ވާޖިން އެއާލައިންގެ މަތިންދާ ބޯޓެއް. ވޮޔޭޖަސް މޯލްޑިވްސް-- ފޮޓޯ: ވޮޔޭޖަސް މޯލްޑިވްސް
24 އޮކްޓޯބަރ 2023 - 18:01
އިނގިރޭސި ވިލާތުގެ އެންމެ ބޮޑު އެއް އެއާލައިން، ވާޖިން އެންޓްލާންޓިކް އެއާވޭސްގެ ސުޕަވިޝަން އެޖެންޓަކަށް ވޮޔޭޖަސް މޯލްޑިވްސް ހަމަޖައްސައިފި އެވެ.
މަހުޖަނު ރިޗަޑް ބްރެންސަންގެ މަޝްހޫރު އެއާލައިން "ވާޖިން އެޓްލާންޓިކް" ގެ ދަތުރުތައް ރާއްޖެ އަށް ފެށީ އިއްޔެ އެވެ.
އިނގިރޭސި ވިލާތުގައި ދެ ވަނަ އަށް އެންމެ ބޮޑު އެއާލައިން، ވާޖިން އެޓްލާންޓިކް އިން ކޮންމެ ހަފުތާއަކު ތިން ފްލައިޓް ރާއްޖެ އަށް ބާއްވާނެ އެވެ. އެއީ ކޮންމެ ހޯމައަކާއި ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
ވޮޔޭޖަސް މޯލްޑިވްސް އިން ބުނީ، ވާޖިން އެޓްލާންޓިކްގެ ދަތުރުތައް އަންނަ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާޗު 28 ގެ ރާއްޖެ އަށް ކުރާނެ ކަމަށެވެ.
ވޮޔޭޖަސް އަކީ ސަފާރީ އުޅަނދުތަކުގައި ޑައިވިން އާއި ކްރޫޒިން ވިޔަފާރީގައި މިހާރު ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ކުންފުންޏެވެ. އެއީ އެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހާސިލު ކުރި ފުރަތަމަ ކުންފުނި ވެސް މެ އެވެ.
ވޮޔޭޖަސް މޯލްޑިވްސް އިން ބައިނަލްއަގްވާމީ އެހެން ބައެއް އެއާލައިންތަކުގެ އެޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެ އެވެ. އޭގެ ތެރޭގައި ލުފްތާނާ އާއި އޮސްޓްރިއަން އެއާލައިނާއި ނިއޯސް އާއި އެއާ ފްރާންސާއި ބެންކޮކް އެއާވޭސް ބެއިޖިން ކެޕިޓަލް އެއާލައިންސާއި އައިޓީއޭ އެއާވޭސް ހިމެނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy