ދުނިޔެ

ހަމާސް އިން ހަމަލާ ދިނީ ކަމަކާ ނުލައެއް ނޫން: ގުޓަރޭސް

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް: ހަމާސް އިން ހަމަލާ ދިނީ ކަމަކާ ނުލައެއް ނޫން ކަން އޭނާ ވިދާޅުވި.

25 އޮކްޓޯބަރ 2023 - 14:33

14 comments

އަގްސާ ތޫފާންގެ ނަމުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތުން މި މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއަކީ، އެއްވެސް ކަމަކާ ނުލައި ދިން ހަމަލާއެއް ނޫން ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވިދާޅުވެއްޖެ އެވެ.

ގާޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ބެހޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި އާންމުކޮށް ހުޅުވާލައިގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި ގުޓަރޭސް ވިދާޅުވި ގޮތުގައި ހަމާސް އިން އެ ހަމަލާ ދިން އިރު، އިޒްރޭލުގެ އަޅުވެތިކަމުގެ ސަބަބުން ނޭވާ ނުލެވި ފަލަސްތީނު އޮންނަތާ 56 އަހަރު ވެއްޖެ އެވެ.

"(އެ އަހަރުތަކުގައި) ފަލަސްތީނުގެ ރައްޔިތުންނަށް ފެންނަމުން ދިޔައީ، އެމީހުންގެ ބިންތައް ޔަހޫދީ އާބާދީތަކުން ކައި ހުސްކުރަމުން ދިޔަ މަންޒަރު. އެމީހުން އުޅެމުން އެދަނީ އަނިޔާވެރިކަމުގެ ވަބާއެއްގެ ތެރޭގައި. ފަލަސްތީނުގެ ރައްޔިތުން އެތިބީ އެމީހުންގެ ގެދޮރުން ނެރެލައި ވިއްސިވިހާލިކޮށްލާފައި. އެމީހުންގެ ގޯތިގެދޮރު އެވަނީ ސުންނާފަތިކޮށްފައި. އެމީހުންނަށް ކުރިމަތިވެފައިވާ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ކުރަމުން އެމީހުން ކުރަމުން ދިޔަ އުންމީދު އެވަނީ ބިލާހަކަށްވެފައި،" އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި އެވެ.

"ގަސްދުގައި މަދަނީން މެރުމާއި، އެމީހުން ރަހީނުކުރުމާއި އަނިޔާކޮށް ޒަޚަމްކުރުމަކީ ނުވަތަ މަދަނީ އަމާޒުތަކަށް ރޮކެޓް ހަމަލާތައް ދިނުމަކީ، އެއްވެސް ހަމައަކުން ރަނގަޅުކަމުގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން."

އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ތަޙައްމަލުކުރަން ޖެހިފައިވާ ވޭނާއި ކެކުޅުންތަކަކީ، ހަމާސް ޖަމާއަތުން ދިން ހަމަލާ ރަނގަޅުކުރެވޭނެ ސަބަބެއް ނޫނެވެ. ހަމަ އެފަދައިން، ހަމާސް އިން އެ ދިން ހަމަލާތަކަކީ، ފަލަސްތީނުގެ އެންމެހައި ރައްޔިތުންނަށް އެކަމުގެ އަދަބު ދޭންޖެހޭނެ ހުއްޖަތެއް ނޫން ކަމަށް ވެސް ގުޓަރޭސް ވިދާޅުވި އެވެ.

އިޒްރޭލުން ދިން ހަމަލާއެއްގައި އިމާރާތެއް ބިމާހަމަވެފައި.

