19 އޮކްޓޯބަރ 2023 - 12:25
ގާޒާ (އޮކްޓޯބަރު 19) - އެއްގަމު މަގުން ގާޒާ އަށް އެރުމަށް އިޒްރޭލު ސިފައިން ތައްޔާރުވާން ފަށައިފި ކަމަށް، އިޒްރޭލުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުނެފި އެވެ.
ގާޒާ އަށް އިޒްރޭލުން ދެމުންދާ އުދުވާނީ ހަމަލާތަކަށް ހިތްވަރު ދެއްވުމަށް އިއްޔެ އިޒްރޭލަށް ކުރެއްވި އެއް ދުވަހުގެ ޒިޔާރަތަށް ފަހު، އެމެރިކާގެ ރައީސް ޖޯ ބައިޑެން ފުރާވަޑައިގަތުމާއެކު، ގާޒާގެ ރަށްބޭރުގައި އޮތް އިޒްރޭލުގެ އެއްގަމު ލަޝްކަރުގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އޮފީހުން ބުނި ގޮތުގައި ގާޒާގެ އުތުރު ކޮޅުން އިޒްރޭލު ސިފައިން ވަންނަން ތައްޔާރުވަމުން ދާއިރު، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ސަލާމަތީ މައްސަލަތަކާ މެދު، ހަނގުރާމައިގެ ކެބިނެޓާ އެކު ނަތަންޔާ އިއްޔެ މަޝްވަރާ ކުރެއްވި އެވެ. ކެބިނެޓް ބައްދަލުވުމުގައި އިޒްރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލާންޓް ވިދާޅުވީ އިޒްރޭލުގެ އުތުރުން ކުރިމަތިވަމުން ދާ ނުރައްކާތަކަށް ވެސް މިވަގުތު އިތުރު ސަމާލުކަމެއް ދޭންޖެހިފައިވާ ކަމަށެވެ.
🔴Breaking News: A significant mobilization of tanks and troops observed along the Gaza Border in southern Israel. #GazaHospital #Israel #Gaza #غزة_تُباد #IsraeliNewNazism #IsraelTerorrist #INDvsBAN #Gazapic.twitter.com/H3GBRC4e4a
— Daily Detect (@DailyDetect) October 19, 2023
އިޒްރޭލުގެ އުތުރުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަމުން ދަނީ ލެބަނާންގައި އޮންނަ ހިޒްބުﷲ ޖަމާއަތުގެ ފަރާތުންނެވެ. ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި ލެބަނާންގެ ހިޒްބުﷲ ޖަމާއަތުގެ ނުރައްކާތެރިކަން ހަމާސްގެ ނުރައްކާތެރިކަމަށް ވުރެ 10 ގުނަ އިތުރެވެ.
ގާޒާ އަށް ވަދެގަންނަން އިޒްރޭލު ސިފައިން ތައްޔާރުވަމުންދާ މައްސަލައިގައި، އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ އެކުގައި މަޝްވަރާ ކުރެއްވި ކަމަށް، ރައީސް ބައިޑެން އިއްޔެ ވިދާޅުވި އެވެ. އިޒްރޭލަށް ކުރެއްވި ދަތުރު ނިންމަވާލައްވައި އެމެރިކާ އަށް ވަޑައިގަތުމުގެ މަގުމަތީގައި މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ އެނޫން ގޮތަކަށް އެކަން ހައްލުކުރެވޭތޯ ބެލުމަށް ނަތަންޔާހޫ އަށް ދެންނެވި ކަމަށެވެ.
ނަމަވެސް އިޒްރޭލުގެ ޓީވީ ޗެނަލް 12 އިން ބުނި ގޮތުގައި އިޒްރޭލު ސިފައިން އެއްގަމު މަގުން ގާޒާއަށް ވަދެގަތުން ނޫން ގޮތެއް ނެތް ކަމަށް، ނަތަންޔާހޫ ވަނީ ރައީސް ބައިޑެން އަށް ދަންނަވައިފަ އެވެ. އަދި މިހާރު ފެށިފައިވާ ހަނގުރާމައިގައި އިޒްރޭލަށް ކާމިޔާބު ނުލިބިއްޖެ ނަމަ، އިޒްރޭލުގެ ދެމިއޮތުމަށް ނުރައްކާވާނެ ކަމަށް ވެސް ބައިޑެން އަށް ދެންނެވި އެވެ.
