ތިބޭތީ. ދޮންމީހުން ކޯޗުންނަށް ބައިތިއްބައިގެން ގައުމީޓީމާއި އެއްކޮށް ފުރަފުރައިގެން ދިޔަޔަކަސް ގައުމީ، ވަތަނީ ކަމެއްޓީމަކު ނުހުންނާނެ. ނެތަސް އޯކޭތާ ކޯޓުތަކާއި އެސޯސިއޭޝަންތައް ކޮންޓްރޯލް ކުރެވެނިކޮށް