ގުޓަރޭސް ވިދާޅުވި ގޮތުގައި ހަނގުރާމައަކީ ވެސް ވަކި ހަމަތަކަކާއި ގަވާއިދުތަކެއް އޮންނަ ކަމެކެވެ. އެހެން ކަމުން ކޮންމެ ބަޔަކު އަސްކަރީ ހަރަކާތެއް ހިންގި ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެބަޔަކު ހިފަހައްޓަންޖެހޭ ހަމަތައް ނަގަހައްޓައި އިހްތިރާމް ކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ވެސް ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ގާޒާ އަށް އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ 600000 އަށް ވުރެ ގިނަ މީހުން މިހާރު ވެސް، ގާޒާގައި ހުރި އދ.ގެ ތަފާތު ޚިދުމަތް ދޭ އޮފީސްތަކުގައި އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ. އދ.އާ ގުޅުން ހުރި އިދާރާތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި އދ.ގެ 35 މުވައްޒަފަކު މަރުވެފައިވާ ކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ހޮސްޕިޓަލުތަކާއި އދ.ގެ އިދާރާތަކަކީ ވެސް ބައިނަލްއަގުވާމީ ގާނޫނުތަކުން ހިމާޔަތް ލިބިގެންވާ ތަންތަން ކަމަށެވެ.

"އަސްކަރީ ކޮންމެ ކުރިމަތިލުމެއްގައި ވެސް އެންމެ މުހިންމު ކަމަކީ މަދަނީން ހިމާޔަތް ކުރުން. މަދަނީން ހިމާޔަތްކުރުމަކީ އިންސާނީ އައްޑަނައެއްގެ ގޮތުގައި އެމީހުންގެ ބޭނުންހިފުމެއް ނޫން. ގާޒާގެ ދެކުނުގައި ހަކަތައިގެ ބާވަތެއް، ފެނެއް، ބޭހެއް، ކާބޯތަކެއްޗެއް އަދި އަމުދުން ރައްކާތެރިކަމެއް ލިބޭނެ ހިޔާވަހިކަމެއް ނެތް އިރު، ގާޒާގެ އުތުރުގައި އުޅޭ މިލިއަނަކަށް ވުރެ ގިނަ މީހުން ދެކުނަށް ދާން އަމުރުކުރުމަށް ފަހު، ދެކުނަށް ބޮން އަޅަމުން ދިއުމަކީ، މަދަނީން ހިމާޔަތް ކުރުމެއް ނޫން."

އޭނާ ވިދާޅުވީ ގާޒާގައި މިހާރު ހިންގަމުންދާ އަސްކަރީ ހަރަކާތްތަކުގައި ކަނޑައެޅިގެން ފާޅުގައި ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް އަރައިގަންނަމުންދާ ކަމީ ހިތާމަހުރި ކަމެކެވެ.

"އަހަރެން ވަރަށް ސާފު ބަހުން މިބުނަނީ؛ އަސްކަރީ ކުރިމަތިލުމެއްގައި ޝާމިލުވާ އެއްވެސް ބަޔަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުގެ މަތީގައިވާ ބައެއް ނޫން."

ގާޒާގެ ރައްޔިތުން އިންސާނީ ބޮޑު ކާރިސާތަކެއްގެ ތެރޭގައި ތިބި އިރު، ގުޓަރޭސް ވިދާޅުވި ގޮތުގައި، މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގާޒާ އިން ތެލުގެ ބާވަތްތައް ހުސްވަމުން ދިއުމެވެ. ތެލުގެ ބާވަތްތައް ނުލިބޭ ނަމަ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީގެ ސާމާނު ނުފޮނުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތަލުގެ ބާވަތްތައް ނެތި ހޮސްޕިޓަލުތަކުގައި ކަރަންޓެއް ނުހުންނާނެ، އަދި ބޯން ބޭނުންވާ ފެން ސާފެއް ނުކުރެވޭނެ، އަދި ބޯފެން ޕަމްޕެއް ވެސް ނުކުރެވޭނެ."