ގާޒާ އަށް އަރައިގަތުމުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް، ހަނގުރާމައާ ބެހޭ އަސްކަރީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ރޭ ބޭއްވި ކަމަށް އިޒްރޭލުގެ ރަސްމީ ނޫސް އޭޖެންސީން މިއަދު ބުންޏެވެ. އަދި އިޒްރޭލުގެ އެއްގަމު ލަޝްކަރު މިހާރު އޮތީ ގާޒާ އަށް އަރައިގަތުމަށްޓަކައި ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ވެސް ނޫސް އޭޖެންސީން ބުންޏެވެ.
A Palestinian child is being rescued from under the rubbles of his house which was bombed in an Israeli airstrike in Gaza.
— Kuffiya (@Kuffiyateam) October 19, 2023
Don't believe when IDF says that they striked sites belongoing to Hamas, because their bank of targets is crystal clear, CHILDREN pic.twitter.com/qAdVpEUNL4
އިޒްރޭލުން މިހާރު ގާޒާ އަށް ދެމުންދާ ހަމަލާތައް ފެށީ، އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް މިމަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން، އަގްސާ ތޫފާންގެ ނަމުގައި ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުންނެވެ. ހަމާސްއާ ދެކޮޅަށް އިޒްރޭލުން މިފަހަރު ފެށި ހަނގުރާމައިގެ އަމާޒަކަށް ހަދާފައިވަނީ، ހަމާސް ނައްތައިލުމެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނާ ގޮތުގައި އެއްގަމު މަގުން ގާޒާ އަށް އަރައިގަތުމަށް އެދި، އިޒްރޭލުގެ އަސްކަރިއްޔާގެ ބައެއް އިސް ޖެނެރަލުންނާއި ސިޔާސީ ލީޑަރުން ވެސް ގެންދަނީ، ބޮޑުވަޒީރު ނަތަންޔާހޫ އަށް ބާރު އަޅަމުންނެވެ. އެމީހުން ދެކޭ ގޮތުގައި އެއްގަމު ލަޝްކަރު ގާޒާ އަށް އަރުވައިގެން ނޫނީ، ހަމާސް ނައްތައިލުމުގެ ލަނޑުދަނޑި ހާސިލެއް ނުވާނެ އެވެ.
އަގްސާ ތޫފާންގެ ނަމުގައި ހަމާސް އިން ފެށި ހަނގުރާމަ އަށް ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 3600 އަށް ވުރެ ގިނަ މީހުން ޝަހީދުވެ 12000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.
މިހާރު ކުރަމުންދާ ހަނގުރާމައިގައި އިޒްރޭލުން މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާއަކީ، ގާޒާގެ އުތުރުކޮޅުގައި ހުންނަ މަޢުމަދާނީ ހޮސްޕިޓަލް (އަލް އަހްލީ ހޮސްޕިޓަލް) އަށް، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ދިން ވަރުގަދަ މިސައިލް ހަމަލާ އެވެ. އެ ހަމަލާގައި 500 އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ޝަހީދުވި އިރު، ޒަޚަމްވި މީހުންގެ ޖުމްލަ އަދަދެއް އަދިވެސް ސާފެއް ނުވެ އެވެ.
ހަމާސް އިން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގައި މަރުވި އިޒްރޭލު ރައްޔިތުންގެ އަދަދު މިހާރު ވަނީ 1450 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 304 މީހަކު ވެސް ހިމެނޭއިރު، ޒަޚަމްވި އިޒްރޭލު މީހުންގެ އަދަދު ވަނީ 4400 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަގުބޫޫލު
22 October 2023
ގަޒާގެ މިހާރުވެރިކަންކުރަމުންދާ ހަމާްސްގެހިއްވަރުދަ މުޖާހިދުންނަށް އަހުރެން ހަމައަށް ސަރިބަހާ ޝާބަސް ތިޔަކުރަމުންދަނީ ވަތޮނީޖިހާދު މިއަދު ބަލަން ތިބިމީހުންނަށް ބަލިވެއްޖެ ކަންހީވިޔަސް ނަސްރު ދެއްވާފަރާތުން މފަލަސްތީނުގެ ބިމުގާ އެބިމުގެ އަހުލުވެރީންނާ ދެކޮޅަށް ހަނގުރާ ކުރާޒައިނިސްޑުން މިއަދު މިވަނީބަލިވެފާ ފަލަސްީނުގެ ރައްއިތުންނަށް ނަސްރުދެއްވާދޭ
ވިސްނާލާ ކުދިންނޭ
19 October 2023
ރާއްޖޭގަ އުޅޭ ފާޅުވާން ނުކެރި ތިބޭ ދިވެހި ޔަހޫދީންތަކަށް ހާދަ ފޯރިއަރައޭދޯ މިކަހަލަ ހެޑިންގ އެއް ފެންނަ އިރަށް. ރާއްޖޭގަ ނުތިބެ ރަނގަޅަށް ތިޔަ ޔަހޫދީވިސްނުން ފެތުރޭ ތާކަށް އަވަހަށް ނައްޓާލަން މަށަށްފެންނަނީ. الله އަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ނުވޭ. އެންމެ ފަހުން ތިއެންމެންވެސް ދާންޖެހޭނީ އެކަލާނގެ ޙަޟުރަތަށް.
ޑދދސސސ
19 October 2023
ޢަރާ ކަށިކޮޅުވެސް ސަލަމަތުން ނުހުންނާނެ!!!
ބުނެވޭ
19 October 2023
ބެން ޔާމީން އެއް ނޫން. ބެންޖަމިން
ބާބް
20 October 2023
ބެން ޔާމީނެއް ނޫން އެއީ. ބިންޔާމީން އެއީ. ކޮން ބެން ޖަމިނެއްތަ؟
ދަސްކުރޭ
20 October 2023
ބެންޖަމިން އެއީ އިނގެރޭސިން ކިޔާ ގޮތް. ޢަރަބިން އަދި ދިވެހިން ކިޔަނީ ބިންޔާމީން ނުވަަތަ ބެންޔާމީން މިހެން
މޯޑީއެމްވީ
19 October 2023
ހަގުރާމައިގަ ހިފޭ ބިމަކީ މޮޅުވާ ބަޔަކު އަމިއްލަ ކުރާތަންތަން. ސީރަތުންވެސް އެގޭ އެކަން. އިސްވެ ހަގުރާމަ ފަށައި އަމިއްލަ ބިން ގެއްލުނީމަ ރަގަޅު ގޮތަކީ ބަލި ގަބޫލު ކޮށް މޮޅުވި ގައުމުގެ ބައިޔަތު ހިފުން. 1967 ގައި އަރަބިން ބަލިވީ.
1206
20 October 2023
މީނާ ތާރީޚު ކިޔެވީ އިދިފުށަށް.
ސިންގާ
20 October 2023
ޖަންގަލީގެ ޤާނުނު ދޯ؟
އަންފާލް
22 October 2023
1947 ގަ ވެސް 1967 ގަ ވެސް އިސްވެ ހަމަލާ ދިނީ އަރަބިން . ޔަހޫދީ ދައުލަތް ވުޖޫދުން ފޮހެލަން. ޔަހޫދީން ތިބީ އަލިފްދާލުގެ ސެކިޔުރިޓީ ކައުންސިލުން އެ މީހުނަށް ޕާޓީޝަން ޖަހައިފައި ދިން ބޯޑަރ ތެރޭގައި. ޢަރަބިން ބަލިވެގެން ދުއްވައިގަތުމުން ފަހަތުން ދުވެ ގޮސް ބިންތައް ލިބުނީ. ހަގުރާމައިން ބަލިވާ މީހުންގެ މުދަލާ އަނިބދަރިނާ ބިމާ ޣަނީމާ ކުރެވޭ ކަމަށް އޮވޭ ނޫންތަ
ސަޅީމުލް
19 October 2023
ޖަޒުބާތަކުން ދުނިޔޭގެ ހަގީގަތަށް ބަދަލެއް ނާންނާނެ. އަހަރުމެންގެ ހަޔާތުގަ ކުރި ހުރިހައި ހަގުރާމައެއް ކާމިޔާބު ކުރީ އެކަށޭނަ ހަތިޔާރާއި ޓެކްނޮލޮޖީ ހުރި މީހުން. ދުނިޔޭގެ އެއްމެ ވަރުގަދަ އެއް އަސްކަރިއްޔާ އަށް ކުޑަ ހިދުކޮޅެއްގެ ކެއްސެއް ދެވުނީމަ ދުނިޔެ ރަންވެގެން ހެޑްލައިން އެޅި. މިއަދު ސަހަރޯ ގޮވަނީ.
