ހުޅުމާލޭގައި ހުޅުވި، އެމްއެޗްއޭ ފިހާރަ. އެ ފިހާރަ ހުންނަނީ ރެއިންކްރެސްޓް ރެޒިޑެންސްގަ-- ފޮޓޯ: މިހާރު
19 އޮކްޓޯބަރ 2023 - 12:28
އެމްއެޗްއޭގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
"އެމްއެޗްއޭ މާޓް"ގެ ނަމުގައި އެ ފިހާރަ ހުޅުވީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ރެއިންކްރެސްޓް ރެޒިޑެންސްގަ އެވެ. އެ ފިހާރައިން ބުނީ، ހުޅުމާލޭގައި އަލަށް ހުޅުވި ފިހާރައިން، އެމްއެޗްއޭއިން ރާއްޖެއަށް އެތެރެކޮށް ވިއްކާ އުފެއްދުންތަކާއި އެމްއެޗްއޭ މާޓުގެ މާލެ ފިހާރައިން ލިބެން ހުންނަ ހުރިހާ ސާމާނެއް ވެސް ލިބޭނެ ކަމަށެވެ.
އެމްއެޗްއޭ އަކީ ނުވަދިހައިގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހޯލްސޭލް ވިޔަފާރިކުރާ އެއް ކުންފުންޏެވެ.
އެމްއެޗްއޭ މާޓް: އެ ފިހާރައިން އާންމު ހުރިހާ މުދަލެއް ލިބެން ހުންނާނެ. -- ފޮޓޯ: އެމްއެޗްއޭ
އެމްއެޗްއޭގެ ދެ ފިހާރަ މާލޭގައި ހުންނަ އިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް އާ ފިހާރައެއް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ފިހާރަތަކުން ވިޔަފާރި ކުރުމުން، "އެމްއެޗްއޭ ރިވާޑްސް" ލިބޭނެ އެވެ. މިއީ އެ ފިހާރައިން ވިޔަފާރި ކުރުމުން، ފަސް ޕަސެންޓު އަނބުރާ ކަސްޓަމަރަށް ލިބޭ ލޯޔަލްޓީ ޕްރޮގްރާމެކެވެ. އެގޮތުން އެ މި ޕްރޮގްރާމުގެ ދަށުން ލިބޭ ކޮންމެ ޕޮއިންޓަކީ އެއް ރުފިޔާގެ ގޮތުގައި ބެލެވޭނެ އެވެ. އަދި އެއް އަހަރު ވަންދެން އެ ޕޮއިންޓް ބޭނުން ކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
19 October 2023
ރެއިންކްރެސްޓް ރެޒިޑެންސްގެ ބޭފުޅޫންނަށް ގަނެވޭވަރަށް ކަންނޭގެ އަގުވެސް ހުންނާނީ