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 6050 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އިއްޔެ ދިން ހަމަލާތަކުގައި އެކަނިވެސް 700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

އޮކްޓޫބަރު 24، 2023 ގައި އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން މިސައިލް ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގައި މަރުވި 700 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިންނެވެ. ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާ ގޮތުގައި މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް 19 ދުވަސް ވެގެން ދާ އިރު، އިޒްރޭލުގެ ހަމަލާތަކުގައި ޒަޚަމްވި ފަލަސްތީނު މީހުންގެ އަދަދު މިހާރު ވަނީ 16000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި އިޒްރޭލުން ފެށި ހަނގުރާމައިގަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

14 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 24%
icon sad icon sad 5%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 71%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮޅި ހުސޭނު

27 October 2023

މިހާރު ޙައްޤު ބަސް ބުނުމަށްވުރެ ހަރުދަނާ އަމަލު ކުރުން މާ މުހިންމު. ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތުން ތިޔަ ފަދައިން ޙައްޤު ބަސް ބުނާކަން އެއީ ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރަންޖެހޭ ކަމެއް. އެކަމަކު ކޮންމެ ސިކުންތަކު ޝަހީދުވަމުންދާ ފަލަސްތީނުގެ ރައްޔިތުން މިއަދު އެހީގެ އަތެއް މާ ބޭނުން.ކުށެއްނެތި ޝަހީދުވެ އެދަނީ އަހަރެމެންގެ އެންމެ ގާތް އަހުންނާއި އުހުތުން.

The name is already taken The name is available. Register?

ފަލަސްތީން މެޕް

26 October 2023

ހަމަލާ ތަށް ދެނީ އިޒްރޭލްގެ ނަމުގައި އެމެރިކާ އިން. ވަރަށް ސާފު

The name is already taken The name is available. Register?

މިއީ

26 October 2023

މިހާރު އެ ހިނގަމުންދާ ކަންކަމަކީ ފަލަސްތީނު މީހުންނެކޭ އެއްގޮތަށް ދުނިޔޭގަ ދެން މިތިބަ މުސްލިމުންނަށް ކުރެވިގެންދާ އިމްތިހާނަކަށްވެސް ވެގެންދާނެ. މުސްލިމް އަޚުންނާ އުޚުތުންތަކެއް އަނިޔާވެރިކަމުގެ ތެރޭ ނެތި ފަނާވެގެންދާތަން ފެންނައިރު އެކަމާ ކަމެއްކުރަން ކެރެނީ ކޮން ބަޔަކަށްކަން އެނގި ހާމަވާނެ. ބިރުގަންނަނީ މާްތﷲދެކެތޯ ނޫނީ ދުނިޔަވީ ގޮތުން ބަލާ ކަންތައްތަކަކަށްތޯ އެނގިގެންދާނެ. ކަމެއްނުކޮށް ތިބެ މާތްﷲ ހަޟްރަތުގަ ދޭން އޮންނާނީ ކޮން ޖަވާބެއްބާ؟

The name is already taken The name is available. Register?

ތަކުރުބެެއްޔާ

26 October 2023

ދެހަރަމުގެ ވެރި ސައުދީންނާއި އެއް އުއްމަތޭ އެއްދީނޭ ކިޔާ އަރަިބިންނަށް ތިވަރުވެސް ނުވި. ޝުކުރިއްޔާ ސެކްރެޓަރީ ޖެނެރަލް.

The name is already taken The name is available. Register?

ޕޫރުބެ

25 October 2023

ދެ ހަރަމުގެ ވެރިޔާއާއި އަޒުހަރު ގައުމުގެ ވެރިޔާާއާއި އަރަބި ވެރިންތަކާއި މުސްލިމު ވެރިންތަކުގެ ވާހަކައަށްވުރެ މި ބޭފުޅާގެ ވާހަކަވެސް މާހެއު

The name is already taken The name is available. Register?

ޖުހާ.