ކަިއުއުއޖކ
19 October 2023
އަދި މަޑުކޮށްލާ.. ހަމަޖެހޭ.. އިސްރާއީލު . މިފަހަރު ބޯ ބޮނޑި ބަލަން.
އަފްރާސިޔާބު
19 October 2023
އެހެންތަ. ތިޔަބުނާ މޮޅު ޓެކްނޮލޮޖީއަކީ އެމީހުންގެ މައިންބަފައިންގެ މުދާތަ. ނިކަން އަރާބަލަ. ކަލޭ ދަތްޕިލާ އެތެރެއަށް މަޅާލާން.
މަސަލް
19 October 2023
ޒަމާނީ ޓެކްނޮލޮޖީ އާއި ހަތިޔަރަށް ވުރެ އަހަރުމެން ނަމާދުގައި ކިޔާ ގުނޫތު ބާރުގަދަ ވާނެ ކަން ކަށަވަރު. އަހަރުމެންގެ އިލްމުވެރިން ތިބީ އުގެނިގެން ކަން ކަށަވަރު.
ސަރވަ
19 October 2023
ޕަކާސް.
ރަދީފްއޮފިޝަލް
20 October 2023
ބްރޯ އިޒްރޭލުގެ އިލްމްވެރިން މާމޮޅޭ. ކޮބާތަ ތިބުނާ އިލްމްވެރިންނަކީ. ތިބުނާ އިލްމްވެރިން މޮޅުވެގެން އުފެއްދި މޮޅު އުފެއްދުމެއް ބުނެބަލަ. ކުރި އީޖާދެއް ބުނެބަލަ. ލަދުކޮބާ
އަނހާޢިލްމު22
20 October 2023
އުނގެނިގެން ތިބީ ކޯންޗެއް. އިސްލާމީ އުއްމަތަކަށް ތިޔަ އުނގެނުނު އެއްޗަކުންނޭ ކިޔާފަ ވީ އެއްވެސް ފައިދާއެއް ނެތް. އެހެނެއްނޫން، މަހާސިންތާ ބާއްވަނީއޭ ކިޔާފައި ދައުލަތުގެ ޚަރަދުގައި ހަބަނޑަށް ކައި ކޮންމެ ގައުމެއްގައިވެސް އަދި އެކިގައުމުތަކުން "ޢިލްމުވެރިން"ތައް ގުޅިގެންވެސް. ހަމައެކަނި އެނގޭ އެއްޗަކީ ދެތިން ތާރީޚީ ވާހަކަތަކާ ދެން މީހުން ހައްދަން ދައްކާ ޒާތްޒާތުގެ ވާހަކަ. އެއީ މި އިސްލާމީ އުންމަތަށް ކޮންމެހެން "ޢިލްމޭ" ކިޔާފަ ބޭނުންވާ އެއްޗެއް ނޫން.
އެޗް އެމް
19 October 2023
ހަމަކަށަވަރުންވެސް މިބިމުގައި ބާރުގަދަމީހުން މޮޅުވާނެ. ބަލިކަށި މީހުން ނިކަމެތި ވާނެ. މަދުފަހަރަކު މީދާ، ބުޅާ ސިއްސުވާލުމަކީ އަދި ބުޅަލަށްވުރެ މީދާ ގަދަވަނީއެއްނޫން. އަހަރެމެން ނުރުހުނަސް ހަގީގަތަކީ މިއީ. ކަމަކަށް މިންވަރު ކުރައްވާނީވެސް އެކަމަކަށް މަސައްކަތެއް ކޮށްގެން. މިޒަމާނުގަ ބާރަކީ ފައިސާއާއި ހަތިޔާރާއި ޓެކްނޮލޮޖީ.
އަބްޑޫޅް +
19 October 2023
ސާބަހޭ ބުންޔާމީން!
ވަން
19 October 2023
މުސްލިމެއްތަ ތީ؟
ހަނިއްޔާ
19 October 2023
ދެން އެއްގަމް މަގުން އަރާނަން އަރާނަން ކިޔަން ނުތިބެ ކެރެންޔާ އަރާބަލަ.. ޙަމާސް އެތިބެނީ ކަލޭމެންގެ އިންތިޒާރުގައި.. ކަލޭމެންގެ ގަބުރުސްތާނަކަށް ތިތަން ހަދާލަން ކެތްމަދުވެފައި..