26 October 2023

މާތްރަސްކަލާންގެ ދީނުގެ ބަލަދުވެރިކަން އަމާނާތްތެރި ބަޔަކާ އަދި ހަވާލުކުރައްވާނެ. އެއީ މުސްލިމުންދެކެ ލޯބިވާ އަދި الله އެބަޔަކު ދެކެ ލޯބިވެވޮޑިގެންވާ އަދި އެބަޔަކުވެސް الله ދެކެ ލޯބިވާ ބައެއް. މިކަމަށް ދަލާލަތުކުރާ އާޔަތެއް ސޫރަތުލް މާއިދާގެ 54 ބައްލަވާ. މުސްލިމުން މިއަދު މިވަނީ الله އަށް ގައްދާރުވެފަ.

The name is already taken The name is available. Register?

ޖޯން ޕަވުލް.

25 October 2023

މި ގުޓަރެސްއަކީ މުސްލިމެއް. މީނާ މިއީ އިސްލާމްދީން ވަންހަނާކޮށްގެން އުޅޭ މީހެއް. ރެފިއުޖީންނާ ބެހޭގޮތުން ޔޫ އެންގަ މީނަދިން ތަގުރީރުން ވެސް އެދުވަހު މަށަށް ޝައްކުވި. ސީދާ ގުރުއާނުން ދަލީލު ދެއްކީ މުހާޖިރުންނަށް ގުރުއާނުގައި ދީފައިވާ ރައްކާތެރިކަން. މަށަށް ހީވީ ދުވަހަކު އަޑު ނީވޭ ވާހަކަތަކެއްހެން. ޝުކުރިއްޔާ ސެކެޓުރީ ޖެނެރަލް. ޢަރަބި ފޮށާގަނޑަކަށް ތިއަވަރުވެސް ނުވި.

The name is already taken The name is available. Register?

ބޒބހސ

25 October 2023

އަނިޔާ ކުރާތާ 74 އަހަރު. އެމެރިކާއާއި އިނގިރޭސިންގެ އެހީތއރިކަމާއި އެކު.

The name is already taken The name is available. Register?

އަދި އެއް މަގާމު

25 October 2023

އަހަރުންގެ ސެކުރެޓަރީ ޖެނެރަލުގަނޑަށް ސާފުކޮށް ބުނާކަށް ނުކެރުނު މިވަރަށްވެސް... ނޫންތަ!!!

The name is already taken The name is available. Register?

48343

25 October 2023

ސާބަހޭ ގުޓަޓަރޭސް. ވީ ސެލިއުޓް ޔޫ.

The name is already taken The name is available. Register?

ނރގނޑ

25 October 2023

އަސްލުވެސް.. މުސްލިމުންގެ ހައްގުގައި އެބުނި ބަސްތަކަކީ މުސްލިމް އުއްމަތް ޝުކުރުން ފުރުނު ކަމެއް.. ވީ ސެލިއުޓް ޔޫ...

The name is already taken The name is available. Register?

އަސަރު69

25 October 2023

އެއްވެސް ގާނޫނަކަށް ތަބާ ނުވިޔަސް، އެމެރިކާއަށާ އިޒްރޭލުމީހުނަށް ކުރެވޭނެ ކަމެއް ނޯންނާނެ. މުޅި އދ. ހިފަހައްޓަނީ އެމީހުން. އަދި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އެންމެ ރަނގަޅަށް ކުރަން އުޅުނަސް، އެމެރިކާއިން އެކަމެއް ވީޓޯކުރާނެ. އެހިސާބުން ދެން މުޅި ދުނިޔެއަށްވެސް ކުރެވޭނެ ކަމެއް ނޯވޭ. ޖެހެނީ އެމީހުންގެ ކުރިމަތީގާ ކުޑަކަކޫޖަހަން. މީ ހަމަ އަންދާ ގާނޫނު. ނުބައިވެގެންވާ އިޒްރޭލަށާ އެމެރިކާއަށް ހަލާކާ ގެއްލުން މެދުވެރި ކުރައްވާށި އާމީން.

The name is already taken The name is available. Register?

ެައ.ހ

25 October 2023

އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454